ދެ ދުނިޔެ އެދެންޏާ!

ކިޔާފައިވާ ޢަދަދު: 2136
އާދަމް ނަޞީރު އިބްރާހީމް 
ނަމުރޫދުގެ ދަރުފުނި  ހިތުގައި    ރޯ ނުކުރާށޭ 
               ހަމަ ކޮންމެ ގޮތެއްގައި ވެސް ނެރެ ބޭރު ކުރާށޭ!
ޤާރޫނުގެ ބިޔަ ތަޅުދަނޑިފަތި ލިބުނު ހިނދެއްގައި 
               ޢުޘްމާނުގެ މާތް އަތްތިލައިން  ގޮސް  އެ ނަގާށޭ !

އަދި ނުވޭ

ކިޔާފައިވާ ޢަދަދު: 1813
ރޯނުގޭ ޙަސަން މަނިކު
އަދިނުވޭ  އުންމީދު ކެނޑި މާޔޫސްވެ ހިތް މަރުވާކަށެއް
           އަނދިރިވެވި ދާނޭ  މަގެއް ދުނިޔޭގެނެތި  އޮންނާކަށެއް
 
މީރު ފެންފޮދުވެސް އަރުން ނުދިރޭނެހިތް ދަތި ޙާލުގައި
           ތީރު ޢިސްޤީ ހެރި އެކީ މުޅި ހިތް  ޒަޚަމް ކޮށްލާކަށެއް
 
ވެވުނު ޤުރުބާނީގެ އަގުވެސް ނުލިބުނީތީ ދުނިޔެއިން
           ވެވުނު އާދޭހާއެކީ  ނިކަމެތިވެ  ގޮތް   ހުސްވާކަށެއް

މިނިވަން ފަންސާހުގެ ޢަޒުމު

ކިޔާފައިވާ ޢަދަދު: 2520
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަންކަމަށް ފަންސާސް ފުރުން  ހިނިތުންވެ ތިބެ ގެންނާނަމޭ
         މިނިވަން ރަމުޒު   ފެއްސާ ރަތާ  ހުދު  އަތުކޮޅަށް އުފުލާނަމޭ
ފަސްދީ އެދާ  ޢިބްރަތްތަކާ  ވިސްނައި  ބަލައި  މާޒީ އެކީ
         މުސްތަޤްބަލަށް  ޢަޒުމާއެކީ  ގޮސްލަން  ދަތުރު   ފަށްޓާނަމޭ
އައުދާނަކަން  ދެމެހެއްޓުމަށް   ޤައުމަށްޓަކައި ކުޅަ ޚިދްމަތެއް
         ތާރީޚުގައި  ފެވިފައި  ނެތަސް   ތާރީފުގައި    ހިމަނާނަމޭ

ނ.އަތޮޅަށް ނަޒަރެއް….!

ކިޔާފައިވާ ޢަދަދު: 1906
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
ނޫނު މިއަތޮޅުގައި އޮތީ މީހުން ދިރިއުޅޭ ތޭރަ ރަށް
                 ނޫނުއަތޮޅު ބެހިފަވަނީ ޗާޓުން ބަލާއިރު  ދެބަޔަކަށް
އިރު ހުޅަނގު ބިތުގައި އަތޮޅު ރަށްތައްވަނީ ތަރުތީބުކޮށް
                 އިހުޒަމާނުންސުރެ ބަހާލެވިފައި  އިދާރީ އޮނިގަނޑަށް

ދޮންފަނު ދޮން އައިސަ

ކިޔާފައިވާ ޢަދަދު: 1709

ދޮންފަނު މުޙަންމަދު ޔޫސުފު
މޫސާ މަލިމަޔަށް ހުވަފެނުގައި 
ދޮން އައިސަ ދޮންފަނު ފެނުނޯ 
        މިކަމާ މެދަށް ވިސްނާ ވިސްނާ 
              ކުރިޔަށް މަގެއް  އާކޮށިޔޯ،  މޫސާ މަލިމަޔަށް 

މިއީ، ކޮންއެއްޗެއް!

ކިޔާފައިވާ ޢަދަދު: 1607
ޝަރަފުއްދީން އަބޫބަކުރު، ހއ.ދިއްދޫ 
މިއީ އެއްޗެއް  ދެވޭ އެއްޗެއް  ހިފާއެއްޗެއް
 މިއީ ގޯހެއް އެދޭ އެއްޗެއް ނުބައި  އެއްޗެއް
މިއީ ސިއްރެއް މިއީ މަކަރެއް މިއީ ގުޅުމެއް
 ނުވާ ފައިދާ  ޙަޤީޤަތުގައި  ނުބައި އެއްޗެއް

ޝާޢިރެއްގެ ފަތިސް

ކިޔާފައިވާ ޢަދަދު: 2261

އާދަމް ނަޞީރު އިބްރާހިމް  
 
ޝާޢިރެއްގެ    ޝުޢޫރުތައް    ގުގުމާލިޔޭ    އާފާޤުގާ 
        ޢާލަމަށް ފުރަ މެންދަމަކު   ދިން ހަނދުވަރުގެ  ޖަޒުބާތުގާ 
 
މެދު އުޑުން  ދައްކާލި ދަރުބާރެއްގެ  ހުރި  މޫރިތިކަމުން،  
         ނިދި ފިލައި    އޭނާގެ   ދޫ ވީއްލިއްޖެޔޭ    ތާރީފުގާ 

ކަމުގެ ލޯބި

ކިޔާފައިވާ ޢަދަދު: 1393

ރޯނުގޭ ޙަސަން މަނިކު
 
މަޑުމަޑުން ނެތެމުން، ނުފެނިގޮސް ހަމަ މުޅީން ގެއްލިއްޖެއޭ
  ފަނޑުވަމުން ގޮސް އޭގެ އަސަރާ ރޫޙު ވެސް ގެއްލިއްޖެއޭ
 
އިޙުތިރާމާ އޮތް ކަމޭހިތުމާ ވެވޭ ކަންކަމުތެރޭ
އިހު އެދުށް މާތް ރީތި ސިފަ ހަމަގައިމުވަކިވެ ހިނގައްޖެއޭ
 

ކޮނޑު ދަބަސް

ކިޔާފައިވާ ޢަދަދު: 1753
ސަޢީދު ޢަލި ފުޅު، ބ. ދަރަވަންދޫ
ކޮންމެ އަންހެނަކަށް  ދިވެހި  ބޭނުންވެޔޭ  އަދު ކޮނޑު ދަބަސް
ކޮންމެ މީހަކު  ބޭރުގައި  ހިނގަނީ  އަޅައިގެން  ކޮނޑުދަބަސް
އުނނަގަނޑާ  ހަމަޔަށް  އެލޭ  ދިގު  ވާގަނޑެއް  ލާފައިމެ ވާ،
އުނނަގަނޑުން ލަކި ޖައްސަމުން ހިނގުމަށް އަޅާނޭ ކޮނޑުދަބަސް
އޭގެ   ތެރެއަށް   ރީތިވާ   ސާމާނު   ހަމަކޮށް  އެންމެ  ހާ،
އޭގެ ތެރެއިން  މޭކަޕްގެ   ސާމާނު   އުނގުޅާ   ކޮނޑުދަބަސް

ކުށެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 2521
ޢައްބާސް އިބްރާހީމް 
 
ކަލާގެ ޚިޔާލުގައި ދިރިއުޅުމަކީ ޢުމުރުގެ ކުށެއް ނޫނޭ
ކަލާ ފެނުމުން ވެވުން މަސްތެއް  އެއީ  ނަޒަރުގެ  ކުށެއް  ނޫނޭ.
“ހަނދާއޭ!” ހަނދުވަރުގެ ނޫރުން މިޖިސްމަށް ކުރުވި ލޯބި އަސަރު
        ހަނދާނުން ވަކިވެގެން  ނުދިއުން  އެއީ  އަސަރުގެ  ކުށެއް ނޫނޭ.