ތަފާތު

ކިޔާފައިވާ ޢަދަދު: 2905

ނޫރުއްސަލާމް އަބޫބަކުރު

ދުނިޔޭގެ އެކި ކަންކަމާ މެދު ވިސްނި ވިސްނިހެން ދުނިޔެއިން އެންމެ ތަފާތު އެއްޗަކަށް އަހަރެންނަށް ފެނުނީ ތަފާތެވެ.
ތަފާތު އެކި މީހުން ތަފާތު ބަލައިގަންނަ ގޮތް ތަފާތެވެ. އެކި މީހުން ތަފާތު މާނަކުރާ ގޮތް ތަފާތެވެ. ތަފާތު ކަމުގައި އެކި މީހުން ގަބޫލު ކުރާ ކަންކަން ތަފާތެވެ. ތަފާތު އޮތުމާއި ތަފާތުވުމާއި ތަފާތުކުރުން ތަފާތެވެ.

ޝެކްސްޕިޔަރުގެ 450 ވަނަ އަހަރު މަތިފުޅު ދުވަސް

ކިޔާފައިވާ ޢަދަދު: 5710
 

އިނގިރޭސިބަހުގެ ދުވަސް

އަޙްމަދް ސަމީރު ޢަލީ

އެކުވެރި ދައުލަތްތަކުގެ (އދ) ގެ ހީވާގި ތަފާތު ޖަމިއްޔާތަކުގެ ތެރެއިން ތައުލީމާއި އިލްމީ ހޯދުންތަކާއި ސަގާފަތަށް ޚިދުމަތްކުރާ ޖަމިއްޔާއިން، މިއަދަކީ (23 އެޕްރީލަކީ ) އިނގިރޭސި ބަހުގެ ދުވަސް ކަމުގައި 2010 ވަނަ އަހަރު ނިންމިއެވެ. ޔުނެސްކޯއިން  އިނގިރޭސި ބަހުގެ ދުވަސް ކަމުގައި އެޕްރީލް މަހުގެ 23 ވަނަ ދުވަސް ފާހަގަ ކުރަން ނިންމީ، އެ ދުވަހަކީ އިނގިރޭސި އަދީބުންގެ ރަސް އަދީބު ވިލިޔަމް ޝެކްސްޕިއަރގެ އުފަން ދުވަސް ކަމުގައި ވީތީއެވެ! ޝެކްސްޕޔަރގެ އުފަންދުވަހާއި ދިމާކޮށް، މުޅި ދުނިޔޭގެ ފެންވަރުގައި އިނގިރޭސިބަހުގެ ދުވަސް ޔުނެސްކޯއިން ފާހަގަ ކުރާތާ މިއީ 5 ވަނަ އަހަރެވެ!

އަލަށް އުފެދޭ ލަފުޒުތައް (4)

ކިޔާފައިވާ ޢަދަދު: 2709
ލިޔުންތެރީންގެ ގުޅުން
(4 މާރޗް 2014 (ހުކުރު) ގުޅޭ)

ޢާއްމުކޮށް ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭ ކުރިއެރުމެއްކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.
 

އޭރުގެ ފަތްފުށްތަކުން…. (68)

ކިޔާފައިވާ ޢަދަދު: 2387

ކޮތަރު

ކޮތަރަކީ ގެއަށް އޮޅު އަދި ސިޓީ ގެންގޮސްދޭ ދޫންޏެކެވެ. ކޮތަރަކީ صلح ގެقاصدއެވެ. ކޮތަރަކީ އެންމެ ބާރަށް އުދުހޭ ދޫނިކަމަށް ވުމާއެކު ވަރުބަލިނުވެ އެންމެދުރަށް އުދުހޭވެސް ދޫންޏެވެ. ކޮތަރަކީ ލޯބީގެ ފުރިހަމަ ނަމޫނާއެއްވެސް މެއެވެ.

على أحمد


ހ. މާދޫގޭ އަލްފާޟިލް ޢަލީ އަޙްމަދު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. ތަޢުލީމަށް ޚިދުމަތްކުރެއްވުމުގައި ނަމޫނާ ބޭފުޅެކެވެ. އެއީ،ދިވެހިބަހުގެ އުސްތާޛެކެވެ. ބަހުގެ ގަވާއިދާބެހޭ ގޮތުން ތަފާތު މަޒުމޫނުތަކާއި ފޮތް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްވެސް މެއެވެ.

ލަފުޒުގެ މާނަ ދިރާސާކުރުން

ކިޔާފައިވާ ޢަދަދު: 11687
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ނޯޓް: މިއީ ވަކި ގިންތިއެއްގެ ބަޔަކަށް ނޫނީ ދެނެގަންނަން އުނދަގޫ ކަހަލަ ގޮތަކަށް ލިޔެވިފައިވާ ލިޔުމަކަށް ވާތީ “ލިޔުންތެރީން”ގެ ކިޔުންތެރީންގެ އަރިހުން ވަރަށް އިޚުލާޞްތެރިކަމާއެކު މަޢާފަށް އެދެމެވެ. އެހެންނަމަވެސް، ބަހަވީ ޢިލްމު ނުވަތަ ބަހުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ކޮންމެވެސް ފައިދާއެއް ކޮށްފާނެ ކަމަށް ފެންނާތީ މި ލިޔުން ޝާއިޢުކޮށްލީއެވެ.


ދިވެހި ޅެންވެރިކަމަށް އަވަސް ކަޅިއެއް

ކިޔާފައިވާ ޢަދަދު: 10532
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެއްވެސް ޝައްކެއް ނެތް ގޮތުގައި ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ ނުފޫޒު ގަދަ ބާވަތެވެ. ޅެންބަހުރުވައިގައި ބަސްތައް އެމުނި އެކުލެވިފައިވާ ގޮތުން އާދައިގެ ނަސްރަށްވުރެ ޅެންބަހުރުވައިން އިންސާނާގެ އިޙުސާސްތަކާ މާ ބޮޑަށް ކުޅެލައެވެ. ޅެންބަހުރުވައިގައި ހުންނަ ކާފިޔާ އާއި ވަޒަން ހަމަވުންފަދަ އުޞޫލުތަކުގެ ސަބަބުން، ޅެމުން ހުށަހަޅާ ޝުޢޫރުތަކުން އިންސާނާއަށް މާ ބޮޑަށް އަސަރުކުރުވައެވެ. އަދި ޅެންބަހުރުވައިން ހުށަހެޅޭ ޚިޔާލުތައް ހަނދާނުގައި މާވަރުގަދަޔަށް ހަރުލައެވެ.

އަންހެން ދަރިޔަކު އޭނާގެ މަންމައަށް ފޮނުވި ސިޓީއެއް

ކިޔާފައިވާ ޢަދަދު: 6995
ލިޔުނީ ކާކުކަމެއް އެނގޭކަށް ނެތް
ތަރުޖަމާ: އަހްމަދް ސަމީރު އަލީ
ނުހަނު ލޯބިވާ މަންމާއެވެ!
އެހެން އަންހެން ކުދިންނެކޭ އެއްފަދައިން، އަޅުގަނޑުވެސް އެންމެ ޅަފަތުން ފެށިގެން އަޅުގަނޑުގެ ކާވެނީގެ ދުވަހަށް އިންތިޒާރު ކުރަމުން އައީ ވަރަށް އުފަލުންނެވެ. އަދި ޝައުގުން ފުރިގެންވެސްމެއެވެ. އަޅުގަނޑުގެ ދެލޯފަދައިން ނުހަނު ލޯބިވާ ފިރިއަކާއި އެކީ ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްވުރެ ދުރަށް އެ ޅައުމުރުގައި އަޅުގަނޑުގެވިސްނުމެއްވެސް ޚިޔާލެއްވެސް ދަތުރެއް ނުކުރެއެވެ!

މި ރީތި ލަފުޒު އެއްފަރާތްނުކުރަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 6733
އަޙްމަދް ސަމީރު ޢަލީ

ލަފުޒެއްގެ ރީތި ކަމަކީ އެ ލަފުޒުން ނުވަތަ އެ ބަހުން ވަރަށް ފުރިހަމަ މާނައެއް ދޭހަވުމެވެ. ހަގީގަތުގައި ކޮންމެ ލަފުޒެއްވެސް އުވިގެން ނުގޮސް އޮންނަ އެއް ސަބަބަކީ  ހަމައެކަނި އެ ލަފުޒުން ދޭހަވާފުރިހަމަ މާނައެއްގެ ސަބަބުންނެވެ. ހަމަ ސީދާ އެއް މާނަ ދޭހަވާ ދެ ލަފުޒުން ކުރެ އެއް ލަފުޒުގެ ބޭނުމެއް ނެތެއް ނޫންތޯއެވެ؟

ކަޅުއޮށުގެ ތަޖުރިބާ!

ކިޔާފައިވާ ޢަދަދު: 3128
ޙުސައިން ޝާކިރު
އޮއްސެމުންދާ އިރާދިމާއަށް އެނބުރި ދޮންވެލީ ތުނޑިއެއްގައި އުމުރުގެ ހަތްދިހައިގެ އަހަރުތައް ގުނަމުންދާ އުމުރުން ދުވަސްވީ މީހަކު ތުނޑީގެވެލިގަނޑަށް ފޫ ހަރައިލައި ދެކަކުލުން ލަނބާލައި ފައިކޮޅަށް ޖަހައިގެން ދެއަތުން ދެކަކޫ ވަށާލައި އެއްއަތުން އަނެއް އަތުގެ ކުޑަހުޅުގައި ހިފަހައްޓައިލައިގެން މޫދުގެ ސާފު ލޮނުގަނޑުގެ ތެރޭން ވެލިގަނޑު ހާވައި ކިލާބޮމުންދިޔަ ކަޅުއޮށަކާއި ދިމާއަށް ބަލަން އިނެވެ. އަދި އޭގެ ބަނޑު ދަށުގައި އިނދެގެން ކަޅުއޮށް ހާވައި، ކިލަނބު އަރުވަމުން ދާވެލިގަނޑުން އޭގެރިޒުޤު ލިބިގަންނަމުން ދިޔަ ކޮރަކަތްޔާ ދިމާއަށެވެ.

އެނގެން ޖެހޭ ހުރިހައި އެއްޗެއް އަހަންނަށް ދަސްވީ ކިންދަގާޑްންގައެވެ.

ކިޔާފައިވާ ޢަދަދު: 7206

ފޮތެއްގެ ތައާރުފު:

އެނގެން ޖެހޭ ހުރިހައި އެއްޗެއް އަހަންނަށް ދަސްވީ ކިންދަގާޑްންގައެވެ.

 އަޙްމަދް ސަމީރު ޢަލީ

މަޝްހޫރުލިޔުންތެރިޔާ Robert Fulgham މީގެ ފަންސަވީސް އަހަރުކުރިން ޗާޕު ކުރެއްވި މިފޮތަކީ، އޭނާގެ އެހެން ފޮތްތަކުގެ ތެރެއިން  ކިޔުންތެރިންގެ ކުރިމަތީގައި މިހާރުވެސް އެންމެ މަގުބޫލު ފޮތެވެ. ލިޔުންތެރިޔާ ރޮބަޓްފުލްޖަމް ލިޔުއްވާ ގޮތުގައި މިފޮތުގައިވާ ކުރު މަޒުމޫނުތައް އޭނާލިޔުއްވީ ޗާޕުކުރުމުގެ ނިޔަތެއްގައެއްނޫނެވެ. “ލިޔާހިތްވާތީ” މަޑުމަޑުން ލިޔަމުންއައީއެވެ. އެއީ ތަފާތު އެކި ވަޒީފާ އަދާކުރަމުން އެކި ހިސާބުހިސާބަށް ދަތުރުކުރަމުން، ލިޔެވުނު ނޯޓުކޮޅުކޮޅާއި ކުރު މަޒުމޫނުތަކެކެވެ! މިހެން އެއްވެފައި ހުރި ލިޔުންތަކަށް އަހަރެން ކިޔަނީ ‘މަގޭހާސަރެވެ’!