ބަނޑުވައްއަކުރު އެއްގޮތް ކުރުން (2)

ކިޔާފައިވާ ޢަދަދު: 4098
މުޙަންމަދު ޝާހިދު ޙަލީމް

(21 ޖެނުއަރީ 2013 (ހޯމަ) އާ ގުޅޭ)

3- ކުރުފިއްޔަކުން ފެށޭ ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ކުރުފިއްޔަކުން ފެށޭ ބައިތުގައި، ބަނޑުވައްއަކުރާއި ފިލިކޯޅި ތަފާތު މިންވަރަށް އެއްގޮތްކޮށްފައި ހުރެއެވެ.

3.1- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ކުރުފިއްޔަކުން ފެށޭ ބައިތުގައި، ބަނޑުވައްއަކުރު އެއް ގޮތްކުރުމުގެ އެންމެ ފުރިހަމަ ގޮތަަކީ ބަނޑުވައްއަކުރު އެއްގޮތް ކުރުމާ އެކުގައި ފިލިކޯޅި ވެސް އެއްގޮތްކުރުމެވެ.
 

ބަނޑުވައްއަކުރު އެއްގޮތް ކުރުން (1)

ކިޔާފައިވާ ޢަދަދު: 5841
މުޙަންމަދު ޝާހިދު ޙަލީމް

1- ތަޢާރުފު

ރީތިކޮށް އަމުނައިއެކުލަވައިލައިފައި ހުންނަ ޅެމަކީ، އެ ޅެން ކިޔާ، ނުވަތަ އަޑުއަހާ މީހާގެ ހިތުގެ އެންމެ ފުނަށް އަސަރުފޯރުވާ އެއްޗެކެވެ. ޅެމުގެ އެންމެ ޚާއްޞަ ސިފައަކީ އެއެވެ. ޅެމުން ހިތަށް ފޯރުވާ އަސަރެވެ. ޅެންވެރީން އެ މީހުންގެ ޅެމުގެ ޖާދޫގައި އެހެން މީހުން ޖައްސަނީ ޅެމުގައި އެ މީހުން ބޭނުން ކުރާ ލަފުޒުތަކުންނާއި އެ ލަފުޒުތައް އަތުރައިލައިފައި ހުންނަ ގޮތުން އުފައްދާ ސިހުރީ މިޔުޒިކުންނެވެ. މި މިޔުޒިކް ޅެމުގައި އުފައްދާން، ލަފުޒުތައް އެތުރުމުގައި ޅެންވެރީން ބޭނުންކުރާ އެއް ހަތިޔާރަކީ ބަނޑުވައްއަކުރެވެ.

“އޮނަވިހީ”ގެ ބަދަލުގައި “ނަވާރަ” މި ލަފުޒު އުފެއްދީ ދިވެހި ކުޑަކުއްޖެކެވެ.

ކިޔާފައިވާ ޢަދަދު: 8730

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)

ދިވެހީގެ ގުނުން ނުވަތަ ވިޔައަކުރުގެ ނަންތައް ދިވެހިބަހުން މި ހުންނަނީ އަވަށްޓެރި ޤައުމުތަކުގެ ބަސްތަކުގައި ވެސް ހުންނަކަހަލަ ގޮތަކަށެވެ. މި ގޮތަށް މި ދިމާވަނީ މި ހުރިހާ ބަސްތަކެއްގެ މައި ބަހަކީ އެއް ބަހެއް ކަމުގައިވާ ސާންސްކިރިތު ބަސް ކަމަށް ވާތީ ކަމަށް ދެންނެވިދާނެ އެވެ. މިސާލަކަށް: 1، 2، 3، … އޭކު، ދޯ، ތީން،…  (ހިންދީ)، އެކައި، ދެކައި، ތުނައި،… (ސިންގަޅަ)،  ސަތޫ، ދުއާ، ތިގާ….  (މެލޭޝިއާ)،  އެކްޓާ، ދުއިދިއާ، ތިންދިއާ…… (ބަނގްލާ)، ….. މިފަދަ ގޮތްގޮތަށެވެ.

މާލެއާ ރާއްޖެތެރެ – މާލެއާ އަތޮޅުތެރެ…..!

ކިޔާފައިވާ ޢަދަދު: 3426
އިސްމާޢީލް ޝަމީމް، ފެބްރިކްވިލާ، ތ.ވިލުފުށި

އެ ގޮތްމިހާރު ރަނގަޅެއްނޫން، ހުރިހާ ކަތުން ހަމަހަމަކުރަން
                  މި ގޮތް މިހާރު މާރަނގަޅޭ، ރައްޔިތުން  އެކީ  ޙިއްޞާކުރަން

ކޮންމެގޮތެއްވިޔަސް ނުވަތަ ކޮންމެކަމެއްވިޔަސް ރަނގަޅުވެވޭނީ، އެކަމެއްގެ މަޤްޞަދު ރަނގަޅުވެވިގެންނެވެ. އެކަމެއް ކުރަން ކަނޑައެޅި މަޤްޞަދަކީ، ކަމާއި ތަނާއި އެތަނެއްގައި ދިރިއުޅޭ މީހުންނާ ގުޅޭކަމަކަށް ވާނަމައެވެ. ބައެއްކަހަލަ ކަންކަމުގައި ހަމައެކަނި ހިތަށްއެރީމާ އެއިރަކު ހިތަށްއެރި ނަމެއް ކިޔުމަކުން އެކަމަކަށް ލިބޭނެ ފައިދާއެއް، ވާނެ ރަނަގޅެއް އޮންނާނެ ކަމަކަށް ބަލައިގެންނުވާނެއެވެ. މާދަން އޮންނާނީ ކޮންގޮތެއްކަން ނުވަތަ ކިހިނެއްކަން ނޭނގޭތީއެވެ. ތަންތަނާއި ނަންނަމަށް ބަދަލު ގެނައުމުގައި، ތަނުގެ ޤަދީމަށާއި އާދަކާދައަށް ޙުރުމަތްތެރިކަން ކުޑަވެވިއްޖެނަމަ، ދެންދިމާވެދާނޭ ގޮތަކާއިމެދު ކުރިން ވިސްނަވަން ވާނެއެވެ.

މުޅި އޮޑީގައި ހަސަނު ދެފައި

ކިޔާފައިވާ ޢަދަދު: 5468

ޢަބްދުﷲ ޞާދިޤު
މިއީ މިސާލު ބަހެކެވެ. މިސާލު ބަހޭ ކިޔަނީ ހިނގާފައި އޮތް ކަމަކަށް ނިސްބަތްވާ ގޮތަށް ޖަހާ މިސާލަށެވެ. މި ކަން ވީ ގޮތް މި ދަންނަވަނީ އެވެ.

ދަތުރު އޮޑީގެ މީހުން ރަށެއްގައި ޖައްސާފައި ފެން ބަލައި ރަށަށް ފައިބަމުން އޮޑީގައި ބޭއްވީ ޙަސަނެވެ .ބޮއްކުރާގައި އެމީހުންނަށް އެއްގަމަށް ފޭބުނީ ވަރަށް ގިނައިރުވީ ފަހުންނެވެ. އެއީ ފަޅު ބޮޑު ކަމުންނާއި ފަޅު ދަތިކަމުންނެވެ.

ބަސް ދިރާސާކުރުމަށް ބޮޑަށް ރަނގަޅީ ކޮން ގޮތެއް؟

ކިޔާފައިވާ ޢަދަދު: 5795
އަންވަރު އިބްރާހީމް

1. ތަޢާރަފު

އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްބަސް ދިރާސާކޮށް ބަސްބަހުގައި ހިމެނޭ މުހިންމު ބައިތަކާއި ސިފަތައް ދެނެގަތުމަކީ ވަރަށް ކުރީއްސުރެވެސް އިންސާނުން ކުރަމުން އައިސްފައިވާ ކަމެކެވެ. މިގޮތުން ބަހުގައި ހިމެނޭ މުހިންމު ބައިތަކާއި ޕްރޮޕަޓީސްތައް ދެނެގަތުމަށްޓަކައި ތަފާތު ތަހުލީލުތަކާއި ދިރާސާތައް އަންނަނީ ކުރެވެމުންނެވެ. މިފަދަ ތަހުލީލުތަކާއި ދިރާސާތަކާއި ހޯދުންތައް ހޯދާއިރު ބަހަވީ ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ދިރާސާކުރަމުންގެންދާކަން ފާހަގަކުރެވެއެވެ.
 

ދިވެހީން ދިވެހިބަހާއެކު ތަރައްޤީވުން

ކިޔާފައިވާ ޢަދަދު: 8717

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އުސްތާޖުލްޖީލު މުޙައްމަދު ޖަމީލުދީދީ ގެ “އެބައިމީހުންނާއި މިބައިމީހުން” ކިޔައިލުމަށްފަހު، ކުރިން އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ވަޠަނިއްޔަތުގެ ޝުޢޫރާއި ޤައުމީ ރޫޙު އިތުރަށް އުތުރިގެންފި އެވެ. އެ ޝުޢޫރުތައް އެތައް ގުނަޔަކަށް އިތުރުވެ އާލާވި އެވެ. ޤައުމީ ވިންދުން ހިތުގެ ހިނގުން އަވަސްކޮށްލި އެވެ.

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1 ން ފެށިގެން ކިޔަވައިދޭންވާނީ އިނގިރޭސި މީޑިއަމުންނެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 4704
މޫސާ ޝަރީފް، ދުންފިނިގެ، ލ. މާވަށް

ފެށުން

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1ން ފެށިގެން ކިޔަވައިދޭންވާނީ ވަކި މިވެނި މީޑިއަމަކުންނޭ ބުނަން އެނގޭނީ، ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގުރޭޑް 1 ން ފެށިގެން ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ އެނގިގެންނެވެ. އަދި އެ މަދަރުސާތަކުގައި ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ، އެ ކިޔަވައިދޭ މީޑިއަމެއްގެ މެދުގައިވާ ގުޅުން ވެސް އެނގިގެން ކަމަށް ޤަބޫލުކުރެވެއެވެ. މަދަރުސާތަކުގައި، ކިޔަވައިދިނުމުގެ ބޭނުމަކީ މަދަރުސާތަކަށް ކިޔަވަންދާ ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުވައިދިނުމެވެ. ބަހަކީ މަޢުލޫމާތުގެ ދޮރޯށްޓެވެ.

ދިވެހިބަހަކީ “ޓޯން” ބަހެއްތަ؟

ކިޔާފައިވާ ޢަދަދު: 4163
މޫސާ ޝަރީފް، ދުންފިނިގެ، ލ. މާވަށް
“ޓޯން ލެންގްއޭޖަޒް” އަކީ އެބަހެއްގައި ބޭނުންކުރާ ކޮންމެ ލަފުޒެއްގެވެސް ތަބީޢީ ސިފައެއްގެ ގޮތުގައި ވަކި “ޕިޗް” ނުވަތަ އަޑުގެ ބަރުމިނެއް ބޭނުންކުރާ ބަސްތަކެވެ. މިފަދަ ބަސްތަކުގައި، ލަފުޒެއްގެ “ޕިޗް” އަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އެ ލަފުޒުގެ “ލަފުޒީ މާނަ” ބަދަލުވެގެން ދާނެއެވެ. އެހެންކަމުން، މިފަދަ ބަހެއްގައި ހިމެނޭ ދެލަފުޒެއް ނުވަތަ ލަފުޒުސެޓެއްގެ “ސެގްމެންޓަލް” ސިފަތައް އެއްގޮތް ނަމަވެސް، އެލަފުޒުތައް ތަފާތު “ޕިޗް”ތަކަށް ކިއުމުން “މިނިމަލް ޕެއަރ”އަކަށް ނުވަތަ “މިނިމަލް ސެޓް”އަކަށް ވެދާނެއެވެ. ތާވަލު 1ގައި ބަޔާންކޮށްފައި އެވަނީ “ތައި” ބަހުން / މިލަފުޒު ތަފާތު “ޓޯން” ތަކުން ކިޔުމުގެ ސަބަބުން އެލަފުޒުގެ ލަފުޒީމާނައަށް އައިސްފައިވާ ބަދަލެވެ. 

ފަންސަވީސް މިނިޓް

ކިޔާފައިވާ ޢަދަދު: 3895
ފަތުޙުﷲ އަޙުމަދު ރަޝީދު
ފަންސަވީސް މިނެޓް ކުރިއެވެ. އަހަރެންގެ ހިތް ލިބުނު ކަހަލަ އެވެ.ލޯ އެދެމުން ދިޔަ ކަމަނާ އަހަރެންގެ ބޮލު މަތިން ހިތު ތެރެއަށް އުދަވީމައެވެ. އަހަރެންގެ އަތްފޯރާ ފަށަށް އައީމައެވެ. އެއީ ރީތި ކަމުގެ ލާމަސީލު ނަމޫނާއެކެވެ.