ކަލާގެ ލޯބިލޯބި މޫނަށް އެއްވެސް މީހެއްގެ އެސްފީނާ ނުޖެހޭށިއެވެ!

ކިޔާފައިވާ ޢަދަދު: 428

ތިރީގައި އެވަނީ ‘ތެރި ޕިޔާރީ ޕިޔާރީ ސޫރަތުކޯ’ (ކަލާގެ ލޯބިލޯބި މޫނަށް) މިލަވައިގެ ދިވެހިތަރުޖަމާއެކެވެ. މިލަވައަކީ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި އެއްމެ މަޝްހޫރުވެގެންދިޔަ އެއްލަވައެވެ. 1961ގައި ނިކުތް ސަސުރާލް (އަނބިފިރިންގެ ތިމާގެ މީހުން) ގެ ލަވައެކެވެ. މަޝްހޫރު ޅެންވެރިޔާ ހަސްރަތު ޖައިޕޫރީ ގެ ގަލަމުގެ އުފެއްދުމެކެވެ. މިލަވަޔަކީ 1961ގެ “ފިލްފެއަރ އެވޯރޑްސް” ގައި އެއްމެ މޮޅު ލަވައިގެގޮތުގައި ހޮވުނު ލަވައެވެ.މިލަވައިގެ މާނާއިގައި އެކުލެވިގެންވަނީ އަންހެންކުއްޖެއްގެ ރީތިކަމަށް ކުރެވޭ ތައުރީފެކެވެ. އެކުއްޖާދެކެ ލޯބިވެވި، އެކުއްޖާގެ ރުހުން ހޯދުމުގެގޮތުން އޭނާއަށް ކުރެވޭތައުރީފެކެވެ.

ކަލާގެ ލޯބިލޯބި މޫނަށް އެއްވެސް މީހެއްގެ އެސްފީނާ ނުޖެހޭށިއެވެ!

ކިޔާފައިވާ ޢަދަދު: 446

ތަރުޖަމާ: ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމު، ގ.މަންޒލް

ތިރީގައި އެވަނީ ‘ތެރި ޕިޔާރީ ޕިޔާރީ ސޫރަތުކޯ’ (ކަލާގެ ލޯބިލޯބި މޫނަށް) މިލަވައިގެ ދިވެހިތަރުޖަމާއެކެވެ. މިލަވައަކީ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި އެއްމެ މަޝްހޫރުވެގެންދިޔަ އެއްލަވައެވެ. 1961ގައި ނިކުތް ސަސުރާލް (އަނބިފިރިންގެ ތިމާގެ މީހުން) ގެ ލަވައެކެވެ. މަޝްހޫރު ޅެންވެރިޔާ ހަސްރަތު ޖައިޕޫރީ ގެ ގަލަމުގެ އުފެއްދުމެކެވެ. މިލަވަޔަކީ 1961ގެ “ފިލްފެއަރ އެވޯރޑްސް” ގައި އެއްމެ މޮޅު ލަވައިގެގޮތުގައި ހޮވުނު ލަވައެވެ.

މުޅި ޙަޔާތުގެ ޚިދުމަތްތެރިޔާ

ކިޔާފައިވާ ޢަދަދު: 554
 
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ހޭހަމެއް ވެސް ލިބޭނީ ޔަޤީން  ތިޔަ އަތުން
         ދޭހަވާހެން  ލިބޭ  ލައްޒަތެއް ވެސް  ހިތުން
                  މީ  ޙަޤީޤަތް ކަމަށް  ދެނެ ތިބޭށޭ  ކަތުން
                           މީހަކަށް  މީ  ލިބޭނޭ  އުފާ  ހެޔޮ  ހިތުން
މުޅި ޙަޔާތް  ހޭދަކޮށްލީ  މި ނަފުސަށްޓަކައި
         ގުޅި ހިތާ ހިތް  ވަގުފުކޮށްލި  އަބަދަށްޓަކައި
                 ރުޅި ދުރަށްލީ  ތަބައްސުމުގެ އަޞްލަށްޓަކައި
                           މުޅި  ޙަޔާތުގެ  އެހީތެރިޔެކޭ  ހެޔޮ  ހިތުން

އެހަނދާނުގައި

ކިޔާފައިވާ ޢަދަދު: 489

މާޒިފު އަހުމަދު 

ޝާއިޢުކުރި ފަރާތުގެ ބަޔާނެއް:
މިއީ ދިވަެހިރާއްޖޭގެ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެ ދުވަހު ޝާއިޢުކޮށްދިނުން އެދިވަޑައިގެން އަލްއަޚު މާޒިފު އަޙުމަދު ފޮނުއްވި ޅެމެކެވެ. ކަންތައް ދިމާވި ގޮތުން އެ ދުވަހު ޝާއިޢުކުރެވިފައި ނުވާތީ މިއަދު އެ ޅެން ޝާއިޢުކޮށްލީއެވެ. މިކަމަށްޓަކައި މާޒިފު އަޙުމަދުގެ އަރިހުންނާއި ކިޔުންތެރީންގެ އަރިހުން ވަރަށް ދީލަތި މަޢާފަކަށް އެދެމެވެ.

 
 
ޙަޔާތުގެ ގިނަ ސަފުޙާތަކުތެރެއިން ސިފަކުރެވޭތޯ ބަލަމޭ
ޙަޔާތުގައި ދިމާވި އެންމެ ބިރުވެރި ދުވަސް 26 ޑިސެމްބަރ
               ***********************
އިރުގެ  ރޯޝަނީ ދޯދިތައް ވެރިވެ ދިއްލައިލި ހިނދު ދުނިޔެއަށް 
               ބިރުވެރި   ކަމުގެނެތޭ  ނިޝާނެއް ވެދާނެކަމުގެ  ބޮޑުދުވަހަކަށް
 

އޭ އަޚުންނޭވެ! އަހަރެންނަކީ ރާބޯމީހެއްކަމުގައި ނުދެކޭށެވެ!

ކިޔާފައިވާ ޢަދަދު: 1009
 
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު  ގ. މަންޒިލް
މިއީ ހިންދީ ފިލްމީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. “މުޖޭދުނިޔެވާލޯ ޝަރާބީ ނަސަމްޖޯ” (އޭ އަހަރެންގެ އަޚުންނޭވެ! އަހަރެންމީ ރާބޯމީހެއްކަމުގައި ނުދެކޭށެވެ!). މިލަވައިގެ ދިވެހި މާނަކޮށްލުމެކެވެ. މުޅީން ސީދާ ލަފްޒީތަރުޖަމާ އަކަން ނުވިކަމުގައިވިޔަސް ލަވައިގެ ޖުމްލަ މާނަ ގެނެސްދެވޭތޯކޮށްލެވުނު މަސައްކަތެއްގެ ނަތީޖާއެކެވެ.
 

އަހަންނަށް އެންމެ ރަނގަޅެވެ.

ކިޔާފައިވާ ޢަދަދު: 955
އާދަމް ނަޞީރު އިބްރާހީމް
އަހަންނަށް އެންމެ ރަނގަޅޭ، ކުށްވެރީންނަށް ލުއި އަދަބު ދޭށޭ!
            ޖަހަންނަމައަށް ލެވޭ ހިނދު ވެސް، އެ ވޭނުން މިންޖުކޮށްދޭށޭ!
ދިމާއަށް ގަސްތުގައި ބުރިކޮށްލި ޙުރުމަތްތެރިވި ކަނދުރާތައް
            ‘ތިމާމެން’  ލަސްނުކޮށް  ގުޅުވައި،  ފުރާނަ  އިޢާދަކޮށްދޭށޭ!

ޅެން ހެދުމުގެ މުބާރާތް – ޅެންވެރިޔާ 2016

ކިޔާފައިވާ ޢަދަދު: 1088
އާދަމް ނަޞީރު އިބްރާހީމް
މުބާރާތެއްގެ ދޮރު ހުޅުވިއްޖެ،  ނަމަކީތޯއެ، “ޅެންވެރިޔާ”
              ކޮބާ ހޭލާށެ  ދެން އަވަހަށް، ލަހެއްނުވެ  މިހިރަ ޅެންވެރިޔާ
 
ޚިޔާލާ ފަލްސަފާޔާ ތިޔަ ޝުޢޫރުތަކުން  މި ބާޒާރަށް
              ތިޔާގިކަމެއް ގެނެސްދޭށޭ ނަގައި  ފިކުރުގެ ކުނބަށް  ދެރިޔާ

ދެން ހެދޭނީ ގޯސް

ކިޔާފައިވާ ޢަދަދު: 1196
އާދަމް ނަޞީރު އިބްރާހީމް
ޙަޤީޤަތް ނޭނގި އެނގުނު ކަމަށް ހެދީމާ ދެން ހެދޭނީ ގޯސް
                   ޔަޤީނޭ ޙައްޤު،  ވަހުމު ކަމަށް ހެދީމާ  ދެން ހެދޭނީ ގޯސް

އެހެން ހިތްތަކުގެ ރިހުމާ ވޭން  ބަޔާންކޮށްދީ ކިޔައިދިނުމުން
                   އެހެން ހުރެފައި  އެއީ މަކަރޭ  ބުނީމާ ދެން ހެދޭނީ  ގޯސް

ޅެންވެރިޔާގެ ތަސްބީޙަ

ކިޔާފައިވާ ޢަދަދު: 890

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ

 
ޅެންވެރިކަމަށް އުޖާލާ ކުރިމަގު ލިބުން އަދައިގެން
             ގެންދާނަމޭ މަސައްކަތް ކުރަމުން މަ  ފޫގަޅައިގެން
 
ޅެންވެރިތަކުންގެ ސަފުގައި ފައިހަމަކުރަން އަދައިގެން
             ޅެންބަސްތަކެއްލިޔާނަން ތެދެކޭ މަ އިސް ނަގައިގެން
 
ޅެންވެރި ޚިޔާލު ދޫކޮށް ނުލުމަށް މަ ކަނޑައަޅައިގެން
             ހުންނާނަމޭ  އަޒުމުގައި  އިތުބާރު  ޚާއްޞަ ދީގެން

ޢަރަބި ޅެންވެރިއެއްގެ ޝުޢޫރު

ކިޔާފައިވާ ޢަދަދު: 1613
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ނިރުބަވެރި  ޙަމަލާތަކުން  މުޅި ދުނިޔެއޭ  ތެޅިގަންނަނީ!
              ބިރުގަނޭ! ބިރުވެރިކަމުން  ޕެރިހޭ  އެކީ  ސިހިގެންދަނީ!
 
ޕެރިހުގައި ގޮވި ބޮންތަކުން މަރުވީ އެތައް ބަޔަކަށްޓަކައި
               ވެރިވަމުން ދިޔަ ބިރުތަކަށް މުޅި ދުނިޔެއޭ ކަންބޮޑުވަނީ! 
ބާރުގަދަވީ އެމެރިކާނުން  ވެސް  ރޮމުން  ހިތްދަތިވެގެން
              ފާރުވީ  ދެލޮލާ   ހިތޭ،  ވެރިޔާ  އޮބާމާ ވެސް  ރޮނީ!
މޫނުތައް ވެސް ހުދުވެގެން  ހުއްޓުންއަރައި  ވީދެރައަކުން
              ތޫނުފިލިކަން ކެނޑި، އޮހޮރި ލޭކަރުނައިން  މޫދަށް ވަނީ!