މިނިވަން 50 ގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 1086
ޢަބްދުއްރަޙީމް ޢަބްދުﷲ، ލ. ފޮނަދޫ
މިނިވަން ދުވަސް އައީމާ، ގިނިތައް ހިތުގެ  ނިވާލާ
           މިނިވަންކަމާ އެކީގައި  ދިނިގެން  މިއަދު  ތުރާލާ
                    މިނިވަން ދުވަހު ތަހާނީ ފިނިފެންމަލުން  ގަތާލާ
                             މިނިވަން ދިދައިގެ ހިޔަލުން ހިނިތުންވެ ތިބެ ގަތާލާ
ޤައުމަށްޓަކައި މި ދީބުގެ އަގުހުރި ދަރީންވި ޤުރުބާން
           އައުދާނަކަން  މަތީގައި  ގެނުވައިދިނީއެ  މިޒަމާން
                    ގައުމުން ފިލާނުދާނޭ ދުވަހަކު ޔަގީނެ އެ ހަނދާން
                             ޝައުޤާ އެކީ މި ހިތްތައް  ޝުކުރުންވަނީ  ފުރާލާ

މިނިވަން ފަންސާސް އައުމުން…..

ކިޔާފައިވާ ޢަދަދު: 1031
ޝަރަފުއްދީން އަބޫބަކުރު، ހއ.ދިއްދޫ
ނަޔާ ޢަޞްރެއްގެ މިނިވަންކަން މިޤައުމުގެ އުދަރެހުން ފެވެނީ.
ނަށައި ލަވަތައްކިޔައި  ހަދަމުން  އުފަލުގައިތާ  އެތިބަ އުޅެނީ.
ޙަޔާތުގެ ދައުރުގައި ފަންސާސް ވުމުން މިނިވަން ކަމާއެކުގައި
ދުޢާތައް ހިތްތަކުން މަތިވެރި އިލާހަށް  އަދު ވެވޭ ހިނދުގައި
ތުރާލާ  އާފަތުން މިނިވަން ވުމަށް ވެސް އެދި ދެއަތް ނެގެނީ.

އަދި ހަރޯދަ ހިފައިލަމާ!

ކިޔާފައިވާ ޢަދަދު: 1647
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ތިމާއަށް ފަރުޟުވީ ޢަދަދަށް ނަވާވީސް ރޯދަ ހަމަކުރުމުން
                    ދިމާއަށް އޮތް ދަރަނި ނިމުނަސް މުހިއްމޭ އަދި ހަޔެއް ހަމަވުން
ޝަހުރު ރަމަޟާނުގައި ވާޖިބުވި ހުރިހާ ރޯދަ ހިފި ނިމުމުން
                    އަހުރެމެންނަށް އޮތީ ޝައްވާލުގައި ހަ ދުވަހުގެ ރޯދަ ހިފުން

ފިޠުރު ޢީދު އައިމާ….

ކިޔާފައިވާ ޢަދަދު: 1611
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޢީދު އައިމާ ހިތްތަކުގެ ރޫޙަށް އުފާ ގެނުވައިފިޔޭ
            ޢީދުގައި ހިތް ހެޔޮކަމާއި  ސަލާމް އެކީ ފަތުރައިފިޔޭ 
ދީނުގައި އޮތް ވަޙުދަތާ އީމާންކަމުގެ ބާރުން ހިތަށް 
            ހީނުވާ ފަދަ އަޚުކަމެއް މުޅި އުންމަތަށް ގެނުވައިފިޔޭ
މުސްކުޅިންނާ ބޮޑެތި މީހުން، ކުޑަކުދީންނާ އެކުއެކީ
            މުސްލިމުންގެ އިޚާވަތުގެ ރޫޙެއް އަލުން ދިރުވައިފިޔޭ

ރަމަޟާން މަސް

ކިޔާފައިވާ ޢަދަދު: 1065
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
މަސްތަކު ތެރެއިން ހެޔޮ އެންމެމާތް މަހަކީ ޔަޤީން ރަމަޟާން މަސް
އަސްލީ ހެވާ އަދި ލާބައިން ފުރިގެންވަނީ ރަމަޟާން މަސް
ޝައިޠާނުތައް ކަސްތޮޅު އެޅޭ އުރެދުންތަކާ ދުރުކޮށްލަދޭ
ޝައިޠާނު ދޭ ވަސްވާހަކަށް ފުރުޞަތު ނުވާ ރަމަޟާން މަސް
ކެތްތެރިކަމާ މަޑުމޮޅިކަމާ މާތް ސިފަތަކުން ވެ ޖަރީވެވޭ
ހިތްތިރިކަމާ އަޅުވެރިކަމުން ހަށިގަނޑު ދިރޭ ރަމަޟާން މަސް

ހިނގާބަލާށެ މި ޤައުމާއި މެދު އަލުން ވިސްނަން!

ކިޔާފައިވާ ޢަދަދު: 1148
އާދަމް ނަޞީރު އިބްރާހީމް (2015) 
 
1. ހިނގާބަލާށެ މި ޤައުމާއި މެދު އަލުން   ވިސްނަން 
          ހިނގާ! ހިނގާ! ރަނގަޅަށް ފިކުރު ހިންގަމުން ވިސްނަން 
                      *****
 
2. ގަލާ ހިލައިގެ އަޅުންނަށް  ވެގެން،  ގުދަށް  ތިއްބާ! 
          ކަލާނގެ ދެއްވި  ހިދާޔަތުގެ   ޙުރުމަތަށް   ވިސްނަން 
 

ވަދާޢުގެ އަސަރު

ކިޔާފައިވާ ޢަދަދު: 1636
އާދަމް ނަޞީރު އިބްރާހީމް (2015) 
 
ރަމަޟާނެ މީ ތިބާގެ   ހިޔާ ދިން މުސާފިރޭ  
           ހަމަ ގައިމެ ތިބާއީ   ހެޔޮކަންކަމުގެ  ނާޒިރޭ
 
އާފާތުގައި ޙަޔާތުގެ  އުރެދޭ   ޟަމީރުތައް  
           ފާފައިން ދުރަށް ލުމުގެ ތިޔައީ އަޞްލު މާހިރޭ
 
ރޫޙާ  ފުރާނަ   މަތިވެރި   ޢާލަމްތަކާ  ގުޅޭ 
          ރޫޙީ ދަރެސްތަކާ    އިލްހާމުގެ    މުޙާޟިރޭ

ރަޙުމަތުގެ މޫސުމެއް ނިމިދަނިއޭ

ކިޔާފައިވާ ޢަދަދު: 935
ރޯނުގޭ ޙަސަން މަނިކު
 
ރަޙުމަތުގެ މޫސުމެއް ނިމިދަނީއޭ، އަހަރެމެންނާ މުޅިން ވަކިވަނީއޭ
       ރަޙުމަތުގެ ނޫރު އަލިކޮށްދެނީއޭ، އިތުރު މާތް މޫސުމެއް  ނިމިދަނީއޭ
ހާދަ އަގުހުރި ފިލާވަޅުތަކެއްދީ، ހާދަ ބޭނުންވި ޢިބުރަތްތަކެއްދީ
       އާދަވެވި  އަޅުކަމަށް ވަގުތުތައްދީ  އާދަކުރި މޫސުމެއް  ނިމިދަނީއޭ
އަދަބު އަޚުލާޤު ދަސްކޮށްދެމުންދާ، މަދަރުވެރި ސިފަ ރިވެތި އަންގަމުންދާ
       މަދަދުވެރި ރޫޙު  ދިރި އާވަމުންދާ  ޤަދަރުވެރި މޫސުމެއް  ނިމިދަނީއޭ

ލޯބިވީމެވެ. އެހެނަސް………

ކިޔާފައިވާ ޢަދަދު: 1227

އާމިނަތު ޝާނީޒް ހއ. ހޯރަފުށި

ފަތިހު ފަތިހާ ތެދުވި ގޮތައް ގެޔަށް ވަދެވުނު އިރު ރޭގަނޑު 8 ޖެހީއެވެ. އަހަރެންގެ ދަރިފުޅަށްވެސް މިއަދު އެއްވެސް ވަގުތެއް ނުދެވެއެވެ. މަންމައާއި ކޮއްކޮގެގެ ހެޔޮކަމާއި އޯގާތެރިކަށްޓަކައި އަހަރެން އިންތިހާއަށް ޝުކުރުވެރިވަމެވެ. އަހަރެންނަކީ ނަރުހެއްކަމުން އުޅެންޖެހެނީ ވަރަށްބުރަކޮށެވެ. ދަރިފުޅުގެ ހުރިހާކަމެއް ބަލަހައްޓާނީ ކޮށްކޮއާއި މަންމައެވެ. ރަށުން ފަރުވާ ނުދެވޭ ބަލިމީހުން ގޮވައިގެން އަތޮޅުހޮސްޕިޓަލަށް ދިއުމާއި އެބަލިމީހުންގެ ޚިދުމަތުގައި ދުވަހުގެ ހަތަރުދަން ހޭދަކުރަނީ ފޫހިކަމެއްނެތިއެވެ. ވެފައި ހުރި ވަރުބަލިކާއި އެކު ފެންވަރާލައިގެން ނިކުތީމެވެ. ބޭނުންވަނީ ނިދާލުމަށެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެދުގެ ހެޑްބޯޑްމަތީގައި އޮތް ދައުވަތު ކާޑެވެ. އެދައުވަތު އަހަންނަށް ލިބޭނެކަން ކުރިންވެސް އެގެއެވެ. ކާޑު ހުޅުވައިގެން އޭގައިވާ އެއްޗެއް ބަލާންބޭނުމެއްނުވިއެވެ.

ފުރަތަމަ ދަރިފުޅު ލިބުނު ހިނދު

ކިޔާފައިވާ ޢަދަދު: 1390
ޢަބްދުއްރަޝީދު ޙުސައިން
 
ޚާލިޤަށް ކުށްތަންވެއޮވެ ޙަމްދާ ޘަނާ ކިޔަމޭ އަޅާ
       ރޯލި ދޭހަށް އަދި އަލަށް  އޭ ލޯބި ފުރަތަމަ ދަރިފުޅާ
 
ފުއްދަވައިދެއްވީ މިމަންމަގެ ހާދަހާ ބޮޑު އެދުމެކޭ
       އައްސަވައި ވޮޑިގަންނަވައި މިކުރާ ދުޢާ އިރުއިރުކޮޅާ