ހަމައެކަނި ވިދާޅުވެލެއްވުމަށް….(5)

ކިޔާފައިވާ ޢަދަދު: 2870
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ރާއްޖޭގެ މަސްވެރިކަމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރައްވައިފި!

  • ޖަލްސާގައި 142 ހުސްގޮނޑި!!

ރާއްޖޭގެ މަސްވެރިކަމުގެ 1972 ވަނަ އަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ރޭގައިއޮތެވެ. މި ޖަލްސާ އޮތީ މަޖީދިއްޔާ ސްކޫލްގެ ހޯލްގައެވެ. ޖަލްސާގެ ޗީފްގެސްޓްއަކީ އޮނަރަބްލް ފަޟީލަތުއްޝައިޚް އަލްއުސްތާޛު މޫސާ ފަތުޙިލްއަޒްހަރީއެވެ.

އޭރުގެ ފަތްފުށްތަކުން…. (26)

ކިޔާފައިވާ ޢަދަދު: 6365
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“وأحبب إذا أحببت حبا مناسبا، فإنك لا تدرى متى أنت نازع

       وأبغض إذا أبغضت بغضا مقاربا، فإنك لا تدرى متى أنت راجع”   


އަލްމުޙްތަރަމް ޢަބްދުﷲ ޞާދިޤު


ލިޔުންތެރިންގެ ގުޅުމުގެ މުސްތަޝާރު، އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ލިޔުއްވާފައިވާ މި ލިޔުއްވުމަކީ، މީގެ 60 އަހަރު ކުރިން ނުކުން،”دينى روح” ގެ 22 ވަނަ ޢަދަދު (12 ރަބީޢުލްއައްވަލް 1374) ން ނަގާފައި ލިޔުމެކެވެ. ޢަބްދުﷲ ޞާދިޤަކީ، ދިވެހި އަދަބީ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ އަދަބީ ޚިދުމަތްތަކުގެ ނަތީޖާއެއްގެ ގޮތުން، (1993 ވަނަ އަހަރު) ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަމާއި (1980 ވަނަ އަހަރާއި 1983 ވަނަ އަހަރު) ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި އަދި (1998 ވަނަ އަހަރު) ހަމަ އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި (1992 ވަނަ އަހަރު) ޅެންވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަދި (1990 ވަނަ އަހަރު) މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު  ލިބިވަޑައިގެންފައިވެއެވެ.


ކޯނި ރިޕޯޓު

ކިޔާފައިވާ ޢަދަދު: 8287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ދިވެހީންގެ ތެރޭގައި ކޯނީގެ ވާހަކަ އަދިވެސް ވަރަށް ގިނަދުވަހު ދެކެވޭނެއެވެ. މާ ކުރިއްސުރެ ވެސް ދެކެވެމުން އަންނަ ވާހަކައަކަށްވާތީ މިހެން ލިޔެލެވުނީއެވެ!
ސުވާލަކީ، ބައެއް ދުވަސްވަރު ކޯނިކޯންޏޭ މާ ގިނައިން ކިޔާ އަޑު އިވިފައި ދެން އެތަކެއް ދުވަހަކު އެ ވާހަކަ ނުދެކެވެނީ ކީއްވެބާއެވެ؟ އެއީ ހަމަ ގަސްގަހުގައި ކޯނިކޯނި ގަންނަ ގޮތެވެ. އަޅުގަނޑުމެން ޗުއްޓީ ނަގާހެން މޭވާ ގަސް ގަހާއި މާ އަޅާ ގަސްގަސް ވެސް ކުޑަ “ބްރޭކެއް ނަގައެވެ”. ވަރަށް ގިނަ ގަސްގަހަށް މަތިވަރު އަންނަނީ އަހަރަކު ދެފަހަރު ނުވަތަ ތިންފަހަރެވެ. ބައެއް ދުވަސްވަރަކަށް ކޯނިކޯނި ނުފެނި އަޑެއްބަޑެއް ނީވި ހިމޭންވަނީ މިހެންވެއެވެ!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(4)

ކިޔާފައިވާ ޢަދަދު: 2686
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދި މިރާއްޖޭގައި އަލަށް

“ފަރިކަމުގެތަރި” ހޮވަނީ!!

ރާއްޖޭގައި އަދި މިހާތަނަށް ބޭއްވިކަމަށް އެނގިފައިނުވާކަހަލަ އައުމުބާރާތެއް މޫންލައިޓްގެ ފަރާތުން ބާއްވަން ގަސްތުކޮށްފީމުއެވެ. އެ މުބާރާތް ކަޑައެޅިފައިވަނީ ޖިންސުއްލަތީފުންނަށެވެ.
 

އޭރުގެ ފަތްފުށްތަކުން….(25)

ކިޔާފައިވާ ޢަދަދު: 2988
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގިނަކުދީންގެ ލިޔުން ރީތި ނުވަނީ ކީއްވެތޯއެވެ؟

ސައިކުރާ އިބްރާހީމް ނަޢީމް


އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޝާޢިރެކެވެ. މޮޅު ލިޔުންތެރިއެކެވެ. ރީތި ވާހަކަތަކެއްގެ  މުޞައްނިފެކެވެ. ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. ނަމޫނާ ނޫސްވެރިއެއްވެސް މެއެވެ. އަދި ތާނަ ބޮޑުއަކުރު ލިޔުމުގެ ޚާއްޞަ ފަންނުވެރިއެކެވެ.
 
މި ސަބަބުތަކަށްޓަކައި، ރާއްޖޭގެ ނޫސްވެރިކަމުގެ ރަންގަލަމާއި،ލިޔުމާއި ފަރުމާކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި،ދިވެހިބަހުން ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި،ދިވެހިޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމަށްވަނީ ލިބިވަޑައިގެންފައެވެ.

މީހުން ވާހަކަދައްކާ ބަހެއް ކޮންމެ 14 ދުވަހަކުން، މި ދުނިޔެއިން ނެތިގެން ދަނީއެވެ!

ކިޔާފައިވާ ޢަދަދު: 8762
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ،
މައުލޫމާތު ނެގީ: ނޭޝަނަލް ޖިއޮގްރަފިކްވެބްސައިޓުން

ދެކުނު އެފްރިކާގެ އަޕިންގްޓަން ކިޔާ ސަހަރެއްގައި، މުސްކުޅިބަލީގައި Ouma Aenki Kassie  އޫމާ އައެންކި ކާސީ ނިޔާވީ މިދިޔަ ޖަނަވަރީ މަހުގައެވެ. އޭނާ ނިޔާވުމުން، އޭނާގެ މާދަރީބަސް،  N|uu language ންޔޫ ބަހުން ވާހަކަ ދައްކަައި އުޅޭ މީހުންގެ އަދަދު ހަމަ އެކަނި 7 މީހުންނަށް ވީއެވެ! N|uu language  ބަހަކީ  ނެތިދިޔުމުގެ ބިރު ކައިރިވެފައިވާ ކަމަށް ޔުނެސްކޯއިން ދުރާލައި ހާމަ ކޮށްފައިވާ ބަހެކެވެ. ވަރަށް ކަންބޮޑުވުމާއެކު  ޔުނެސްކޯއިން އަންދާޒާ ކުރަނީ މިހާރު އަޅުގަނޑުމެން ވާހަކަ ދައްކައި އުޅޭ ގާތްގަނޑަކަށް 7000 އެއްހައި ބަހުގެ ތެރެއިން، މި ގަރުނު ނިމުމުގެ ކުރިން ދެބައިކުޅަ އެއްބައި ބަސް މުޅި ދުނިޔެއިން ނެތިގެން ދާނެ ކަމަށެވެ. 

ހަމަ އެކަނި ވިދާޅުވެލެއްވުމަށް….(3)

ކިޔާފައިވާ ޢަދަދު: 6251
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


ޕްރެޒިޑެންޓް ناصرގެ ނުރަސްމީ ދަތުރުފުޅު

ޕްރެޒިޑެންޓް إبراهيم ناصر ރަންނަބަޑޭރިކިލެގެފާނު، ދާދި ފަހުން އ. އަތޮޅަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ވާހަކަ ތިޔަ ބޭފުޅުންވަނީ އައްސަވާފައެވެ. މި ދަތުރުފުޅަކީ، އަޅުގަޑުމެން (عامّން) ނަށް އެގިފައިވާ ގޮތުގައި ޕްރެޒިޑެންޓް ވަރަށް ގިނަ އަހަރުތަކަކަށް ފަހު ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅެކެވެ.

އޭރުގެ ފަތްފުށްތަކުން….(24)

ކިޔާފައިވާ ޢަދަދު: 6600
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގާތުން ބޮލި ކޮއްޓޭއެއް ދީގެން ނަމަވެސް ފަނޑިޔާރުގެ އަށް ނުގޮސް ވޭތޯ ބަލާށެވެ!

الشيخ محمد جميل  އުއްތަމަ ފަނޑިޔާރު މަނިކުފާނު


މިއީ، އޭރުގެ محكمةالشرعيةއިން ނެރުއްވަމުން ގެންދެވި މަޖައްލާ “شعلة” ގެ 3 ވަނަ އަހަރީ ނަންބަރު (15 މުޙައްރަމް 1378) ގައި އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (އޭރުގެ އުއްތަމަފަނޑިޔާރުމަނިކުފާނު) ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ.

ޝައިޚް މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ލިޔުންތެރިކަމުގެ ދާއިރާގައި އިތުރު ތަޢާރުފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ.


އަޅުގަނޑުމެން ކުޑައިރު ވަރަށް ގިނައިން ކަންފަތަށް އަރާ އަޑެކެވެ. އޭގެ މާނައާއި، އޭގެ حكمة އެނގެނީ މިހާރު އެވެ. ލޮލުން ދެކެ، އަތުން ހިފުނީމައެވެ. تجربة ލިބުނީމައެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (11)

ކިޔާފައިވާ ޢަދަދު: 3944
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(26 މާޗް 2013 (އަންގާރަ)އާ ގުޅޭ)

10.3- ދެ ވަނަ ތައްގަނޑުޖޯޑުގެ ފެށުން ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅިން ބަޔަކާ އެއްގޮތްކުރުން

ބައިތުގެ ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތް ކުރުމުގެ އިތުރަށް، ބައެއް އަކުރާއި ފިލި އެއްގޮތް ކޮށްގެން ބައިތުގެ މިޔުޒިކު އިތުރުކުރާ ތިން ވަނަ ގޮތަކީ ބައިތުގެ ކޮންމެ ކާފިޔާއެއްގެ ދެ ވަނަ ތައްގަނޑުޖޯޑުގެ ފެށުން ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅިން ބަޔަކާ އެއް ގޮތް ކުރުމެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(2)

ކިޔާފައިވާ ޢަދަދު: 3105
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންމެބޯތައްޓެއް އެއްހާސް ޑޮލަރއަށް ވިކިއްޖެ!

ސީރިޔާގެ ދެމަފިރިއެއްގެ ބާޒާރުކޮށްލުމެއް

މާލޭގެ ބާޒާރުގައި ޓުއަރިސްޓުންނަށް އެއްޗެތި ވިއްކާ ފިހާރައަކުން ބޯތައްޓެއް 1000 އެމެރިކަން ޑޮލަރއަށް ވިކިއްޖެ އެވެ. އެ ބޯތަށިގަތީ، ސީރިޔާގެ ދެމަފިރިއަކު ކަމުގައިވާ މިސްޓަރ محمود އާއި އޭނާގެ އަންހެނުން ساميةއެވެ. މި ބޯތަށި ވިއްކީ، ޗާނދަނީމަގު 18 نمبر ފިހާރައިގެ މަތި (އެންޓިކްސްޓައިލް) އިންނެވެ. އެނގިފައިވާ ގޮތުގައި މި ބޯތަށި ވިއްކީ الفاضل ބޮންޑަދޮންތުއްތު (على حسين މ.ޕޮންޕިޔާ) އެވެ. އޭނާ ބުނުއްވާ ގޮތުގައި މި ބޯތައްޓަކީ، ހއ. މަތީރަށުން ގެނައި ބޯތައްޓެއްކަމަށް الفاضل ބޮޑުބެ ދޮންތުއްތުގެ ފަރާތުން އޭނާއަށްވަނީ އެނގިލައްވާފައެވެ.