އޭރުގެ ފަތްފުށްތަކުން…. (75)

ކިޔާފައިވާ ޢަދަދު: 2338
 

އަޅުގަޑުމެންގެ ادبى ލިޔުންތެރިކަން

إبراهيم شهاب


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) އަކީ، ކޮންބޭފުޅެއްކަން ތާރަފުކުރުމަށް މާގިނަ ޖުމުލަތަކެއް ބޭނުންވާނޭކަމަކަށް ނުދެކެމެވެ. އެމަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށްވުރެވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސްކަމުގެ ހަނދާނީ ލިޔުން އެރުވުނު 5 ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1982 ވަނަ އަހަރު، ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ.

ދިވެހީންނަށް އިނގިރޭސި

ކިޔާފައިވާ ޢަދަދު: 1935
ޢަލީ އިސްމާޢީލް

ހަނދާންވާ ގޮތުގައި އެއީ 2007 ނޮވެމްބަރު މަހުގެ ސާދަވަނަ ދުވަހެވެ. އެދުވަހު ހަވީރު އަޅުގަނޑު ގެއިން ނުކުތީ، ފާރޮށިގެއިން ޕާނެއް ގަންނާށެވެ. ދަންނަވަން މިއުޅެނީ، ދިވެހިރާއްޖޭގައި، ޕާން އަގު ބޮޑުވި ވާހަކައެއް ނޫނެވެ. ނަމަވެސް އެ ދުވަހު ޕާން ހިފައިގެން ފާރޮށިގެއިން ނުކުތް ތަނުން ފެނުނު ފޮތިގަނޑުގެ ވާހަކައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(58)

ކިޔާފައިވާ ޢަދަދު: 1718
 

އިގިރޭސި ސަރުކާރުގެ ވަފުދުގެ އަރިހަށް މޫންލައިޓް މީހެއް

“….ނުކެރޭނެ!”

ނޫސް ވިދާޅުވާ ބޭފުޅުންނަށް އެގިވަޑައިގަންނަވާނޭ ފަދައިން 1977-4-30 ގައި އިގިރޭސި ސަރުކާރުގެ ވަފްދެއް މާލެއަށް ޒިޔާރަތް ކުރެއްވިއެވެ. އެވަފްދުގައި ވަޑައިގަތީ މިނިސްޓްރީ އޮފް އޮވަރސީޒް ޑިވެލޮޕްމެންޓް އިކޮނޮމިސްޓް މިސްޓަރ ޖީ.އޭ.ބްރިޖަރއާއި އިންޖިއަރިން އެޑްވައިޒަރ މިސްޓަރ ޖީ.އޭ. ވިލިއަމްސްއާއި އިގިރޭސި އެމްބެސީގެ 1 ވަނަ ސެކްރެޓެރީ މިސްޓަރ ޕާޓްރިޖް އާއި އަދި މީގެ ކުރިންވެސް މާލެއަށް ޒިޔާރަތްކުރައްވާފައިވާ ބޭކަލަކު ކަމުގައިވާ މިސްޓަރ ޖޭ.ޑަބްލިޔޫ.ރިޖަސް އެވެ.

މަލަށް މާބުރުގެ ގޯނާ ފޯރަނީ ދަޢުވަތުދެވޭތީއެވެ.

ކިޔާފައިވާ ޢަދަދު: 5514
 

ޅެމެއްގެ ޝަރަޙަ

މަލަށް މާބުރުގެ ގޯނާ ފޯރަނީ ދަޢުވަތުދެވޭތީއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް
•ލޯބިވާ ރީތި މަލާއެވެ! މާބުރުގެ ފުށުން މަލަށް އެއްވެސް ގޯނާއެއް ފޯރައިހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެކަމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ ނޭނގި ނަމަވެސް މާބުރަށް ދަޢުވަތުދެވެނީއެވެ. މާބުރު ގަސްތުގައި ގޯނާކުރަނީކީނޫނެވެ.
•މަލާއެކެވެ.! ތިޔައީ ޤަދަރުވެރިއެކެވެ. ޢިއްޒަތްތެރިއެކެވެ. އެކަމަކު އެކަން ތިބާ ނުދަންނަމުއެވެ. އަލަށް ފޮޅިލާ ހިނދުން ވެސް ތިޔަ ރީތި ފިޔަތައް ހާމަކޮށްލެވެނީއެވެ. އެއީ މާބުރަށް ހަނާއެޅެނީއެވެ. ޤަސްތުގައެއް ނޫނެވެ. އެކަމަކު އެއީ ނޭނގި ނަމަވެސް މާބުރަށް ދެވޭ ދަޢުވަތެކެވެ.

ދިވެހި ޅެންވެރިކަމަށް ކަޅިއެއް

ކިޔާފައިވާ ޢަދަދު: 6937
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ކޮންމެ ޅެމަކަށް ވެސް ރީތި ލަވަޔަކަށް ވެވިދާނެ އެވެ. ނަމަވެސް ކޮންމެ ލަވައެއް، ޅެމަކަށް ނުވާނެ އެވެ. އެހެނީ ލަވައަކީ އަޑުގެ, އެއް ގޮތްކަން ހިމެނޭ، އަޑުގެ ބައިތަކެއް (ރާގެއް) ގެ މައްޗަށް ބިނާކޮށް ހަދާ އެއްޗެކެވެ. އަދި އޭގެ ސަބަބުން އަޑުއަހާ މީހުން އެ ބައި މީހުންގެ ވަށައިގެންވާ ވެށި ހަނދާންނައްތުވައިލާ ފަދަ އަޑެއްގެ މައްޗަށް ބިނާކުރެވިފައިވާ އެއްޗެކެވެ. ނަމަވެސް މިޔާ ޚިލާފަށް ޅެމަކީ މާނަ ފުން ބަސްތަކަކާއި އަކުރުތަކަކުން އެކުލެވިފައިވާ މާ ޢިލްމީ އެއްޗެކެވެ. އާދައިގެ މީހުންގެ ކުރިމަތީގައި ލަވައިގެ އަގު ބޮޑަސް ޢިލްމީ އަދަބީ މީހުންގެ ކުރިމަތީގައި ޤަދަރު ބޮޑުވާނީ ޅެމުގެ އެވެ.

އަލަށް އުފެދޭ ލަފުޒުތައް (5)

ކިޔާފައިވާ ޢަދަދު: 2534

ލިޔުންތެރީންގެ ގުޅުން

(11 އޭޕްރިލް 2014 (ހުކުރު) ގުޅޭ)
ޢާއްމުކޮށް ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭ ކުރިއެރުމެއްކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.
 

ފޮތެއްގެ ތަޢާރުފު

ކިޔާފައިވާ ޢަދަދު: 2198

 

ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް

 
އާދަމް ނަޞީރު އިބްރާހީމް
 
އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަންގެ ހިނގާ ގަލަންކޮޅުން ކުރައްވައިފައި ވާ، މަތީގައި އެ ވާ އިބާރާތް އަޅުގަނޑުގެ ނިތް ކުރީގައި ހިފައި ވަރަށް ޚާއްޞަ ފޮތަކާ ދިމާޔަށް އަނބުރައިލިއެވެ. އެއީ އެންމެ ފަހުން އޭނާ ތަޞްނީފު ކުރެއްވި ފޮތެވެ. ފޮތުގެ ނަމަކީ “ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް” އެވެ.  ބަވަނަވަމުން ދާ އަދުގެ ދުނިޔޭގައި ފުނިޖެހިފައި ވާ  ހުރިހައި މައްސަލައެއްގެ ހައްލު މި އޮތީޔޭ، މި އިބާރާތްކޮޅު ބުނާ ފަދައެވެ.

ތަފާތު

ކިޔާފައިވާ ޢަދަދު: 2817

ނޫރުއްސަލާމް އަބޫބަކުރު

ދުނިޔޭގެ އެކި ކަންކަމާ މެދު ވިސްނި ވިސްނިހެން ދުނިޔެއިން އެންމެ ތަފާތު އެއްޗަކަށް އަހަރެންނަށް ފެނުނީ ތަފާތެވެ.
ތަފާތު އެކި މީހުން ތަފާތު ބަލައިގަންނަ ގޮތް ތަފާތެވެ. އެކި މީހުން ތަފާތު މާނަކުރާ ގޮތް ތަފާތެވެ. ތަފާތު ކަމުގައި އެކި މީހުން ގަބޫލު ކުރާ ކަންކަން ތަފާތެވެ. ތަފާތު އޮތުމާއި ތަފާތުވުމާއި ތަފާތުކުރުން ތަފާތެވެ.

ޝެކްސްޕިޔަރުގެ 450 ވަނަ އަހަރު މަތިފުޅު ދުވަސް

ކިޔާފައިވާ ޢަދަދު: 5642
 

އިނގިރޭސިބަހުގެ ދުވަސް

އަޙްމަދް ސަމީރު ޢަލީ

އެކުވެރި ދައުލަތްތަކުގެ (އދ) ގެ ހީވާގި ތަފާތު ޖަމިއްޔާތަކުގެ ތެރެއިން ތައުލީމާއި އިލްމީ ހޯދުންތަކާއި ސަގާފަތަށް ޚިދުމަތްކުރާ ޖަމިއްޔާއިން، މިއަދަކީ (23 އެޕްރީލަކީ ) އިނގިރޭސި ބަހުގެ ދުވަސް ކަމުގައި 2010 ވަނަ އަހަރު ނިންމިއެވެ. ޔުނެސްކޯއިން  އިނގިރޭސި ބަހުގެ ދުވަސް ކަމުގައި އެޕްރީލް މަހުގެ 23 ވަނަ ދުވަސް ފާހަގަ ކުރަން ނިންމީ، އެ ދުވަހަކީ އިނގިރޭސި އަދީބުންގެ ރަސް އަދީބު ވިލިޔަމް ޝެކްސްޕިއަރގެ އުފަން ދުވަސް ކަމުގައި ވީތީއެވެ! ޝެކްސްޕޔަރގެ އުފަންދުވަހާއި ދިމާކޮށް، މުޅި ދުނިޔޭގެ ފެންވަރުގައި އިނގިރޭސިބަހުގެ ދުވަސް ޔުނެސްކޯއިން ފާހަގަ ކުރާތާ މިއީ 5 ވަނަ އަހަރެވެ!

އަލަށް އުފެދޭ ލަފުޒުތައް (4)

ކިޔާފައިވާ ޢަދަދު: 2652
ލިޔުންތެރީންގެ ގުޅުން
(4 މާރޗް 2014 (ހުކުރު) ގުޅޭ)

ޢާއްމުކޮށް ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭ ކުރިއެރުމެއްކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.