قوم ގެ ދަރީންނަށް….!

ކިޔާފައިވާ ޢަދަދު: 906

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (رحمه الله)


އިދާރާގެ ނޯޓެއް:
މިއީ، 18 ޖުލައި 2015 ވީ އަންގާރަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 61 އަހަރު ކުރިން، (17 ޝައްވާލު 1375 ގައި) ނުކުތް ” ޢިލްމީ އޮއިވަރު ” ގެ 7 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ޅެމެކެވެ. މި ޅެން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.

قدرتى قانون

ކިޔާފައިވާ ޢަދަދު: 912
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (رحمه الله) 

އިދާރާގެ ނޯޓެއް:
މިއީ، 18 އޯގަސްޓް 2015 ވީ އަންގާރަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 61 އަހަރު ކުރިން، (17 ޝައްވާލު 1375 ގައި) ނުކުތް ” ޢިލްމީ އޮއިވަރު ” ގެ 7 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ޅެމެކެވެ. މި ޅެން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.

ދެއްވި ޝަރަފަށް ޓަކައި ހިތުގައި އުފެދުނު ޝުޢޫރު

ކިޔާފައިވާ ޢަދަދު: 1594
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (19.08.2015)
 
މަށަށްވުރެ ޙުރުމަތީ އަދު ކޮން  ބަޔެއްތޯއޭ  މި  އުޑުދަށުގައި
                ހަށަން ބަނދެގެން ކޮޅަށް އެތިބީ ކިތަށް ބަޠަލުންހެ ޙުރުމަތުގައި
ކުރިން އުނދަގޫވެގެން އުކިޔަސް ނުހަނު ބޭޙުރުމަތީ ގޮތުގައި
                ކުރީން ދުށްގޮތް  މުޅިން  ދޫކޮށް ވަނީ  އަހަރެން އެޖެންޑާގައި
ކިތައް ޤައުމުގެ ވަޒީރުންތޯ މަށާ މެދުގައި މުޝާވިރު ކޮށް –
                ހިތަށް ވެސް  ނާންނަހާ  ހެޔޮކޮށް މަށާމެދު ވިސްނަނީ އަދުގައި

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމުން…….

ކިޔާފައިވާ ޢަދަދު: 1370
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ބަހާރަށް އަދު ޚަރީފުކަމެއް ލިބިއްޖޭ  ދިން  އެ  އަޚުބާރުން
               ނަހާރުން އަދު އުޖާލާކަން ކެނޑިއްޖޭ އައި އެ  ލޮޚުސާނުން
އެއީ އަދަބީ ބަގީޗާގައި  ފޮޅުނު ފަރި  މާތަކުގެ ތެރެއިން
               އެއީ ވަސް އެންމެ މީރު މަލޭ ނެތިވެދިޔައީ  އެ   ޠޫފާނުން
ޙަމީދުގެ ޚިދުމަތުގެ އަގުހުރި ޙަޔާތްޕުޅު ވެއްޖެ ތާރީޚަށް
               ޟަމީރު ބުނޭ  ފުރައިލާށޭ  ދެލޯ  ކަރުނައިގެ  ފައްވާރުން

رحمة ގެ ރަންތަރި

ކިޔާފައިވާ ޢަދަދު: 815

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު

އިދާރާގެ ނޯޓެއް:
މިއީ، އިއްޔެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 58 އަހަރު ކުރިން، (15 ޝަޢުބާން 1378 ގައި) ނުކުތް ” ޢިލްމީ އޮއިވަރު ” ގެ 12 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ޅެމެކެވެ. މި ޅެން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާއެއް އައުކޮށްލުމުގެ ގޮތުންނެވެ.
ވިސްނާލަނީ  تاريــــخ ދުށް  ބިރުވެރި  ނުހަނު  ހިތި ދުވަހަކަށް.
                مصـــراب  ދާނޭ  ނުއެނގިގެން   މަގުފުރެދިފައިވީ  ވަގުތަކަށް.
މަތިވެރި إلـــهى  ފޮތްތަކުން  شـــائــع  ވެފައިވީ   އަލިކަމެއް،
                ކަތުނަށް ނުއެނގިގެން ގެއްލެމުން ދިޔަ ނުހަނުމޮޅިވެރި دورއަކަށް
ދެއްކެވި އެމަގުތައް މާތް رســـــول ން ނާ نـبــيّ ން އެންމެނަށް،
                ދެއްވެވި އެ إرشـــــاد އާއެކީ ވެއްޔަށް ވެގެންދިޔަ عــهـد އަކަށް.

އޭރުގެ ފަތްފުށްތަކުން…. (107)

ކިޔާފައިވާ ޢަދަދު: 1071

هـمـــة އާއިއެކު މަސައްކަތްކުރާ މީހާއަށް އުދަގޫކަމެއްނެތެވެ.

ދޮންތުއްކަލާ 

ދޮންތުއްކަލާ ނުވަތަ ހ. މީރުބަހުރުގޭ  الفاضـــــل محمـــــد إســـــماعيـــــل ދީދީ (رحمہ اللہ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. 
 
محمـــــد إســـــماعيـــــل ދީދީ އަކީ، ތަފާތު ދާއިރާތަކުން ލިޔުއްވައި، ތަރުޖަމާ ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޅެންވެރިއެއްވެސް މެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ތާރީޚާ ގުޅުންހުރި މުހިންމު ލިޔުންތަކެއް ލިޔުއްވައި ތަރުޖަމާ ކުރައްވައިފައިވެއެވެ. 

ބައްޕަގެ ޝުއޫރު….!

ކިޔާފައިވާ ޢަދަދު: 1285
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ

ބައްޕަދޭ ހެޔޮހާ ނަސޭހަތް އަޑުއަހައިގެން ދަރިފުޅާ
                ބައްޕަ ދައްކާ  ތެދުމަގުން ކުރިއަށް  ހިނގާށޭ  ދަރިފުޅާ

 އަމަލުތައް ހެޔޮކަންމަތީގައި ތާއަބަދު ބައްޓަންކުރަން
                 ގަދައަޅާ ހިތްވަރު ކުރާށޭ  އެންމެ  ލޮބުވެތި  ދަރިފުޅާ

މިނިވަންކަމުގެ ރަންޔޫބީލް: ރަންކޮށްލި ފަޒާ ފަތިހުގެ

ކިޔާފައިވާ ޢަދަދު: 975

މިނިވަންކަމުގެ ރަންޔޫބީލް:

           ރަންކޮށްލި ފަޒާ ފަތިހުގެ

މުޙަންމަދު ނަޞީރު، އއ.މާޅޮސް

ތަރުނީމު އޮހޭ ޒާރުގެ ، މިނިވަން މި ވުޖޫދުން
                      ތަރުޙީބުދެވޭ   ޚާއްޞަމި   ޔޫބީލުގެ   ރަމްޒުން
              *     *    *    *    *
މާތަކުގެ ޝަޒާ އެކުލެވި، ފަންސާހުގެ  ފަޚުރާ
         މާޙައުލުއެކީ ޝަބްނަމް  ފަރިކޮށްފިޔެ ދައުރާ
                 މާބުރުގެ ލަޙުނުތައްހެދި، ލޯބީގެ މިޝިޢުރާ
                           މާރީތި  ޙަޔާތެއްގެނައީ  އޭގެ  ޝަބާބުން

ދިވެހިން- ދިވެހިންގެ ގޮތުގައި ކުރިޔަށް -1

ކިޔާފައިވާ ޢަދަދު: 1245
ޢަބްދުއްރަޝީދު ޙުސައިން

މިނިވަން ދިދަ އުފުލައިގެން އެކުގައި
           މިނިވަން ފަންސާސް ފާހަގަ ކުރަމާ
                        މިނިވަން ކަމުގައި މިސިޔާދަތުގައި
                                  ދިވެހިން ދިވެހިން ގޮތުގައި ތިބެމާ

ފަސްގަނޑު ނަފްސަށްވުރެ އިސްކޮށްލައި
            ފަސްނުޖެހުނު   ބަޔަކަށް ނިސްބަތްވާ
                         ނަސްލުން އައިކަން ހިތުގައި ބާއްވައި
                                  ގަސްދާ ޢަޒުމާ   އެކުގައި ހިނގަމާ

މިނިވަން ފަންސާހުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 1256
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަން ފަންސާހުގެ ހިނިތުންވުން
    ފިނިރޯޅި ޖެހޭ ފަތުރައި މި ދެނީ 
            ދުނިޔޭގެ ފަޒާގައި ދިވެހި ނިޝާން
                     ފެނި ފާހަގަ ވާހެން ވިހުރިލަނީ
 
އަލިކަމުގައި އިސްލާމީ ނޫރުން 
     ހެލިފެލިވެ ތަރައްޤީގައި އެންމެން 
            ނަލަޤައުމިއްޔަތަކާ ލާމެހިގެން 
                   މިލިގެން އެންމެން ކުރިޔަށް މި ދަނީ