[ޓައިޕިން މިސްޓޭކެއް] އެބައޮތްތޯއެވެ؟

ކިޔާފައިވާ ޢަދަދު: 3465
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މާޒިފު އަޙުމަދު
މިހާރަކަށްއައިސް އެކި އެކި ނަންނަމުގައި ނެރެވޭ އޮންލައިން ނޫސްތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ގިނަވަމުންނެވެ. މި ގޮތުން ބަލާއިރު އެކި އެކި ރަށްރަށުގެ ނަމުން ނަންދީފައިވާ ނޫސްތަކާއި، އަތޮޅުތަކުގެ ނަމުން ނަން ދީފައިވާ ނޫސްތަކުގެ އިތުރުން އެކި އެކި ބޭބޭފުޅުންގެ އަމިއްލަ ބްލޮގްތައް ވެސް އެހާމެ ގިނައިން ފެނެއެވެ. ޖުމްލަކޮށް ބަލާއިރު މިއީ މުޖުތަމަޢަށް ނުހަނު ރަނގަޅު ކަމެކޭ ވެސް ދެންނެވިދާނެއެވެ. އެހެންނަމަވެސް އެއީ ވަކި މިންގަނޑަކުން ވަކި އޮއްޓަރެއް ހުރި ލިޔުންތަކެއް ގެނެސްދޭނަމަ އެވެ.
 

ބަނޑުވައްއަކުރު އެއްގޮތް ކުރުން (7)

ކިޔާފައިވާ ޢަދަދު: 3937
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(1 ފެބްރުއަރީ 2013 (ހުކުރު)އާ ގުޅޭ)

8- ބަނޑުވައްއަކުރުގެ އަޑު އެއްގޮތްކުރުން

ދިވެހި ޅެމުގެ ބަނޑުވައްއަކުރު އެއްގޮތްކުރުމުގައި، ބަނޑުވައްއަކުރުގެ އަޑު އެއްގޮތްކުރުމަކީ ވެސް ޅެންވެރީން ބޭނުންކުރާ ހަމައެކެވެ. މި ގޮތަށް އަޑު އެއްގޮތްކުރަނީ ބައިތުގެ ޞަދުރުގެ ބަނޑުވައްއަކުރަަށް ސުކުނެއް ގެނެސްފައި އެ ސުކުނާ އެއް އަޑުން ކިޔޭ ސުކުނެއް ޢަޖުޒުގެ ބަނޑުވައްއަކުރަށް ގެނެސްގެންނެވެ.

8.1- އަލިފުސުކުނާއި ށަވިޔަނިސުކުންް

ލިޔުންތެރިކަމުގައި ހިމެނޭ ޢިބާރާތް(ޓެކްސްޓް)ގެ ތެރެއިން……

ކިޔާފައިވާ ޢަދަދު: 8795
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  ރިކައުންޓް (ނުވަތަ ރިވާކުރުން)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(1) ތަޢާރަފު:

ލިޔުންތެރިކަން ބެހިގެންވާކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އާދައިގެ ބަހުރުވައާއި ވަޒަންބަހުރުވައެވެ. ނުވަތަ ނަސްރާއި ނަޒުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޅެން ބަހުރުވައާއި އާދައިގެ ޢިބާރާތެވެ. ބަހެއް ބޭނުންކޮށްގެން އިންސާނަކު ލިޔެއުޅޭ ހުރިހައި ބާވަތެއް މި ދެ ބައިގެ ތެރޭގައި ހިމެނޭނެއެވެ.  މީގެ ތެރެއިން ވަޒަން ބަހުރުވައަކީ ނިސްބަތުން މަދުބައެކެވެ. ގިނައީ ވަޒަން ބަހުރުވަ ނޫން އެހެން ބަހުރުވައެވެ. އާދައިގެ ޢިބާރާތެވެ. ޓެކްސްޓެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (6)

ކިޔާފައިވާ ޢަދަދު: 3792
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(29 ޖެނުއަރީ 2013 (އަންގާރަ) ގުޅޭ)

7- ޅެމުގެ ހުރިހައި ބައިތެއްގެ ވަކި ކާފިޔާއެއްގެ ބަނޑުވައްއަކުރު އެއްގޮތްކުރުން

ދިވެހި ޅެމުގެ ބަނޑުވައްއަކުރު އެއްގޮތްކުރުމުގައި، ކޮންމެ ބައިތެއްގެ ބަނޑުވައްއަކުރު އެއްގޮތްކުރުމުގެ ބަދަލުގައި ޅެމުގެ ހުރިހައި ބައިތެއްގެ ވަކި ކާފިޔާއެއްގެ ބަނޑުވައްއަކުރު އެއްގޮތްކުރުމަކީ ވެސް ޅެންވެރީން ކުރާ ކަމެކެވެ. މި ގޮތަށް ބަނޑުވައްއަކުރު އެއްގޮތްކުރަނީ އެއް ލަފުޒެއް ތަކުރާރުކޮށްގެންނެވެ. އެހެންކަމުން މި ގޮތުގައި އެ ކާފިޔާތަކުގެ ބަނޑުވައްއަކުރާ އެކުގައި ފިލިކޯޅި ވެސް ހުންނަނީ އެއްގޮތް ވެފައެވެ. މި ގޮތަށް ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރާ ތިން ގޮތެއް އޮވެއެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (5)

ކިޔާފައިވާ ޢަދަދު: 4033
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(27 ޖެނުއަރީ 2013(އާދީއްތަ) ގުޅޭ)

6- ގިނަކާފިޔާ ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ދިވެހި ޅެމުގައި އެންމެ އާންމު ވައްތަރަކީ ދެކާފިޔާ ބައިތުގެ ޅެމެވެ. އެހެންނަމަވެސް ބައިތުގައި ދެ ކާފިޔާއަށް ވުރެން ގިނަ ކާފިޔާ އެކުލެވިފައި ވާ ޅެންވެސް ދިވެހި ޅެމުގެ ތެރޭގައި ހުރެއެވެ. މި ފަދަ ގިނަކާފިޔާ ބައިތުގައި ވެސް ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރާ ގޮތް، އާންމު ގޮތެއްގައި، ދެކާފިޔާ ބައިތަކާ ތަފާތެއް ނެތެވެ. އެހެންނަމަވެސް ގިނަކާފިޔާ ބައިތުގައި ބަނޑުވައްއަކުރު އެއްގޮތްކުރާ މައިގަނޑު ދެ ގޮތެއް އޮވެއެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (4)

ކިޔާފައިވާ ޢަދަދު: 3983
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(26 ޖެނުއަރީ 2013 (ހޮނިހިރު) ގުޅޭ)

5- މުލައަކުރުގެ ފަހަތަށް އަންނަ ހުސްނޫނު

ބައެއް ފަހަރަށް ބައިތުގެ އެއް ކާފިޔާ، މުލައަކުރުގެ ފަހަތަށް ހުސްނޫނު އަންނަ ލަފުޒަކުން ފަށައިފައި އަނެއް ކާފިޔާ، މުލައަކުރުގެ ފަހަތަށް ހުސްނޫނު ނާންނަ ލަފުޒަކުން ފަށައެވެ. އެހެންނަމަވެސް މުލައަކުރުގެ ފަހަތަށް ހުސްނޫނު އައިސްފައިވާ ކާފިޔާގައި ހުސްނޫނާ ޖެހިގެން އޮތް އަކުރު، (އެ ކާފިޔާގެ ދެވަނައަށް އޮތް ފިލިޖެހިފައިވާ އަކުރު) އަނެއް ކާފިޔާގެ ބަނޑުވައްއަކުރާ އެއްގޮތް ނަމަ ބެލެވެނީ ބަނޑުވައްއަކުރު އެއްގޮތް ކަމުގައެވެ. މި ގޮތަށް ބެލެވެނީ ހުސްނޫނަކީ އެ ނޫނުގެ ކުރީގައި އޮތް އަކުރުގެ އަޑާގުޅިފައިވާ، އަޑުގެ ނިޝާނަކަށް ވާތީއެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (3)

ކިޔާފައިވާ ޢަދަދު: 3617
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
(23 ޖެނުއަރީ 2013 (ބުދަ) ގުޅޭ)

4- ދިގު ފިއްޔަކުން ފެށޭ ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ދިގުުފިއްޔަކުން ފެށޭ ބައިތުގައި ވެސް ބަނޑުވައްއަކުރާއި ފިލިކޯޅި، ކުރުފިއްޔަކުން ފެށޭ ބައިތާ އެއްގޮތަށް، ތަފާތު މިންވަރަށް އެއްގޮތްކޮށްފައި ހުރެއެވެ.

4.1- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ދިގުުފިއްޔަކުން ފެށޭ ބައިތުގައި ވެސް، ބަނޑުވައްއަކުރު އެއް ގޮތްކުރުމުގެ އެންމެ ފުރިހަމަ ގޮތަަކީ ބަނޑުވައްއަކުރު އެއްގޮތް ކުރުމާ އެކުގައި ފިލިކޯޅި ވެސް އެއްގޮތްކުރުމެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (2)

ކިޔާފައިވާ ޢަދަދު: 4058
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(21 ޖެނުއަރީ 2013 (ހޯމަ) އާ ގުޅޭ)

3- ކުރުފިއްޔަކުން ފެށޭ ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ކުރުފިއްޔަކުން ފެށޭ ބައިތުގައި، ބަނޑުވައްއަކުރާއި ފިލިކޯޅި ތަފާތު މިންވަރަށް އެއްގޮތްކޮށްފައި ހުރެއެވެ.

3.1- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ކުރުފިއްޔަކުން ފެށޭ ބައިތުގައި، ބަނޑުވައްއަކުރު އެއް ގޮތްކުރުމުގެ އެންމެ ފުރިހަމަ ގޮތަަކީ ބަނޑުވައްއަކުރު އެއްގޮތް ކުރުމާ އެކުގައި ފިލިކޯޅި ވެސް އެއްގޮތްކުރުމެވެ.
 

ބަނޑުވައްއަކުރު އެއްގޮތް ކުރުން (1)

ކިޔާފައިވާ ޢަދަދު: 5516
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

1- ތަޢާރުފު

ރީތިކޮށް އަމުނައިއެކުލަވައިލައިފައި ހުންނަ ޅެމަކީ، އެ ޅެން ކިޔާ، ނުވަތަ އަޑުއަހާ މީހާގެ ހިތުގެ އެންމެ ފުނަށް އަސަރުފޯރުވާ އެއްޗެކެވެ. ޅެމުގެ އެންމެ ޚާއްޞަ ސިފައަކީ އެއެވެ. ޅެމުން ހިތަށް ފޯރުވާ އަސަރެވެ. ޅެންވެރީން އެ މީހުންގެ ޅެމުގެ ޖާދޫގައި އެހެން މީހުން ޖައްސަނީ ޅެމުގައި އެ މީހުން ބޭނުން ކުރާ ލަފުޒުތަކުންނާއި އެ ލަފުޒުތައް އަތުރައިލައިފައި ހުންނަ ގޮތުން އުފައްދާ ސިހުރީ މިޔުޒިކުންނެވެ. މި މިޔުޒިކް ޅެމުގައި އުފައްދާން، ލަފުޒުތައް އެތުރުމުގައި ޅެންވެރީން ބޭނުންކުރާ އެއް ހަތިޔާރަކީ ބަނޑުވައްއަކުރެވެ.

“އޮނަވިހީ”ގެ ބަދަލުގައި “ނަވާރަ” މި ލަފުޒު އުފެއްދީ ދިވެހި ކުޑަކުއްޖެކެވެ.

ކިޔާފައިވާ ޢަދަދު: 8673
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)

ދިވެހީގެ ގުނުން ނުވަތަ ވިޔައަކުރުގެ ނަންތައް ދިވެހިބަހުން މި ހުންނަނީ އަވަށްޓެރި ޤައުމުތަކުގެ ބަސްތަކުގައި ވެސް ހުންނަކަހަލަ ގޮތަކަށެވެ. މި ގޮތަށް މި ދިމާވަނީ މި ހުރިހާ ބަސްތަކެއްގެ މައި ބަހަކީ އެއް ބަހެއް ކަމުގައިވާ ސާންސްކިރިތު ބަސް ކަމަށް ވާތީ ކަމަށް ދެންނެވިދާނެ އެވެ. މިސާލަކަށް: 1، 2، 3، … އޭކު، ދޯ، ތީން،…  (ހިންދީ)، އެކައި، ދެކައި، ތުނައި،… (ސިންގަޅަ)،  ސަތޫ، ދުއާ، ތިގާ….  (މެލޭޝިއާ)،  އެކްޓާ، ދުއިދިއާ، ތިންދިއާ…… (ބަނގްލާ)، ….. މިފަދަ ގޮތްގޮތަށެވެ.