ރަށްރަށުގެ ނަން (1)

ކިޔާފައިވާ ޢަދަދު: 3884
ޢަބްދުއްރަޝީދު ޙުސައިން 
ކުރީއްސުރެ ރަށްރަށަށް ކީ ނަން މިއަދު އުވިގެން އެ ދިޔައީޔޭ
             ދަރިންނަށް ނޭނގިތިބެ އަދު އައު ނަމަށް ދޫ ހޭނި ނިމުނިއްޔޭ
 
މި ލަންކަންފިނޮޅަކީ އަދު ޕެރަޑައިސް އައިލެންޑު ނޫންތޯއޭ
             ދުލަށް އަދި ހިތުތެރަށް ކުޑަވެސް ސުވާލެއް ނުވަދެ އެނގުނިއްޔޭ

ޙަޤީޤަތް

ކިޔާފައިވާ ޢަދަދު: 2355
ޙަސަން ޒާހިރު ޢަބްދުއްރަޝީދު(ޢަންދަލީބު)، ހއ. އިހަވަންދޫ
 
މަލެއް  ހަމަ   ފޮޅިލުމާއެކުގައި، މަލަށް  އާދޭ  އެތައް މާބުރު 
               މަލެއް ވަސްނެތި  މިލައިދިއުމުން،  މަލަށް  ނާދޭ  ހިލާ  މާބުރު
ކަމެއް  އެދިގެން   އުޅޭއިރުގައި ،  ގޮވައި  އެކުވެރިވެލައި  ހަދަޔޭ
               ނަމެއް ހަމަ ލިބި އުހަށް އެރުމުން، ފިތޭ އިރުގައި ނުވެސް ދަނެޔޭ

ހިޖުރައިގެ ޒިކުރާވުމުން

ކިޔާފައިވާ ޢަދަދު: 4201
ޙަސަން ޝާކިރު މުޙައްމަދު

ހިޖުރައިން އުންމަތުގައި ފެތުރި  އުޖާލާ  ކަމަކުން،
            އިތުރު އުންމީދު  ގެނެސްދީފިއެ، ޒިކުރާ  ވެވުމުން.

އަޚްކަމާ އެކުވެރިކަން  އޭގެ  މިސާލެއް  ނެތުމުން،
            އަހުރަވެތިކަން  ހިތުގައި  އާކުރުވައިލައިފި  އަލުން.

ފެނަކައިގެ ލަވަ

ކިޔާފައިވާ ޢަދަދު: 3543

ވަޒަން: ޤައުމަށް އައި މިނިވަން ނޫރާނީ..

ޢަބްދުއްރަޝީދު ޙުސައިން
ކުރެވޭ އުއްމީދު ތަކާ  މެދުގައި  އިތުބާރު ޔަގީނުން  ވެސް  ލިބުނީ
       ކުރި ވަޢުދެއް މާގިނަ ދުވަހެއްނުވެ،   ފުދުމުން މި ޙަޤީޤަތް ހާމަ ވަނީ

ގިނަ ބަޔަކަށް ހަމަޖެހުމެއް ލިބިގެން، ރަށުގައިހުރި ޚިދްމަތް ރަނގަޅުވެގެން
       ފެނަކައިގެ މަސައްކަތް  އަގުކުރަމުން ހުރިހައި އަތޮޅެއް ހިނިތުން ވެލަނީ

ކުރިޔަށް ދިވެހި އަންހެނުން

ކިޔާފައިވާ ޢަދަދު: 3382

ވަޒަން: ދިވެހިބިންމީ އުފަން މަގޭ ބިން

ޢަބްދުއްރަޝީދު ޙުސައިން

ހާދަ ހާވާ ހިތް ހަމަ ޖެހޭނޭ
       މާދަމާއެއް ސިފަކޮށް ދެވޭނޭ
              ހާދަ މިތިބީ ޚިދްމަތް ތެރިންނޭ
                     ސާބަހޭ ދިވެހި އަންހެން  ދަރިންނޭ

ތަން ޢުލޫމީ ޖަރީ ކުރާ އިރު
       ތަންމިނަށް މަގުތައް ހުޅުވިދާއިރު
              ދަންމަރެއް  އުފުލާތީ  ބަލާއިރު
                    ފެންނަނީ މޮޅު  އަންހެން  ދަރީންނޭ

ދަނޑުވެރިކަމުގެ އަމާޒު

ކިޔާފައިވާ ޢަދަދު: 1932
ޢަބްދުއްރަޝީދު ޙުސައިން
ފުރުޞަތޭ ހުޅުވިދާ ފެންނަނީ ކުރިމަތީން
     ކުރިފަޅައި ބޮޑުވެ ފައްކާވެދާ ގޮތް މަތީން
          ދަނޑުވެރިންނަށް މިއީނަމަ ބަލާއިރު ވަކީން
               ފަރުދަކަށް ކޮންމެ ދަނޑުވެރި އަމާޒޭ ޔަގީން

އަޟުޙާ ޢީދުގެ ތަހްނިޔާ

ކިޔާފައިވާ ޢަދަދު: 3425
ޢަބްދުއްރަޝީދު ޙުސައިން
ޢީދު އަޟުޙާ އައުމާ އެކީގައި މީދަންނަވާ ހެޔޮހިތުން ތަހްނިޔާ
       ރީތި ފަރިހައި މަލުން ހެން ގަތާލައި، ހެޔޮބަސްތަކުން ދަންނަވާ ތަހްނިޔާ

އެންމެހެނދުނާ ނަލަކަންމަތީގައި އެންމެންއެކީގައި ޖަމާޢަތްހަދައި
       ދެން ސަލާމުން  އަތްތައް ގުޅާލައި  ހިނިތުންވެތިބެ ދަންނަވާ ތަހްނިޔާ

” ނަސޭހަތެކޭ މި ޔާރުންނޭ! “

ކިޔާފައިވާ ޢަދަދު: 1927
ޙަސަން ޒާހިރު ޢަބްދުއްރަޝީދު (ޢަންދަލީބު)، ހއ. އިހަވަންދޫ
ހިތާއި  ދުލާ  މި  ޝަކުވާކޮށް،  ގޮވާ   ނަގަނީއެ  ޔާރުންނޭ
             ހިތާމައިގައި  ދެ   ގުނަވަންވެސް،   ފަނާވެދަނީއެ   ޔާރުންނޭ!

ނެތީއެގޮތެއް   ފޮތެއްއުޅުމަށް،   “ޖަހާހާ   ބެރަކަށޭ  ނަށަނީ”
             ނެތީމާ  މިންވަރެއް   އަޚުލާޤު،   ރޮވޭގިސްލައިފަ   ޔާރުންނޭ!

ބައްޕަގެ ހެޔޮނަސޭހަތް…!

ކިޔާފައިވާ ޢަދަދު: 2440
މިއީ ލިޔުންތެރީނގެ ގުޅުމުގެ މެންބަރުންނަށް ޝާއިޢުކޮށްފައިވާ ޅެމެކެވެ.

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ

ހެޔޮބަސް އަހައިގެން ހެޔޮލަފާ އުޅުމެއް އުޅޭށޭ ދަރިފުޅާ
              ހެޔޮ  ނިޔަތުގައި   ހެޔޮއަމަލުތައް ފަށްފަށް ކުރާށޭ  ދަރިފުޅާ
އަންނަނިވި ކުރިމަގު އަލިކުރަންއޮތް ރޫހުގައި ހިތްވަރުކުރަން
              އަންގާ  ނަސޭހަތް ތެރިވަމޭ  ހިޔަހާސް ފަށުން އެދި ދަރިފުޅާ

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(30)

ކިޔާފައިވާ ޢަދަދު: 1837
ދިވެހި تاريخ އާއި ثقافۃ އަށް خدمۃ ކުރާ مجلس
      ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
          މާލެ، ދިވެހިރާއްޖެ                    نمبر:81/1

اعلان

ދިވެހި ثقافۃ އާބެހޭ ކުޅިވަރުތައް އެކަށީގެންވާ ފެންވަރެއްގައި ދެމެހެއްޓުމުގެ ގޮތުން ދިވެހި تاريخ އާއި ثقافۃއަށް خدمۃ ކުރާ مجلسން ވަނީ ވިސްނަވައި ގޮތެއް ކަޑައަޅުއްވައިފައެވެ. މިގޮތުން މިހާރު މާލެއާއި ރާއްޖެތެރޭގައި ކުޅޭކުޅިވަރުތައް ރަސްމީފަރާތެއްގައި ދެއްކުމުގެ ކުރިން އެކުޅިވަރެއްބަލާ ފާސްކުރުމަށްވަނީ ނިންމާފައެވެ.