ފާތުމާކަމަނާ

ކިޔާފައިވާ ޢަދަދު: 1075
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު

ފާތުމާކަމަނާ އަކީ ނިޔަނެތިވިމާތް ބޭކަނބަލެކޭ،

                    މާތް ރަސޫލާ އެންމެ ލޮބުވެތި ލޯބިވެތި ދަރިކަނބަލެކޭ

 ދަތުރަކަށް ވަކިވާ ވަގުތު ބައްދަލު ކުރައްވާ އެންމެނާ

                    އެންމެ ފަހު ބައްދަލުކުރައްވަން އޮންނަ މާތް ދަރިކަނބަލެކޭ

ރޯދަމަސް އައީ ރަޙުމަތާއިގެން

ކިޔާފައިވާ ޢަދަދު: 1388
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

ރޯދަމަސް ގެނައީ މި ދީބަށް ރޯދިބަރަކާތް،… ނިޢުމަތޭ

           ހޯދި ވަރަކަށް ލިބެވެނީ ގިނަގުނަ ސަވާބާ … ރަޙުމަތޭ

 

އެންމެ ފުރަތަމަ ދިހަ ދުވަހުގައި މިންނުވާހާ މިންވަރަށް

          ދެއްވަވާނެ ކަމަށް ވަޙީއިން އެންގެވީވެސް … ރަޙުމަތޭ

 

މެދު ދިހައިގައި އޮންނަނީ ވެސް ފުއްސެވުން އަދި ރުއްސެވުން

           އެދުމަކަށް ވާނަމަ އަޅުންނަށް  މަޣުފިރާ  ޙާޞިލްވެތޭ

ރުކުގެ މޭވާ

ކިޔާފައިވާ ޢަދަދު: 897
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން – ހއ.އުތީމު
ހަރުލާ ގޮބޮޅި  ރުކުމަލުތެރޭން  ވާނީ  ނުވާހެން  އޮޅުމަކަށް
ތަރުތީބަކުން  މިކިޔާ  ރުކުގެ  މޭވާގެ  ފުރަތަމަ  ފެށުމަކަށް
މިރިޔެއް ނުވާނޭ ގޮބޮޅިއެއް ހުރެފާ ރަނގަޅު ހަރު  ކާއްޓަކަށް
މިރިޔަށްފަހުން ދެން ފުރަތަމައިން ވާނީ ބަދަލު ހަމަ ކިހަވަކަށް

އަލަށް މަޔަކަށް ވެވުނު ހިދުގައި…

ކިޔާފައިވާ ޢަދަދު: 799
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ 
 
އަލަށް މަޔަކަށް ވެނުވު ހިނދުގައި ލިބުނު އުފަލުން މިހިތްފުރުނޭ 
            މަލެއްފަދަ   ލޯބިވެތި  މޫނަށް  ބަލާލައިފާ   ދޮނެއްދެވުނޭ 
 
އެތައް އުފަލެއް މަށަށްލިބުނޭ ދެތަންވީހިނދު ހިތުން ރޮވުނޭ 
              ހިތަށްކެއްނުވެވިގެން ދަރިފުޅު އަވަސް   އަވަހަށް އުރާލެވުނޭ 
 

ދުޢާ

ކިޔާފައިވާ ޢަދަދު: 1121
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
 
އިލާހީ އަޅަމެނަށް ހެޔޮ މަގުތަކެއް ތަނަވަސްކުރައްވާނދޭ
އިލާހީ އަޅަމެނަށް ގިނަހެޔޮކަމާ ގިނަ ދަރުމަދެއްވާނދޭ
އިލާހީ އަޅަމެނަށް ވަގުތަށް ކަމޭހިތުމުގެ ނަސީބާއެކު
އިލާހީ އަޅަމެނަށް ވަގުތުގެ ނަފާ މިންވަރުކުރައްވާނދޭ 

ޙައްދެއް އޮންނާން ޖެހެއެވެ.

ކިޔާފައިވާ ޢަދަދު: 1016
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ނަޞީރު އިބްރާހީމް (2015)
މިނެއް ނެތި އޮންނަ މިނިވަންކަން، ނަނެއް ނެތި އޮންނަ ވަދު ފަދައޭ
             ފުނަށް ބުއްދީން ނުދާ ހިތްތައް، ހަނެއް ނެތި އޮންނަ ވަޅި ފަދައޭ
                       *****************
ކެތާ ޞަބުރާ  އޮޅިން ނެރެލާ،  ދެތާ ދެ އަތަށް ވަޔާ ހެލިލާ
       ވިޠާހިރު ވިސްނުމުގެ ޖައުހަރު،   ހަތާ ނެތި  އޮންނަ  މުތް  ފަދައޭ 

ހެޔޮބަސް

ކިޔާފައިވާ ޢަދަދު: 820
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ރޯނުގޭ ޙަސަން މަނިކު

  ލިބޭ އެއްޗަކުން ވީ އުޅެން ދަސްކުރާށޭ       

        ލިބޭ މިންވަރުން ފުއްދަމުން ވީ އުޅޭށޭ

             ލިބޭ އަނެކުނާ އެއްވަރަށް ހިތުނުލާށޭ

                  ލިބޭ މިންވަރަށް ވީ ޝުކުރުވެސް ކުރާށޭ

ކީރިތި ޤުރްއާނަކީ…!

ކިޔާފައިވާ ޢަދަދު: 1242
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ކޮންމެއަކުރެއް ކިޔެވުމުން ދިހަ ގުނަ ސަވާބު ލިބޭ ފޮތެއް
އެންމެ ފުރިހަމަ ނިޢުމަތާ  ރަޙްމަތުގެ މަގު އަންގާ ފޮތެއް
 
މާތް އިލާހީ ޙަޟުރަތުން  އިންސާނުނަށް  މަގުދައްކަވަން
މާތް ނުހަނު ގިނަ މުޢުޖިޒާތްތައް އެކުލެވޭ މަތިވެރި ފޮތެއް 
 
އުފުލުމާ އުނގަނައިދިނުން ވެސް  ދަރުމަވެރިކަމުގައި ވެދާ
ނަފުސުތައް ޠާހިރު ކުރަން އޮތް ބަދަލުވުން ނުމެވާ ފޮތެއް
 

އަހަރެންގެ އަނބިމީހާ

ކިޔާފައިވާ ޢަދަދު: 1235
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 
ވަފާތެރި އެންމެ ގޮތްހުރި މީހަކީ   އަހަރެންގެ  އަނބިމީހާ
             އުފާވާނޭ ކަމެއް ވިއްޔާ   ކުރަން   އެ އުޅޭ  މި  އަނބިމީހާ 
 
ސަމާސާއަށް ވިޔަސް މީހަކު މަ ދެރަ ވާނޭ ބަހެއް ބުންޏަސް
             ސަމާސާއެއް ކަމަށް ނުހަދައި ރޮނީ އެ  ކަމާ  މި  އަނބިމީހާ
ލިބޭ މަދު ލާރިކޮޅު ބޭނުން ހިފައިގެން ޚަރަދު ހަމަޖައްސައި
             ތިބޭއިރު އައިބުތައް  ފޮރުވައި  ދެނީ  ވިސްނޭ މި އަނބިމީހާ

ރޯދައަކީ މިއީތަ؟

ކިޔާފައިވާ ޢަދަދު: 1232
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ނުކައި ހުރެގެން ގެޔަށް ކާނާ  ޖަމާކުރުމީހެ  ރޯދައަކީ؟
           އުކައިލާ ކާތަކެތި ގިނަކޮށް ކުރާ އިސްރާފު…. ރޯދައަކީ؟
ނިދާ ގަޑިއާ ދިމާކޮށްފައި ބަނޑަށް ބަރުވާވަރަށް ކައިގެން
           ނިދާފައި އޮންނަ ގަޑިތައްވެސް އިތުރުކުރުމީހެ ރޯދައަކީ؟