އޭރުގެ ފަތްފުށްތަކުން…. (107)

ކިޔާފައިވާ ޢަދަދު: 1101

هـمـــة އާއިއެކު މަސައްކަތްކުރާ މީހާއަށް އުދަގޫކަމެއްނެތެވެ.

ދޮންތުއްކަލާ 

ދޮންތުއްކަލާ ނުވަތަ ހ. މީރުބަހުރުގޭ  الفاضـــــل محمـــــد إســـــماعيـــــل ދީދީ (رحمہ اللہ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. 
 
محمـــــد إســـــماعيـــــل ދީދީ އަކީ، ތަފާތު ދާއިރާތަކުން ލިޔުއްވައި، ތަރުޖަމާ ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ޅެންވެރިއެއްވެސް މެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ތާރީޚާ ގުޅުންހުރި މުހިންމު ލިޔުންތަކެއް ލިޔުއްވައި ތަރުޖަމާ ކުރައްވައިފައިވެއެވެ. 

ބައްޕަގެ ޝުއޫރު….!

ކިޔާފައިވާ ޢަދަދު: 1301
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ

ބައްޕަދޭ ހެޔޮހާ ނަސޭހަތް އަޑުއަހައިގެން ދަރިފުޅާ
                ބައްޕަ ދައްކާ  ތެދުމަގުން ކުރިއަށް  ހިނގާށޭ  ދަރިފުޅާ

 އަމަލުތައް ހެޔޮކަންމަތީގައި ތާއަބަދު ބައްޓަންކުރަން
                 ގަދައަޅާ ހިތްވަރު ކުރާށޭ  އެންމެ  ލޮބުވެތި  ދަރިފުޅާ

މިނިވަންކަމުގެ ރަންޔޫބީލް: ރަންކޮށްލި ފަޒާ ފަތިހުގެ

ކިޔާފައިވާ ޢަދަދު: 995

މިނިވަންކަމުގެ ރަންޔޫބީލް:

           ރަންކޮށްލި ފަޒާ ފަތިހުގެ

މުޙަންމަދު ނަޞީރު، އއ.މާޅޮސް

ތަރުނީމު އޮހޭ ޒާރުގެ ، މިނިވަން މި ވުޖޫދުން
                      ތަރުޙީބުދެވޭ   ޚާއްޞަމި   ޔޫބީލުގެ   ރަމްޒުން
              *     *    *    *    *
މާތަކުގެ ޝަޒާ އެކުލެވި، ފަންސާހުގެ  ފަޚުރާ
         މާޙައުލުއެކީ ޝަބްނަމް  ފަރިކޮށްފިޔެ ދައުރާ
                 މާބުރުގެ ލަޙުނުތައްހެދި، ލޯބީގެ މިޝިޢުރާ
                           މާރީތި  ޙަޔާތެއްގެނައީ  އޭގެ  ޝަބާބުން

ދިވެހިން- ދިވެހިންގެ ގޮތުގައި ކުރިޔަށް -1

ކިޔާފައިވާ ޢަދަދު: 1268
ޢަބްދުއްރަޝީދު ޙުސައިން

މިނިވަން ދިދަ އުފުލައިގެން އެކުގައި
           މިނިވަން ފަންސާސް ފާހަގަ ކުރަމާ
                        މިނިވަން ކަމުގައި މިސިޔާދަތުގައި
                                  ދިވެހިން ދިވެހިން ގޮތުގައި ތިބެމާ

ފަސްގަނޑު ނަފްސަށްވުރެ އިސްކޮށްލައި
            ފަސްނުޖެހުނު   ބަޔަކަށް ނިސްބަތްވާ
                         ނަސްލުން އައިކަން ހިތުގައި ބާއްވައި
                                  ގަސްދާ ޢަޒުމާ   އެކުގައި ހިނގަމާ

މިނިވަން ފަންސާހުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 1276
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަން ފަންސާހުގެ ހިނިތުންވުން
    ފިނިރޯޅި ޖެހޭ ފަތުރައި މި ދެނީ 
            ދުނިޔޭގެ ފަޒާގައި ދިވެހި ނިޝާން
                     ފެނި ފާހަގަ ވާހެން ވިހުރިލަނީ
 
އަލިކަމުގައި އިސްލާމީ ނޫރުން 
     ހެލިފެލިވެ ތަރައްޤީގައި އެންމެން 
            ނަލަޤައުމިއްޔަތަކާ ލާމެހިގެން 
                   މިލިގެން އެންމެން ކުރިޔަށް މި ދަނީ 

މިނިވަން ދުވަސް

ކިޔާފައިވާ ޢަދަދު: 2707

ޢަބްދުއްރަޙީމް ޢަބްދުﷲ، އަރާއިރު، ލ.ފޮނަދޫ
މިނިވަން ދުވަސް  މިނިވަން ދުވަސް ޤައުމަށް އައީ މިނިވަން ދުވަސް
ދިނިގެން ޤައުމު  އަޅުވެތިކަމުން  ހިނިތުންކުރުވި  މިނިވަން ދުވަސް
އިނގިރޭސި   އިސްތިޢުމާރުގައި  ހޭދަވި   ދުވަސްތައް   ވޭނުގައި 
މިގިރާކުރަން   ކުރި  ހިތްވަރުން  ގެނުވައިދިނީ  މިނިވަން ދުވަސް

މިނިވަން 50ގެ އުފާ

ކިޔާފައިވާ ޢަދަދު: 1541
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް
ޙަޔާތުގެ ދައުރުގައި މިނިވަންކަމަށް ފަންސާސް އަހަރު ފުރުނީ
                      ނަޔާ  މިނިވަންކަމުގެ  ކުލައިން  ހިތަށް  ތާޒާކަމޭ  ލިބުނީ
 
ކިހާ މަތިވެރިވި ޤުރުބާނީއަކާ އަގުހުރި މަސައްކަތަކާ
           މިހާ ފުރިހަމަ ވި ޙުއްރިއްޔަތު ގުޅައިލެވިފައިވި ގޮތްތަކަކާ
                      ޖިހާދުގެ  ހިތްވަރާ  ޢަޒުމޭ  މިހާރުން  ވިސްނުމަށް ފެނުނީ
 
ހުދާ ފެއްސާ ރަތާ ގުޅިގެން ދިވެހިޤައުމީ ނިޝާން ވިހުރޭ
            ނުދާހެން ހިތްވަރާ ޢަޒުމާ  ހަނދާންކޮށްލުން  އެއީ ފަޚުރޭ
                      މުދާ، ހިތްތަކުގެ މުއްސަނދިކަން މިއަދުވެސް ހިތްތަކަށްލިބުނީ

މިނިވަން 50 ގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 914
ޢަބްދުއްރަޙީމް ޢަބްދުﷲ، ލ. ފޮނަދޫ
މިނިވަން ދުވަސް އައީމާ، ގިނިތައް ހިތުގެ  ނިވާލާ
           މިނިވަންކަމާ އެކީގައި  ދިނިގެން  މިއަދު  ތުރާލާ
                    މިނިވަން ދުވަހު ތަހާނީ ފިނިފެންމަލުން  ގަތާލާ
                             މިނިވަން ދިދައިގެ ހިޔަލުން ހިނިތުންވެ ތިބެ ގަތާލާ
ޤައުމަށްޓަކައި މި ދީބުގެ އަގުހުރި ދަރީންވި ޤުރުބާން
           އައުދާނަކަން  މަތީގައި  ގެނުވައިދިނީއެ  މިޒަމާން
                    ގައުމުން ފިލާނުދާނޭ ދުވަހަކު ޔަގީނެ އެ ހަނދާން
                             ޝައުޤާ އެކީ މި ހިތްތައް  ޝުކުރުންވަނީ  ފުރާލާ

މިނިވަން ފަންސާސް އައުމުން…..

ކިޔާފައިވާ ޢަދަދު: 876
ޝަރަފުއްދީން އަބޫބަކުރު، ހއ.ދިއްދޫ
ނަޔާ ޢަޞްރެއްގެ މިނިވަންކަން މިޤައުމުގެ އުދަރެހުން ފެވެނީ.
ނަށައި ލަވަތައްކިޔައި  ހަދަމުން  އުފަލުގައިތާ  އެތިބަ އުޅެނީ.
ޙަޔާތުގެ ދައުރުގައި ފަންސާސް ވުމުން މިނިވަން ކަމާއެކުގައި
ދުޢާތައް ހިތްތަކުން މަތިވެރި އިލާހަށް  އަދު ވެވޭ ހިނދުގައި
ތުރާލާ  އާފަތުން މިނިވަން ވުމަށް ވެސް އެދި ދެއަތް ނެގެނީ.

އަދި ހަރޯދަ ހިފައިލަމާ!

ކިޔާފައިވާ ޢަދަދު: 1478
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ތިމާއަށް ފަރުޟުވީ ޢަދަދަށް ނަވާވީސް ރޯދަ ހަމަކުރުމުން
                    ދިމާއަށް އޮތް ދަރަނި ނިމުނަސް މުހިއްމޭ އަދި ހަޔެއް ހަމަވުން
ޝަހުރު ރަމަޟާނުގައި ވާޖިބުވި ހުރިހާ ރޯދަ ހިފި ނިމުމުން
                    އަހުރެމެންނަށް އޮތީ ޝައްވާލުގައި ހަ ދުވަހުގެ ރޯދަ ހިފުން