ދިވެހިބަހަކީ ވެސް އިޝާރަތެކޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިބާވައެވެ؟

ކިޔާފައިވާ ޢަދަދު: 4637
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ދިވެހިބަހަކީވެސް އިޝާރަތެކެވެ. އާދެ! މިއީ ވަރަށް ކުރީއްސުރެން އަޑުއަހާ ވާހަކައެކެވެ. އަޅުގަނޑު އެންމެފުރަތަމަ މިވާހަކަ އަޑުއެހީ ނަވާރަސަތޭކަ ހަތްދިހައިގެކުރީގެ އަހަރުތަކުގެ ތެރޭގައެވެ. މަޖީދިއްޔާ އިސްކޫލުގައި ކިޔަވާން އުޅުނު ދުވަސްވަރުއެވެ. ދިވެހި ކިޔަވައިދޭ ކިލާސްތަކުގައި ޅެން ޝަރަހަކުރުމާ ގުޅުވައިގެންނެވެ. ޅެމެއްގެ މާނަ ދެނެގަތުމަކީ މާ ފަސޭހަ ކަމެއް ނޫންކަން ބުނެދިނުމުގެ ގޮތުން އޭރު ބުނެ އުޅޭ ވާހަކައެކެވެ.”ދިވެހިބަހަކީ ވެސް އިޝާރަތެކެވެ.

“ދެރައީ ލިސް ގަ ނަން ނެތީމަ”

ކިޔާފައިވާ ޢަދަދު: 3732
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން, ހއ. އުތީމު
ފަށަން މިޖެހުނީ ތަންކޮޅެއް ކުރީގެ ވާހަކައަކުންނެވެ. ހަނދާންނެތޭހާ ކުރިއެއްނޫނެވެ. ހަނދާން މި ހުރީ އެހެންވެތާއެވެ!
ދިވެހިރާއްޖޭގައި ފާހަގަކުރެވުނު 6 ވަނަ ގައުމީ ދުވަސް ފާހަގަ ކުރެވުނީ ތިލަދުންމަތީ އުތީމުގައެވެ. އެއީ 01 ރަބީޢުލް އައްވަލް 1370 ހ(11 ޑިސެމްބަރު 1950 މ) ވީ ހޯމަ ދުވަހެވެ. އެއީ މިހާރު އަޅުގަނޑުމެން މިތިބަ (މީލާދީ ސަނަތުން) 2012 ވަނަ އަހަރާ ހަމައިން ބަލާނަމަ މީގެ 62 އަހަރު ކުރިއެވެ. އެދުވަސްވަރު ރާއްޖެ ހިންގެވުމާ ޙަވާލުވެވަޑައިގެން  ހުންނެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އޭރު އަދި މުޙައްމަދު އަމީން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިސްވެ ވަޑައެއް ނުގަންނަވައެވެ.  މުޙައްމަދު އަމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ 01 ޖެނުއަރީ 1953 ގައެވެ.

ދިވެހީންނަށް އިނގިރޭސި؟

ކިޔާފައިވާ ޢަދަދު: 3650
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނިޒާމު
މާލޭގައި ހިނގަމުންގޮސް މަޑުކޮށްލެވުނު ހިސާބުން ލޮލުގައި އިޝްތިހާރެއް އަޅައިގަތެވެ. ދިރާގުގެ މައި އޮފީހުގެ ކަންމައްޗަށް، ޗާންދަނީ މަގަށްވާ ގޮތަށް ބަހައްޓާފައިއި ހުރި ބޮޑު ބޯޑެކެވެ. އިނގިރޭސި ބަހުން އެބޯޑުގައި ބޮޑު އަކުރުން ލިޔެފައި ވެއެވެ. “ކޮންޒަރވް އިލެކްޓްރިސިޓީ”. ދެން އޭގެ ތިރީގައި ތަންކޮޅެއް ކުދި އަކުރުން ލިޔެފައިވަނީ މިކަންކުރުމަށް ކުރަންޖެހޭ ކަންތައްތަކެވެ. ލިޔެފައިވަނީ ހަމަ އިނގިރޭސި ބަހުންނެވެ. “ޓަރން އޯފް ލައިޓްސް، ޓީވީ، ފޭން އެންޑް އެއަރ ކޯން، އެންޑް ސޭވް އޮން ޔުއަރ އިލެކްޓްރިކް ބިލް”. 

ދިވެހި އަދަބިއްޔާތު

ކިޔާފައިވާ ޢަދަދު: 9938
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަބީބާ ޙުސައިން ޙަބީބު
ދިވެހިބަހަކީ ޢިލްމީ ނަޒަރަކުން ބަލާއިރު އޭގެ ޒާތުގައި އަމިއްލަ ގަވާއިދެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން ބަހެކެވެ. އަދި މިއީ މުއްސަނދި، ޒަމާނީ އަދަބިއްޔާތެއް އެކުލެވިފައިވާ ބަހެއްވެސްމެއެވެ. މިބަހުގެ އަޞްލަކީ، ސާންސްކިރިތް ބަހޭ ދަންނަވާއިރު، އިންޑޯއާރިއަން ގްރޫޕްގެ ވަރަށްގިނަ ބަސްތައް ދިވެހިބަހަށް ނުފޫޒު ފޯރުވާފައިވާކަން ހަނދާން ނައްތާލާކަށް ނުވާނެ ކަމުގައިވެސް ދަންނަވަމެވެ.

ލިޔަނީ ކީއްވެގެން؟

ކިޔާފައިވާ ޢަދަދު: 3560
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ފަށްފަށްކޮށް ގިނަގިނައިން ކުރާސުވާލެކެވެ. ޙައިރާންކުރުވަނިވި ސުވާލެކެވެ. އިރުއިރުކޮޅުން ބޭރުވާ ސުވާލެކެވެ. ޖަވާބެއް ލިބޭތޯ ކުރާ ސުވާލެކެވެ. ހަމަހިމޭންކަން ކަޑުވައިލުމަށްޓަކައި ކުރާ ސުވާލެކެވެ. އަނދިރިކަން ފޫއަޅުވާލައި އަލިކަމެއް ފެނޭތޯ ކުރާ ސުވާލެކެވެ. ޤަބޫލުކުރެވޭ ފަދަ ޖަވާބެއް ނުލިބިގެން ދަމަދަމާފައި ކުރާ ސުވާލެކެވެ.އަސްތަވުން ހުއްޓުވާލެވޭތޯ ކުރާސުވާލެކެވެ.

ސޯދުބެގެ [ގުދުރަތަށް ތަޢުރީފު] ޅެމާއި ފާއިޒާ ގެ [އަލަށް ފޮޅުނު ނަލަ މާ] މި ދެ ޅެމުން ކުރެ މޮޅީ ކޮންޅެމެއް؟

ކިޔާފައިވާ ޢަދަދު: 6535
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހިމް

ފެށުމާއި ތަޢާރަފު

ޅެންވެރިކަމަކީ ވަރަށް މަތިވެރި ދަރަޖައެއް ދެވިފައިވާ ފަންނެކެވެ. މައުމޫނު ޢަބުދުލްޤައްޔޫމް (1982) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ ކޮންމެ ބަހެއްގެވެސް އަދަބީ އުފެއްދުންތަކުގެ ތެރެއިން ވަރަށް ޚާއްޞަ ފަންނެއް ކަމަށެވެ. ބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން އެންމެ ފުރިހަމައަށް ހާމަކޮށްދޭ ފަންނުކަމަށެވެ. މިކަމަށް ބާރުދެއްވަމުން އިބްރާހިމް ޝިހާބު (1994) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ އިންސާނުންގެ ވިސްނުމާއި ފިކުރުގެ ތަހުޒީބާ ގުޅިފައިވާ މަތިވެރި ފަންނުކަމަށެވެ.

އަދަބީ ފާޑުކިޔުން

ކިޔާފައިވާ ޢަދަދު: 6389
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހިމް

ފެށުން

ވަރަށް ތަފާތު ލިޔުންތައް އަޅުގަނޑުމެންނަށް ފެނެއެވެ. އޭގެ ތެރޭން ބައެއް އެލިޔުންތައް ދެވަނަ ފަހަރު ކިޔައިލާހިތް ވެއެވެ. އޭގެ އަސަރު ހިތުގެ އެންމެ ފުންމިނަށް ކުރެއެވެ. އޭގެ ޖަޒުބާތުގައި ޖެހެވޭގޮތް ވެއެވެ. މިހެން މެދުވެރިވަނީ އެލިޔުމެއްގައި ހުންނަ އަދަބެއްގެ ސަބަބުންކަމަށް ވިލިއަމްކޭ ވިމްސެޓް (1970) ހާމަކުރައްވައެވެ.

ދިވެހި ބަސް ކުރިއަރުވަން ބޭނުންނަމަ ތަރުޖަމާ ކުރަން ފަށަންވީއެވެ.

ކިޔާފައިވާ ޢަދަދު: 13414
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އައްޝައިޚް ޙުސެން ރަޝީދު އަޙްމަދު ދާދި ފަހުން ތަރުޖަމާ ކުރެއްވި ޙަދީޡް ފޮތެއް ޗާޕުވެގެން ފޮތްފިހާރަތަކުން މިހާރު ގަންނަން ލިބެން ހުރިވާހަކަ އަޅުގަނޑުމެން މި ބައްދަލުވާ  ވެބްސައިޓުގައި ޝާއިޢު ކުރެވުނެވެ.  ހަމަ އެދުވަހު، މި އިސްކިރީނުގެ މެދެއްހާ ހިސާބުން، ކަނާތް ފަރާތުގައި އެވާ ކުޑަކުޑަ ” ހޮޅުވަށި” ގޮޅީގައި ކިޔުންތެރިއަކު ލިޔުނެވެ. ” ދިވެހި ބަހަށް އެ ފޮތް ތަރުޖަމާ ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ހަމަ އެ މަސައްކަތް އިންޓަނެޓުގައި އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައި މިހާރުވެސް އެބަހުއްޓެވެ.” ހަމަ ސީދާ މި އިބާރާތުން ނޫންނަމަ، މި މާނަ ދޭހަވާ ގޮތަށެވެ.

[ގައުމީ ސަލާމް] ނުވަތަ ގައުމީ ލަވަ ތޯއެވެ؟

ކިޔާފައިވާ ޢަދަދު: 11805
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަޙުމަދު ސަމީރު ޢަލީ
އިންސާނުންގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން އެބަޔަކާ އެއްގޮތް ބަޔަކާ އެކީ އުޅޭ ހިތްވެއެވެ. ބޭރުފުށުން އެއްގޮތް މީސްމީހުން އެކުގައި  އުޅޭހިތްވާ ކަމުގެ މިސާލަކީ އެއް ނަސްލެއްގެ މީހުން ގަބީލާ ތަކަށާއި އަވަށް ތަކަށާއި ރަށްރަށަށް ނިސްބަތްވުމެވެ. އެތެރެފުށް އެއްގޮތް ވުމަކީ ވިސްނުން ނުވަތަ ގަބޫލުކުރާ ދީނީ ނުވަތަ އިޖްތިމާއީ ނުވަތަ ވިސްނުން އެއްގޮތަ ބަޔަކު އެކުގައި އުޅޭހިތްވުމެވެ.

“އިހާ އިސްކޫލާއި” “އިހާ މަދަރުސީ ނިޒާމު” އުފެދުނު ގޮތް

ކިޔާފައިވާ ޢަދަދު: 10586
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢާފުކުރެއްވުން އެދެމެވެ. އަޅުގަނޑު މި މައުޟޫޢުގައި ބަޔާންކުރަން މި އުޅެނީ ޙަޤީޤަތުގައި އިސްކޫލެއް ނުވަތަ ނިޒާމެއް އުފެދުނު ގޮތެއް ނޫނެވެ. އެކަމަކު އަޅުގަނޑު ދައްކަން މި އުޅެނީ، ދެ ނަމެއް އުފެދުނު ގޮތުގެ ވާހަކައެވެ. “އިހާ އިސްކޫލް” އާއި “އިހާ މަދަރުސީ ނިޒާމް” (މި ދެ ނަން) ދިވެހިބަހަށް އައި ގޮތުގެ ވާހަކައެވެ.