ރޭގަނޑުގެ ބައިތުކޮޅެއް. . .

ކިޔާފައިވާ ޢަދަދު: 3586

އިނގިރޭސި ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރީ: ނަސީމާ މުޙައްމަދު.

ހިނގާލަން ބޭރަށް އަންނާށެވެ. އަލީގެ އެންމެ ފަހު ތިކިތައް
ފުސް ނޫކުލައިގެ ތެރެއިން ހިމޭންކަމުގައި ފޫދިގެން ދަނީއެވެ.
ދުނިޔެ މައްޗަށް ލެނބިލާފައިވާ ރޭގަނޑުގެ އަނދިރިން ގަސްތައް ވަނީ ފުރިފައެވެ.
ފެންފިނީގެ ތިކިތަކުން ދަނޑުތައް ވަނީ ތެމިފައެވެ.

ދިވެހި ލިޔުންތެރިކަމުގެ އަދަބީ ޙައިސިއްޔަތު (2)

ކިޔާފައިވާ ޢަދަދު: 10823
ޢައްބާސް އިބްރާހީމް
(1 އޮގަސްޓް 2012 (ބުދަ) ގުޅޭ)
އަޅުގަނޑު އަހައި ފައިވާ ގޮތުގައި ރައިވަރުގެ ހަމަތަކަކީ ދެކުނު އޭޝިޔާގެ އެހެން ބައެއް ބަސްބަހުގައިވެސް ހުންނަ ހަމަތަކެކެވެ. ރާއްޖެއާ ކައިރީގައި ހުރި ބައެއް ޤައުމުތަކުގެ ބަސްބަހުގައިވެސް އެކަހަލަ ވަޒަންތައް ހުންނަކަމަށް ވެއެވެ. ވީމާ ދިވެހި ބަހުގައި ހުރި ރައިވަރުގެ ހަމަތަކަކީ އެފަދަ ބަސްބަހުން އައިސްފައިވާ ކަމަކަށްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ.

ދިވެހި ލިޔުންތެރިކަމުގެ އަދަބީ ޙައިސިއްޔަތު

ކިޔާފައިވާ ޢަދަދު: 10463
ޢައްބާސް އިބްރާހީމް
އަޅުގަނޑުގެ މި ލިޔުމުގެ ބޭނުމަކީ ދިވެހި ލިޔުންތެރިކަމަށް އަދަބީ ޙައިސިއްޔަތު ލިބުނު ޒަމާނާ ބެހޭގޮތުން އެއްޗެއް ދެންނެވުމެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އަދަބީ ޙައިސިއްޔަތަކީ ކޮބައިތޯ ބަލައިލުމަށެވެ. އަޅުގަނޑު ހީކުރާ ގޮތުގައި އަދަބީ ޙައިސިއްޔަތޭ މި ކިޔަނީ އަދަބިއްޔާތަށެވެ. އާދެ ލިޓްރެޗަރަށެވެ.

އާ ރެކޯޑް ހަދާ މީހުން، ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 10652
އަޙްމަދް ސަމީރު ޢަލީ
މި ލިޔުންކޮޅު ލިޔަމުންދާއިރު އިނގިރޭސި ވިލާތުގެ ވެރިރަށުގައި ޒަމާނީ އޮލިމްޕިކްސްގެ 30 ވަނަ ކުޅިވަރު މުބާރާތް ފެށުމުގެ އިޙްތިފާލުތައް ކުރިޔަށް އެބަދެއެވެ. މިހާރު އަޅުގަނޑުމެން މިދެކޭ ކުޅިވަރު މުބާރާތަށް ޒަމާނީ އޮލިމްޕިކްސް ކިޔުނު ގޮތަކީ އެންމެ ފުރަތަމަ މިކުޅިވަރުތައް ގަދީމީ ޔޫނާނުގައި (ގްރީސްގައި) ބާއްވަން ފަށާފައިވަނީ  ޢީސާ ޢަލއިހިއްސަލާމްގެ 776 އަހަރު ކުރިންނެވެ.

ހުތްތައްޚާނުގެ ލަކުޑި ސިޓީ

ކިޔާފައިވާ ޢަދަދު: 6472
ޢަބުދުﷲ ޙިލްމީ
ހުތްތައްޚާނު ލިޔެދިން ލަކުޑިސިޓީއަކަށް ހުވަދުއަތޮޅުގެ ބައެއް ރަށްރަށުން ރުއްލަކުޑި ކަނޑުވައިދިން ވާހަކަ ފުރަތަމަ އަޅުގަނޑަށް ވިދާޅުވެދެއްވީ ހުވަދުއަތޮޅު ވިލިގިލީ ޝަބުނަމީގޭ އަލްފާޟިލް އިބުރާހީމް އަނީސެވެ.

ދުނިޔެ ސިއްސުވައިލި އިލްމީ ތަޖުރިބާ

ކިޔާފައިވާ ޢަދަދު: 10447
އަޙްމަދް ސަމީރު ޢަލީ
ޕްރޮފެސަރ ސްޓޭންލީ މިލްގްރާމަކީ ނަފްސާނީ އިލްމުގެ ތަފާތު ބައިތަކުގެ ތެރެއިން، އިޖްތިމާއީ ކަންތައް ދިރާސާކުރާ ގޮތްޕަށް ނިސްބަތްވާ ސޯޝަލް ސައިކޮލޮޖިސްޓެކެވެ. 1960 ގެ އަހަރު ތަކުގެ ކުރީކޮޅުގައި އެމެރިކާގެ  މަޝްހޫރު ޔޭލް ޔުނިވަރސިޓީގައި ނަފްސާނީ އިލްމު ކިޔަވައިދެއްވި ދުވަސްވަރު ހެއްދެވި އިލްމީ ތަޖްރިބާއިން ލިބުނު ނަތީޖާއަކީ، ޚުދު އޭނާއާ އެކުގައި އުޅުއްވި އެހެން ޕްރޮފެސަރުންވެސް ހައިރާން ކުރުވި ކަމެކެވެ.

“ކަރާގެ ރަދީފު، ކަރާގެ ވައްތަރުތައް” ފަލްސަފީ ވިސްނުމަކުން !

ކިޔާފައިވާ ޢަދަދު: 9618
އަޙްމަދް ސަމީރު ޢަލީ
ތަސްވީރު ބަލާނީ ތަސްވީރު ބުނާހެންތޯ، މިއީ އަޅުގަނޑާ ބައެއް މީހުން ކުރާ ސުވާލެކެވެ. މިސުވާލު އަޅުގަނޑަށް އަމާޒުވާ ސަބަބަކީ ކެމެރާތަކުގެ ގަބުރުސްތާނުގައި އަޅުގަނޑު އަތުން މިހާރު ހައެއްކަ ކެމެރާ ވަޅުލާފައިވާތީބާއެވެ؟ ނުވަތަ ވިއްސާރަ ދުވަހެއްގައި ވާރޭ ހުއްޓާލަންދެން އަޅުގަނޑު އަނގަގޮއްވުމުގެ ގޮތުން މިކަން ފެށުނީކަމަށްވެސް ވެދާނެއެވެ. އެއަށްވުރެ މުހިންމުވާނީ ޖަވާބުތާއެވެ!

ކަރާގެ ރަދީފު (4)

ކިޔާފައިވާ ޢަދަދު: 5306

ކަރާގެ ވައްތަރުތައް

އާދަމް ނަޞީރު އިބްރާހީމް 
މިއީ ސިލްސިލާގެ އެންމެ ފަހުބައެވެ.  މި ބައިގައި ބަލައިލާނީ ކަރަޔަށް ކިޔޭ ތަފާތު ނަންމަށެވެ. ބައެއް ނަންނަން ކިޔަން މެދުވެރިވި ބައެއް ސަބަބަށެވެ. 
1- ނޫމަރާކަރާ 
މިއީ ފެހިކަން ގަދަ ރަޚްރަފީ ކުރެހުމެއް ހުންނަ ބާވަތެއްގެ ކަރައެކެވެ. ތޮށިގަނޑު ބޯވާނެއެވެ.  ރަހަ އާދައިގެ ގޮތެކެވެ. 

ކަރާގެ ރަދީފު (3)

ކިޔާފައިވާ ޢަދަދު: 4582
އާދަމް ނަޞީރު އިބްރާހީމް
(23 ޖޫން 2012 (ހޮނިހިރު) ގުޅޭ)

ކަރާއަށް ޖެހޭ ބައެއް ބަލިބަލި

ކަރާގެ ރަދީފު (2) ގައި ހިމަނައިލެވޭތޯ އަޅުގަނޑު ބެލީ ކަރާ ހެއްދުމުގެ މަސައްކަތުގައި ބޭނުން ކޮށް އުޅޭ، އެ ނަމެއްގެ ކުރިޔަށް “ކަރާ” މި ލަފުޒު އިތުރުކޮށްފައި ނުވާ ބައެއް ނަންނަމެވެ. ޚާއްޞަކޮށް ކަރާވެޔޮ ހެދިބޮޑުވުމުގެ އެކި މަރުޙަލާއާ ގުޅިގެން ބޭނުންކުރާ ބައެއް ނަންނަމެވެ. މި ބައިގައި ބަލައިނާނީ ކަރާވެލަށާއި ކަރަޔަށްޖެހޭ ބައެއް ބަލިބައްޔަށް ކިޔައިއުޅޭ ނަންނަމަށެވެ. 

ދިވެހިބަހުގެ ފުރަތަމަ ޕުރޮފެސަރު

ކިޔާފައިވާ ޢަދަދު: 6199
އާދަމް ނަޞީރު އިބްރާހީމް
“ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.
ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟”