ދިވެހި މަސްވެރިކަން ކުރިޔަށް

ކިޔާފައިވާ ޢަދަދު: 7330
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން            ރާގު: ކެޔޮޅާ ބޭބޭ ދޫންޏާ
ކެރިގެން މަސްވެރިޔާއޭ ހިނގާނުކުންނަން ދާން
                ކުރިޔަށް ދާންވީ މަގުތައް ފިސާރި ކޮށަމުން ދާން

ކަޅިގޮސް އަދިވެސް ހުއްޓެނީ،
        ކަޅުބިލަމަސް ކަންނެއްޔަށޭ،
               ކަނޑުފަޅު އިތުރަށް ބޭނުން ނުހިފައި،
                      ތިބެގެން ވެދާނެހޭ، ތިބެގެން  ނުވާނެޔޭ

ލޯފަން ކުއްޖެއްގެ އިޙްސާސް

ކިޔާފައިވާ ޢަދަދު: 7562
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއޮތީ އަހަރެން އެކަނިމާ އެކަންޏެވެ؟ ގާތުގައި އެކަކުވެސް ނެތެވެ. އަހަރެންގެ މި އެކަނިވެރިކަން އިޙުސާސްކުރަނީ ކާކުހެއްޔެވެ؟

މިހާރު އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. އެންމެން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮޓަރިތަކަށް ވަދެ ތިބީ ހެއްޔެވެ؟ އަހަންނަށް ވެސް ވަރުބަލިކަން އެބަ އިޙްސާސްކުރެވެއެވެ. ނިދުމަކީ ވާނުވާ ނޭނގި ތިބުމަށް ކިޔާ ނަމަކީތާއެވެ؟ އެހެންވީއިރު އެންމެން ނިދީބާވައެވެ؟ މަންމަމެން އެ ކިޔާ ރޭގަނޑު އައީކަން ނޭނގެއެވެ. ރޭގަނޑާއި ދުވާލަކީ ކޮބައިހެއްޔެވެ؟ ދުވާލާއި ރޭގަނޑު ވަކިކުރަނީ ކިހިނެއްބާވައެވެ؟ ރޭގަނޑު ވީމާ އިރުއޮއްސެނީއޭ ބުނާތީ އިވެއެވެ. އިރު އޮއްސުނީމާ އަނދިރިވެޔޭ ވެސް މަންމަ ބުނާ އަޑު އަހަމެވެ. އެކަމަކު އިރަކީ ކޮން އެއްޗަކަށް ކިޔާ ނަމެއް ބާވައެވެ؟ އޮއްސުމަކީ ކޮބައިހެއްޔެވެ؟ އަނދިރިވަނީ ކިހިނެއް ހެއްޔެވެ؟ އަނދިރި ހުންނަނީ ކިހިނެއްބާވައެވެ؟ އަހަރެންގެ މި އިޙުސާްތައް އެނގޭނީ ކާކަށް ހެއްޔެވެ؟

ބުލެޓަކުން ނެތިކޮށްލިއަސް ވެސް ނަންފުޅަށް ދެގޮތެއް ނެތޭ!

ކިޔާފައިވާ ޢަދަދު: 2400
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ މޫސާ
މިއަދަކީ، އެމެރިކާގެ ކުރީގެ ރައީސް ޖޯންއެފް. ކެނެޑީ އަވަހާރަކޮށްލިތާ، 50 އަހަރު ފުރުދުވަހެވެ. ދުޝްމިނެއް ޙަމަލާއިން، ޕްރެޒިޑެންޓް ކެނެޑީ އަވަހާރަ ވެފައިވަނީ، 22 ނޮވެންބަރު 1963 ގައެވެ. މި ޅެމަކީ، ކުރީގެ ތާރީޚެއްގައި، އަލްފާޟިލް ޢަބްދުﷲ މޫސާ ހައްދަވާފައިވާ ޅެމެކެވެ. މި މުނާސަބަތާ ގުޅިގެން މި ޅެން މި ސައިޓަށް ހަދިޔާކުރެއްވީތީ، އަލްފާޟިލް ޢަބްދުﷲ މޫސާއަށް ޝުކުރު ދަންނަވަމެވެ.

އާދޭހުގައި ދޫބަންދުވީ

ކިޔާފައިވާ ޢަދަދު: 2759
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސަޢުދު ޢަބްދުލްކަރީމް، ހަވޭލި، އއ.ފެރިދޫ

ވާދޭހުގައި ގޮތް ކަންމިއީ މާދޭހައެއް އަމުދުންނުވީ
             ލާދޭށެ ފިކުރާ  ބުއްދިވީ  އާދޭހުގައި  ދޫބަންދުވީ
ދުރަކުން ބަލާ ދުރުމީއަޅާ ދުރުކައިރިކޮށް ފެނުމުންއަޅާ
             ހުރަހެއްނުވާ އުރަލައި މަޅައި އާދޭހުގާ ދޫބަންދުވީ

މުއްސަނދި، ދިވެހި ޤައުމީގަސް

ކިޔާފައިވާ ޢަދަދު: 4427
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން- ހއ. އުތީމު
 
މަންޒަރެއް ރުއްތަކުން ރީތި ދައްކައިދެޔޭ،
                    ފަންތަކުން ފިނިހިޔާ ޗާލު ފަތުރައިދެޔޭ
ބިންތަކެއްގައި ދިވެހި ފެންނަ ހުރިހާ ހެދޭ،
އިންތަކުން ކައިރިޔާ ދުރުގެ ފާހަގަވެވޭ،
     މިންތަކުން ގަހުގެ އެއްވަނަ ގަހަށް ޙައްޤުވޭ،
    ދިން މަޤާމުން ގަހަށް ޤައުމު ނިސްބަތްވެޔޭ

ހަމައެކަނި ވިދާޅުވެލެއްވުމަށް….(25)

ކިޔާފައިވާ ޢަދަދު: 2539
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އުތީމުގެ ފަހު ދަތުރު

ابراهيم رشيد ހަވަރުތިނަދޫ

ހުރިހާ  އުފާތައް  ގެއްލިގެން  ކުރިދަތުރެކޭ މިބަޔާންވަނީ    
                ހުރިގޮތްކަމުން  ތަޤްދީރުގައި  ކަންވީގޮތޭ  ނަންގަންނަނީ

އަންގާރަ ދުވަހުގެ މެންދުރުން އަބުރާ ދެގަޑިވިހި މިނެޓްގައި   
                ހަންހާރަވެތިވި އުތީމުގައި ތިނަދޫގެ  ބަދަރުން   ވަކިވަނީ 

ތާރީޚް  ތޭރަސަތޭކަ އައްޑިހަ ވަނަ އަހަރުގެ  މުޙައްރަމުން   
                ފާއިތުކުޅައުމާއެކު ސަތާރަ  ދުވަސް  މިދަތުރަށް ފެއްޓުނީ

އެއްބައިވެ އަތުގުޅާލާ

ކިޔާފައިވާ ޢަދަދު: 4422
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުއްރަޝީދު ޙުސައިން
    އެއްބައިވެގެން ތިބޭމީ ދިވެހިންނެ އަތުގުޅާލާ
                      އެއްދީނަކާ  ސިޔާދަތު  ދެމެހެއްޓުމަށް  ގޮވާލާ

މަޑުރޯޅި  މާދުރުންދާ  ލޯބިން މިރާއްޖެ އާދޭ
        ގޮނޑުދޮށްތަކަށް އެ ބީހޭ ފޮނުލީއެ ރާޅުހެކިދޭ
                  ކަނޑުފަޅުގެ ގިނަ މުތީތައް ހުއްޓަސް ހިތަށްއުފާދޭ
                            އުޑުދަށަކު މިވަރު ޗާލޫ ނެތް ރަށްތަކެއް ވިދާލާ

މަގޭ ޤައުމާ ނުކުޅެއްޗޭ

ކިޔާފައިވާ ޢަދަދު: 2786
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން
ޤައުމާ މަގޭ  ދީނާ މަގޭ  އަމްނާ ނުކުޅެއްޗޭ
            ތާރީޚުބަލައި އެނގި ތިބެ ޣައްދާރު ނުވައްޗޭ
                        ދޭނޭ ދިވެހިން ޖާން ވާނޭ ކެރި ޤުރުބާން
                                 އީމާންކަން މަތީ    އީމާންކަން މަތީ

ހޭލާ މިތިބީ ބަވަނަވެފައިވާ ދުނިޔޭގައި
      ނީލަން ކުދިކުދި ޤައުމުކިޔާ ދުނިޔެ ތެރޭގައި
            ހީލަތްތެރި ރޭވުންތެރި އެންމެންގެ ތެރޭގައި
                  ހިތްވަރުހުރި އަދި ސާބިތު ޤައުމެއްގެ ސިފައިގައި
                      ޙިކުމަތު ޢަމަލީގައި މި ސިޔާދަތުގެ މަތީގައި
                           ދޭނޭ ދިވެހިން ޖާން ވާނޭ ކެރި ޤުރުބާން
                                   އީމާންކަން މަތީ    އީމާންކަން މަތީ

ފަނޑުވުމެއް ނެތް ޒިކުރާއެއް

ކިޔާފައިވާ ޢަދަދު: 7346
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަކިބައިން މަތިވެރި މުރުއްވަތްތެރި އެއީ މާތް ދަރިއެކޭ
            ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ  ތަރިއެކޭ

އެކުވެރީންނަށް ހެޔޮ އަދައި އެއްބާރުލުން ދީ ހެޔޮމަގަށް
            އެކު އުޅެން އުނދަގޫކަމެއް ނެތް ނުހަނު  ސާދާ  މިތުރެކޭ

ޢިލްމުވެރިކަން އަދި ނަޒާހަތްތެރިކަމާ ގުޅުވައިލަމުން
            ޙިލްމުވެރިކަމުގައި  ނަމޫނާއެއް  ކަމު   ބެލޭނެ  ޙަލީމެކޭ