ލިޔަނީ ކީއްވެގެން؟

ކިޔާފައިވާ ޢަދަދު: 3711
އިބްރާހީމު ރަޝީދު މޫސާ
ފަށްފަށްކޮށް ގިނަގިނައިން ކުރާސުވާލެކެވެ. ޙައިރާންކުރުވަނިވި ސުވާލެކެވެ. އިރުއިރުކޮޅުން ބޭރުވާ ސުވާލެކެވެ. ޖަވާބެއް ލިބޭތޯ ކުރާ ސުވާލެކެވެ. ހަމަހިމޭންކަން ކަޑުވައިލުމަށްޓަކައި ކުރާ ސުވާލެކެވެ. އަނދިރިކަން ފޫއަޅުވާލައި އަލިކަމެއް ފެނޭތޯ ކުރާ ސުވާލެކެވެ. ޤަބޫލުކުރެވޭ ފަދަ ޖަވާބެއް ނުލިބިގެން ދަމަދަމާފައި ކުރާ ސުވާލެކެވެ.އަސްތަވުން ހުއްޓުވާލެވޭތޯ ކުރާސުވާލެކެވެ.

ސޯދުބެގެ [ގުދުރަތަށް ތަޢުރީފު] ޅެމާއި ފާއިޒާ ގެ [އަލަށް ފޮޅުނު ނަލަ މާ] މި ދެ ޅެމުން ކުރެ މޮޅީ ކޮންޅެމެއް؟

ކިޔާފައިވާ ޢަދަދު: 7258
އަންވަރު އިބްރާހިމް

ފެށުމާއި ތަޢާރަފު

ޅެންވެރިކަމަކީ ވަރަށް މަތިވެރި ދަރަޖައެއް ދެވިފައިވާ ފަންނެކެވެ. މައުމޫނު ޢަބުދުލްޤައްޔޫމް (1982) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ ކޮންމެ ބަހެއްގެވެސް އަދަބީ އުފެއްދުންތަކުގެ ތެރެއިން ވަރަށް ޚާއްޞަ ފަންނެއް ކަމަށެވެ. ބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން އެންމެ ފުރިހަމައަށް ހާމަކޮށްދޭ ފަންނުކަމަށެވެ. މިކަމަށް ބާރުދެއްވަމުން އިބްރާހިމް ޝިހާބު (1994) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ އިންސާނުންގެ ވިސްނުމާއި ފިކުރުގެ ތަހުޒީބާ ގުޅިފައިވާ މަތިވެރި ފަންނުކަމަށެވެ.

އަދަބީ ފާޑުކިޔުން

ކިޔާފައިވާ ޢަދަދު: 7048
އަންވަރު އިބްރާހިމް

ފެށުން

ވަރަށް ތަފާތު ލިޔުންތައް އަޅުގަނޑުމެންނަށް ފެނެއެވެ. އޭގެ ތެރޭން ބައެއް އެލިޔުންތައް ދެވަނަ ފަހަރު ކިޔައިލާހިތް ވެއެވެ. އޭގެ އަސަރު ހިތުގެ އެންމެ ފުންމިނަށް ކުރެއެވެ. އޭގެ ޖަޒުބާތުގައި ޖެހެވޭގޮތް ވެއެވެ. މިހެން މެދުވެރިވަނީ އެލިޔުމެއްގައި ހުންނަ އަދަބެއްގެ ސަބަބުންކަމަށް ވިލިއަމްކޭ ވިމްސެޓް (1970) ހާމަކުރައްވައެވެ.

ދިވެހި ބަސް ކުރިއަރުވަން ބޭނުންނަމަ ތަރުޖަމާ ކުރަން ފަށަންވީއެވެ.

ކިޔާފައިވާ ޢަދަދު: 13690
އަޙްމަދް ސަމީރު ޢަލީ
އައްޝައިޚް ޙުސެން ރަޝީދު އަޙްމަދު ދާދި ފަހުން ތަރުޖަމާ ކުރެއްވި ޙަދީޡް ފޮތެއް ޗާޕުވެގެން ފޮތްފިހާރަތަކުން މިހާރު ގަންނަން ލިބެން ހުރިވާހަކަ އަޅުގަނޑުމެން މި ބައްދަލުވާ  ވެބްސައިޓުގައި ޝާއިޢު ކުރެވުނެވެ.  ހަމަ އެދުވަހު، މި އިސްކިރީނުގެ މެދެއްހާ ހިސާބުން، ކަނާތް ފަރާތުގައި އެވާ ކުޑަކުޑަ ” ހޮޅުވަށި” ގޮޅީގައި ކިޔުންތެރިއަކު ލިޔުނެވެ. ” ދިވެހި ބަހަށް އެ ފޮތް ތަރުޖަމާ ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ހަމަ އެ މަސައްކަތް އިންޓަނެޓުގައި އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައި މިހާރުވެސް އެބަހުއްޓެވެ.” ހަމަ ސީދާ މި އިބާރާތުން ނޫންނަމަ، މި މާނަ ދޭހަވާ ގޮތަށެވެ.

[ގައުމީ ސަލާމް] ނުވަތަ ގައުމީ ލަވަ ތޯއެވެ؟

ކިޔާފައިވާ ޢަދަދު: 12223
ޢަޙުމަދު ސަމީރު ޢަލީ
އިންސާނުންގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން އެބަޔަކާ އެއްގޮތް ބަޔަކާ އެކީ އުޅޭ ހިތްވެއެވެ. ބޭރުފުށުން އެއްގޮތް މީސްމީހުން އެކުގައި  އުޅޭހިތްވާ ކަމުގެ މިސާލަކީ އެއް ނަސްލެއްގެ މީހުން ގަބީލާ ތަކަށާއި އަވަށް ތަކަށާއި ރަށްރަށަށް ނިސްބަތްވުމެވެ. އެތެރެފުށް އެއްގޮތް ވުމަކީ ވިސްނުން ނުވަތަ ގަބޫލުކުރާ ދީނީ ނުވަތަ އިޖްތިމާއީ ނުވަތަ ވިސްނުން އެއްގޮތަ ބަޔަކު އެކުގައި އުޅޭހިތްވުމެވެ.

“އިހާ އިސްކޫލާއި” “އިހާ މަދަރުސީ ނިޒާމު” އުފެދުނު ގޮތް

ކިޔާފައިވާ ޢަދަދު: 10775
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢާފުކުރެއްވުން އެދެމެވެ. އަޅުގަނޑު މި މައުޟޫޢުގައި ބަޔާންކުރަން މި އުޅެނީ ޙަޤީޤަތުގައި އިސްކޫލެއް ނުވަތަ ނިޒާމެއް އުފެދުނު ގޮތެއް ނޫނެވެ. އެކަމަކު އަޅުގަނޑު ދައްކަން މި އުޅެނީ، ދެ ނަމެއް އުފެދުނު ގޮތުގެ ވާހަކައެވެ. “އިހާ އިސްކޫލް” އާއި “އިހާ މަދަރުސީ ނިޒާމް” (މި ދެ ނަން) ދިވެހިބަހަށް އައި ގޮތުގެ ވާހަކައެވެ.

އެސްޕެރަންޓޯ، ބައިނަލް އަޤްވާމީ މަސްރަހުގައި ވާދަކުރާ ބަހެއް

ކިޔާފައިވާ ޢަދަދު: 10137
އަޙްމަދް ސަމީރު ޢަލީ
ހަލުވި ކަމާއެކު ބަވަނަވަމުން އަންނަ މި ދުނިޔޭގައި އެމީހަކު ބޭނުން ގައުމަކަށް ނުހަނު ފަސޭހަ ކަމާއެކު ދަތުރުކުވެއެވެ. އެއް ގައުމެއްގައި އުފައްދާ ތަކެތި  އެމީހަކު ބޭނުން ގައުމަކަށް މާބޮޑު ދަތިތަކެއް ނެތި ފޮނުވެއެވެ. އަޅުގަނޑުމެންގެ މިރާއްޖެއަކީ ނިސްބަތުން އެކަހެރި ގައުމެކެވެ. ނަމަވެސް އެކިއެކި މުނާސާބާތަށް ބޭނުންޖެހޭ ކުލަކުލައިގެ އަދި ތަފާތު ވައްތަރުގެ ތާޒާ މައު، ދެކުނު އެމެރިކާގެ އެކުއެޑޯރުން ވެސް އެބަ އެތެރެކުރެއެވެ!

ދިވެއްސަކު ކާފަރުވިޔަސް، ދީނުން ބޭރެއް ނުވާނެއެވެ.

ކިޔާފައިވާ ޢަދަދު: 7854
އާދަމް ނަޞީރު އިބްރާހީމް
ތިބާ މި ލިޔުން ވިދާޅުވާން ތިޔަ ފައްޓަވަނީ އަޅުގަނޑު ދެކެ ވަރަށް ކޯފާވެ އިންނަވައިގެންތޯއެވެ؟ ނުރުހުމާއި ނަފުރަތުގެ ހިތްޕުޅަކައިގެންތޯއެވެ؟ އެހެންކަމަށް ވިޔަސް އަޅުގަނޑަށް ދެންނެވެން އޮތީ ހަމަ މިހެނެވެ. ދިވެއްސަކު ކާފަރުވިޔަސް، ދީނުން ބޭރެއް ނުވާނެއެވެ. ކީއްވެގެންތޯއެވެ؟ ޖަވާބު، މި އަރުވަނީއެވެ. 

ދެ ބަހުގައި ދެ މާނަ

ކިޔާފައިވާ ޢަދަދު: 6296
އާދަމް ނަޞީރު އިބްރާހީމް

ބަހަކީ ޤުދުރަތީ އެއްޗެކެވެ. ޤުދުރަތުން އުފައްދަވައި ހިންގަވާ އެއްޗެކެވެ. މިއީ މި ޒަމާނުގެ ބަހަވީ ޢިލްމުގެ ބާނީ ކަމުގައި ބުނެވޭ ނޯމް ޗޮމްސްކީ ވިދާޅުވާ ގޮތެވެ. ހަމަ އެހެންމެ އޭނާ އަށްވުރެ މާ ކުރީން، ދިވެހިންގެ އެންމެ އުފެއްދުންތެރި އަދީބު ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު ވެސް ވަނީ މި ނިންމުން ނިންމަވައިފައެވެ. އެ ކަން އިޢުލާނު ވެސް ކުރައްވައިފައެވެ.

މައިކަލް އެޗް ހާރޓްގެ “ދި ހަންޑްރެޑް” …. އަވަސްކަޅިއަކުން

ކިޔާފައިވާ ޢަދަދު: 11305
އަޙަމަދް ސަމީރު ޢަލީ
1978  ވަނަ އަހަރުގެ މެދެއްހާ ހިސާބުން ދިވެހިން ހައިރާންވި ޚަބަރެއް ރާއްޖޭގައި ފެތުރިގެން ދިޔައެވެ. ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާގެ މަގާމުގައި ދިހަވަނަ އަހަރު ފުރިހަމަ ކުރައްވަމުން ވަޑައިގަންނަވާ ރައީސް، އިތުރު ދައުރަކަށް ހުންނެވުމަށް ބޭނުންފުޅު ނުވާ ކަމުގެ ޚަބަރެވެ. ނަތީޖާ އެއްގެ ގޮތުން ސިޔާސީ މަސްރަހަށް މުޅިން އައު ރައީސެއް މި ޖުމްހޫރިއްޔާގެ ވެރިކަމަށް ދިވެހިން އިސް ކުރާނޭ ކަން ހާމަވެގެން ދިޔައެވެ.