ވެރިކަމަކީ!!

ކިޔާފައިވާ ޢަދަދު: 3600
                     
ކަނީރު ޢަބްދުއްރަޙީމް
    ވެރިކަމަށްއިސްވުން އެއީ މުޅި ދުނިޔެ ރަންބިން ވާކަމެއް
                 ވެރިކަމަށް އެރުމާ އެކީ   މީހާ  އަކަޔަނބޯ   ވާ  ކަމެއް
    ވެރިކަމުގެ ކިއްލާ ތެރޭގައި   މަޚުމަލުގެ މަޑު ތަންމަތީ
                 ވެރިކަމުގެ ނަމުގައި އަރާމާ ލައްޒަތުން  ފުރުވާ    ކަމެއް

ބައްޕަގެ އިޚްލާޞްތެރި ނަސޭހަތް….!

ކިޔާފައިވާ ޢަދަދު: 2669
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
 
ބައްޕަދޭ އަގުހުރި ނަސޭހަތުގައި ހިފާށޭ ދަރިފުޅާ
                  ބައްޕަދައްކާ ތެދުމަގުން ކުރިއަށް  ހިނގާށޭ ދަރިފުޅާ

ކަންފަސޭހަކަމާއި ދުރުހެލިވުމުގެ ރޫހު އުފައްދަމުން
                  ކަންކަމަށް  ފަރުވާ  ބަހައްޓައިގެން  އުޅޭށޭ ދަރިފުޅާ

ނަސޭހަތުގެ ބަސްކޮޅެއް….!

ކިޔާފައިވާ ޢަދަދު: 2827

އަބޫބަކުރު އާދަމް  ސިލްވަރބީޗް ނ.މަނަދޫ
        ދިރިއުޅުމުގައި ހެޔޮ އަމަލުތައް  ކުރަމުން އުމުރު ފާއިތުކުރޭ
                 ކެރިގެން އެ އަޒުމާ  ހިތްވަރާއެކު  ދިރިއުޅުން  ފުރިހަމަކުރޭ

        ވަގުތެއް  ނަގާލުމަކާ ނުލައި ފަރުވާ ބަހައްޓައިގެން ވަކިން
                 ވަގުތައް  ސަމާލުވެގެން  ނަމާދު  ބަރާބަރަށްމެ   އަދާކުރޭ

އާ ފެށުމެއް

ކިޔާފައިވާ ޢަދަދު: 3810
ޢަބްދުﷲ ޞާދިޤު
ރީތި ކުލަކުލަޔަށް ނުބަލަމާ! މީހުނަށް އިސްކަން ދެމާ!
                     ރީތިކޮށް އިހު އުޅުނުހެން އުޅެގެން ހިނގާ ކުރިއަށް ދަމާ!
ހީނލަމުން ހިނިތުންވަމުން ފެނުމުން ސަލާންކޮށް އަނެކަކާ
                     މީ ދިވެހި ޤައުމުގެ ދަރިންނޭ  ހީކުރާ  ބަޔަކަށް  ވަމާ!

އިލާހީ ލަޤަބު

ކިޔާފައިވާ ޢަދަދު: 2456
ސަޢީދު ޢަލީ ފުޅު، ބ.ދަރަވަންދޫ
އާދަމް ޞަފިއްޔުﷲ އަކީ  އާދަމް  ދަރިންގެ   ބަފާކަލުން.
              އާދަވެ މި އިންސާނުން  އުޅޭ ބިމުގައިމެ ލެއްވި  ބަފާކަލުން.

އާދަމްގެފާނުގެ  ހަށިކޮޅުން  ހައްވާގެ ފާނުގެ   އުފައްދަވައި،
             އާދަމްގެ ދަރިފަސްކޮޅު އުފެއްދެވި އަޞްލަކީތޯ؟ ދެކަނބަލުން

އިންސާނިޔަތު ފެށިގެންއައީ ދުނިޔޭގެ ބިމުގައި ޔާރުނޭ،
             އިންޞާފުވެރިކޮށް  ދިރިއުޅެން  އާބާދު  ވީތީ  ދެކަނބަލުން

ކާކު ބުނެގެން ތިޔަ އައީ؟

ކިޔާފައިވާ ޢަދަދު: 4029
ޢަބްދުއްރަޝީދު ޙުސައިން

ކާކުބުނެގެން ތިޔައައީ، މިހިތަކު   ޖަހާ ވިންދެއް  ނެތޭ
          ތާކުއޮތް  ގަބުރެއް  ބަލަންނަމަ، އާނ،މަ އަދިވެސް އެބައޮތޭ

ހާދަމީހަކު  ހާދަފަހަރަކު   ބުނެކިޔައިގެންވެސް  ދެކެން،
          ނާދެވުނު  މީހަކު ދެނެއް   ރޯކަށް  އުޅޭނެ   ކަމެއް ނެތޭ

ސިޔާސަތަކީ ދީނުގެ އެއް ބައެވެ.

ކިޔާފައިވާ ޢަދަދު: 5780
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ދީނަކީ  ކަންތައް  ކުރަންވީ  ގޮތް  އެނގޭނޭ ހަމަތަކޭ
                 ދީ ނަތީޖާ  ހެޔޮމަގަށް  ކުރިޔަށް  ހިނގަންވީ  މަގުތަކޭ

އަޅުކަމާ މަތިވެރިވި  އަޚުލާޤާ ޢަޤީދާއާ  “ގުޅުން”
                 އަޅުތަކުންނަށް  އަންގަވައި  ނާޒިލްކުރެއްވެވި  ގޮތްތަކޭ

ވެރިކަމާ ބާރާ  ނަހީއާ  އަމުރުތައް  ޝާމިލުވެގެން
                 ވެރިކަމާއި  ސިޔާސަތާ  ދައުލަތް   ގުޅައިދޭ   ބާރެކޭ

ދަސްވެނީންގެ އަޑު

ކިޔާފައިވާ ޢަދަދު: 3276

މުޙަންމަދު ޝާހިދު ޙަލީމް
ދިވެހިބަހާއި ސަގާފަތުގެ މާސްޓަރ ކޯސް
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީ

ދަސްވެނިވުމުގެ ރަސްމިއްޔާތު، 2014.3.27

                              *
بســـــــــم الله الرّحــمــــن الرّحــيـــــــم އިސްމުފުޅުން އަލްމުތަޢާލީ،
            “އިސްކޮށް ފެށުމަށް ވާހަކަ ކުރިމަތިލީ”، ވާތްގަށް އެދި ކިބައިން އަލްވާލީ
                              *
ޙަމްދު ހުރީ މަތިވެރި މާތް ރައްބަށް، ހެއްދެވި ފުރިހަމައަށް ޢާލަމްތައް،
            ބިމުގައި، ކަޑަ ކަމުގައި، ފަރުބަދަތައް،ލެއްވެވި އުހުގައި ގަދަފަދަ އުޑުތައް
 

ޙިކުމަތުގެ ބަސްތަކެއް

ކިޔާފައިވާ ޢަދަދު: 6144
ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޙިކުމަތުގެ ބަސްތައް ފެނިދެޔޭ  ބަސްފޮތް  ބަލައި  ހޯދައިލުމުން
            މި ކުރާ މަސައްކަތަކީ  އެއިން މަދު ބަސްކޮޅެއް  އެއްކޮށްދިނުން

ނުފުރާށެ ފެން ފޫނެތް ފަޔަށް ބުނެޔޭ  އިހުގެ  ހަރުބަސްތަކުން
            އުފުލާ އެއީ ބޮޑު ބުރައެކޭ  ހަރުލައި  އެ ފެން  ނުމެ ވާކަމުން

އިންސާނަކަށް ފުދެނީ ކިހައި ބިމަކުން ހެއްޔެވެ؟(2)

ކިޔާފައިވާ ޢަދަދު: 6354
ލިޔުއްވީ: ލިޔޯޓޮލްސްޓޯއި
ތަރުޖަމާ: އަޙްމަދްސަމީރުޢަލ
(22 މާރޗް 2014 (ހޮނިހިރު) ދުވަހު (އިއްޔެ) ޝާއިޢު ކުރި ބަޔާ ގުޅޭ)
ރަނގަޅު ބިމެއް ލިބިއްޖެނަމަ ޚުދު ސައިތާނާ ދެކެ ވެސް ޖެހިލުމެއް ނުވާނެކަމަށް އަމިއްލައަށް، ހިތާހިތާ ބުނި ޕަހޯމަށް،  އެހެން މީހަކުނަމަ ހިތްހަމަޖެހޭވަރުގެ ބޮޑުބިމެއް މިހާރު އެގަނެވުނީއެވެ! މި ބިން ލިބުމުން، މީނާގެ ދަނޑުގައި އިންދާނެ އޮއް، ދަންނަބަޔަކު އަތުން ލޭންދޭނަށް ހޯދައި، އިންދައިފިއެވެ. ފުރަތަމަ އަހަރުވެސްވީ ވަރަށް ފާގަތި އަހަރަކަށެވެ.