މިނިވަން ފަންސާހުގެ ޢަޒުމު

ކިޔާފައިވާ ޢަދަދު: 2406
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަންކަމަށް ފަންސާސް ފުރުން  ހިނިތުންވެ ތިބެ ގެންނާނަމޭ
         މިނިވަން ރަމުޒު   ފެއްސާ ރަތާ  ހުދު  އަތުކޮޅަށް އުފުލާނަމޭ
ފަސްދީ އެދާ  ޢިބްރަތްތަކާ  ވިސްނައި  ބަލައި  މާޒީ އެކީ
         މުސްތަޤްބަލަށް  ޢަޒުމާއެކީ  ގޮސްލަން  ދަތުރު   ފަށްޓާނަމޭ
އައުދާނަކަން  ދެމެހެއްޓުމަށް   ޤައުމަށްޓަކައި ކުޅަ ޚިދްމަތެއް
         ތާރީޚުގައި  ފެވިފައި  ނެތަސް   ތާރީފުގައި    ހިމަނާނަމޭ

ނ.އަތޮޅަށް ނަޒަރެއް….!

ކިޔާފައިވާ ޢަދަދު: 1817
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
ނޫނު މިއަތޮޅުގައި އޮތީ މީހުން ދިރިއުޅޭ ތޭރަ ރަށް
                 ނޫނުއަތޮޅު ބެހިފަވަނީ ޗާޓުން ބަލާއިރު  ދެބަޔަކަށް
އިރު ހުޅަނގު ބިތުގައި އަތޮޅު ރަށްތައްވަނީ ތަރުތީބުކޮށް
                 އިހުޒަމާނުންސުރެ ބަހާލެވިފައި  އިދާރީ އޮނިގަނޑަށް

ދޮންފަނު ދޮން އައިސަ

ކިޔާފައިވާ ޢަދަދު: 1543
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދޮންފަނު މުޙަންމަދު ޔޫސުފު
މޫސާ މަލިމަޔަށް ހުވަފެނުގައި 
ދޮން އައިސަ ދޮންފަނު ފެނުނޯ 
        މިކަމާ މެދަށް ވިސްނާ ވިސްނާ 
              ކުރިޔަށް މަގެއް  އާކޮށިޔޯ،  މޫސާ މަލިމަޔަށް 

މިއީ، ކޮންއެއްޗެއް!

ކިޔާފައިވާ ޢަދަދު: 1516
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝަރަފުއްދީން އަބޫބަކުރު، ހއ.ދިއްދޫ 
މިއީ އެއްޗެއް  ދެވޭ އެއްޗެއް  ހިފާއެއްޗެއް
 މިއީ ގޯހެއް އެދޭ އެއްޗެއް ނުބައި  އެއްޗެއް
މިއީ ސިއްރެއް މިއީ މަކަރެއް މިއީ ގުޅުމެއް
 ނުވާ ފައިދާ  ޙަޤީޤަތުގައި  ނުބައި އެއްޗެއް

ޝާޢިރެއްގެ ފަތިސް

ކިޔާފައިވާ ޢަދަދު: 2149
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ނަޞީރު އިބްރާހިމް  
 
ޝާޢިރެއްގެ    ޝުޢޫރުތައް    ގުގުމާލިޔޭ    އާފާޤުގާ 
        ޢާލަމަށް ފުރަ މެންދަމަކު   ދިން ހަނދުވަރުގެ  ޖަޒުބާތުގާ 
 
މެދު އުޑުން  ދައްކާލި ދަރުބާރެއްގެ  ހުރި  މޫރިތިކަމުން،  
         ނިދި ފިލައި    އޭނާގެ   ދޫ ވީއްލިއްޖެޔޭ    ތާރީފުގާ 

ކަމުގެ ލޯބި

ކިޔާފައިވާ ޢަދަދު: 1350
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯނުގޭ ޙަސަން މަނިކު
 
މަޑުމަޑުން ނެތެމުން، ނުފެނިގޮސް ހަމަ މުޅީން ގެއްލިއްޖެއޭ
  ފަނޑުވަމުން ގޮސް އޭގެ އަސަރާ ރޫޙު ވެސް ގެއްލިއްޖެއޭ
 
އިޙުތިރާމާ އޮތް ކަމޭހިތުމާ ވެވޭ ކަންކަމުތެރޭ
އިހު އެދުށް މާތް ރީތި ސިފަ ހަމަގައިމުވަކިވެ ހިނގައްޖެއޭ
 

ކޮނޑު ދަބަސް

ކިޔާފައިވާ ޢަދަދު: 1629
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލި ފުޅު، ބ. ދަރަވަންދޫ
ކޮންމެ އަންހެނަކަށް  ދިވެހި  ބޭނުންވެޔޭ  އަދު ކޮނޑު ދަބަސް
ކޮންމެ މީހަކު  ބޭރުގައި  ހިނގަނީ  އަޅައިގެން  ކޮނޑުދަބަސް
އުނނަގަނޑާ  ހަމަޔަށް  އެލޭ  ދިގު  ވާގަނޑެއް  ލާފައިމެ ވާ،
އުނނަގަނޑުން ލަކި ޖައްސަމުން ހިނގުމަށް އަޅާނޭ ކޮނޑުދަބަސް
އޭގެ   ތެރެއަށް   ރީތިވާ   ސާމާނު   ހަމަކޮށް  އެންމެ  ހާ،
އޭގެ ތެރެއިން  މޭކަޕްގެ   ސާމާނު   އުނގުޅާ   ކޮނޑުދަބަސް

ކުށެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 2440
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް 
 
ކަލާގެ ޚިޔާލުގައި ދިރިއުޅުމަކީ ޢުމުރުގެ ކުށެއް ނޫނޭ
ކަލާ ފެނުމުން ވެވުން މަސްތެއް  އެއީ  ނަޒަރުގެ  ކުށެއް  ނޫނޭ.
“ހަނދާއޭ!” ހަނދުވަރުގެ ނޫރުން މިޖިސްމަށް ކުރުވި ލޯބި އަސަރު
        ހަނދާނުން ވަކިވެގެން  ނުދިއުން  އެއީ  އަސަރުގެ  ކުށެއް ނޫނޭ.

ހަސަނު ގެންގުޅުނު މިޔަރު

ކިޔާފައިވާ ޢަދަދު: 2176
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު، ހ.އާމުލީގެ
 
ފަސްމާވަގު!  ފަސްމާވަގު  ކުރި  ކަންތައް  ތިހިރީއޭ
                 ދަސްވާ  ގިނަ ކަންތައްތައް  ހުރި  ގޮތަކީ  މިހިރީއޭ
ކުޑަކުޑަ  ވިނަ ގަހަކަށް  ހުރިއިރު ކާނޭފަދައެއް  ނެތްއިރު
                ކުޑަވެސް ފަރަގެއް  ނުމެކޮށް ދެއިރަށް ކާން  މަދިނީއޭ

ހިތަކުން ނުވެސް ފިލިއޭ

ކިޔާފައިވާ ޢަދަދު: 1564
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން ހއ. އުތީމު 
ހިލާ މި ހިތުން ދިލާސާކަން ފިލާދާނޭ ގޮތެއް  ނުވިއޭ    
         މިލާ މޯޅިވެ ތަނޑުން ލެބުނަސް އެމާ ހިތަކުން ނުވެސް ފިލިއޭ
 
އެ ސެހެރީތައް ނުހަނު ދިގުލާ ދިޔަސް ފޫހީގެ އަސަރުނުވާ
         މެސެޖުތައް ބަދަލުވީ ފޯނުގެ ހަނދާން ހިތަކުން ނުވެސް ފިލިއޭ