އޭރުގެ ފަތްފުށްތަކުން….(25)

ކިޔާފައިވާ ޢަދަދު: 3045
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގިނަކުދީންގެ ލިޔުން ރީތި ނުވަނީ ކީއްވެތޯއެވެ؟

ސައިކުރާ އިބްރާހީމް ނަޢީމް


އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޝާޢިރެކެވެ. މޮޅު ލިޔުންތެރިއެކެވެ. ރީތި ވާހަކަތަކެއްގެ  މުޞައްނިފެކެވެ. ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. ނަމޫނާ ނޫސްވެރިއެއްވެސް މެއެވެ. އަދި ތާނަ ބޮޑުއަކުރު ލިޔުމުގެ ޚާއްޞަ ފަންނުވެރިއެކެވެ.
 
މި ސަބަބުތަކަށްޓަކައި، ރާއްޖޭގެ ނޫސްވެރިކަމުގެ ރަންގަލަމާއި،ލިޔުމާއި ފަރުމާކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި،ދިވެހިބަހުން ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި،ދިވެހިޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމަށްވަނީ ލިބިވަޑައިގެންފައެވެ.

މީހުން ވާހަކަދައްކާ ބަހެއް ކޮންމެ 14 ދުވަހަކުން، މި ދުނިޔެއިން ނެތިގެން ދަނީއެވެ!

ކިޔާފައިވާ ޢަދަދު: 8811
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ،
މައުލޫމާތު ނެގީ: ނޭޝަނަލް ޖިއޮގްރަފިކްވެބްސައިޓުން

ދެކުނު އެފްރިކާގެ އަޕިންގްޓަން ކިޔާ ސަހަރެއްގައި، މުސްކުޅިބަލީގައި Ouma Aenki Kassie  އޫމާ އައެންކި ކާސީ ނިޔާވީ މިދިޔަ ޖަނަވަރީ މަހުގައެވެ. އޭނާ ނިޔާވުމުން، އޭނާގެ މާދަރީބަސް،  N|uu language ންޔޫ ބަހުން ވާހަކަ ދައްކަައި އުޅޭ މީހުންގެ އަދަދު ހަމަ އެކަނި 7 މީހުންނަށް ވީއެވެ! N|uu language  ބަހަކީ  ނެތިދިޔުމުގެ ބިރު ކައިރިވެފައިވާ ކަމަށް ޔުނެސްކޯއިން ދުރާލައި ހާމަ ކޮށްފައިވާ ބަހެކެވެ. ވަރަށް ކަންބޮޑުވުމާއެކު  ޔުނެސްކޯއިން އަންދާޒާ ކުރަނީ މިހާރު އަޅުގަނޑުމެން ވާހަކަ ދައްކައި އުޅޭ ގާތްގަނޑަކަށް 7000 އެއްހައި ބަހުގެ ތެރެއިން، މި ގަރުނު ނިމުމުގެ ކުރިން ދެބައިކުޅަ އެއްބައި ބަސް މުޅި ދުނިޔެއިން ނެތިގެން ދާނެ ކަމަށެވެ. 

ހަމަ އެކަނި ވިދާޅުވެލެއްވުމަށް….(3)

ކިޔާފައިވާ ޢަދަދު: 6288
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


ޕްރެޒިޑެންޓް ناصرގެ ނުރަސްމީ ދަތުރުފުޅު

ޕްރެޒިޑެންޓް إبراهيم ناصر ރަންނަބަޑޭރިކިލެގެފާނު، ދާދި ފަހުން އ. އަތޮޅަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ވާހަކަ ތިޔަ ބޭފުޅުންވަނީ އައްސަވާފައެވެ. މި ދަތުރުފުޅަކީ، އަޅުގަޑުމެން (عامّން) ނަށް އެގިފައިވާ ގޮތުގައި ޕްރެޒިޑެންޓް ވަރަށް ގިނަ އަހަރުތަކަކަށް ފަހު ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅެކެވެ.

އޭރުގެ ފަތްފުށްތަކުން….(24)

ކިޔާފައިވާ ޢަދަދު: 6656
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގާތުން ބޮލި ކޮއްޓޭއެއް ދީގެން ނަމަވެސް ފަނޑިޔާރުގެ އަށް ނުގޮސް ވޭތޯ ބަލާށެވެ!

الشيخ محمد جميل  އުއްތަމަ ފަނޑިޔާރު މަނިކުފާނު


މިއީ، އޭރުގެ محكمةالشرعيةއިން ނެރުއްވަމުން ގެންދެވި މަޖައްލާ “شعلة” ގެ 3 ވަނަ އަހަރީ ނަންބަރު (15 މުޙައްރަމް 1378) ގައި އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (އޭރުގެ އުއްތަމަފަނޑިޔާރުމަނިކުފާނު) ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ.

ޝައިޚް މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ލިޔުންތެރިކަމުގެ ދާއިރާގައި އިތުރު ތަޢާރުފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ.


އަޅުގަނޑުމެން ކުޑައިރު ވަރަށް ގިނައިން ކަންފަތަށް އަރާ އަޑެކެވެ. އޭގެ މާނައާއި، އޭގެ حكمة އެނގެނީ މިހާރު އެވެ. ލޮލުން ދެކެ، އަތުން ހިފުނީމައެވެ. تجربة ލިބުނީމައެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (11)

ކިޔާފައިވާ ޢަދަދު: 4001
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(26 މާޗް 2013 (އަންގާރަ)އާ ގުޅޭ)

10.3- ދެ ވަނަ ތައްގަނޑުޖޯޑުގެ ފެށުން ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅިން ބަޔަކާ އެއްގޮތްކުރުން

ބައިތުގެ ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތް ކުރުމުގެ އިތުރަށް، ބައެއް އަކުރާއި ފިލި އެއްގޮތް ކޮށްގެން ބައިތުގެ މިޔުޒިކު އިތުރުކުރާ ތިން ވަނަ ގޮތަކީ ބައިތުގެ ކޮންމެ ކާފިޔާއެއްގެ ދެ ވަނަ ތައްގަނޑުޖޯޑުގެ ފެށުން ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅިން ބަޔަކާ އެއް ގޮތް ކުރުމެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(2)

ކިޔާފައިވާ ޢަދަދު: 3143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންމެބޯތައްޓެއް އެއްހާސް ޑޮލަރއަށް ވިކިއްޖެ!

ސީރިޔާގެ ދެމަފިރިއެއްގެ ބާޒާރުކޮށްލުމެއް

މާލޭގެ ބާޒާރުގައި ޓުއަރިސްޓުންނަށް އެއްޗެތި ވިއްކާ ފިހާރައަކުން ބޯތައްޓެއް 1000 އެމެރިކަން ޑޮލަރއަށް ވިކިއްޖެ އެވެ. އެ ބޯތަށިގަތީ، ސީރިޔާގެ ދެމަފިރިއަކު ކަމުގައިވާ މިސްޓަރ محمود އާއި އޭނާގެ އަންހެނުން ساميةއެވެ. މި ބޯތަށި ވިއްކީ، ޗާނދަނީމަގު 18 نمبر ފިހާރައިގެ މަތި (އެންޓިކްސްޓައިލް) އިންނެވެ. އެނގިފައިވާ ގޮތުގައި މި ބޯތަށި ވިއްކީ الفاضل ބޮންޑަދޮންތުއްތު (على حسين މ.ޕޮންޕިޔާ) އެވެ. އޭނާ ބުނުއްވާ ގޮތުގައި މި ބޯތައްޓަކީ، ހއ. މަތީރަށުން ގެނައި ބޯތައްޓެއްކަމަށް الفاضل ބޮޑުބެ ދޮންތުއްތުގެ ފަރާތުން އޭނާއަށްވަނީ އެނގިލައްވާފައެވެ.

މާމަމެންގެ ރަޙުމަތްތެރީންނާއި ކޮއްކޮމެންގެ ފްރެންޑްސުން

ކިޔާފައިވާ ޢަދަދު: 9268
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުގެ މާމަ ދުނިޔޭގައި ހުރި ނަމަ، މާމަގެ އުފަންދުވަހުގެ ކޭކުގައި ކޮންމެ ވެސް ގޮތަކުން މިއަހަރު 400 އެއްހައި އުއްބައްތި ހަރުކުރީމުހެވެ! މާމަ ނެތަސް އަޅުގަނޑުގެ މާމައާއެކު އުޅުނު ބައެއް ރަޙްމަތްތެރިން އަދި ވެސް އެބަ ފެނެއެވެ. ގިނަގިނައިން ބައްދަލު ވެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް…(1)

ކިޔާފައިވާ ޢަދަދު: 6112
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގެ އެންމެ ކުޑަ މިނިސްޓްރީ އުވާލުމުގެ ބިލް


“ލިޔުންތެރީން” ގެ ވެބްސައިޓުގައި އަލަށް މި ފަށާ ސިލްސިލާ “ހަމައެކަނި ވިދާޅުވެލެއްވުމަށް….” އަކީ، މީގެ 25 އަހަރަށް ވުރެ ކުރީގެ ނޫސް މަޖައްލާތަކުން ނަކަލުކޮށްގެން ޝާއިޢުކުރާ، ޚަބަރާއި އިޢުލާނާއި އިޝްތިހާރާއި މަޢުލޫމާތުގެ ސިލްސިލާއެކެވެ.

އޭރުގެ ފަތްފުށްތަކުން….(21)

ކިޔާފައިވާ ޢަދަދު: 6076
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

‘ވާހަކަދައްކާން ދަސްވާނީ ކިހިނެއްތޯއެވެ؟’

على أحمد

 ހ. މާދޫގޭ އަލްފާޟިލް ޢަލީ އަޙްމަދު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. ތަޢުލީމަށް ޚިދުމަތްކުރެއްވުމުގައި ނަމޫނާ ބޭފުޅެކެވެ. އެއީ، ދިވެހިބަހުގެ އުސްތާޛެކެވެ. ބަހުގެ ގަވާއިދާބެހޭ ގޮތުން ތަފާތު މަޒުމޫނުތަކާއި ފޮތް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއް ވެސް މެއެވެ. އޭނާއަށް ވަނީ، އާންމު ޚިދުމަތުގެ އިނާމު ދެއްވަން ފެއްޓެވި ފުރަތަމަ އަހަރު ކަމަށްވާ 1979 ވަނަ އަހަރު، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު، 1995 ވަނަ އަހަރުވަނީ، ލިބިވަޑައިގެންފައި ވެއެވެ.   

ބަނޑުވައްއަކުރު އެއްގޮތް ކުރުން (10)

ކިޔާފައިވާ ޢަދަދު: 3702
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(16މާޗް 2013 (ހޮނިހިރު)އާ ގުޅޭ)

10- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުމާއެކު ބައިތުގައި އިތުރު މިޔުޒިކު އުފެއްދުން

ބައިތުގެ ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތް ކުރުމުގެ އިތުރަށް އެހެން ބައެއް އަކުރާއި ފިލި އެއްގޮތް ކޮށްގެން ޅެމުގެ މިޔުޒިކު އިތުރުކުރުމަކީ ވެސް ޅެންވެރީން ކުރާ ކަމެކެވެ. ތިރީގައި މި ވަނީ އޭގެ ބައެއް މިސާލެވެ. މި މިސާލުތަކުގައި ހިމެނޭ ބައެއް ބައިތުގައި ވެސް 9.3 ގައި ބަޔާންކުރި ފަދައިން ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތައް ހިމެނެއެވެ. ނަމަވެސް މި މަޒުމޫނުގައި ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތަކުގެ ވާހަކަ ނުދައްކާތީ އެ ކަމާ މެދު ވާހަކަ ދައްކައިފައެއް ނުހުންނާނެއެވެ.