ނަމައިގެ ޕާޓީ

ކިޔާފައިވާ ޢަދަދު: 7348
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނަމައިގެ ޕާޓީ
ޢަބްދުﷲ ނަޢީމު އިބްރާހީމް
މިއީ ޝެލް ސިލްވަރސްޓެއިން ލިޔުއްވައިފައިވާ ޅެމެއް ކަމުގައިވާ “ވަޓް އިފް” އިން ޚިޔާލު ނަގައިގެން ލިޔެފައިވާ އާ ޅެމެކެވެ.
އަހަރެން ފިކުރު ބޮޑުވެފައި ރޭގަނޑު ހޭލާ އޮތީމެވެ.
ވިސްނުން އެކި ދިމަދިމާއަށް ދަތުރު ކުރަނީއެވެ.
ކުއްލިއަކަށް “ނަމަ”އިގެ ގާފިލާއެއް އައިސް
އަހަރެންގެ ކަންފަތްދޮށުގައި މަޑުކޮށްލައިފިއެވެ.
އާދައިގެ މަތީން ނަމައިގެ ޕާޓީ ފަށައިފިއެވެ.
އަދި ޢާއްމުކޮށް ކިޔާ ލަވަ ކިޔަން ފަށައިފިއެވެ.

އަހަރެން، އަހަރެންގެ ކާފަ

ކިޔާފައިވާ ޢަދަދު: 8732
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ/ ޅެން ޝަރަހަ: އަޙްމަދް ސަމީރު ޢަލީ


ތިރީގައި އެވަނީ އަޅުގަނޑަށް ފެނުނު އިނގިރޭސި ޅެމެއްގެ ތަރުޖަމާއެވެ. ޅެމުގެ ނަމަކީ: I Am My Own Grandpa
ލިޔުއްވާފައިވަނ Moe Jaffe /  Dwight Latham އެވެ. ތިރީގައިވާ ގުޅުމުން މި ހެއްވާ ލަވަ އަޑުއައްސަވައިލެވޭނެއެވެ.

ީމީގެ އަހަރުތަކެއް ކުރިން، އަހަރެންގެ އުމުރުން ތޭވީސް އަހަރުގައި ކައިވެންޏެއް ކުރީމެވެ. ފިރިމަރުވުމުން އެކަނިވެރިވެ ހުވަފަތް ވެފައިވާ ވަރަށް ރީތި އަންހެނަކާއެވެ. އަހަރެން އޭނާއާއި އިން އިރު އޭނާގެ އަންހެން ދަރިޔަކު ހުއްޓެވެ. ބޮޑުވެ ފުރާވަރަށް އަރާފައިވާ އަންހެން ކުއްޖެކެވެ. ވަރަށް ރީތި ގުދުރަތީ ރަތް އިސްތަށިގަނޑެއްގެ ވެރިއެކެވެ.

ކުދިންނަށް ދެއްވަން ވާނީ ޞައްޙަ މަޢުލޫމާތެވެ.

ކިޔާފައިވާ ޢަދަދު: 6355
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މި ބާވަތުގެ ބަޔާނެއް ކުރިންވެސް އަޅުގަނޑު ވާނީ ލިޔެފައެވެ. އެއީ ވެސް ކިޔަވާ ކުދިންގެ ފޮތުގައި ލިޔެ ޗާޕު ކުރެވިފައިވާ ރަނގަޅު ނޫން މައުލޫމާތެއްގެ ރަނގަޅު ގޮތް ސާފުކޮށް ދިނުމަށްޓަކައެވެ. އެ ފޮތުގައިވާ މި ދެންނެވި ޔުނިޓްގައި ވަނީ އަންބާއަކީ ވަކި ވަޒަނެއް ނެތް އެއްޗެއްކަމުގައެވެ. އެހެންކަމުން އެ މަޒުމޫނުގައި އަޅުގަނޑުވާނީ އަންބާއަކީ ވަކި ވަޒަނެއް އޮތް އެއްޗެއްކަމާއި އޭގެ ހަމަ ދައްކައިދީފައެވެ. އޭގެ އިތުރަށް ނަމޫނާ ބައެއް އަންބާ ވެސް ހިމަނައިފައެވެ.

އަދަބީ ގޮތުން ބަސްކުރިއެރުވުން

ކިޔާފައިވާ ޢަދަދު: 7338
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
ކޮންމެ ބަހެއްގައިވެސް އަދަބިއްޔާތުގެ ބައިތަކެއް ހުރެއެވެ. އަދި އެބައިތަކުގެ މުއްސަނދިކަމަކީ އެބަހެއްކުރިއަރާފައިވާ މިންވަރު ހާމަވެގެންދާނޭ ކަމެކެވެ. ހަމައެފަދައިން، ބަހެއްކުރިއެރުވުމަށްޓަކައި އެބަހެއްގެ އަހުލުވެރީން އަދަބީ ބައިތައް ދަސްކޮށް އަދި ދަސްކޮށްދީ ހެދުމަކީ ވަރަށްމުހިންމުކަމެކެވެ. އަދި އެރޮނގުން އިތުރު ހޯދުންތައް ހޯދައި ހެދުމަކީވެސް ބޭނުންތެރިކަމެކެވެ.

މަންމަ ވަކިވެ ދިއުމުގެ ކުރިން….

ކިޔާފައިވާ ޢަދަދު: 2889
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޒިޔާދާ މުޙައްމަދު، އާހިޔާ، ހދ.ކުޅުދުއްފުށި
ނިމުމެއްނުވާ ލޯތްބާ  އަޅައިލުން  މަންމަ  އަހަރެންނަށް  ދިނޭ
             ފިރުމުންތަކާ  އުފަލާ  އަރާމުން   އުނި  ނުވާވަރު  ކޮށްދިނޭ
ކިޔަވަން ސްކޫލަށް ފޮނުވަމުން  ހުރިހާ  ޚަރަދުތައް  ކޮށްދެމުން
             ކިޔަވަން އުނދަގުލެއް ނެތްގޮތަށް ތަނަވަސް  ކަމެއް  ހޯދައިދިނޭ

ހަމައެކަނި ވިދާޅުވެލެއްވުމަށް….(10)

ކިޔާފައިވާ ޢަދަދު: 2623
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޗީ! ޗިޗިޗީ!

ޕަބްލިކް މެއިންޓަނަންސް ޑިވިޜަން (ހ) ގެ އިޢުލާނު ނަންބަރު 30/76/35 އަޅުގަނޑަށް ވަރަށް ލަދުގަންނަން ޖެހުނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ސަރަހައްދުން ވިސްނާބަލާއިރު ބިމަށްވުރެ ބޮޑީ ކަނޑަށްވީ ބައެވެ. އަޅުގަނޑުމެން ވިހެއީ ކަނޑުގެ އައްސޭރީގައެވެ. ބޮޑުވީ މޫދަށްއެރިއެވެ. ކަނޑުމަސް ކައިގެންނެވެ. ދުނިޔޭގެ ނަޒަރުގައި އަޅުގަނޑުމެން ވަނީ ކަނޑަށް ވަރަށްގަދަ ބަޔަކަށެވެ. ނަމަވެސް ޙަޤީޤަތުގައި އަޅުގަނޑުމެން މިވަނީ ކަނޑުދެކެ ބިރުގަންނަ ބަޔަކަށެވެ.

ޝޭކްސްޕިޔަރގެ ސޮނެޓްތައް (2)

ކިޔާފައިވާ ޢަދަދު: 4499
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު، ގ. މަންޒިލް
މިއީ ޝޭކްސްޕިޔަރގެ ސޮނެޓްތަކުގެ ތެރެއިން ދެވަނަ ސޮނެޓްގެ ތަރުޖަމާއެކެވެ. މީގައި ފުރަތަމަ ސޮނެޓުގައި ފެށުނު މައުޟޫއުގެ ވާހަކަތައް ކުރިޔަށް ގެންދެވިފައިވެއެވެ. ޝޭކްސްޕިޔަރގެ ރަހުމަތްތެރިޔާއާއި މުހާތަބުކޮށް އޭނާގެ ރީތިކަމަކީ ނެތިހިގައިދާނެއެއްޗެއްކަން ހަދާންކޮށްދީފައިވެއެވެ. އަދި އެރީތިކަން ގެއްލިދިޔަނުދީ ދެމެހެއްޓުމަށްޓަކައި ކައިވެނިކޮށް ދަރިޔަކު ހޯދުމަށް ބާރުއެޅިފައިވެއެވެ.

އަދަބާއި އަދަބު

ކިޔާފައިވާ ޢަދަދު: 4985
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ތަފާތު ބޮޑު، ތަފާތުތަކަކާ އެކު ދިވެހިބަހުގައި ބޭނުން ކުރެވޭ އެއް ލަފުޒަކީ، ‘އަދަބު’ މި ލަފުޒެވެ. ކުށެއް ކުރާ މީހާ، ކުށެއް ކުރީތީ އޭނާ އާ މެދު އަޅާފިޔަވަޅަކީ އަދަބެވެ. ކުށެއް ނުކޮށް މުޖުތަމަޢުގެ އަގުތަކަށް ރައްކާތެރިވެ، މާތް އަޚުލާޤެއްގެ މަތީގައި ދިރިއުޅޭ މީހާގައި އެ ހުންނަނީ އަދަބެވެ. ފަޞާޙަތާއި ބަލާޣަތާ އެކު ލިޔެ އެކުލަވައި ލެވޭ ލިޔުންތަކާއި ޅެންތަކަކީ އަދަބެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(9)

ކިޔާފައިވާ ޢަދަދު: 2923
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސާހިބުން އަދިވެސް ކުރައްވާކަށް ނުވޭތޯ؟

ފޯކައިދޫ ރައިވެރިބެ :

އަޅުގަނޑުމެންނަށް ހެޔޮ އަގުގައި ވިއްކާން ގާމީޔާ މާޓްގައި ހުންނަތަކެތި އެއީ، ފައިސާވެރީން ވިޔަފާރިކުރަން ހުންނަ އެއްޗެއްކަމަކަށް އަޅުގަނޑުމެން ހިޔެއް ނުކުރަމެވެ. އެތަކެއްޗަކީ، އަޅުގަނޑުމެންނަށް ހީވާގޮތުގައި ރާއްޖޭގެ ފަޤީރުންނަށްޓަކައި އަގުހެޔޮކުރައްވާ ތަކެއްޗެވެ.
ހިތާމަކުރަމެވެ. މިހާރު އެތަކެއްޗަށްވަނީ ކިހިނަކުންތޯއެވެ. އަޅުގަނޑު މާލެއައިސް ބާޒާރުގައި އުޅޭއިރު އެތަކެއްޗަށް ވާގޮތް ފެނެއެވެ. އެ ދެތަނުން އެއްޗެއް އަގުހެޔޮކޮށްފިނަމަ، ބާޒާރުވެރިން ވާހަކަ ދައްކާލާފައި، އަވަހަށް ގޮސް އެތަކެތި ގަނެގެން ގެނެސް އެބައިމީހުންގެ ފިހާރަ ފިހާރަޔަށްލާ އަލަމާރިތައް ރީތިކުރަނީއެވެ.

ޙިކުމަތުގެ ބަސްކޮޅެއް

ކިޔާފައިވާ ޢަދަދު: 4785
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. އަބްދުލްޣަފޫރު އަބްދުއްރަޙީމު، ގ. މަންޒިލް
މިއީ އިމާމު ޝާފިއީގެ ޅެމެއްގެ ތަރުޖަމާއެކެވެ. އިމާމު ޝާފިއީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރު ޣައްޒާ ގައެވެ. އަވަހާރަވީ ހިޖުރައިން 204 ވަނަ އަހަރު މިޞުރުގައެވެ. އިމާމު ޝާފިއީ ބޮޑަށް މަޝްހޫރުވެފައިވަނީ ފިޤުހު ޢިލްމުވެރިއެއްގެ ގޮތުގައެވެ. އިސްލާމި ފިޤުހުގެ މަޒުހަބެއްގެ މުއައްސިސެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނާއި ޙަދީޘުގައިވާ އިސްލާމީ އެކިއެކި ޙުކުމްތަކާ ގުޅޭ ނައްޞުތަކުގެ މާނަކަނޑައަޅައިލުމަށްޓަކައި އުޞޫލުތަކެއް، ހަމަތަކެއް، އެކުލަވައިލެއްވި މުޖައްދިދެއްގެ ގޮތުގައެވެ.