ރޯދައިގެ ބަސް (2)

ކިޔާފައިވާ ޢަދަދު: 2215
           
ރޯނުގޭ ޙަސަން މަނިކު
މިއަހަރަށް ވަކިވާން ޖެހިއްޖޭ، ވަގުތު ކުޑަތަން ވެއްޖެއޭ
          ތިޔަ އަޚުންނާ އުޚުތުނާ  ވަކިވާ  ވަގުތު  އަތުވެއްޖެއޭ

ކޮންމެ އަހަރަކުވެސް މިފުރުސަތު އެންމެނަށް ހޯދައިދެމޭ
          ކޮންމެ މީހަކު ހިތްފުރަން ގިނަ  ވަގުތުތައް  ހޯދިއްޖެއޭ

فلسطينގެ حالއާ މެދު…..!

ކިޔާފައިވާ ޢަދަދު: 4525
حســــن شـــاكر محمـــــد

فلسطينގެ أخން، أخت ންގެ   حالއާ މެދު ވަރަށް  ދެރަވޭ      
އަވަސް حلّއެއް އެ مسألةއަށް އައުން  އެދިގެން دعاء ކުރެވޭ

އަމިއްލަ ބިމާއި  ވަޒަނާމެދު  ދުރުންއައި  ބަޔަކު  ގަދަދައްކާ
އަމިއްލަ ކުރަން، އެހިންގާ  ބޮޑު جريمة އިން  ހިތަށް ތަދުވޭ

ރޯދަމަސް

ކިޔާފައިވާ ޢަދަދު: 2598

     އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
     ރޯދައިގެ މަތިވެރި ނިޢުމަތަށް މިނެއްނެތޭ 
                          ރޯދައިގެ  އަޅުކަމާ  ދުރުހެލިވާހިތެއް ނެތޭ
     އަސްލެއްކަމަށްވަނީ އިންސާނީ ޖަމާއަތަށް 
                          އަޞްރީގޮތުން  ލިބޭ ތަހުޒީބުގެ  ސަލާމަތޭ

ރޯދަމަސް އައިމާ…….

ކިޔާފައިވާ ޢަދަދު: 4751
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އައުމުންތިބާ، ލިބެވުނު އުފާ ބުނެދޭން މަށަށް ހަމަ ނޭނގެނީ
           ޤައުމަށް ނުވަތަ މުޅި އުންމަތަށް  އުފަލޭ ތިބާ  ފަތުރައިދެނީ

ކައިބޮއި މަޖާކޮށް މުޅި ދުވާލުގެ ވަގުތުގައި އިސްރާފުކޮށް
           ބައިބައިގަނޑަށް  ބުއިހާ  ކޮފީ  ގައިމޭ  ދުވާލަށް ހުއްޓެނީ

ކަލާ އައުމުން…!

ކިޔާފައިވާ ޢަދަދު: 3256

އާދަމް ނަޞީރު އިބްރާހީމް

ކަލާ އައުމުން ހިތަށް މި ލިބޭ އުފާ ކިހިނެއް ބަޔާން ކުރަނީ
           ބަލާން ހުއްޓައި ލޮލާ މާ ދުރުދުރަށް ނިދި ވެސް އެ ގޮސް އޮބަނީ
އަރާމުގެ ރީތި މަޑު ތަންމަތިތަކަށް ލެނބިފައިވި މޮޔަ ހިތް ވެސް
          ހަރާމޭ ބުނެ މި ހުރިހައި ވަހުމުތައް،   ވަގުތުން   ބަރީއަ ވަނީ

ރޯދަމަސް

ކިޔާފައިވާ ޢަދަދު: 3103
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ރޯދަމަސް ގިނަގުނަ ވި ފައިދާ  ލިބި ދެއޭ ޝައްކެއް ނެތޭ
             ރޯދައިން ދީނީ ދުނިޔެވީ ގިނަ  ރަނގަޅުތައް     ހޯދެޔޭ

ސިއްހަތަށް ރޯދައިގެ ފައިދާ  ހާދަ ބޮޑު  ކަމުގައި  ވެގެން
             ސިއްހަތުގެ އެކި މާހިރުން އެކަމުގެ ސަބަބުތައް ނެރެ ދެޔޭ

ރަމަޟާން މަހުގެ ޚާއްޞަކަން

ކިޔާފައިވާ ޢަދަދު: 3206

ޢަބްދުއްރަޝީދު ޙުސައިން

ރޯދަޔަށް ރަމަޟާން މަހުގެ ވަކި ސިފަ ތަކެއް ލިބިފައި ވެޔޭ
     ހޯދި  މިންވަރަކަށް  މިކަން  ހިތުގައި   ވަޒަން   ކުރެވޭނެޔޭ

ފެންނަހެން  ކުރެވޭ ނަމާދާ  ދޭ  ޒަކާތާ   ޙައްޖުވުން
     ފެންނަ  ބޭރު ފުށުން  ކަމެއް ނެތި  ރޯދަ   ފުރިހަމަ ކުރެވެޔޭ

ފަހު ދިހަ

ކިޔާފައިވާ ޢަދަދު: 2521
ރޯނުގޭ ޙަސަން މަނިކު
ކުރިއަށް އޮތީ ރަމަޟާންމަހުގެ މާތް ފަހުދިހައިގެ ދުވަސްތަކޭ
             ކުރިމަތިލަނީ އެ ދިހައިގެ ހެޔޮކަން ހޯދުމަށް އޮތް  ރޭތަކޭ

އަޅުކަމުގެ މައްސަރުގައި ވަކީން މާ ޚާއްސަކޮށް ފަހުދިހައަކީ
             ފަޅުކަންފިލައި ހިތްތައް ދިރުން ލިބި ހަމަޖެހޭ މާތް ރޭތަކޭ

މިދީނުގައި ސާބިތުވެގެން ތިބޭށެވެ.

ކިޔާފައިވާ ޢަދަދު: 4269
ހަސަން ޝާކިރު މުޙައްމަދު
މަތިވެރި މިދީނުގައި މާތް ސާބިތުވެގެން ތިބޭށޭ!
          ތެދުވެރިކަމާއެކީގައި ދީނުގެ މަގުން ހިނގާށޭ!
                      ***
ނެތްކަން އެހެން އިލާހެއްދަންނާށެ ސާފުހިތަކުން
          ހެތްކާ ދަލީލު މި ކަމަށް ވާކަން  ޔަޤީން ކުރާށޭ!

ދެމި ތިބެންވީ އީމާންކަން މަތީގައި…..!

ކިޔާފައިވާ ޢަދަދު: 2573

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ

އީމާން ކަމުގެ ފޭރާމުގައި ހުރެގެން އުމުރު ފާއިތުކުރޭ!
              އީމާންކަމުގެ އައްޑަނަ އަތުން ދޫކޮށް ނުލައި ހިތްވަރުކުރޭ!

އިސްލާމު ދީނަށް  ބޯލަނބައި، ދީނުގެ އަޤީދާ ދޫނުކޮށް
              އިސްލާހުވެވިގެން ދިރިއުޅުން ދުނިޔޭގެ އަދު ފުރިހަމަކުރޭ!