“އިނބަ”ގެ ޙަޤީޤަތަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 8804

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެތެރެއިން

“އިނބަ”ގެ ޙަޤީޤަތަކީ ކޮބާ؟

ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދި ބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާ މުޖުތަމަޢެއް ދިރިއުޅޭ ތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެން އެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެ. ޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއި މުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތު ބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރިހައި ބަހެއްގެ ވެސް ޠަބީޢަތެވެ. މި ދެންނެވި ތަފާތަށް އަދަބިއްޔާތުގެ ޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ‘ބަހުރުވަ’އެވެ.

ބަސް ދަބަސް

ކިޔާފައިވާ ޢަދަދު: 5595

މަޑަވެލީ އަލީ ނަސީރު
ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ، ދިރުން ލިބިގެންވާ އެއްޗެކެވެ. އެހެންނަމަވެސް ބަހަށް ލިބިފައިވާ ދިރުމަކީ، އިންސާނުންނާއި، ޖިންނިޝައިޠާނުންނާއި، މާމެލާމެއްޔާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، މިނޫނަސް މިފަދަ ތަކެއްޗަށް ލިބިފައިވާފަދަ އާދެ! ހެލިފެލިވެ، އުފެދިބޮޑުވެ، ނުވަތަ ޙަރަކާތްކުރުން ފަދަ ދިރުމެއް ނޫނެވެ. ބަހަށް ލިބިފައިވާ ދިރުމަކީ، ތަރައްޤީ އާއި، ކުރިއެރުމާއި، ބުރުސޫރަ އާއި، އޮމާންކަމާއި، އަޑުމަޚްރަޖަ އާއި، ޒަމާނާއި އެއްގޮތަށް އަންނަމުންދާ ބަދަލުތަކާއި، އަޚްލާޤިއްޔާތާއި އާއި، އަދަބިއްޔާތުގެ ސިފަތަކެވެ.

ގެންގެރުމާއި ގެންގަރުން

ކިޔާފައިވާ ޢަދަދު: 8753

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން:

ގެންގެރުމާއި ގެންގަރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ކޮންމެ ބަހުރުވައަކީވެސް ވަކި ޚާއްއްޞިއްޔަތެއް އޮންނަ ބަހުރުވައެކެވެ. ބަހުގެ މުއްސަނދިކަން ދެނެގަތުމަށްޓަކައި އެކި ބަހުރުވަތަކުގެ ޚާއްޞިއްޔަތުތައް ދެނެގަތުން ވަރަށް މުހިއްމެވެ. ބަހުރުވައިގެ ހަމަތަކާއި އުޞޫލުތައް ދިރާސާކުރުމަކީ ދިވެހިބަހުގެ ކިތަންމެ ޙަޤީޤަތްތަކެއް ދެނެގަނެވޭނެ ކަމެކެވެ.

އަޅުގަނޑުގެ އަތުން ގާސިޔާއަށް އެ ސިޓީފުޅު ރައްދު ކޮށްދިނުން

ކިޔާފައިވާ ޢަދަދު: 8494
ލިޔުއްވީ: ލެފްޓިނެންޓް އެންޑްރޫ ސަމާޒް ރޯވަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


ލެފްޓިނެންޓް އެންޑްރޫ ސަމާޒްރޯވަންއަކީ، އެމެރިކާގެ އެންމެ މަޝްހޫރު އެއް މިލިޓަރީ ކޮލެޖްގައި (ވެސްޓް ޕޮއިންޓްގައި) ކިޔަވައިވިދާޅުވި ބޭކަލެކެވެ. އަސްކަރީ ދާއިރާގައި ވަރަށް ކުލަގަދަ ބަޠަލެކެވެ. އާންމުންނަށް ލެފްޓިނެންޓް ރޯވަން މަޝްހޫރުވީ، ލިޔުންތެރިޔާ އެލްބަރޓް ހަބަޑް 1899 ގައިލި ޔުއްވި މަޝްހޫރު މަޒުމޫނު، “ގާސިޔާއަށްމެސެޖެއް” ގައި ލެފްޓިނެންޓް ރޯވަންގެ ހުޝިޔާރުކަމާއި އަމުރަށް ކިޔަމަންތެރިވުމާއި، އަމާނާތްތެރިކަމާ ބެހޭ ގޮތުން ލިޔުއްވުމުގެ ސަބަބުންނެވެ.
 

ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް އިރީނާ ބޮކޯވާގެ ޚިޠާބު

ކިޔާފައިވާ ޢަދަދު: 8703

 

ލިޔަންކިޔަން ދަތުމުގެ ބައިނަލްއަޤްވާމީ ދުވަސް

ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް އިރީނާ ބޮކޯވާގެ ޚިޠާބު

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މިއަދަކީ ބައިނުލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިއަދުގެ މުނާސަބާ ގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޢާއްމުކޮށް، އަދި ޚާއްޞަކޮށް ‘ލިޔުންތެރިޔާ’ އާއި ‘ލިޔުންތެރީން’ގެ އެންމެހާ މެންބަރުންނަށާއި ކިޔުންތެރީންނަށާއި ލިޔުންތެރީންނަށް ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ.

އައިބައިފިލީގެ ހަމަ ނުހިފެއްޓެނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 3369
ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ
ދިވެހިބަހުގެ ގަވާއިދުގައި ނުވަތަ ދިވެހިބަހުން ލިޔުމުގައި ބޭނުންކުރާ ހަމަތަކުގެ ތެރެއިން އައިބައިފިލީގެ ހަމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ފަރިތަ ހަމައެއް ނޫނެވެ. އަދި މި ހަމަ ކޮންމެވެސް މިންވަރަކަށް ބޭނުންކުރާ ފަރާތްތަކަށްވެސް އެއް ގޮތެއްގައި ހިފެހެއްޓުމަށް ފަސޭހަ ހަމައެއްވެސް ނުމެ ނޫންމެއެވެ. އައިބައިފިލި ބޭނުންކުރުމުގައި އޮޅުން އަރަނީ ނުވަތަ ދިވެހިބަހުން ލިޔުމުގައި މި ހަމަ ރަނގަޅު ގޮތުގައި ނުހިފެއްޓެނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(19)

ކިޔާފައިވާ ޢަދަދު: 2645

ވިޔަފާރިވެރިންގެ خاصّ جلسةއެއް

 (قومى ހޮޓަލް މަތީގައި)

جلسةއޮތީ19/3/76 ހ. މިރޭ 8.30ގައި قومى ހޮޓަލް މަތީބުރީގައެވެ. އެންމެ ފުރަތަމަ  ص.س. الأستاذ إبراهيم شهاب جلسة تعارفކޮށްދެއްވައި މި جلسةގެ رياسة إنتخابކުރުން އެދިވަޑައިގަތެވެ. إنتخابކުރެވުނީ މި ދަންނަވާ مقامތަކެވެ.
رئيس ألمحترم حسنކަލޭފާނު
سكرترى”على إبراهيمމަނިކު
ترجمةއަކަށް” އެފް.محمدعلى މިއެވެ.

އޭރުގެ ފަތްފުށްތަކުން……(39)

ކިޔާފައިވާ ޢަދަދު: 2837

ޕްރެޒިޑެންޓް ފޯރޑްގެ ކުލަގަދަ شخصيّة

 عبدالله حميد  

މިއީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ)، މީގެ 38 އަހަރު ކުރީން ލިޔުއްވާފައިވާ، އެމެރިކާގެ 38 ވަނަ ރައީސް “ޕްރެޒިޑެންޓް ފޯރޑް ކުލަގަދަ ޝަޚްޞިއްޔަތު”ގެ ވާހަކައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(18)

ކިޔާފައިވާ ޢަދަދު: 2773
ހަމައެކަނި ވިދާޅުވެލެއްވުމަށް….(18)

ޅ.ނައިފަރުގައި ބޭއްވުނު ތާރީޚީ معرضއާއި ބެހޭ ގޮތުން

النبيل جعفركمال الدّينގެ ބައެއްخيال

ވިޔަފާރިމިއަދުގެ خاصّ ރިޕޯރޓަރ

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން، ޅ.ނައިފަރުގައި މިދިޔަ ބުރާސްފަތި ދުވަހު އާދެ! ޙައްޖުމަހުގެ 12 ވަނަ ދުވަހު ބޭއްވުނު އަތްތެރިމަސައްކަތާއި އަތުމަސައްކަތުގمعرض  އަކީ ރާއްޖެތެރޭގެ ރަށެއްގައި ބޭއްވުނު އެންމެފުރަތަމަ معرض އެވެ.
މިނޫހުގެ އެންމެފަހު ހުކުރު ނަންބަރުގައި އަޅުގަޑުމެން އިޝާރާތްކޮށްލާފައިވާ ފަދައިން، މާލޭގެ ބައެއް ޢިއްޒަތްތެރިންނާއި ބައެއް ޢާއްމުން އެކަށީގެންވާ ޢަދަދަކަށް معرض ބެއްލެވުމަށްޓަކާ ނައިފަރަށް ޒިޔާރަތްކުރެއްވިއެވެ.

މިސްރުގައި ބަޑި ޖަހައި މަރާލެވުނު ދަރިއަކަށް ބައްޕަ ލިޔުއްވި ސިޓީ

ކިޔާފައިވާ ޢަދަދު: 8522
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ


 ތިރީގައި އެވަނީ މިސްރުގެ އިޚްވާނުލް މުސްލިމީންގެ ތަރުޖަމާނު އަދި މިސްރުގެ ޕާލިއަމެންޓް މެންބަރު މުޙައްމަދު އަލް ބަލްތާޖީގެ އެންމެ 17 އަހަރުގެ އަސްމާ އަލް ބަލްތާޖީގެ ގަޔަށް ބަޑި ޖަހައި މަރާލުމުގެ ހިތާމާގައި ބައްޕަ މުޙައްމަދުއަލްބަލްތާޖީ ލިޔުއްވި ސިޓީއެކެވެ. ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އުރުދުޣާނަށް، ޓީވީ ޕްރޮގްރާމެއްގައި މި ސިޓީ އިއްވުމުން، ކީރިތި ކުރައްވައި ވިދާޅުވީ އޭނާއަށްވެސް އާއިލާ އާއި އެކު ވަގުތު ހޭދަ ނުކުރެއްވޭތީ އޭނާގެ ބޭފުޅުންވެސް ޝަކުވާ ކުރައްވާ ކަމުގައެވެ. ކޮޓަރި ކޮޅުގެ ބޭރުގައި “އަޅުގަނޑުމެނަށް އެންމެ ދުވަހެއް” ދެއްވާށޭ ތުއްޕުޅު ބޭފުޅުން ލިޔުއްވައި ނޯޓް ހަރުކުރައްވާ ކަމަށް އެ ޕްރޮގްރާމުގައި  ވިދާޅުވިއެވެ!