ރޯދަމަސް އައުމާއެކީ….

ކިޔާފައިވާ ޢަދަދު: 2159
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
ރޫޙު ދީނީ އާވަމުންދޭ ރޯދަމަސް އައުމާއެކީ
            ނޫރު ދީނީ  ފެތުރެމުންދޭ  ރޯދަމަސް  އައުމާއެކީ
އެކިދިމާއިން ހެޔޮ ނަސޭހަތް މީސްތަކުންނަށް ހެޔޮއަދައި
            އެކި ވައުޡުތައް އިއްވަމުންދޭ ރޯދަމަސް އައުމާއެކީ

ރަމަޟާނުގެ ޝިކާޔަތު

ކިޔާފައިވާ ޢަދަދު: 2897
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ނަޞީރު އިބްރާހީމް
މޭގެ ހުރިހައި   ބަލިތަކާ  ރޫޙާ ހިތަށް  ފަރުވާ ކުރާން
             މީގެ އެއް އަހަރުގެ ކުރިން އައިމޭ   ތިބާ ޠާހިރު ކުރާން
ދެއްވި އިލްހާމާ ޝިފާ ބަރުތީލަކޮށް  ތިޔަ ޙައްޤުގައި 
             އެއްމަހުގެ މުއްދަތު  ނުދޭހޭ  ފާއިތުވެ   ޚިދުމަތް ކުރާން

އަޅުގަނޑުގެ ނަޒަރުގައި ރޯދަމަސް….!

ކިޔާފައިވާ ޢަދަދު: 2563
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ
ރޯދަމަހަކީ ރަހުމަތުން ފުރިފައިވި ބަރަކާތްތެރި މަހެއް
             ރޯދަމަހަކީ  އަޅުކަމާ  ތަޤުވާގެ  މަތިވެރި  މައްސަރެއް
ހެޔޮކަމުގެ ތިލަފަތް ބަރުކުރަން އެދެވިގެން ކުރިއަށްހިނގަން
             ހެޔޮމަގެއް ތަނަވަސް ހުޅުވިފައި އޮތް އެއީ ހެޔޮ މައްސަރެއް

ރަމާޟާން މަހަކީ……

ކިޔާފައިވާ ޢަދަދު: 4956
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިލާހީ ޙަޟުރަތުން ދެއްވެވި  ވަރަށް  މަތިވެރިވި  ނިޢުމަތެކޭ
       ކިލާ ހިތްތައް އަލުން  ޠާހިރުކުރަން އޮތް   އާދެ! ފުރުޞަތެކޭ

ކުރުން އިސްރާފު ދޫކޮށްލައި ޞަބްރުވެރިކަންމެ އިސްކޮށްލައި
       ހުރުން  މަތިވެރި  ހިދާޔަތުގައި  އަލުން  އާކޮށްލެވޭ  މަހެކޭ

ރަމަޟާން ކަރީމާއެކު…!

ކިޔާފައިވާ ޢަދަދު: 4490
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު

ރަޙްމަތާ މަޣުފިރަތު، ނަރަކައިން ދިންނަވާ ރަމަޟާން ކަރީމް
      އަހުރެމެން  އެންމެންގެ މައްޗަށް  ލައްވަވާށިއެ، ޔާ! ރަޙީމް
ގުނެވެމުން މިހިނގާ ދުވަސްތައް އެންމެ ހެޔޮވީ ގޮތް މަތީން
      ކުރެވުމަށް  ހެޔޮހާ  ޢަމަލުތައް  ހިންމަވާށިއެ، ޔާ! ކަރީމް

އެދިގެން

ކިޔާފައިވާ ޢަދަދު: 3399
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ސަލާމް ކޮށް މަރުޙަބާ ކިޔެނީ ސަލާމަތްކަން ލިބުން އެދިގެން
                އަލާފިލުވޭނެ ހެޔޮގޮތުގައި  މި މައްސަރު ލެއްވެވުން އެދިގެން

މި ހުރިހާ  ކުޅިވަރާއިމަޖާ  ދުނިޔެވީ  ކުލަތަކާއި  އެކުގައި
                މިއައިރޯދައިގެ އަޅުކަން ހެޔޮގޮތުން ކުރެވުން ވުމަށް އެދިގެން

ޝުކުރުގެ ތަރާނާ

ކިޔާފައިވާ ޢަދަދު: 5320
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

 ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމުގެ އަތޮޅު މުބާރާތަށް އުނގޫފާރަށް ދިޔަ އެންމެންގެ ހިތުގެ ޝުޢޫރު – 2004

ލަވަ ހެއްދެވީ:
   ޙަސަން ޝާކިރު މުޙައްމަދާއި،
   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރާއި
   އަޙުމަދު ސަލީމް (ސައްލޭ)


މިއީ، 2004 ވަނަ އަހަރު ރ. އުނގޫފާރުގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބޭއްވި “ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމުގެ އަތޮޅު މުބާރާތު”ގެ ބައިވެރީންނާއި ބަންޑާރަވެރީންގެ ހިތުގެ ޝުޢޫރު ހާމަކޮށްލުމަށްޓަކައި މުބާރާތުގެ ވަދާޢީ ޙަފުލާގައި ފަނޑިޔާރުން ހުށަހެޅުއްވި ލަވައެކެވެ. މި ލަވަ ބައިގަޑިއެއްހާއިރުގެ ތެރޭގައި ހައްދަވައިދެއްވީ ފަނޑިޔާރުންގެ ގޮތުގައި ވަޑައިގަތް ބޭފުޅުންގެ ތެރެއިން 3 ބޭފުޅެކެވެ. މި ލަވަ އަޅުގަނޑުމެން މި ޝާއިޢުކޮށްލީ ހަނދާނާއި ތާރީޚަށްޓަކައެވެ. މި ޅެން “ފަތްތޫރަ” މަޖައްލާގައިވެސް ޝާއިޢުކޮށްލެއްވުން ވަރަށް މުހިއްމެވެ. މި ލަވަ މީގެ ކުރީން ޝާއިޢުކުރެވިފައެއް ނުވާނެ އެވެ.

އެއްހާސް އަހަރު (އަށް ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ،
6 ޖޫން 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަޅެއްގެ ގޮތުގައިތަ؟” އެއްވެސް އުއްމީދެއް ނެތް ކުރަކި ވެފައިވާ އަޑަކުން ބިޝާރާ ސުވާލު ކުރިއެވެ.

” އާނ!” ޔަރަސްގެ ޖަވާބު ކުރުވެފައި ޤަބޫލުކުރަން ދައްޗެވެ. ބިޝާރާގެ ދެ ލޮލުން ފެންނަން ހުރި އުއްމީދުގެ އުޖާލާކަން ފަނޑުވެގެން ދިޔައެވެ. ޔަރަސްގެ ޖަވާބު ޤަބޫލުކުރަން ދަތިވިއެވެ. ޚުދު ޔަރަސް އަށް ވެސް އޭނާގެ އަނގައިން ބޭރުކޮށްލެވުނު ކުރު ޖުމްލަ ވެގެންދިޔައީ ހައިރާންކަން ލިބެނިވި ޤަބޫލުކުރަން ދަތި ކަމަކަށެވެ. ބިޝާރާގެ މޫނަށް ހިނދުކޮޅަކަށް ނަމަވެސް ގެނުވި އުޖާލާކަން ފަނޑުވެގެން ދިޔަގޮތް ޔަރަސް އަށް ހަމަ ރަނގަޅަށް ވެސް އިޙްސާސް ކުރެވުނެވެ.

މި ކަމުގައި ލަދެކޭ ގަތީ، އަތްބައްތިއެއް ނޫން.. ނަންގަތިން

ކިޔާފައިވާ ޢަދަދު: 2643
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ކާފަމެން އަތްބައްތި ފުމެ ނިއްވާލިތަން އެއް އަރިމަތިން
                    ސާފުކޮށް ފެނުނޭ އަހަރެމެންނަށް  ދިމާ   ލޯ ކުރިމަތިން،

އޭރު މިގެ މީ ފަންފުރާޅެއް   ހަތަރު މުޑިޔަށް ބަރުކުރާ،
                    ބޭރު ބިތުގައި ވޭ ވަށައިގެން ތިންރެހަށް ފަންބަރި ދެތިން،

ގޭ ބަގީޗާއެއް، ތިޖޫރީއެއް    ނެތީމާ  އޭރުގާ،
                    ބޭނުމެއް ނޫން ފޯރި މެރުމަށް ބަޔަކު   ގޭ ތިރިޔާ މަތިން،

ޚާލިޤުވަންތަ ﷲ

ކިޔާފައިވާ ޢަދަދު: 1779
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ނަޞީރު، އއ.މާޅޮސް
ވުޖޫދާ ކާއިނާތު އުފެއްދެވީ، މަތިވެރިވިމާތް ﷲ
           ނުޖޫމާ އިރުހަނދާ އަފުލާކުތައް ލެއްވީ އިތުރު ﷲ

މަލާމެލި އޭގެ މީރުވަހާ، ބަލާލަން ރީތި ފިޔަ ހުރިހާ
           އަލާކެނޑިދާ ޢަބީރު އުފެއްދެވީ އިކުލީލުގައި   ﷲ

ގަހާގެހި ބިންތަކުން ފަޅުވައި، މަހާމެހި ކަނޑުތަކުން ދިރުވައި
           ބަހާރާ އަދި ޚަރީފު މިދޭހުގައި ލެއްވީ އިތުރު  ﷲ