އޭރުގެ ފަތްފުށްތަކުން…. (110)

ކިޔާފައިވާ ޢަދަދު: 695
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (110) 

އަޅުގަޑުމެންގެ ނަލަރީތި ލަންކާ


III

محمد محمود فهمى
އަލްފާޟިލް މުޙައްމަދު މަޙްމޫދު ފަހްމީ އަކީ،  ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް (ޢަބްދުﷲ ފަހްމީ ދީދީ) ގެ ބޭފުޅެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 2 ޖުމާދަލްއާޚިރާ 1359 (8 ޖިލައި 1940) ވީ ހޯމަ ދުވަހުއެވެ. 

މުޙައްމަދު ފަހުމީ ވަރަށް ތުއްޕުޅުއިރު ކިޔަވާ ވިދާޅުވުމަށްޓަކައި ސްރީލަންކާއަށް ވަޑައިގެންނެވި އެއަށްފަހު ވަރަށް ޒުވާން އުމުރުފުޅުގައި ޔޫރަޕަށް ވަޑައިގެންނެން މިހާރުވެސް އާއިލާއާއެކު ދިރިއުޅުއްވަމުން ގެންދަވަނީ ޔޫރަޕުގެ ޤައުމެއްގައެވެ. އަޅުގަނޑަށް ކުރެވުނު މަސައްކަތު މުޙައްމަދު ފަހުމީ ދިރިއުޅުއްވާ ޤައުމު ސާފުވާ ގޮތެއް ނުވިއެވެ. 

އިނާމުދިނުމުގެ ޙަފުލާއެއްގައި އިނާމުތަކެއްގެ އަޑު އިވިއްޖެ

ކިޔާފައިވާ ޢަދަދު: 1279
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މި ރޭ އާދެ! ހުކުރުވިލޭރޭ (15 އޮކްޓޯވަރ 2015 ވީ ބުރާސްފަތި ދުވަުގެ ރޭ) ޓެލެވިޜަން މޯލްޑިވްސް އިން ވަގުތުން ގެނެސްދެއްވި “ފޭދޫ އިސްކޫލުގެ އިނާމު ދިނުމުގެ ހަފުލާ” ބަލަމުން ދިޔަ އިރު އަޅުގަނޑުގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފާއްދަމުން ދިޔައެވެ. އެއީ ވިދިވިދިގެން އެތައް ސްކޫލަކުން އިނާމު ދިނުމުގެ ޙަފުލާތައް ބާއްވަމުން ގެންދިޔަ އިރު ވެސް ހަމަ އެކަނި “އިނާމުދިނުމުގެ ޙަފުލާ”އެއް ފެނުނީ އެރޭ ކަމަށް ވާތީއެވެ.

އެއްހަރުފަ އަނެއް ހަރުފަ ކައިލުން

ކިޔާފައިވާ ޢަދަދު: 1284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
ހަރުފައިގެ އެތައް ހާސް ވައްތަރުތަކުގެ ތެރެއިން ކޮބްރާ އަކީ ޕޯޗުގީޒުބަހެކެވެ. މިހާރު އަޅުގަނޑުމެން އެންމެން ދަންނަ ކޮބްރާ ހަރުފަޔަށް ފުރެތިކާލުން ކިޔައި އުޅުނު ދިގު ނަމަކީ ކޮބްރާ ޑި ކަޕޭލޯ އެވެ. ތޮފިއެޅި ހަރުފައެވެ. އެއީ ހަރުފައިގެ ކަރަށްވާ ހިސާބު ފުޅާކޮށް، އަޅުގަނޑުމެންގެ އަތްތިލައަށް ދިޔާ އެއްޗެއް އަޅަންވެގެން ގޮނިކޮށްލީމައި އެ ފެންނަ ކަހަލަ ގޮތަކަށް ކޮބްރާ ހަރުފައިގެ ކަރު ޒާތަކަށް ‘ ފުއްޕައިލާތީ’ އެވެ!

ޒަމާންވީ ބަސްތައް ގޮނޑަށް އެއްލައިލާން ޖެހޭ ބާއެވެ؟

ކިޔާފައިވާ ޢަދަދު: 1293
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
ގޭގައި މާ އިހުންސުރެ ހިފައި ގެންގުޅޭ އެއްޗެއް ބާވުމުން އަޅުގަނޑުމެން ދިވެހިން މިހާރު މި ކުރާކަމަކީ އެ ބާވި އެއްޗަކާއި އެކީގައި އޭގެ ނަންވެސް ގޮނޑަށް އެއްލައިލުމެވެ.

ސޯނާ ގަޑިއަކީ ދާދި ފަހަކާއި ޖެހެންދެން އަޅުގަނޑުމެނަށް ލައްކަ ހޭހަން ކޮށްދިން ވަފާތެރި، އެހައިމެ ނިދިމަޑު، ފިސާރި ހުޝިޔާރު އަދި މުރާލި ޚާދިމެކެވެ. ފަތިސް ނަމާދު ބަންގީގެ  ފަސްމިނެޓު ކުރިން ނުވަތަ ދިހަ މިނެޓު ކުރިން ހޭލައްވައިދޭށޭ ބުނެ އަމުރު ކުރަންވީއެވެ! ކިތަންމެ ވިއްސާރަ ދުވަހެއްގައިވެސް ހަމަ ބޭނުންވެގެން ސޯނާ ކުރި ވަގުތަކަށް ސޯނާވާނެއެވެ.  އަޅުގަނޑުމެން ދިވެހިން އައު ކަންތަކާއި އައު ފެޝަނާއި ފަހުގެ އީޖާދުތައް ބަލައިގަންނަލެއް އަވަސްކަމުން، ތަރައްގީގެ ދުވެލީގެ އެންމެ ހަލުވި މަގު މި އޮންނަނީ ދިވެހިރާއްޖޭގެ މެދުންބާއެވެ ހިތަށް އަރާވަރުވެއެވެ!

ލިޔަންކިޔަން ދަތުމުގެ މާނަ

ކިޔާފައިވާ ޢަދަދު: 1255
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ ބައިނަލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް ލިޔަންކިޔަން ދަސްކޮށްދިނުމާއި ދަސްކުރުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވަވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

ބައްދަލު ނުވެދާނެތީއެވެ.

ކިޔާފައިވާ ޢަދަދު: 660
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާލިޙު
ކައިރިވެލާށެވެ!
މިފަދަ ރެއެއް ފަހަރުގައި ދެން ނައަތުވެދާނެތީއެވެ.
ބުނެދެވޭނީ ވަކި ކާކަށްހެއްޔެވެ.
ކަލާއާއި އަލުން ބައްދަލުވެދާނެކަމެވެ.
މިއީ ޤުދުރަތުން ހިބަ ކޮށްދެއްވި ވަގުތު ކޮޅެކެވެ.

ޕްރެޒިޑެންޓް ދެސްތޭންގެ ސިޔާސަތުގެ އައު ރާގެއް

ކިޔާފައިވާ ޢަދަދު: 735
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު 

އިދާރާގެ ނޯޓެއް: މިއީ، މިމަހުގެ 18 ވަނަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 40 އަހަރު ކުރިން، ( ޖޫން 1975 ގައި) ނުކުތް ” އަމާޒު ” ގެ 35 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ. މި ލިޔުން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.

ހައްދުންމަތީ ބަހުރުވައުން

ކިޔާފައިވާ ޢަދަދު: 1248
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ހައްދުންމަތީ ބަހުރުވައުން…..

ކޮން މީހެއް؟ ކޮން ބަޔެއް؟

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް


ނޯޓް:  ސުވާލުކުރުމުގެ ލަފުޒެއް ކަމަށްވާ “ކާކު” މިއީ ހައްދުންމަތީ މާވަށު ބަހުރުވައިގެ ބަސްކޮށާރުގައި އޮންނަ ލަފުޒެއް ނޫނެވެ. ވާހަކަދައްކާއިރު ބޭނުން ކުރާ ބައެއް އަކުރުތައް ވެސް އެ ބަހުރުވައިގައި ބޭނުމެއް ނުކުރެއެވެ. އެހެންނަމަވެސް މަދު ލަފުޒުތަކެއް ބޭނުންކޮށްގެން ގިނަ މާނަތައް ބޭނުންކުރުމުގެ ކުޅަދާނަކަން އެ ބަހުރުވައަށް ލިބިގެންވެއެވެ. މިއީ ޖަވާމިޢުލްކަލިމައިގެ ސިފައެއް ނޫންތޯއެވެ؟ ތިރީގައި މިވަނީ ކުރީން އަޅުގަނޑު ލިލެފައިވާ ލިޔުމެއް އެ ބަހުރުވައިން ހުށަހަޅައިދީފައެވެ.

“ކާކަ” މިޔޯ އަނެއް މީހާ ދެނެގަންނާން ކެރުވެން ސުވާލުގެ އަކުރެކެވެ. އެޔޯ ގާތު ހުންނަ މީހަކަށް ވެސް ވެދާޅެވެ. ނޯނުއްވާ  ދުރު ހުންނަ މީހަކަށް ވެސް ވެދާޅެވެ.
 
މީހަކު އަހޯ ވާހަކަދައްކާން ފެށޫމާ އެޔޯ ކޮން މީހެއްތޯ ސާފުކެރާން ވެސް މި ސުވާލު ކެރުވީދާޅެވެ. “ތިޔޯ ކާކަ ؟” އަދި ނަން ނެއިނގެން ތިންވަނަ މީހަކު އޮޅުން ފިލުވާން ވެސް އެ ސުވާލަ ކެރުވީދާޅެވެ. “އެޔޯ ކާކަ ދެއްކީ ވާހަކައެއްހެވެ؟”

މައިންބަފައިން އެބައިމީހުންގެ ދަރިންނާ މާދަރީބަހުން ވާހަކަ ދައްކަން ޖެހެނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 1030
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު ނަޒީރު
“އަހަންނާ ދިމާވާ ގިނަ ބެލެނިވެރިން، އެބައިމީހުންގެ ދަރިންނާ މާދަރީބަހުން ވާހަކަދެއްކުން ހުއްޓާލިކަން އެއީ، ކުއްލި ހައިރާންކަމެއް ލިބުނު ކަމެކެވެ.” ދެބަހުން ވާހަކަ ދައްކަން ދަންނަ ދެދަރިންގެ މަންމައެއް އަދި ވާހަކަ ދައްކަން ބޭނުންކުރާ ބަސްބަހުގެ ސައިންސްވެރިއެއް ކަމަށްވާ އެނާ ޕައުލާ ބުންޏެވެ. “އެމީހުން އެގޮތަށް ކަންކުރަނީ އެމީހުންގެ ދަރިންނަށް ސްކޫލްގައި ކިޔަވައިދެނީ މާދަރީބަހުން ނޫންކަމުގައިވާތީ، ސްކޫލްގައި ކިޔަވައިދޭ ބަހަށް މޮޅުވުމަށް އެޅިދާނެ ހުރަހަކަށް އެކަން ވާނެކަމަށް ހީވާތީއާއި އެކުދިންނާ ސްކޫލްގައި ކިޔަވައިދޭ ބަހާ ތަފާތު ބަހަކުން  ވާހަކަ ދައްކާނަމަ އިޖްތިމާއީ ގޮތުންނާއި ތައުލީމީގޮތުން ގެއްލުން ވާނެކަމަށް ކޮންމެވެސް ބަޔަކު އެބައިމީހުންނަށް ވިސްނައިދީފައި ވާތީ ނުވަތަ މިނޫންވެސް އެތައް ސަބަބެއް މެދުވެރި ވެފައިވާތީއެވެ.”

ކާކު؟ ކޮން ބަޔެއް؟

ކިޔާފައިވާ ޢަދަދު: 1421
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން…..

ކާކު؟ ކޮން ބަޔެއް؟

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ކާކު” މިއީ އަނެކާ ދެނެގަތުމަށް ކުރެވޭ ސުވާލުގެ އަކުރެކެވެ. އެއީ ގާތުގައި ހުންނަ މީހެއް ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ދުރުގައި ހުންނަ މީހެއް ކަމަށްވެސް ވެދާނެ އެވެ.
 
މީހަކު އައިސް ވާހަކަދައްކަން ފެށުމުން އެއީ ކޮން މީހެއް ކަން ސާފުކޮށްލުމަށް ވެސް މި ސުވާލު ކުރެވިދާނެ އެވެ. “ތިޔައީ ކާކު ހެއްޔެވެ؟” އަދި ނަން ނޭނގޭ ތިންވަނަ މީހަކު އޮޅުން ފިލުވުމަށް ވެސް އެ ސުވާލު ކުރެވިދާނެ އެވެ. “އެއީ ކާކު ދެއްކި ވާހަކައެއް ހެއްޔެވެ؟”