ޅެމާއި ލަވަ

ކިޔާފައިވާ ޢަދަދު: 677

ލަވަޔާއި ޅެމަކީ އެކައްޗެއް ބާވައެވެ؟ ނުވަތަ މިއީ ދޭއްޗެއް ބާވައެވެ؟ މިއީ ވަރަށް ކުރިއްސުރެ ކުރެވެމުން އަންނަ ބަހުސެކެވެ. އެއް ނަޒަރަކުން ވިސްނާއިރު، މި ދެބާވަތުގައި އެއްގޮތް ގުޅުމެއް އެބަހުއްޓެވެ. އެއީ، އެއިން ކޮންމެ އެއްޗެއްވެސް ވަޒަނަކަށް ފެތެންޖެހޭ ކަމެވެ. ދިވެހި ބަހުގެ ޅެމާއި، ލަވަޔާއި، ރައިވަރާއި ބަންޖާ މިފަދަ ތަކެއްޗަކީ ހަމަގައިމުވެސް އޭގެ ޒާތުގައި އެކައްޗެއް ނޫނެވެ. ތަފާތު އެއްޗިއްސެވެ. ރައިވަރަކީ ޅެމެއް ނޫނެވެ. ބަންޖަކީ ލަވައެއްވެސް ނޫނެވެ. މިއިން ކޮންމެ އެއްޗަކީ، ވަކި ބާވަތެއްކަމަށް…

ގުޖްރާތީ ބަހުގެ ތެރެއަށް އިނގިރޭސި ބަސް ވައްދައިފި

ކިޔާފައިވާ ޢަދަދު: 341

ގުޖްރާތީ ބަހަށް އިނގިރޭސި ބަަސްކޮށާރުންް ގިނަ ލަފުޒުތަކެއް އިތުރުކޮށްފިއެވެ. މިބަދަލަކީ ވަޠަނީ މީހުންގެ ހިތަށް ނުތަނަވަސްކަން ގެންނާނެ ބަދަލެއްކަމާމެދު ޝައްކެއްވެސް ނެތެވެ. ގުޖްރާތީ ބަސްފޮތް، ސަރްތް ގުޖްރާތީ ޖޮދާނީ ކޯޝް، އަށް ގުޖްރާތް ވިދްޔަޕިތުން 10000 އާ ލަފުޒު އިތުރުކޮށްފިއެވެ. އެ 10000 ލަފުޒުގެ %50 އަކީ އިނގިރޭސި ބަސްކޮށާރުގެ ލަފުޒުތަކެވެ. ސަރްތް ގުޖްރާތީ ޖޮދާނީ ކޯޝްއަކީ އާރާއިބާރު ލިބިފައިވާ، ސަރުކާރާއި އުނގަންނައިދޭ މުއައްސަސާ ތަކުގެ ތާއީދު ލިބިފައިވާ އަދި އެމުއައްސަސާ ތަކުން ބަލައިގެންފައިވާ ބަސްފޮތެކެވެ. މިބަސްފޮތަކީ…

މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާ މެދު (3)

ކިޔާފައިވާ ޢަދަދު: 483

މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 172  (ޑިސެންބަރު 1993) ވަނަ އަދަދުންނެވެ “ލޮބުވެތި އަންހެން ފިރިހެން އެއްބަނޑުތަކުންނޭ! އެންމެ ފުރަތަމަޔަށް ތިޔަ އެންމެ ތަކުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ރައްދުކުރަން. އަހުރެމެންގެ ކައުމުގެ ސައުރަޔާޅީސް ވަނަ މިނިވަން އަހަރީ ދުވަސް މަނަމުންދާ ތަންވަޅު، ކައުމު މިނިވަންކުރުމަށް ޖާނު ފިދާކުރި ކައުމީ ބަތަލުންނަށް އަކީދަތްތެރިކަން އެންގުމީ އަހަރެމެންގެ ވާޖިބެއް.” މިއިބާރާތްކޮޅަކީ، އިންޑިޔާގެ 44 ވަނަ މިނިވަން ދުވަހު މުނާސަބާގައި މަލިކު ޑެޕިއުޓީ ކަލެކްޓަރ ދެއްވި ތަޤްރީރުން ތަންކޮޅެކެވެ. މިތަޤްރީރުގައި…

މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާ މެދު (2)

ކިޔާފައިވާ ޢަދަދު: 491

މިބައި ނަގައިފައި މިވަނީ، ”ފަތްތޫރަ” މަޖައްލާގެ 161 (އޮގަސްޓް 1992) ވަނަ ޢަދަދުންނާއި 165 (ޑިސެންބަރު 1992) ވަނަ ޢަދަދުންނެވެ. ____________________________ ތިލަދުންމައްޗާއެކު މުޅި އުތުރުގެ ހުރިހާ އަތޮޅެއްގައި ހެން ބޭނުންކުރާ އަމުރުގެ ގޮތްވެސް ހަމަ އެގޮތަށް މަލިކުގައި އެބަ އޮތެވެ. ލިޔެގަ! ލިޔޭ. މިގޮތެވެ. ހއ.ހދ. ން އަޅުގަނޑު އަހާފައިވަނީ، އަންނަގަ (އާދޭ) އިއްތަގަ(އިށީނދޭ) މިގޮތަށް މިއަމުރުތައް ބޭނުން ކުރާތީއެވެ. ތިލަދުންމަތީ މީހުން ބުނާ ގޮތުގައި، އާދޭ، މިހެން ބުނުމަށް ވުރެ، އަންނަގަ، އޭ ބުނުމުން…

ކުޑަކުދީންގެ ސިކުނޑީން އެކުއެކީގައި ދެ ބަސް ދަސްކުރަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 691

ބޭރު ބަހެއް ދަސްކުރަން އުޅުމަކީ ކިހާ އުނދަގޫ އަދި އޮޅުންބޮޅުން ބޮޑު ކަމެއްކަން އަލަށް ބޭރު ބަސް ދަސްކުރަން އުޅޭ ބޮޑެތި މީހުންނަށް އެނގޭނެއެވެ. ދެބަހުން ވާހަކަ ދައްކައިއުޅޭ އާއިލާއެއްގެ ތެރޭގައި ބޮޑު ވަމުން އަންނަ އުމުރުން ތިން އަހަރުގެ ކުއްޖަކު އޭނާގެ މާދަރީ ބަހުގެ ތެރެއަށް ދެވަނަ ބަހެއް މަސްހުނި ކުރަން ފެށުމުން އެއީ އޭނާ އަށް އެ ދެބަސް އޮޅެނީ ކަމަށް ގަބޫލު ކުރެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އެގޮތަށް ދިމާވަނީ ދެ…

ދިރިއުޅުމުގެ ފަލްސަފާ

ކިޔާފައިވާ ޢަދަދު: 255

ތަރުޖަމާ: ޑޮކްޓަރ މުޙައްމަދު ޤުބާދު އަބޫބަކުރު ދިރިއުޅުމަކީ ހަނަފަސް ސަހަރާއެކެވެ. އަދި ފަރި ބަގީޗާއެއް ވެސް މެއެވެ. ލޯބީގެ ދުނިޔެއަކަށް ތިބާ ގެއްލިއްޖެނަމަ، ފޮނި މަސްތެއް ވެސް މެއެވެ. ރޭގަނޑު ނިމުމާއެކު ނަލަ ފަތިހެއް އުފަންވެއެވެ. މަޑުމަޑުން މަޑުމަޑުން އަނދިރިކަން ފިލައި ދެއެވެ. ދިރިއުޅުން، ހިނިތުންވެފައިވާ އުޖާލާ އިރެއް ފަދައެވެ. އަމާން އައްސޭރިއަށް ވާސިލުވެވޭނީ، ތޫފާނުގެތެރެއިން ދަތުރުކުރާ ނަވަށެވެ. ކެރޭ ޒުވާނުންގެ ކުރިމަތީގައި ތޫފާންތައް ވެސް ބޯލަނބާލައެވެ. ދިރިއުޅުމަކީ އެހީތެރި އަތްތަކަކާ ފަސްބައިތަކެއް ވެސް މެއެވެ. ____________…

ހަމައެކަނި މަލަކުން ނޫނެވެ.

ކިޔާފައިވާ ޢަދަދު: 305

ބަގީޗާ ޒީނަތްތެރި ވަނީ ހަމައެކަނި މާމެލާމެއްޔަކުން ނޫނެވެ. ކަށިތަކުން ވެސް ޒީނަތްތެރި ވެއެވެ. ދިރިއުޅުމަށް ބޭނުން ވަނީ އުފާ އެކަންޏެއް ނޫނެވެ. ހިތާމައަށް ވެސް ބޭނުން ވެއެވެ. އޭ! މޮޔަ ވާއިޒެވެ! ކަލޭ ތިޔަދައްކަނީ އެންމެ ޤިޔާމަތެއްގެ ވާހަކަ ތާއެވެ! ބަލަ މިއީ ކޮންމެ ދުވަހަކު ހަތަރުކަޅި ބައްދަލުވެ، ކޮންމެ ދުވަހަކު ޤިޔާމަތްވާ ތަނެކެވެ. އޭނާ އަހަރެންގެ ހިތާމަތަކުގެ ވާހަކަ އަހައިލަން އާދެއެވެ. އެހެނެއްކަމަކު އެއްޗެއް ބުނެވޭކަށްވެސް ނެތެވެ. ހަނުހުރެވޭކަށް ވެސް ނެތެވެ. ހަނުހުރުމަކީ ވެސް ދަތިކަމަކަށް…

ރަތް، ރީނދޫ، ފިޔާތޮށި އަދި ފެހި: ދުނިޔޭގެ ތަފާތު ބަސް ބަހުން ވިއްސާރަ ދުންޏަށް ނަންދެވިފައިވާ ގޮތް

ކިޔާފައިވާ ޢަދަދު: 525

އިނގިރޭސި ބަހުގެ ކުލަ ލަފުޒުތައް އައިސްފައިވަނީ އިނގިރޭސި ބަސް ނޫން އެހެން އަސްލަކުންނެވެ. ވަރމިލިއަން((vermillion ގަދަ ރަތްކުލަ އަދި ޝާރްތުރަޡް (chartreuse) ފެއްސާ ރީނދުލާ ދެމުދުގެ ކުލަތަކަކީ ފަރަންސޭސި ބަހުން އިނގިރޭސި ބަހަށް ގެނެވިފައިވާ ދެ ލަފުޒެވެ. އަދި މި ދެލަފުޒަށް ނަން ކިޔާފައިވަނީ ދިރޭރަހަ އާ ބަނގުރާ ގެ ކުލައިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދެ އެއްޗެއްްގެ ކުލައަށް ނިސްބަތްކޮށެވެ. އިނގިރޭސި ބަސް ކަމުގައި ވާ ‘black’ ކަޅު ކުލަ އަދި ‘white’ ހުދު ކުލައަށްވެސް ނަން…

ވާހަކަ ދެއްކުމުގެ ބައެއް އަދަބުތައް

ކިޔާފައިވާ ޢަދަދު: 1372

ވާހަކަ ދެއްކުމަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ނިޢުމަތެވެ. ވާހަކަ ދެއްކުމަށް މުއާސަލާތުގެ ތަޅުދަނޑި އޭ ވެސް ކިޔައެވެ. ދޭދޭ މީހުންނާ ހިސާބުން ފެށިގެން ނުހަނު ބޮޑެތި ޖަމާއަތްތަކުގެ ކުރިމަތީގައި ވެސް ވާހަކަ ދައްކާން ޖެހެއެވެ. މިހިސާބުން ވާހަކަ ދެއްކުމުގެ ދެބާވަތެއްވާ ކަން އެބައެނގެއެވެ. އެއީ ދޭދޭ މީހުންގެ މެދުގައި ދެކެވޭ ވާހަކައާއި ޖަމާއަތަކާ ކުރިމަތިލައިގެން ހުރެ ވާހަކަ ދެއްކުމެވެ. މިއީ ވަރަށް އާދަޔާ ޚިލާފު ހުނަރުތަކެއް ބޭނުންވާ ކަމެކެވެ.…

ލަފުޒުތައް ކަނޑައެޅުމަށާ ބަހުގެ ހަމަ އެކުލަވާލުމަށް އިޖުތިމާއީ މީޑިއާގެ ބަސް މުހިއްމުތަ؟

ކިޔާފައިވާ ޢަދަދު: 884

އިޖުތިމާއީ މީޑިއާއަކީ މިހާރަކަށް އައިސް ޚިޔާލު ފާޅު ކުރަން ގިނަ މީހުން ޚިޔާރު ކުރާ މަންސައެވެ. އިޖުތިމާއީ މީޑިއާ އަކީ އިޖްތިމާޢީ މައްސަލަތަކުން ފެށިގެން ސިޔާސީ ކަންކަމާ ދޭތެރޭ ޚިޔާލު ފާޅު ކުރަން ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް ބޭނުންކުރެވޭ ވަސީލަތެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންތައްތައް އާއްމުންނާ ހަމައަށް އެންމެ އަވަހަށް ފޯރުކޮށްދޭ ވަސީލަތަކީވެސް އިޖުތިމާއީ މީޑިއާއެވެ. އެހެންކަމުން މި ވަސީލަތް ވެފައި މިވަނީ ވަރަށް ނުފޫޒު ގަދަ އަދި ހަމަ އެހެންމެ ޚަބަރު ގެނެސްދިނުމުގައި…