އިޚުލާޞްތެރި ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 1947
 
ލިޔުންތެރީންގެ ގުޅުން

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ “ޢާއިލާ”ގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުންނަށް އަދަބިއްޔާތުގެ ދާއިރާގެ އެކި ރޮނގުރޮނގުން އެކި ޚިދުމަތަށް އިނާމުލިބިވަޑައިގެންފައިވާތީ މިދަންނަވާ ބޭފުޅުންނަށް ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ވަރަށް އުފަލާއެކު ނުހަނު އިޚުލާޞްތެރި ތަހުނިޔާއެއް އަރިސްކުރަމެވެ.

ދިވެހިންގެ މަސްވެރިކަމަށް ނަޒަރެއް….!

ކިޔާފައިވާ ޢަދަދު: 2378
އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ
 
ދިވެހި މަސްވެރިކަން އެއީ ދިވެހިންގެ ޚާއްޞަ މަސައްކަތެއް 
                ދިވެހި ކާބަފައިންގެނެސްދިން ދިވެހި ވަންތަ މަސައްކަތެއް
 
ފަޚުރުވެރި   ޖޯޝާއެކީ އިހުގައި  އެވޭލާ  ކާބަފައިން 
                ގަދައަޅާ ކުރަމުން އެއީ  ގެންދިޔަ މުރާލި  މަސައްކަތެއް

ތިމާވެށި ރައްކާތެރިކުރުން މިއީ އެންމެންގެ ޒިންމާއެއް…..!

ކިޔާފައިވާ ޢަދަދު: 3298
އަބޫބަކުރު އާދަމް ސިލްވަރބިޗް ނ.މަނަދޫ
ތިމާވެށި އޭގެ ރައްކާތެރި މަޤާމެއްގައި އަބަދު ބާއްވަން
                 ތިމާދިރިހުރިހިނދެއްގައިވާނެޔޭ އެކަމަށް ނަޒަރު ހިންގަން
ރަށުގެ ގޮނޑުދޮއްތަކާއިރަށުގެ އެތަންމިތަނަށްމެކުނިނާޅާ
                 ރަށުގެ މާހައުލު އެންމެން އެކުވެގެންވީސާފުކޮށް ބާއްވަން 

ރަށްރަށުގެ ނަން (1)

ކިޔާފައިވާ ޢަދަދު: 3708
ޢަބްދުއްރަޝީދު ޙުސައިން 
ކުރީއްސުރެ ރަށްރަށަށް ކީ ނަން މިއަދު އުވިގެން އެ ދިޔައީޔޭ
             ދަރިންނަށް ނޭނގިތިބެ އަދު އައު ނަމަށް ދޫ ހޭނި ނިމުނިއްޔޭ
 
މި ލަންކަންފިނޮޅަކީ އަދު ޕެރަޑައިސް އައިލެންޑު ނޫންތޯއޭ
             ދުލަށް އަދި ހިތުތެރަށް ކުޑަވެސް ސުވާލެއް ނުވަދެ އެނގުނިއްޔޭ

ޙަޤީޤަތް

ކިޔާފައިވާ ޢަދަދު: 2144
ޙަސަން ޒާހިރު ޢަބްދުއްރަޝީދު(ޢަންދަލީބު)، ހއ. އިހަވަންދޫ
 
މަލެއް  ހަމަ   ފޮޅިލުމާއެކުގައި، މަލަށް  އާދޭ  އެތައް މާބުރު 
               މަލެއް ވަސްނެތި  މިލައިދިއުމުން،  މަލަށް  ނާދޭ  ހިލާ  މާބުރު
ކަމެއް  އެދިގެން   އުޅޭއިރުގައި ،  ގޮވައި  އެކުވެރިވެލައި  ހަދަޔޭ
               ނަމެއް ހަމަ ލިބި އުހަށް އެރުމުން، ފިތޭ އިރުގައި ނުވެސް ދަނެޔޭ

ހިޖުރައިގެ ޒިކުރާވުމުން

ކިޔާފައިވާ ޢަދަދު: 4097
ޙަސަން ޝާކިރު މުޙައްމަދު

ހިޖުރައިން އުންމަތުގައި ފެތުރި  އުޖާލާ  ކަމަކުން،
            އިތުރު އުންމީދު  ގެނެސްދީފިއެ، ޒިކުރާ  ވެވުމުން.

އަޚްކަމާ އެކުވެރިކަން  އޭގެ  މިސާލެއް  ނެތުމުން،
            އަހުރަވެތިކަން  ހިތުގައި  އާކުރުވައިލައިފި  އަލުން.

ފެނަކައިގެ ލަވަ

ކިޔާފައިވާ ޢަދަދު: 3371

ވަޒަން: ޤައުމަށް އައި މިނިވަން ނޫރާނީ..

ޢަބްދުއްރަޝީދު ޙުސައިން
ކުރެވޭ އުއްމީދު ތަކާ  މެދުގައި  އިތުބާރު ޔަގީނުން  ވެސް  ލިބުނީ
       ކުރި ވަޢުދެއް މާގިނަ ދުވަހެއްނުވެ،   ފުދުމުން މި ޙަޤީޤަތް ހާމަ ވަނީ

ގިނަ ބަޔަކަށް ހަމަޖެހުމެއް ލިބިގެން، ރަށުގައިހުރި ޚިދްމަތް ރަނގަޅުވެގެން
       ފެނަކައިގެ މަސައްކަތް  އަގުކުރަމުން ހުރިހައި އަތޮޅެއް ހިނިތުން ވެލަނީ

ކުރިޔަށް ދިވެހި އަންހެނުން

ކިޔާފައިވާ ޢަދަދު: 3233

ވަޒަން: ދިވެހިބިންމީ އުފަން މަގޭ ބިން

ޢަބްދުއްރަޝީދު ޙުސައިން

ހާދަ ހާވާ ހިތް ހަމަ ޖެހޭނޭ
       މާދަމާއެއް ސިފަކޮށް ދެވޭނޭ
              ހާދަ މިތިބީ ޚިދްމަތް ތެރިންނޭ
                     ސާބަހޭ ދިވެހި އަންހެން  ދަރިންނޭ

ތަން ޢުލޫމީ ޖަރީ ކުރާ އިރު
       ތަންމިނަށް މަގުތައް ހުޅުވިދާއިރު
              ދަންމަރެއް  އުފުލާތީ  ބަލާއިރު
                    ފެންނަނީ މޮޅު  އަންހެން  ދަރީންނޭ

ދަނޑުވެރިކަމުގެ އަމާޒު

ކިޔާފައިވާ ޢަދަދު: 1770
ޢަބްދުއްރަޝީދު ޙުސައިން
ފުރުޞަތޭ ހުޅުވިދާ ފެންނަނީ ކުރިމަތީން
     ކުރިފަޅައި ބޮޑުވެ ފައްކާވެދާ ގޮތް މަތީން
          ދަނޑުވެރިންނަށް މިއީނަމަ ބަލާއިރު ވަކީން
               ފަރުދަކަށް ކޮންމެ ދަނޑުވެރި އަމާޒޭ ޔަގީން

އަޟުޙާ ޢީދުގެ ތަހްނިޔާ

ކިޔާފައިވާ ޢަދަދު: 3132
ޢަބްދުއްރަޝީދު ޙުސައިން
ޢީދު އަޟުޙާ އައުމާ އެކީގައި މީދަންނަވާ ހެޔޮހިތުން ތަހްނިޔާ
       ރީތި ފަރިހައި މަލުން ހެން ގަތާލައި، ހެޔޮބަސްތަކުން ދަންނަވާ ތަހްނިޔާ

އެންމެހެނދުނާ ނަލަކަންމަތީގައި އެންމެންއެކީގައި ޖަމާޢަތްހަދައި
       ދެން ސަލާމުން  އަތްތައް ގުޅާލައި  ހިނިތުންވެތިބެ ދަންނަވާ ތަހްނިޔާ