އޭރުގެ ފަތްފުށްތަކުން…. (90)

ކިޔާފައިވާ ޢަދަދު: 2142

(ވޭތިވެދިއަ ޒަމާން)

الفاضل ބޮޑުފެންވަޅުގޭ سيدى


އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ (އަލްޤާޟީ ޙުސައިން ޢަފީފުއްދީން) – ރަޙިމަހުﷲ – އަކީ، ލިޔުންތެރިއެކެވެ. އެއަށްވުރެ މާ މަޝްހޫރު، ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި “ޙިމާރުލް ޤައުމު” ގެ ނަމުގައި މަޝްހޫރުވެފައިވާ ޝާޢިރަކީ، އެމަނިކުފާނެވެ. އެމަނިކުފާނަކީ، ވާހަކަ ލިޔުންތެރިއެއްވެސް މެއެވެ. ލިޔުއްވާފައިވާ މަޝްހޫރު ވާހަކަތަކުގެ ތެރޭގައި “ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ” އާއި “މާމަކުނުދޫ ބޮޑު ޢީސަގެ ވާހަކަ” ފާހަގަ ކޮށްލެވެއެވެ. އަދަބީ ފޮތްތަކަށް ބަލައިލާއިރު، “ދިވެހި ޅެންހެދުމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު” އާއި “ކަންޒުލް އަދަބު” އާއި “އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އިހުގެ ޅެންތައް” ފާހަގަ ކޮށްލެވެއެވެ. 

އޭރުގެ ފަތްފުށްތަކުން…. (89)

ކިޔާފައިވާ ޢަދަދު: 2122

(ކައިބޮއި އުޅުމަށް ކުރާ މަސައްކަތް)

الأمير موسى محمد ديدى


އަލްއަމީރު މޫސާ މުޙައްމަދު ދީދީ (ނުވަތަ އަންނަބީލް މޫސާ މުޙައްމަދު ދީދީ) – ރަޙިމަހުﷲ- އަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ލިސްޓްގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖައްލާއެއް ނެރުއްވީ އެމަނިކުފާނެވެ. އެއީ އަތުން ލިޔެގެން “ހުޅެވިހަނދު” ގެ ނަމުގައި މަހަކު އެއްފަހަރު ނެރުއްވި މަޖައްލާ އެކެވެ. އޭގެ ފަހުން “ނަޔާޚިޔާލު” ކިޔާ މަޖައްލާއެއްވެސް ނެރުއްވިއެވެ. “އަލްއިޞްލާޙް”، “އައްރަފީޤު” ފަދަ މަޖައްލާތަކަށް އެމަނިކުފާނު ވަނީ ލިޔުއްވައިފައެވެ.

އެއްވެސް މަދަރުސާއެއް އެ މަދަރުސާގެ މުދައްރިސުންނަށްވުރެ މޮޅެއް ނުވާނެއެވެ!

ކިޔާފައިވާ ޢަދަދު: 4934

ސަރ ކެނެތް ރޮބިންސަން ދެއްވި ދަރުސެއް އަޑު އަހާފައި : އަޙްމަދް ސަމީރު ޢަލީ


Sir Kenneth Robinson އަކީ ފަންނާއި ހުނަރުވެރިކަން ނިޒާމީ ތައުލީމުގެ ތެރޭގައި ހިމެނުމަށް ހިތްވަރުދެއްވާ، އަދި އެކަމުގެ މާހިރެކެވެ. އިނގިރޭސި ވިލާތުގެ ޔުނިވާރސިޓީ އޮފް ވޯވިކްގައި ފަންނާއި ހުނަރު ދަސްކޮށްދިނުން ކިޔަވައި ދެއްވި ޕްރޮފެސަރެކެވެ. އެމެރިކާއަށް ހިޖުރަ ކުރައްވައި، އާއިލާ އާއި އެކީގައި އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާތާ މިހާރު 12 ވަރަކަށް އަހަރުވެއްޖެއެވެ. ފަންނުވެރިކަން ކިޔަވައި ދިނުމާއި، ތައުލީމީ ދާއިރާ އާއި ގުޅުން ހުރި ދިހަ ވަރަކަށް ފޮތް ލިޔުއްވައި މިފަދަ ކަންކަމާއި ގުޅުން ހުރި ތަފާތު ލެކްޗަރުތައް ދެއްވާފައިވެއެވެ. ތިރީގައި އެވާ ލިޔުމަކީ ސާރ ކެން ރޮބިންސަން ‘ www.tedtalks.com ‘ ގައި ދެއްވި ލެކްޗަރެއް އަޑު އަހާފައި އަޅުގަނޑު އެކުލަވައިލި ލިޔުމެކެވެ.

ސެޒް، އެސްއީޒީ، އެސްއީޒެޑް، އިޚާސަ، އިހާސަ….. ރީތީ ކޮން ނަމެއް؟

ކިޔާފައިވާ ޢަދަދު: 4647
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިބަހަކީ ވެސް ބަހެއްގެ ޝަރުޠުތައް ފުރިހަމަވާ ބަހެކެވެ. ރީތި ބަހެކެވެ. އަސަރުގަދަ ބަހެކެވެ. އަމިއްލަ އަކުރެއް އޮތް ބަހެކެވެ. އެ އަކުރަކީ ސަރަޙައްދުގެ އަކުރުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް އަކުރުތައްކަމުގައިވާ އަމިއްލަ އަކުރެއް އޮތް ބަހެކެވެ. ބަހާ މެދު ފަޚުރުވެރިވާ ބަޔަކަށް މި ވަރުން އެކަނި ވެސް ފުދޭނެކަން ކަށަވަރެވެ.

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(29)

ކިޔާފައިވާ ޢަދަދު: 2065
 މިނިސްޓްރީ އޮފް ހޯމްއެފެއަރސް
ޕަބްލިކް މެއިންޓެނަންސް ޑިވިޝަން (ށ)
      މާލެ، ދިވެހިރާއްޖެ                              ނަންބަރު: 72/9

އިޢުލާން

ލޮނުޒިޔާރަތްކޮޅުގައި ކުޅިވަރު ކުޅުން

އޭރުގެ ފަތްފުށްތަކުން…. (82)

ކިޔާފައިވާ ޢަދަދު: 2108

ދުނިޔޭގައި ދިވެހިރާއްޖެ

إ . ش


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) ނުވަތަ إ . ش އަކީ، ކޮންބޭފުޅެއްކަން ތާރަފުކުރުމަށް މާގިނަ ޖުމުލަތަކެއް ބޭނުންވާނޭކަމަކަށް ނުދެކެމެވެ. އެމަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށްވުރެވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

ކުޑަކުދިންގެ ހިތުގައި ދިވެހިބަހަށް ލޯބި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަން

ކިޔާފައިވާ ޢަދަދު: 4060

ފަތުޙުﷲ އަޙްމަދު ރަޝީދު، ހއ. އިހަވަންދޫ

“ފޮނިފޮނި ދިވެހިބަސް މިއީ މަތިވެރި ފަޚްރަކަށްވުމުން…”، “ދެއްވާށެ ކުޑަކުދިންނަށް ހިތްޤައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން، ބޮޑުވާނެ ރަންދުވަސްތައް” މިއީ ދެ ޅެންވެރިއެއްގެ ދެ ޚިޔާލެވެ. ދެ މުނާސަބާ ގުޅުން ހުރި ޝާއިރީ ދެ ބަސްކޮޅެވެ. އެހެނަސް، ދެ ޚިޔާލު އެއްކޮށްލައި ފުން ނަޒަރަކުން ވިސްނައިލައިފިނަމަ، ފުން މާނަތަކެއް ދޭހަވާ ދެ ޢިބާރާތެވެ. އެއް ވާހަކައަކީ، ކުޑަކުދިންނަށް ބޭނުންވާ އޯގާތެރިކަމާއި ލޯބި އެންމެ ފުރިހަމަ މާނައިގައި އެކުދިންނަށް ދެވިއްޖެނަމަ އެކުދިންގެ ރަން ދުވަސްތައް ދާދިއަވަހަށް އުދަވާނެ ވާހަކައެވެ. އަނެއް ވާހަކައަކީ،  ފޮނިފޮނި ދިވެހިބަސް މިއީ މަތިވެރި ފަޚުރަކަށްވީ ވާހަކައެވެ. ދެ ވާހަކަ އެއްކޮށްލުމުން ނުކުންނަ ނަތީޖާއަކީ، ދިވެހިންގެ ފަޚުރުވެރި ދިވެހިބަސް ‘ފުރިހަމަ މާނައިގައި’ ކުޑަކުދިންނަށް އުނގައިދެވިއްޖެ ނަމަ އެކުދިންގެ ހިތުގައި ދިވެހިބަހަށް ލޯބި އަށަގަނެގެންދާނެ ވާހަކައެވެ. އެހެންކަމުން، ކުޑަކުދިންގެ ހިތުގައި ދިވެހިބަށް އޮންނަ ލޯބި އަށަގެންނެވުމަށް ކުރަންޖެހޭ ކަމަކީ ‘ފުރިހަމަ މާނައިގައި’ އެކުދިންނަށް ބަސް އުނގަންނައިދިނުމެވެ. މިޒަމާނުގައި ‘ފުރިހަމަ މާނައިގައި’ ބަސް އުނގަނައިދެވޭނީ ވަރަށް ގިނަގުނަ ކަންތައްތަކެއް ފުރިހަމަ ކުރެވިގެންނެވެ. ފަރުދީ ފެންވަރުން ފެށިގެން ޤައުމީ ފެންވަރާ ހަމައަށް މިންނަތް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. އައު ޚިޔާލުތަކެއްގެ މައްޗަށް އައު ގޮތްތަކެއް އެކަށައަޅައި ތަންފީޒުކޮށްގެންނެވެ. 

ދިވެހި ރަތް ހަނދުފަޅި

ކިޔާފައިވާ ޢަދަދު: 5828

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މާކުރީގެ މާޒީއެއް ނޫނެވެ. ދިވެހީންގެ ކަންފަތްތަކަށް “ރޭޑިއޯ މޯލްޑިވްސް”ގެ ނަން ހޭނި ރީތިވެފައި އޮތެވެ. އަދި އެއީ ދިވެހީންގެ އެންމެ ބޮޑު އެކުވެރިޔާ ކަމުގައި ބަލަމުން އައީމުއެވެ. އެއީ އަހައިލާން ފަސޭހަ، ރީތި ނަމެއްގެ ގޮތުގައި އަޅުގަނޑުމެން ޤަބޫލުކޮށްގެން އުޅުނީމުއެވެ.

ސަޑޭމް ހުސޭނާއި ޑޯގް ބުޝް

ކިޔާފައިވާ ޢަދަދު: 6666

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިރާޤުގެ ވަރުގަދަ ޝަޚުޞިއްޔަތެއް ކަމުގައިވާ ޞައްދާމު ޙުސައިނުގެ ރައީސްކަމުގެ ދުވަސްވަރު އެ މަނިކުފާނަކީ ހުޅަނގާއި އެމެރިކާއަށް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތައް ދެއްވަމުން ގެންދެވި ޖެހިލުންކުޑަ ލީޑަރެކެވެ. ޣައިރުމުސްލިމުން ރުޅިއަންނަ، އަދި މުސްލިމު ބައެއް ލީޑަރުންވެސް ޖެހިލުންވެވަޑައިގެންނެވި ވެރިއެކެވެ.

ލިޔާށެވެ. ލިޔުންތެރިއަކަށްވާށެވެ.

ކިޔާފައިވާ ޢަދަދު: 3844
 ޢަބްދުއްރަޝީދު ޙުސައިން
އަންނާށެވެ. އަޅުގަނޑުމެންނާއެކު އަންނާށެވެ. ލިޔުންތެރިއަކަށްވެވޭތޯ މަސައްކަތް ފަށަމާ ހިނގާށެވެ. އެއީ އުނދަގޫ ކަމެއް ނަމަވެސް ހަމަގައިމުވެސް އެއީ ނުކުރެވޭނޭ ކަމެއްނޫނެވެ.