ބަނޑުވައްއަކުރު އެއްގޮތް ކުރުން (10)

ކިޔާފައިވާ ޢަދަދު: 3721
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(16މާޗް 2013 (ހޮނިހިރު)އާ ގުޅޭ)

10- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުމާއެކު ބައިތުގައި އިތުރު މިޔުޒިކު އުފެއްދުން

ބައިތުގެ ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތް ކުރުމުގެ އިތުރަށް އެހެން ބައެއް އަކުރާއި ފިލި އެއްގޮތް ކޮށްގެން ޅެމުގެ މިޔުޒިކު އިތުރުކުރުމަކީ ވެސް ޅެންވެރީން ކުރާ ކަމެކެވެ. ތިރީގައި މި ވަނީ އޭގެ ބައެއް މިސާލެވެ. މި މިސާލުތަކުގައި ހިމެނޭ ބައެއް ބައިތުގައި ވެސް 9.3 ގައި ބަޔާންކުރި ފަދައިން ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތައް ހިމެނެއެވެ. ނަމަވެސް މި މަޒުމޫނުގައި ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތަކުގެ ވާހަކަ ނުދައްކާތީ އެ ކަމާ މެދު ވާހަކަ ދައްކައިފައެއް ނުހުންނާނެއެވެ.

[ދިސް އިޒް އެން އިމަރޖެންސީ….!!]

ކިޔާފައިވާ ޢަދަދު: 5864
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
އަޅުގަނޑުމެންނަށް ވުރެ އުމުރުން ދޮށީ މީހުން އަޅުގަނޑުމެންނަށް ވާހަކަ ކިޔައިދެއެވެ. ގިނަ ފަހަރަށް އެއީ އެ މީހުންގެ ޙަޔާތުގެ ވާހަކައެވެ. އެ މީހުންނަށް ދިމާވެފައިވާ އާދަޔާ ޚިލާފު ކަންތައްތަކުގެ ވާހަކަ އެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (9)

ކިޔާފައިވާ ޢަދަދު: 3742
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
(13މާޗް 2013 (ބުދަ)އާ ގުޅޭ)

9.3- އިތުރު ބައެއް ގޮތްގޮތް

ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކޮށް، އެ ބައިތުގައި މިޔުޒިކު އުފެއްދުމަށް، ބަނޑުވައްއަކުރާއި ފިލިކޯޅީގެ އެއްބައި ނުވަތަ ބަނޑުވައްއަކުރާއި ފިލިކޯޅި ނޫން އެހެން ބައެއް އަކުރުއަކުރާއި، ފިލިފިލި އެއްގޮތްކުރާ ތަފާތު އެތައް ގޮތެއް ފެންނާން ހުރެއެވެ. ތިރީގައި މި ވަނީ އޭގެ ބައެއް މިސާލެވެ. މި ތާނގައި މިސާލުގެ ގޮތުގައި ގެނެސްފައި ވާ ބައެއް ބައިތުގައި ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތައް ވެސް ހިމެނެއެވެ. ނަމަވެސް ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތަކުގެ ވާހަކައެއް މި މަޒުމޫނުގައެއް ދައްކައިފައެއް ނުހުންނާނެއެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (8)

ކިޔާފައިވާ ޢަދަދު: 3804
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
(3 ފެބްރުއަރީ 2013 (އާދީއްތަ)އާ ގުޅޭ)

ނޯޓް: މި ސިލްސިލާ ގެނެސްނުދެވި މަހެއްހައި ދުވަސް މެދުކެނޑުނީތީ މި މަޒުމޫނު ވިދާޅުވާ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ.

9- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކުރާ ބައިތުގައި މިޔުޒިކު އުފެއްދުން
 
މި މަޒުމޫނުގެ ތަޢާރަފުގައި ބަޔާންކުރެވިފައި ވާނޭ ފަދައިން، ޅެންވެރީން ބަނޑުވައްއަކުރާއި ފިލިކޯޅިއަށް ޓަކައި، ޅެމުގައި ބުނާން ބޭނުންވާ ވާހަކަ ޤުރްބާނެއް ނުކުރެއެވެ.  ހަމައެފަދައިން ބުނާން ބޭނުންވާ ވާހަކައަށް ޓަކައި، ބަނޑުވައްއަކުރާއި ފިލިކޯޅީގެ މިޔުޒިކުގެ މަތިން މުޅިން ހަނދާންނައްތައިލުމަކީ ވެސް ކުރާ ކަމެއް ނޫނެވެ. އެހެންކަމުން ބައިތެއްގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކުރާނަމަ އެ ބައިތުގައި މިޔުޒިކު އުފެއްދުމަށް، ބައެއް ފަހަރު ބަނޑުވައްއަކުރުގެ އަޑު، އަނެއްބައި ފަހަރު ބަނޑުވައްއަކުރާއި ފިލިކޯޅީގެ އެއްބައި، އަދި އަނެއްބައި ފަހަރު ބަނޑުވައްއަކުރާއި ފިލިކޯޅި ނޫން އެހެން ބައެއް އަކުރުއަކުރާއި، ފިލިފިލި އެއްގޮތްކުރެއެވެ. ތިރީގައި މި ބަޔާންކުރަނީ އޭގެ ތެރެއިން ބައެއް ގޮތްގޮތެވެ.

ލިޔުންތެރިންގެ ދުވަހާއި ޅެންވެރިންގެ ދުވަސް ބަދަލު ކުރަންވީތަ؟

ކިޔާފައިވާ ޢަދަދު: 8634
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
“ރިވާޔަތު މޫސާ ވަ ޒުލައިޚާ” އަކީ ދިވެހިބަހުން އެންމެ ފުރަތަމަ ލިޔުނު ވާހަކައެވެ. ވާހަކަ ލިޔުއްވީ ހެންވޭރުގޭ އަޙްމަދު ކާމިލުދީދީ އެވެ. އޭނާ ވާހަކަ ލިޔުއްވައި ނިންމެވީ 1339 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަހުއެވެ. އެހެންވީމާ މިހާރު އެ ވާހަކައަށް 95 އަހަރު ވީއެވެ.

ބަސްމަގާއި ބަހުރުވަ

ކިޔާފައިވާ ޢަދަދު: 4745
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

” ﷲ އަޗުބަރު” ވެސް ކިޔައެވެ. “އިޖާޖާއަ ނަސްރުﷲ” ވެސް ކިޔައެވެ. “ހަބަރު” ވެސް ކިޔައެވެ. “ސަކީ” ވެސް ކިޔައެވެ.

ފާރޫޤު އަޙްމަދު

ދުނިޔޭގައި ދިރިއުޅޭ އިންސާނުން، ވާހަކަ ދެއްކުމަށް ބޭނުން ކުރަމުންގެންދާ ބަސް، ނުވަތަ ބަހުރުވަޔަކީ، ޒަމާން ބަދަލުވަމުން ދިއުމުގައި ތަފާތުވަމުން ބަދަލުވަމުންދާ އެއްޗެކެވެ. މިއީ ޒަމާނަށް އަންނަ ބަދަލުތަކާއި، ކިޔެވުމުގެ، ނުވަތަ ކިޔަވައިދިނުމުގެ ވަށްޓަފާޅިއާއި ވެށިން އުފަންވެ، އުފެދިގެން އަންނަ ކަމަކަށް ވުމަކީ ދުރުކަމެއް ނޫނެވެ. އަދި ހަމަ އެފަދައިން، ބޭރު ބަސްބަސް ބޭނުން ކުރުމުގައި އެބަހެއް ކިޔަންވާ ގޮތް އޮޅި، އެބަހެއްގެ ބައެއް އަކުރުގެ އަޑު ބޭރުކުރުމުގައި މަޚުރަޖު އޮޅި، އަދި ކިޔަން އުނދަގޫވެ، ތިމާމެންގެ މާދަރީ ބަހުގައި އެބަހެއް ނުވަތަ އެ އަކުރެއް ނެތުމުން، އަންނަމުންދާ ބަދަލުތަކެއް ވެސް މެއެވެ. އަސްލު އޮޅުންފިލުވަން ބޭނުންވެސް ނުވަނީއެވެ. އައިބެއްކަން ނޭނގި ހުއްޓާ އާދަވެސް ވަނީއެވެ. އަދި މިހުރިހާ ގޯހަކާއެކުވެސް ، ރަނގަޅު ނުކޮށް އޮއްވައި، އެކި ބޭބޭފުޅުންނާއި ޖަމާޢަތްތަކުން އެފަދަ ބަސްބަސް، ބަލައިވެސް ގަންނަނީއެވެ.

އޭރުގެ ފަތްފުށްތަކުން….(17)

ކިޔާފައިވާ ޢަދަދު: 3321
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބިންގާ ގުޑުވުމަކީ ނުރައްކަލެއް

އަލްފާޟިލް އިބްރާހީމް ފައުޒީ


މިއީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުން އަހަރަކު އެއްފަހަރު ނެރޭ މަޖައްލާ “އަލްމަންހަޖު” ގެ 13 ވަނަ ޢަދަދު (1 ޝައްވާލު 1413، 24 މާޗް 1993) ގައި ޝާއިޢުކޮށްފައިވާ އަލްފާޟިލް އިބްރާހީމް ފައުޒީގެ ލިޔުއްވުމެކެވެ.
 
އަލްފާޟިލް އިބްރާހީމް ފައުޒީ (މ.އޯކިޑުވާދީ) އަކީ، ބައި ޤަރުނެއްހައި ދިގު މުއްދަތެއް، ދިވެހިބަސް ކިޔަވައި ދެއްވުމުގައި ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ.

އަލްފާޟިލް އިބްރާހީމް ފައުޒީގެ އެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ތަޢުލީމަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 2004 ވަނަ އަހަރު، ދައުލަތުން އޭނާއަށްވަނީ ދެއްވައިފައެވެ.


މާދަރީ ބަހާ މެދު ފިކުރު ކުރިވަރަކަށް ގިސްލެވުން ވަނީ އިތުރެވެ.

ކިޔާފައިވާ ޢަދަދު: 9874
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މިއަދަކީ ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަ ކުރެވޭ، މާދަރީ ބަހުގެ ދުވަހެވެ. މި ދުވަހުގެ ތަހުނިޔާ އާއި މުބާރަކުބާދީ، މި ލިޔުންކޮޅު ވިދާޅުވާ ކޮންމެ ފަރުދަކަށް އަރިސްކުރަނީ ކަރުނަޔާ އެކުގައެވެ. ދިވެހި ބަހަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނައިި ފާއިތުވެގެން ދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެނަށް ކުރެވިފައިވާ ތަފާތު ކަންތަކުގެ ސަބަބުން މިހެން ލިޔެވުނީއެވެ.

ދުނިޔޭގެ އެންމެ މުހިއްމު 10 ބަސް

ކިޔާފައިވާ ޢަދަދު: 9091
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔޭގެ އެންމެ މުހިއްމު ބަހަކީ ނުވަތަ ބަސްތަކަކީ ކޮބައިތޯ ސުވާލު ކުރާ މީހުން އުޅެއެވެ. މި ފަދަ ސުވާލެއްގެ ޖަވާބަކީ އިނގިރޭސި ބަހޭ ބުނުންހެއްޔެވެ؟ ނުވަތަ މުސްލިމުން ނަމަ ބުނާނީ ޢަރަބިބަހޭ ހެއްޔެވެ؟ ނޫނެކެވެ. ޙަޤީޤަތަކީ އެޔެއް ނޫނެވެ. ދުނިޔޭގައި އިންސާނުން މޮށެ އުޅޭ ކޮންމެ ބަހަކީވެސް މުހިއްމު ބަހެކެވެ. ހަމަ އެކަނި މުހިއްމީކީއެއް ނޫނެވެ. ވަރަށް މުހިއްމީ އެވެ.

އޭރުގެ ފަތްފުށްތަކުން….(13)

ކިޔާފައިވާ ޢަދަދު: 6260
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

نصرއާ نصيبއާ كاميابގެ رمزއަކަށް ހިމެނޭ
             ފެއްސާރަތާއިހުދާއެކީ ފެނުމުން…………….

وطنގެ ދިދައެވެ.

الفاضلة مريم سعيد


އަލްފާޟިލާ މަރިޔަމް ސަޢީދަކީ، ލިޔުންތެރިއެކެވެ. އެއަށްވުރެ މަޝްހޫރު ޅެންވެރިއެކެވެ.އަދަބީ ޖައްވެއްގައި ބޮޑުފުޅުވި ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ދަރިކަނބަލެވެ.
މި ލިޔުމަކީ،ރާއްޖޭގައި އަންހެންނުންނަށް ޚާއްޞަކޮށް އުފެދުނު ފުރަތަމަ ޖަމްޢިއްޔާ “ޖިންސުއްލަޠީފުންގެ ރޫޙް” ގެ ފަރާތުން ނެރެމުންގެންދިޔަ މަޖައްލާ،”ޖިންސުއްލަޠީފް”ގެ4 ވަނަ ޢަދަދުގައި އޭނާ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ޢަދަދު ނުކުމެފައިވަނީ، 1 ރަބީޢުލްއައްވަލް 1379 ގައެވެ. އާދެ! މީގެ ބައި ޤަރުނަށްވުރެވެސް ކުރީގެ ތާރީޚެއްގައެވެ.