ކައްޓެޅި

ކިޔާފައިވާ ޢަދަދު: 825
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝާމިލާ އަޙުމަދު
 
ފުވައްމުލަކައެ ނަމެން  ކީއްމާ  ނިކަން  މީހުން   ބެނަންނޭނައެ
            ފުވައްމުލަކެން ނިކަން މީރައެ  ތިމާ  ރޭގަނޑި އެ  ކޭ  ކައްޓެޅި
އަރާ މެހުމާނުނަސް ދެންހަމަ ދެނީ އަގޮބޮނޑޮ ކެއުން ރެއިގަނޑި
            އަރާނ އެންމެން ރަށެން ބޭރެން ދެނީ  އެ  ތަޢާރަފެން  ކައްޓެޅި
ފަހަތި އަސަރެން އެޑާނ އެންމެން އަވިދި ފެއްލާ ދަތެރެ ހަދަމުން
            މަހަށަ ހެއުވަރޮ  ހަދާ  އާލާއު  ޖަހާ  އެންކެޑެ މިބާނ  ކައްޓެޅި

މި ކަމަކުން ވީ ވަރައް ނެއު

ކިޔާފައިވާ ޢަދަދު: 763
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝިފާޤު މުފީދު
 
ދުވަހަކިސް ނިހަދަމޭ އަވަޅެމައް ކުރިޔަކުން
      ދުވާލެކި މިތައި ލޭނ ރިވެތި ޅެންތެކެން
             ހުވާން އޭގެ ވޭނ އިބުރަތެން އަވަ ފެށިން
                     ހުވައިހާ ބެނާ މީ ތެދެއު  ހަމަ  ޔަގީން
ތަށާސް ވެންނެނައެ ބެނެ ލިބޭ ހިއްވަރެން
      ފަށާގެން މަކީކަލް ކިއުން ލިއްލިކެން
             މަށާގެން ކޮށާ ބަހަތެކަސް އަތެރަމުން
                     މަށާސް ވުން އެދީގެން ނެގީމޭ  ގަލަން

ރަށޮ ރީޑިއަރާގައު

ކިޔާފައިވާ ޢަދަދު: 652
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝިފާޤު މުފީދު، ޏ. ފުވައްމުލައް
 
މި ރަށިގެ އިރިމަތި ގެރެމުން އޭނކަލް، އެތަނެން ރަޅޮ މަތަނިވެމުން އޭނކަލް
          މި ރަށިގެ  މީހުން މި ރަށަހަ ދިންހައި އަނިޔާ  މައްތެން އެންމެން ވިސްނައު!
މިރަށިގެ އޮއިވަރޮ ނިބަލާ ނިހުއާ، ރަށިހަރޮ މީހުން ބަހަބެނެ އިއްވާ
          މި ރަށިގެ އިރިމަތި ފުންކޮހޮ ކޭނާ، މި ރަށިގެ އުހުތަން ގެރެމުން  އޭނ  ގޮއު

ބައްޕަގެ ހަނދާނުގައި….!

ކިޔާފައިވާ ޢަދަދު: 1246
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
ބައްޕަގެ ހަނދާންތައް މިހިތުގައި ތަކުރާރުކޮށް އާލާވަނީ
                    ބައްޕަގެ ވަފާތެރި ލޯބިދިން އެހަނދާންތަކޭ ނުފިލާވަނީ
 
ހެޔޮހާ ނަސޭހަތްދެއްވަމުން ގެންދެވި ހަނދާތައް މިހިތުގައި
                     ދެމެހެއްޓެނިވި ގޮތުގައި ވަކިން ހަރުލާފައޭ ދެމިހުންނަނީ 

فخامۃ الرئيس جمال عبدالناصرގެ ހަނދާނުގައި

ކިޔާފައިވާ ޢަދަދު: 616
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

تعريف ގެ جزی އެއް

فخامۃ الرئيس جمال عبدالناصرގެ ހަނދާނުގައި

އާދަމް ސަލީމް، ހުވަރަފުށި

_________________________________________________
1970 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނައަށް ވީ ހޯމަ ދުވަހަކީ، ދުނިޔޭގެ ތާރީޚުގައި ފާހަގަ ކޮށްލެވުނު މުހިންމު ބަޠަލެއްކަމުގައިވާ، ފަޚާމަތުއްރައީސް ޖަމާލު ޢަބްދުއްނާޞިރު، ކުއްލި ހާޓްއެޓޭކެއްގައި އަވަހާރަވި ހިތާމަވެރި ދުވަހެވެ. އިއްޔެއަކީ އެ ހިތާމަވެރި މުނާސަބަތަށް 45 އަހަރު ފުރުނު ދުވަހެވެ.
މި މުނާސަބަތާގުޅޭ ގޮތުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ލިޔުއްވާފައިވާ ވަރަށް ތަފުސީލު މަޒުމޫނެއް، (“އޭރުގެ ފަތްފުށްތަކުން” ގެ – 43 ވަނައިގައި) 28 ސެޕްޓެންބަރު 2013 ގައި މިސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. 
ތިރީގައި މިވަނީ އެ ހިތާމަވެރި ޒިކުރާ ފާހަގަ ކުރުމަށް “އާބާރު” ގެ ފަރާތުން 1971 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ނެރުއްވި ޚާއްޞަ ނަންބަރުގައި ޝާއިޢު ކުރައްވާފައިވާ ޅެމެކެވެ. ޝާޢިރަކީ، ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއްކަމުގައިވާ އަލްމަރްޙޫމް ހޯރަފުށީ އާދަމް ސަލީމެވެ. މި ޅެން ސައިޓުގައި ޝާއިޢު ކުރާން ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެންނަމަވެސް ދިމާވީ ސަބަބަކާހުރެ އިއްޔެ ޝާއިޢު ކުރެވޭ ގޮތް ނުވީއެވެ.
 
މަރްޙޫމް އާދަމް ސަލީމްގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ!
_________________________________________________

ފުޅު ޕުޅު

ކިޔާފައިވާ ޢަދަދު: 1060
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
 
ސީދީ   ހައިވީމާ،   ސީދީއެއް    ވީމާ،   ސީދީ    ވީތާ  ހައިފުޅު
           ސީދީ  އަދު ހައިފުޅުވީ  އެއްޗެއް  ނެތި  ހުސްވީމާ  ސީދީ  ބަނޑުފުޅު
 
ސީދީ  ބަނޑުފުޅުގައި އެއްޗެއް  ނެތުނީމާ  ބަނޑުފުޅު  ވީބާ؟  ހުސްފުޅު
          ސީދީ  ވީމާ  ގެންނާންވީބާ؟   ބުނެލާ  ދެ ބަހުން  އެއް ބަހަކަށް  ފުޅު
 
ސީދީ ބަނޑުހައިނުވެ، ވާ ކަމުގައި މި ވަނީ ބަނޑު އައި ނަމަ، ހައި ބަނޑުފުޅު
          ސީދީ ހައިވީ ނަމަވެސް، އަދު ހައިނުވެ ވާނީ، ބަނޑު ނައި ނަމަ، ހައިފުޅު

ހިތް ކުދިކުދިވެއްޖެ

ކިޔާފައިވާ ޢަދަދު: 925
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
ނުނިދިފައި   އޮވެވުނީ   ހިތް   މަގޭ   ފޮތިވެގެން
               ދުނިޔެ ދޭ  ދަރުސުތައް  ދަސްކުރާން  ދަތިވެގެން

ހަރުއަޑުން އަދި ނުރޮއި  އޮވެވުނަސް  ގަނޑުވެފައި
               ކަރުނައޭ   އޮހޮރެނީ   ލޮލުތެރޭ  ގިނަވެގެން

ނިމިދިއުން   އޮތް  ކަމެއް  ކަން  ޔަޤީނޭ،   ވިޔަސް
               ނިމި އެ ދިޔަ މަންޒަރުން  ހިތް ދިޔައި  ފަޅިވެގެން

އަޟްޙާ ޢީދު އައީ

ކިޔާފައިވާ ޢަދަދު: 978
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙަންމަދު ޝާހިދު ޙަލީމް

އައީ ހިނިތުންވަމުން ނަށަމުން  މެ ލަވަކިޔަމުންނެ އަޟްޙާ ޢީދް
               ސަޢީދުންނޭ  ސަޢީދުންނޭ  ވަނީ އުނގުގައި  މި އަޟްޙާ ޢީދް
ތިބުން ޢަރަފާތުގައި ނިންމައި  އަދާވެވުމުން  އިތުރު  އަޅުކަން
               ލިބުނު ހިތްހަމަޖެހުން   ފާހަގަކުރާށެ   އައީ  މި އަޟްޙާ ޢީދް
މި އުންމަތް ދިރުވަމުން ގެންދާ އިތުރު ސުންނަތް އަބަދު ދިރުވާން
               ކިޔުން ތަކުބީރު ބާރަށް ގިނަަ ކުރާށެ އައީ މި އަޟްޙާ ޢީދް
ހުވަނދުލައިގެން  ރިވެތި ފޭރާމުގައި އެންމެން  ނުކުމެ ހެނދުނާ
               ދުވަސް ފެށުމަށް  ރުކޫޢު ސުޖޫދް ކުރާށެ އައީ މި އަޟްޙާ ޢީދް

ކުޑަ ކަމެއް ނޫން!

ކިޔާފައިވާ ޢަދަދު: 1219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަނީރު ޢަބްދުއްރަޙީމުގެ “ބިޔަ ތިލަކުރަން ހަދާ ފަންޑިތަ ހެއްދިދާނެބާ؟” ފެނިފައި:

ކުޑަ ކަމެއް ނޫން!

މުޙަންމަދު ޝާހިދު ޙަލީމް
އަޑީއޮތް ބިޔަ  ފުނުން ކޮށް ތިލަ  ނެގުން އޭ ކުޑަ ކަމެއް ނޫނޭ
               އޮޑީގައި ކަންވެރީން ތިއްބަސް  އަތެއް އެ ވަރަށް  ދިގެއް ނޫނޭ
މެ ފެން މަތުރައި ވަށައިގެން އޮޑި ދޮށަށް އެޅިޔަސް ބަދަވި ވަގުތުން
               ދެފެންދޭތެރެއަކަށް   ނާރާނެޔޭ   ބަލަ   ކަނޑުކޮހެއް   ނޫނޭ
ކެޔޮޅުކަންމާ   ކުރާ  ކެޔޮޅެއް   ވިޔަސް  އެ ސޮރެއް ނުބޭވޭނޭ
               އެ  އޮންނާނީ  އަޑީ  ފުނުގައި،  ހެތުރު  ފޯރާ  ފަށެއް ނޫނޭ

އެ ދުވަސްވަރާއި މި ދުވަސްވަރު

ކިޔާފައިވާ ޢަދަދު: 1472
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ނަޢީމް އިބްރާހީމް
 

 
މިއީ އިންޑިއާގެ މަޝްހޫރު ޣަޒަލް ކިޔުންތެރިއެއް ކަމުގައިވާ ޕަންކަޖް އުދާސް ކިޔާފައިވާ ޣަޒަލެއްގެ ތަރުޖަމާއެވެ. ޣަޒަލް ހަދާފައިވަނީ ޒަފަރް ގޯރަކްޕޫރީ އެވެ.
 

 
ދުކް ސުކްތަ އޭކް ސަބްކާ، އަޕްނާހޯ ޔާ ބޭގާނާ
އެކް ވޯ ބީތާ ޒަމާނާ، އެކް ޔޭ ބީހޭ ޒަމާނާ
(ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް، އެންމެންގެ ހިތާމަޔާއި، އުފަލަކީ އެކައްޗެކެވެ.
އެއީވެސް ދުވަސްވަރެކެވެ. މިއީވެސް ދުވަސްވަރެކެވެ.)