ދިވެހިބަހުގެ ފުރަތަމަ ޕުރޮފެސަރު

ކިޔާފައިވާ ޢަދަދު: 6242
އާދަމް ނަޞީރު އިބްރާހީމް
“ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.
ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟”

ކުރުވާހަކަ ޑްރާމާއަށް ބަދަލުކުރާނެ ގޮތް

ކިޔާފައިވާ ޢަދަދު: 11267
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ލިޔެފައިވާ ވާހަކައަކަށް ސްޓޭޖް ޑްރާމާއެއް ކުޅުމަށްޓަކައި ވާހަކައިގެ އުސްލޫބު ބަދަލުކޮށްލައި ދެކެވޭ ވާހަކަ ގިނަކޮށް ޑްރާމައެއްގެ ގޮތަށް ސްކްރިޕް ލިޔެލާން ޖެހެއެވެ. މިސާލެއްގެ ގޮތުން އަޅުގަނޑު މި ސްކްރިޕްޓް ތައްޔާރުކުރަނީ “ފަތްތޫރަ 337” ގައި އަލްފާޟިލު މުޙައްމަދު މައުމޫން ފަހުމީ ދީދީ ލިޔުއްވައިފައިވާ “އެ ދުވަސް” މި ވާހަކައިގެ މައްޗަށެވެ.

ކަރާގެ ރަދީފު (2)

ކިޔާފައިވާ ޢަދަދު: 4976
 
އާދަމް ނަޞީރު އިބްރާހީމް 
މި ސިލްސިލާގެ ފުރަތަމަ ބައިގައި އަޅުގަނޑު ބަލައިލީ “ކަރާ” މި ލަފުޒު ކުރިޔަށް ލައިގެން ހެދިފައިވާ ނަންނަމަށެވެ. މި ބައިގައި ބަލައިލާނީ ކަރާ ހެއްދުމުގެ މަސައްތަކުގެ ތެރޭގައި ހިމެނޭ އެ ނޫން ބައެއް ނަންނަމަށެވެ. 

ކަރާގެ ރަދީފު (1)

ކިޔާފައިވާ ޢަދަދު: 5220
އާދަމް ނަޞީރު އިބްރާހީމް
ތިޔަ ބޭފުޅުން މީގެ ކުރިން ވާނީ ރ. ގެ ރަދީފު ވިދާޅުވެފައެވެ. އެ ރަދީފުގައި ހިމެނިފައި ވަނީ ދިވެހިބަހުގައި ރ. އިން ފެށޭ ލަފުޒުތައް ދޮގެއްތޯއެވެ؟ މި ފަހަރު ތަފާތުކޮށްލައްވައިފައި “ކަރާގެ ރަދީފު” ވިދާޅުވެލެއްވުން ކިހިނެއްވާނެތޯއެވެ؟   މި “ރަދީފު” ގައި ހިމެނޭނީ ކަރާގެ ދަނޑުވެރިކަމުގެ ދިގު ތާރީޚެއް ލިބިފައިވާ، ތޮއްޑޫގެ ދަނޑުވެރީން އެ މަސައްކަތުގައި ބޭނުން ކުރާ ނަންނަމެވެ. އެ ނަންނަމުން އެ މީހުން ގަސްތުކުރާ މާނަޔާ އެކީގައެވެ. 

ވާހަކައިގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 5225
މުޙަންމަދު ޝާހިދު ޙަލީމު
ދިވެހިބަހުގައި “ވާހަކަ” އަކީ ނަމެކެވެ. މި ލަފުޒުގެ އެއް މާނައަކީ ދިރިއުޅުމުގެ ހާދިސާއެއް ނުވަތަ ހާދިސާތަކެއްގެ މައްޗަށް ލިޔާ ނުވަތަ ކިޔާ ބަޔާނެކެވެ. މީހުން ލިޔެފައި ހުންނަ ވާހަކަ ފޮތްފޮތާއި މީހުން މައިޒާންތަކުގައި ކިޔައިދޭ ވާހަކަތަކަކީ މި ކަހަލަ “ވާހަކަ”އެވެ. “ދޮންބީފާނު ވާހަކަ”، “ބޮޑުތަކުރުފާނު ވާހަކަ”، “ބޮޑުގޮހޮޑާ ވާހަކަ” ފަދަ ވާހަކައަކީ އެ ކަހަލަ ވާހަކައެވެ. 

ރައްޓެހިން، ކިޔައިލާނެ ފޮތެއް ގެންދިޔުމުން……………….!

ކިޔާފައިވާ ޢަދަދު: 10047
 ތަރުޖަމާ:      އަޙްމަދް ސަމީރު ޢަލީ
އަސްލު ލިޔުއްވީ:  (Anatole P. Broyard ( July 16, 1920-Oct 11, 1990)     
އެހެން މީހުންނަށް ވުރެ އަހަރެންގެ އަތުގައި ފޮތް ގިނައެވެ. ވަގުތީގޮތުން ކިޔައިލާނެ ފޮތެއް ބޭނުންނަމަ އަހަރެންގެ ގާތަށް ރަހުމަތްތެރިން އަންނަނީ އެހެންވެއެވެ. އެ ރަހުމަތްތެރިންގެ ސާދާ ކަމާއި މައުސޫމުކަމުން، އަހަރެންގެ ފޮތެއް އެމީހުންގެ އަތްމައްޗަށް ދޫކޮށްލާއިރު އަހަންނަށް ކުރާ ތަފާތު ގިނަގުނަ އިހުސާސުތަކުގެ ކުޑަވެސް ހިލަމެއް އެމީހުންނަކަށް  ތަސައްވަރެއް ނުކުރެވެއެވެ!

ރަބިންދްރަނާތު ޓޭގޯރ: އަދަބިއްޔާތުގެ ރޮނގުން ނޯބްލް އިނާމު ހޯއްދެވި، އޭޝިޔާގެ ފުރަތަމަ ބަސްވާރު

ކިޔާފައިވާ ޢަދަދު: 9618
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އޭޝިޔާގެ މަޝްހޫރު އަދީބު އަދި މުފައްކިރު ރަބިންދުރަނާތު ޓޭގޯރ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 މޭ 1861 ގައި އިންޑިއާގެ ބެންގާލީގައެވެ. އެއީ އެއީ “ބްރަހމޯ ސަމަޖް” ދީނުގެ ދީނީ ލީޑަރ ގެ އެންމެ ހަގު ދަރިކަލުންނެވެ. އެއީ ހިންދީ ދީނުގެ އަސާސްގެ މައްޗަށް ބިނާކޮށްގެން ފަހުން ހަދައިފައިވާ “ދީނެކެވެ.”

ރިޕޯޓުލިޔުން

ކިޔާފައިވާ ޢަދަދު: 11359
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރިޕޯޓްލިޔުމަކީ ރަސްމީ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އެންމެ ގިނަ ބާވަތްކަމުގައި ބެލެިދާނެ އެވެ. ތަފާތު ނަންނަމުގައި ދުވަހުގެ މަސައްކަތުގެ ތެރޭގައި ލިޕޯޓްލިޔުން ހިމެނެ އެވެ. އެހެންކަމުން ރިޕޯޓްކީ ކޮބައިކަމާއި ރިޕޯޓްލިޔުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ މައްޗަށް ބަލައިލުމަކީ އިދާރ މަސައްކަތް ކުރައްވާ މުވައްޒިފުންނަށް އެހީތެރިކަމަކަށްވެދާނެ އެވެ.

“ފޮތުގެ ތަޢާރުފު” ނުވަތަ “ފޮތެއްގެ ތަޢާރުފު” ލިޔުމުގައި ޚިޔާލުކުރެވިދާނެ ކަންތައްތަކެއް

ކިޔާފައިވާ ޢަދަދު: 10226

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފޮތުގެ ތަޢާރުފު ލިޔާނެ ގޮތާ ބެހޭ ގޮތުން ތަންކޮޅެއް ކުރިން އަޅުގަނޑު (މި ސައިޓްގައި) ލިޔެފައިވާނެ އެވެ. މި ގޮތުން ފޮތުގެ ތަޢާރުފެއް ލިޔާއިރު ތިމާ އަށް ކިޔުނު ފޮތަކާ ބެހޭ ގޮތުން ފުންކޮށް ވިސްނައި އެ ފޮތުގެ މަޢުލޫމާތު ހުށަހަޅައިދޭނެ ގޮތްތަކެއް ވެއެވެ.

ޢިލްމީ ދިރާސާ:

ކިޔާފައިވާ ޢަދަދު: 8756

ދިވެހިވަޒަންބަހުރުވައިގެ ބާވަތްތައް އެއްބާވަތް އަނެއް ބާވަތާ ވަކިކުރެވެނީ ކިހިނެއް، ކޮން ގޮތަކުން، ކޮންކަހަލަ ސިފަތަކަކުން؟

ފަތުޙުﷲ އަޙްމަދު ރަޝީދު،  މޫރިތިގެ، ހއ.އިހަވަންދޫ                                                    

ފެށުން

ބަހެއް މުއްސަނދިވެ ފުރާފުރިހަމަވާ ކަމަށް ބެލެވޭ އުޞޫލުތަކުގެ ތެރެއިން، މިނާ އެއް މިންގަނޑަކީ އެބަހެއްގެ އަދަބިއްޔާތުގެ މުއްސަނދިކަމެވެ. އަދިބިއްޔާތުގެ ބާވަތްތަކުގެ މުއްސަނދިކަމެވެ. އެހެނީ، ނަޘްރުގެ އިމުންބޭރު ބާވަތްތައް ނުވަތަ ނަޒުމުގެ މިންގަނޑުތަކަށް ފެތޭ ބާވަތްތައް ހިމެނުމަކީ އަދަބިއްޔާތުގެ މުއްސަނދިވާ ކަމަށް ބެލެވޭ މިންގަނޑެކެވެ.