ދައްކަންޖެހޭ އަގެއް ނެތް

ކިޔާފައިވާ ޢަދަދު: 1345
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު

“ނޯ ޗާރޖް”، މި ރީތި ލަވައިގެ ޖުމުލަ މާނަ ލިޔެލެވޭތޯ ބަލައިލާނަމެވެ.


މިރެއަށް ކައްކަން ބަދިގެ ތެރޭގައި އަހަރެން ހުއްޓައި، އަހަރެންގެ ފިރިހެން ދަރިފުޅު އަތުވެއްޖެއެވެ. އަދި އޭނާ ލިޔާން ގެންގުޅުނު ކަރުދާސްކޮޅެއް ގެނެސް އަހަރެންގެ އަތަށް ދީފިއެވެ. އަތް ފޮހެލައިގެން އަހަރެން އެ ކިޔައިލި އިރު، އޭގައި ލިޔެފައި އޮތީ މި ފަދައިންނެވެ.
 
ގޯތި ތެރެއިން ވިނަ ކޮށުމަށް: 5 ޑޮލަރު
 

އެހެންނަމަވެސް…….

ކިޔާފައިވާ ޢަދަދު: 1387
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު


މަދަރ ޓެރީސާ ލިޔުއްވާފައި ވާކަމަށް ބުނާ މަޝްހޫރު ޅެން “އެނީވޭ” ތަރުޖަމާކޮށްލެވޭތޯ މި ބަލަނީ، ޅެމުގެ އަސްލު އޮތް ގޮތަށް، އެ އަސަރާއެކު އަޅުގަނޑަށް ނުލިޔެވޭނޭކަން ވަރަށް ރަނގަޅަށް އެނގިހުރެއެވެ. ތަރުޖަމާކުރުމުގައި ލަފުޒުން ލަފުޒަށް ތަރުޖަމާކުރުމަށް ވުރެ ބޮޑަށް ބެލީ، ދިވެހި ބަހުގައި ބޭނުންކޮށް އުޅޭ ޒާތުގެ ބަސްމަގު ބޭނުންކުރެވޭތޯއެވެ. މި ތަރުޖަމާ މިއަށް ވުރެ ރަނގަޅުކުރަން އަޅުގަނޑު ބޭނުމެވެ. މިކަމުގައި ކިޔުންތެރީންގެ ދީލަތި އެހީ ލިބޭނޭކަމުގެ އުއްމީދުގައި ހުރީމެވެ.

“ހަނދާނުން ކައްސައިލުން”

ކިޔާފައިވާ ޢަދަދު: 1265
ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އިއްޔެ އަޅުގަނޑު މީހަކާ ބައްދަލުކޮށްލަން އޭނާ އުޅޭ އޮފީހަށް ހިނގައްޖައީމެވެ. އެއީ ކުރިން ހަމަޖައްސައިފައި އޮތް ބައްދަލުވުމެކެވެ. އެ އޮފީސް ހުންނަ ބުރިއަށް އަރަން ލިފްޓު ކައިރީގައި އަޅުގަނޑު ހުއްޓައި، އޭނާ ބޭރުން އައިސް އަޅުގަނޑުގެ ގާތަށް ހުއްޓިފައި އެހިއެވެ. “އަނހާނ؟ ސަރީ؟ ކީއް ތި ކުރަނީ މިތާ؟” ކުޑަކޮށް ހައިރާންވެފައި އަޅުގަނޑަށް ވެސް ކޮށްލެވުނީ ސުވާލެކެވެ. “އަނހާނ؟ މިއަދަކަށް ނޫންތަ ބައްދަލުވުން ހަމަޖެއްސީ؟” އޭނާ ނިތްކުރީގައި އަތްތިލައިން ޖަހައިލައިފައި ބުންޏެވެ. “އަސްތާ! މަގޭ ހަނދާނުން ކައްސައިލީއޭ!”

ކޮއްކޮ

ކިޔާފައިވާ ޢަދަދު: 1434
ލަވަ ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
 

“ޗައިލްޑް”، މި ރީތި ލަވައިގެ ޖުމުލަ މާނަ ލިޔެލެވޭތޯ ބަލައިލާނަމެވެ.


ކޮއްކޮ އުފަންވި ދުވަހު، ކޮއްކޮގެ މަންމައާއި ބައްޕަގެ ހުވަފެން ހަޤީޤަތަކަށްވިއެވެ. 
ތިޔައީ އެ ދެމަފިރިން ދަންނަވަމުން ގެންދިޔަ ދުޢާގެ ޖަވާބެވެ.
ތިޔައީ އެ ދެމަފިރިންނަށް ވަރަށް ޚާއްޞަ ދަރިފުޅެކެވެ.
ކޮއްކޮގެ ކޮންމެ ހިނިތުންވުމަކުން އެ ދެމަފިރިންނަށް އުފާވެރިކަން ލިބުނެވެ.
ކޮއްކޮ ރޮއިލި ކޮންމެ ފަހަރަކު ކޮއްކޮއާ އަޅައިލުމަށް ކޮއްކޮގެ ގާތުގައި އެމީހުން ތިއްބެވެ.

ފޮތްކިޔުމުގެ ފަރުވާ

ކިޔާފައިވާ ޢަދަދު: 1985
އަޙްމަދް ސަމީރު ޢަލީ
އިންސާނީ ތާރީޚުގެ ފަތްފުށްތަކަށް ބަލައިލާއިރު، ފޮތްކިޔައިގެން ހޯދާ ފަރުވާ ( ބިބިލިއޯ ތެރަޕީ ) ގެ ފެށުން އޮތީ އަޅުގަނޑުމެން ހައިރާންވާހައިވެސް ދުރު މާޒީއަކާއި ގުޅިފައެވެ! ޢީސާ ޢަލައިހިއްސަލާމްގެ ފަންސާހަކަށް އަހަރު ކުރިން ނިޔާވި، ގަދީމީ ޔޫނާނަށް އުފަން ތާރީޚީ އިލްމުވެރިޔާ ‘ސިސިލީގެ’ ޑިއޮޑޯރަސް ލިޔުއްވި ” ދުނިޔޭގެ ތާރީޚު ” ( މިއީ ސާޅީސް ފޮތުގެ މައްޗަށް އެކުލެވޭ ފޮތްބައެކެވެ) މި ފޮތްބައިން ފޮތެއްގައި، ގަދީމީ މިސްރުގެ މަޝްހޫރު ފިރްޢައުނު ރަމްސީސް ދެވަނަ ( ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ‘ މޫސާގެފާނުގެ ފިރްޢައުނު’ ) ފެއްޓެވި ކުތުބުޚާނާއަށް ވަންނައިރު މައި ދޮރުގެ މަތީގައިވާ ލިޔުމުގައިވާ އިބާރާތަކީ  ” ފުރާނައަށް ފަރުވާދެވޭ ގެ” މިހެންނެވެ! އިލްމުވެރިން ދެކިލައްވާ ގޮތުގައި މިއީ މިފަދަ ޝިއާރެއް، ކުތުބުޚާނާއެއްގައި ބޭނުން ކުރެވުނު ފުރަތަމަ ފަހަރެވެ!  ރަމްސީސް ދެވަނަ ދުނިޔޭގައި އުޅުއްވީ، ޢީސާ ޢަލައިހިއްސަލާމް އުފަންވުމުގެ ތޭރަ ގަރުނު ކުރިންނެވެ! މީގެ އަށެއްކަ ގަރުނު ކުރިން، މިސްރުގެ އަލްމަންސޫރު ހޮސްޕިޓަލުގައި، ކީރިތި ޤުރުއާން ކިޔެވުން ( މާޔޫސްވެ ދުނިޔެމަތިން ފޫހިވެފައިވާ މީހުންނަށް)  ހުރި ފަރުވާއެއްގެ ގޮތުގައި ޑަކްޓަރުން އިރުޝާދު ދެއްވިއެވެ!

ވަޑިއެއްގެ ވާހަކައިން ލިބޭ ޢިބްރަތް!

ކިޔާފައިވާ ޢަދަދު: 1239
ޝަފީޢު ޢަބްދުﷲ  ، ޏ. ފުވައްމުލައް

އެއް ޒަމާނެއްގައި އުޅުނު ވަރަށް މޮޅު ވަޑިއެކެވެ. މުޅި އުމުރު ވަޑާން ކުރުމުގައި އޭނަ ހޭދަކުރިއެވެ. މި ގޮތުގައި ދިގު މުއްދަތެއް ފާއިތު ވުމަށް ފަހު، ޤުދުރަތީ ޤާނޫނުގައި އޮންނަ ގޮތުން މާވަޑިޔާއަށް ވެސް މުސްކުޅި ޢުމުރުގެ ހަރުފަތްތަކަށް އަރާން ޖެހުނެވެ. މުސްކުޅިކަމާ އެކު، މަސައްކަތުގައި ލިބިހުރި ތޫނުފިލިކަމުގެ މައްޗަށް ލޯބޯ ކޮށިވުމުގެ އުނިކަން މަތި ވެގެން ދިޔުމުން، މަސައްކަތާ ދުރަށް ގޮސް، ޙަޔާތުގައި ބާކީ އޮތް ދުވަސްތައް އަނބިދަރިންނާއެކު ހޭދަކުރަން އޭނަ ނިންމިއެވެ.

ހުދުކޯޓު ލާ ހިތްވި އަންހެން ކުއްޖެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1960
ލިޔުއްވީ: ހެމަވަތީ (އާއިލީ ނަން ވަންހަނާ ކުރަށްވާފައި)
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ދަންނަވަން މި އުޅޭ ވާހަކައިގެ ބޮޑުބައެއް ގުޅިފައިވަނީ، މުސްކުޅިވެ ޕެންޝަން ލިބިފައިވާ ދެމަފިރިންގެ ނޯކަރެއްގެ ގޮތުގައި އަޅުގަނޑުގެ މަންމަ މަސައްކަތްކުރި ދުވަސްވަރާއެވެ! އާދެ، ކޭ ކޭ ކޭ ރައޯ އާއި އޭނާގެ އަނބި ކަނބަލުން ވިމްލާ އަށް ކައްކައިދީ، އަންނައުނު ދޮވެދީ، ޖުމްލަ ގޮތެއްގައި އާދައިގެ ގެއެއްގައި ކުރަން ހުންނަ ތަފާތު ކުދި ކުދި، އެހެން ނަމަވެސް ކޮށް ހުސްނުވާ، ތަފާތު ކަންތައް ކުރުމުގައެެވެ. މިސިޒް ރައޯ އަކީ ގެވެހިކަމުގެ އިލްމު ކިޔަވައިދެއްވި، އެ ރޮނގުގެ ޕްރޮފެސަރެކެވެ. ފިރިކަލުން މިސްޓަރ ރައޯ ވަޒީފާ އަދާ ކުރެއްވީ އިންޑިއަން ރެއިލްވޭ ސާރވިސަޒްގެ އިސްމަގާމެއްގައެވެ. މިހާރު މި ދެމަފިރިންވެސް ހިލޭ ސާބަހަށް ކުރަށްވާ ކަމެއް ފިޔަވައި އެއްވެސް ކަމެއް ނުކުރައްވައެވެ. ދިރިއުޅުއްވަނީ ޕެންޝަން ފައިސާއިންނާއި ކުރިން ރައްކާކުރަށްވާފައިވާ އެއްޗަކުންނެވެ.
 

އޭރުގެ ފަތްފުށްތަކުން…. (105)

ކިޔާފައިވާ ޢަދަދު: 1022

 ޞަލާޙުއްދީނުގެ ޚާއްޞަ ތަޤުރީރެއް (2)

(7 ޖޫން 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ނުކުންނަނަމަ ވާތުފައި އިސްކޮށް أللهم إنى أسئلك من فضلك މި ފަދައިން ކިއަމުން ނުކުތުމާއި. މިހިރި މިހިރީ މިސްކިތްތަކުގެ އަދަބުތަކެވެ.
 (12)ފޮތް ގެންގުޅުމުގެ އަދަބުތައް.
ތިމާ ގެންގުޅޭ ފޮތްތަކަށް ކަމޭހިތުމީ. علم ވެރީނާއި علم އުގެނޭން އުޅޭމީހުންގައި ނެތިނުވާނޭ ކަމެއްކަމުގައި ބޮޑެތި إمام ވެރީން ވަނީ ކަޑައަޅުއްވައި އަންގަވައިފައެވެ. قران ފޮތެއް ގެނެވޭ ތަން ފެނިއްޖެ ނަމަ ތެދުވުމީ ސުންނަތެކެވެ. ނުތެދުވުމީ ފާފަވާކަމެކެވެ. قران ފޮތް އޮތް ތަނަށް ފައިންއެރުމާއި އެތަނެއް ގިރާކޮށް ދިއުމާއި. އޮޅިއޮޅި މަތީގައި قران ފޮތް ބެހެއްޓުމާއި. މިހިރީ ބޮޑަތި مكروه ނުވަތަ حرام ކަންތަކެވެ. ބޮސްދޭން ހަދައިގެން ނޭފަތާއި މުނުގައި ހުންނަ ކުނިމިލަތައް އުގުޅުން حرام  ވެ. އެކަމަކު ބައެއްމީހުން ފޮތްހުޅުވައިގެން މޫނު ކާއްތައިވެސް އުޅެއެވެ.

މަލަށް މާބުރުގެ ގޯނާ ފޯރަނީ……..

ކިޔާފައިވާ ޢަދަދު: 1224

ޅެން ޝަރަޙަ:

މަލަށް މާބުރުގެ ގޯނާ ފޯރަނީ……..

މަރިޔަމް ޢަލީ

މި ވެބްސައިޓަށް ލިޔުއްވާ ޢަބްދުލްޢަޒީޒު ޖަމާލު ހައްދަވައިފައިވާ ތިރީގައި މިވާ ޅެމަކީ 2000 ވަނަ އަހަރު ނުވަތަ 2001 ވަނަ އަހަރުހާ ހިސާބުގައި “މިއަދު” ނޫހުގައި ޝާއިޢުކޮށްފައި އޮއްވައި އަޅުގަނޑަށް ފެނުނު ޅެމެކެވެ. ހަމަ އެ ޅެން “ލިޔުންތެރީން”ގައިވެސް ޝާއިޢުކޮށްފި އެވެ. އެ ޅެމުން އަޅުގަނޑަށް ވަރަށް އަސަރުތަކެއް ކުރުވި އެވެ. އަޅުގަނޑަށް މާނަކުރެވުނީ މި ޅެމުގައި ޝާޢިރުގެ ބަނޑުގައި އޮތް ފުން މާނައެއް ވާކަމަށެވެ. އެހެންކަމުން މި ޅެން މާނަކޮށް ޝަރަޙަކޮށްލާހިތްވީއެވެ. މިއީ މި ގޮތުން އަޅުގަނޑު ކުރި ފުރަތަމަ މަސައްކަތެވެ.

އޭރުގެ ފަތްފުށްތަކުން ….(104)

ކިޔާފައިވާ ޢަދަދު: 1195
 

ޞަލާޙުއްދީނުގެ ޚާއްޞަ ތަޤުރީރެއް

އިދާރާ

މިއީ 1358 ވަނަ އަހަރު ޖުމާދަލްއައްވަލުމަހު 15 ވަނަ ދުވަހު، އޭރުގެ މަދްރަސަތިއްސަނިއްޔާގެ ދަރިވަރުންނަށް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީން ދެއްވި އަގުހުރި ތަޤުރީރެކެވެ. މި ޢިލްމީ ތަޤުރީރުގެ މުހިއްމު ކަމުން، މިހާރުގެ ކިޔަވާ ކުދީންނަށް ވެސް މަންފާއެއް ކޮށްފާނެކަމުގެ އުންމީދުގައި މި ތަޤުރީރު ޝާއިޢުކޮށްލީއެވެ.

(ބިސްމިއާއި ޙަމްދު ޞަލަވާތަށްފަހު) އޭ މާތްވެގެންވާ އަޚުންނޭވެ! އޭ މި މާތް މަދުރަސާގެ ނަމާއިގެން މަތިވެރިވާން ތިބި ދަރީންނޭވެ! ތިޔަކުދީންގެ ކުރިމަތީގައި ތަޤުރީރު ދިނުމަށް މި މޭޒުގެ ކައިރީގައި ވަރަށް ގިނަ ފަހަރުފަހަރަށް ބޭބޭއަށް އެބަހުއްޓެވެއެވެ. ފަށްފަށުން ތިޔަކުދިންނަށް ދީއުޅޭ ނަސޭހަތުން އަމުދުން ފާއިދާޔެއް ނުކުރެޔެކޭވެސް ހިޔެއް ނުވެއެވެ. ކޮންމެދުވަހަކު ކިޔެނީ ހަމަ އެކައްޗެއް ކަމުގައިވެސް ނުވާނޭކަމެއް ނޭގެއެވެ. އެކައްޗެއް ނަމަވެސް ގިނަ ފަހަރުފަހަރަށް ކިޔަނީވިއްޔާ. އަސަރެއް ނުކޮށެއް ހަމަ ހިލައަކު ނުދާނެއެވެ (وذكّر فإن الذكرى تنفع المؤمنين) މިހެންވީއިރު منفع ނުފެނިއެއް ނުހުންނާނެއެވެ.