މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާ މެދު (3)

ކިޔާފައިވާ ޢަދަދު: 226
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 172  (ޑިސެންބަރު 1993) ވަނަ އަދަދުންނެވެ “ލޮބުވެތި އަންހެން ފިރިހެން އެއްބަނޑުތަކުންނޭ! އެންމެ ފުރަތަމަޔަށް ތިޔަ އެންމެ ތަކުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ރައްދުކުރަން. އަހުރެމެންގެ ކައުމުގެ ސައުރަޔާޅީސް ވަނަ މިނިވަން އަހަރީ ދުވަސް މަނަމުންދާ ތަންވަޅު، ކައުމު މިނިވަންކުރުމަށް ޖާނު ފިދާކުރި ކައުމީ ބަތަލުންނަށް އަކީދަތްތެރިކަން އެންގުމީ އަހަރެމެންގެ ވާޖިބެއް.” މިއިބާރާތްކޮޅަކީ، އިންޑިޔާގެ 44 ވަނަ މިނިވަން ދުވަހު މުނާސަބާގައި މަލިކު ޑެޕިއުޓީ ކަލެކްޓަރ ދެއްވި ތަޤްރީރުން ތަންކޮޅެކެވެ. މިތަޤްރީރުގައި…

މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާ މެދު (2)

ކިޔާފައިވާ ޢަދަދު: 271
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިބައި ނަގައިފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 161 (އޮގަސްޓް 1992) ވަނަ ޢަދަދުންނާއި 165 (ޑިސެންބަރު 1992) ވަނަ ޢަދަދުންނެވެ. ____________________________ ތިލަދުންމައްޗާއެކު މުޅި އުތުރުގެ ހުރިހާ އަތޮޅެއްގައި ހެން ބޭނުންކުރާ އަމުރުގެ ގޮތްވެސް ހަމަ އެގޮތަށް މަލިކުގައި އެބަ އޮތެވެ. ލިޔެގަ! ލިޔޭ. މިގޮތެވެ. ހއ.ހދ. ން އަޅުގަނޑު އަހާފައިވަނީ، އަންނަގަ (އާދޭ) އިއްތަގަ(އިށީނދޭ) މިގޮތަށް މިއަމުރުތައް ބޭނުން ކުރާތީއެވެ. ތިލަދުންމަތީ މީހުން ބުނާ ގޮތުގައި، އާދޭ، މިހެން ބުނުމަށް ވުރެ، އަންނަގަ، އޭ ބުނުމުން…

ކުޑަކުދީންގެ ސިކުނޑީން އެކުއެކީގައި ދެ ބަސް ދަސްކުރަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 166
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބޭރު ބަހެއް ދަސްކުރަން އުޅުމަކީ ކިހާ އުނދަގޫ އަދި އޮޅުންބޮޅުން ބޮޑު ކަމެއްކަން އަލަށް ބޭރު ބަސް ދަސްކުރަން އުޅޭ ބޮޑެތި މީހުންނަށް އެނގޭނެއެވެ. ދެބަހުން ވާހަކަ ދައްކައިއުޅޭ އާއިލާއެއްގެ ތެރޭގައި ބޮޑު ވަމުން އަންނަ އުމުރުން ތިން އަހަރުގެ ކުއްޖަކު އޭނާގެ މާދަރީ ބަހުގެ ތެރެއަށް ދެވަނަ ބަހެއް މަސްހުނި ކުރަން ފެށުމުން އެއީ އޭނާ އަށް އެ ދެބަސް އޮޅެނީ ކަމަށް ގަބޫލު ކުރެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އެގޮތަށް ދިމާވަނީ ދެ…

ދިރިއުޅުމުގެ ފަލްސަފާ

ކިޔާފައިވާ ޢަދަދު: 70
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ: ޑޮކްޓަރ މުޙައްމަދު ޤުބާދު އަބޫބަކުރު

ދިރިއުޅުމަކީ ހަނަފަސް ސަހަރާއެކެވެ.

އަދި ފަރި ބަގީޗާއެއް ވެސް މެއެވެ.

ލޯބީގެ ދުނިޔެއަކަށް ތިބާ ގެއްލިއްޖެނަމަ،

ފޮނި މަސްތެއް ވެސް މެއެވެ.

ރޭގަނޑު ނިމުމާއެކު ނަލަ ފަތިހެއް އުފަންވެއެވެ.

މަޑުމަޑުން މަޑުމަޑުން އަނދިރިކަން ފިލައި ދެއެވެ.

ދިރިއުޅުން، ހިނިތުންވެފައިވާ އުޖާލާ އިރެއް ފަދައެވެ.

އަމާން އައްސޭރިއަށް ވާސިލުވެވޭނީ،

ތޫފާނުގެތެރެއިން ދަތުރުކުރާ ނަވަށެވެ.

ކެރޭ ޒުވާނުންގެ ކުރިމަތީގައި

ތޫފާންތައް ވެސް ބޯލަނބާލައެވެ.

ދިރިއުޅުމަކީ އެހީތެރި އަތްތަކަކާ

ފަސްބައިތަކެއް ވެސް މެއެވެ.

____________

ހަމައެކަނި މަލަކުން ނޫނެވެ.

ކިޔާފައިވާ ޢަދަދު: 136
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަގީޗާ ޒީނަތްތެރި ވަނީ ހަމައެކަނި މާމެލާމެއްޔަކުން ނޫނެވެ. ކަށިތަކުން ވެސް ޒީނަތްތެރި ވެއެވެ. ދިރިއުޅުމަށް ބޭނުން ވަނީ އުފާ އެކަންޏެއް ނޫނެވެ. ހިތާމައަށް ވެސް ބޭނުން ވެއެވެ. އޭ! މޮޔަ ވާއިޒެވެ! ކަލޭ ތިޔަދައްކަނީ އެންމެ ޤިޔާމަތެއްގެ ވާހަކަ ތާއެވެ! ބަލަ މިއީ ކޮންމެ ދުވަހަކު ހަތަރުކަޅި ބައްދަލުވެ، ކޮންމެ ދުވަހަކު ޤިޔާމަތްވާ ތަނެކެވެ. އޭނާ އަހަރެންގެ ހިތާމަތަކުގެ ވާހަކަ އަހައިލަން އާދެއެވެ. އެހެނެއްކަމަކު އެއްޗެއް ބުނެވޭކަށްވެސް ނެތެވެ. ހަނުހުރެވޭކަށް ވެސް ނެތެވެ. ހަނުހުރުމަކީ ވެސް ދަތިކަމަކަށް…

ރަތް، ރީނދޫ، ފިޔާތޮށި އަދި ފެހި: ދުނިޔޭގެ ތަފާތު ބަސް ބަހުން ވިއްސާރަ ދުންޏަށް ނަންދެވިފައިވާ ގޮތް

ކިޔާފައިވާ ޢަދަދު: 175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިނގިރޭސި ބަހުގެ ކުލަ ލަފުޒުތައް އައިސްފައިވަނީ އިނގިރޭސި ބަސް ނޫން އެހެން އަސްލަކުންނެވެ. ވަރމިލިއަން((vermillion ގަދަ ރަތްކުލަ އަދި ޝާރްތުރަޡް (chartreuse) ފެއްސާ ރީނދުލާ ދެމުދުގެ ކުލަތަކަކީ ފަރަންސޭސި ބަހުން އިނގިރޭސި ބަހަށް ގެނެވިފައިވާ ދެ ލަފުޒެވެ. އަދި މި ދެލަފުޒަށް ނަން ކިޔާފައިވަނީ ދިރޭރަހަ އާ ބަނގުރާ ގެ ކުލައިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދެ އެއްޗެއްްގެ ކުލައަށް ނިސްބަތްކޮށެވެ. އިނގިރޭސި ބަސް ކަމުގައި ވާ ‘black’ ކަޅު ކުލަ އަދި ‘white’ ހުދު ކުލައަށްވެސް ނަން…

ވާހަކަ ދެއްކުމުގެ ބައެއް އަދަބުތައް

ކިޔާފައިވާ ޢަދަދު: 510
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވާހަކަ ދެއްކުމަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ނިޢުމަތެވެ. ވާހަކަ ދެއްކުމަށް މުއާސަލާތުގެ ތަޅުދަނޑި އޭ ވެސް ކިޔައެވެ. ދޭދޭ މީހުންނާ ހިސާބުން ފެށިގެން ނުހަނު ބޮޑެތި ޖަމާއަތްތަކުގެ ކުރިމަތީގައި ވެސް ވާހަކަ ދައްކާން ޖެހެއެވެ. މިހިސާބުން ވާހަކަ ދެއްކުމުގެ ދެބާވަތެއްވާ ކަން އެބައެނގެއެވެ. އެއީ ދޭދޭ މީހުންގެ މެދުގައި ދެކެވޭ ވާހަކައާއި ޖަމާއަތަކާ ކުރިމަތިލައިގެން ހުރެ ވާހަކަ ދެއްކުމެވެ. މިއީ ވަރަށް އާދަޔާ ޚިލާފު ހުނަރުތަކެއް ބޭނުންވާ ކަމެކެވެ.…

ލަފުޒުތައް ކަނޑައެޅުމަށާ ބަހުގެ ހަމަ އެކުލަވާލުމަށް އިޖުތިމާއީ މީޑިއާގެ ބަސް މުހިއްމުތަ؟

ކިޔާފައިވާ ޢަދަދު: 257
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިޖުތިމާއީ މީޑިއާއަކީ މިހާރަކަށް އައިސް ޚިޔާލު ފާޅު ކުރަން ގިނަ މީހުން ޚިޔާރު ކުރާ މަންސައެވެ. އިޖުތިމާއީ މީޑިއާ އަކީ އިޖްތިމާޢީ މައްސަލަތަކުން ފެށިގެން ސިޔާސީ ކަންކަމާ ދޭތެރޭ ޚިޔާލު ފާޅު ކުރަން ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް ބޭނުންކުރެވޭ ވަސީލަތެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންތައްތައް އާއްމުންނާ ހަމައަށް އެންމެ އަވަހަށް ފޯރުކޮށްދޭ ވަސީލަތަކީވެސް އިޖުތިމާއީ މީޑިއާއެވެ. އެހެންކަމުން މި ވަސީލަތް ވެފައި މިވަނީ ވަރަށް ނުފޫޒު ގަދަ އަދި ހަމަ އެހެންމެ ޚަބަރު ގެނެސްދިނުމުގައި…

މަލިކުގައި ވާހަކަދައްކައިއުޅޭ ބަހުރުވަޔާ މެދު (1)

ކިޔާފައިވާ ޢަދަދު: 206
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

”މަލިކުގައި ވާހަކަދައްކައިއުޅޭ ބަހުރަޔާ މެދު” މި ލިޔުމަކީ، ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރު އަލްފާޟިލް ޢަބްދުﷲ ޞާދިގު މީގެ 24 އަހަރު ކުރިން ”ފަތްތޫރަ” މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ލިޔުމެކެވެ. ލިޔުމުގެ މިބައި ނަގާފައިވަނީ “ފަތްތޫރަ’ މަޖައްލާގެ 155 (ފެބުރުވަރީ 1992) ވަނަ ޢަދަދުންނެވެ. _________________________ މިބަޔާން ފަށައިގަތުމުގެ ކުރިން، ބަހަކީ ކޮބއިތޯއާއި ބަހުރުވަޔަކީ ކޮބައިތޯ ބަލައިލާން އެބަޖެހެއެވެ. ބަސްފޮތް ބުނާ ގޮތުގައި ބަހަކީ، ވަކިބަޔަކު ނުވަތަ ވަކިގައުމެއްގެ ބަޔަކު ވާހަކަދައްކަން ނުވަތަ ލިޔެކިޔަން ބަސްތައް ބޭނުންކޮށްއުޅޭ ޚާއްޞަގޮތަކަށް…

އައްލާމާ މުޙައްމަދު އިޤްބާލްގެ “އިންސާނާ”

ކިޔާފައިވާ ޢަދަދު: 265
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ އާއި ތައުލީގު: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް ތިރީގައި ހުށަހަޅާލެވިފައި ވަނީ ޢައްލާމާ މުޙައްމަދު އިޤްބާލުގެ ‘އިންސާނާ’ މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. ޢައްލާމާ އިޤްބާލާ ބެހޭ ގޮތުން، ދާދި ފަހުން، އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމު، ލިޔުންތެރިން ގެ ގުޅުމުގެ މިސައިޓުގައި ބޭނުންތެރި ލިޔުމެއް ޝާއިއު ކުރެއްވިއެވެ. 9 ނޮވެންބަރުގައި، އައްލާމާ އިޤްބާލުގެ 137 ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ. އެލިޔުމުގައި އިޤްބާލުގެ ސީރަތުގެ މައްޗަށް ކުރުގޮތަކަށް އަލިއަޅުވާލެވިފައި ވެއެވެ. އާދެ، އައްލާމާ އިޤްބާލަކީ ޕާކިސްތާނުގެ ފަލްސަފާ…