ތާނަ އަކުރު

ކިޔާފައިވާ ޢަދަދު: 8240
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ދިވެހިބަހުގެ ޤަވާޢިދު ފޮތެއް އެންމެ ފުރަތަމަ ލިޔުއްވި އަދީބަކީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ކަމަށް ބުނެވެއެވެ. އޭނާ އެފޮތް ލިޔުއްވީ ހިޖުރައިން 1308 ވަނަ އަހަރު (މީލާދީން 1890) ވަނައަހަރުގެ ތެރޭގައެވެ. އެއަށްފަހު ދިވެހިބަހުގެ ޤަވާޢިދު ފޮތެއް ލިޔުއްވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. އެފޮތުގެ ދީބާޖާ ނިންމަވައިލައްވައިފައި އެމަނިކުފާނު ޖައްސަވައިފައިވާ ތާރީޚަކީ 18 އޮކްޓޯބަރ 1928 އެވެ. ފޮތުގެ ނަމަކީ އައްތުޙުފަތުލް އަދަބިއްޔާ އެވެ. ތުޙުފަތުލް އަދަބިއްޔާ ގައި ތާނައިގެ ކޮންމެ އަކުރެއް އުފެދުނު ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ. އަޅުގަނޑުގެ މިލިޔުމުގެ ބޮޑުބައި ނަގައިފައި މިވަނީ އެމަނިކުފާނުގެ ތުޙުފަތުލް އަދަބިއްޔާ އިންނެވެ.

ރަމަޟާން މަހެއްގެ އެންމެ ފަހު ދުވަހުގެ ޝުޢޫރު

ކިޔާފައިވާ ޢަދަދު: 3175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފުސްކަމެއްގައި ހުސްއަތާ

އާދަމް ޢަބްދުއްރަޙްމާން- ހއ. އުތީމު

ދައުރަކަށް އައު އަލިކަމެއް ދިން ނޫރެކޭ އަދު އޮއްސުނީ
                ދައުރުގައި ވިސްނާލި ބަޔަކަށް ފައުރު ތެރެއަށް ވަދެވުނީ

ފަރުމަތީން ނާރާނެކަން އެނގިހުރެ، ދަށަށް ދީލައި ނުލާ
        ދަރުމަވެރި މަންޒިލް ހިފަން ހީކޮށް ރިޔާ ފުރޮޅައިނުލާ
                ފަރުގެ ތޮށްޓަށް އޮޑި އުރެންދެން މަރުވުމެއްގައި ހުރެވުނީ

ޟަމީރުގެ އުދާސް

ކިޔާފައިވާ ޢަދަދު: 3054
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ އަސްއަދު، ހއ. އުތީމު

އޮހުނު ކަރުނައިގެ މާޟީއަށް އަލުން ދާކަށް ނެތިން އަނބުރާ  
                 ވެހުނު ވާރޭގެ ސައިލު  ދެކޭކަށެއް  ނޭދެން  އެކީ  ހަތުރާ  
        
ނުހަނު  މާޔޫސް ކަމާ އެކުގައި  އެކަނިވެރިކަމުގެ  ވާދީގައި
                 ހުހަށް ހުންނަން ވިޔަސް ހިޔަލަށް ނުދާނަން ތިޔަ ގަހުންފަތުރާ

ހެމުން ބުލްބުލް ކިޔާ ފޮނިފޮނި ނަޝީދު އިވޭނެ މަހެފިލްގައި
                 ދެމުން  ލޯބީގެ ދާ، ލައްޛަތު  ދެނެއް  ނުމެވާނެޔޭ  ފިކުރާ

ހަ ރޯދަ: އެއް އަހަރު ދުވަހުގެ ރޯދަހިފުމުގެ ސަވާބު

ކިޔާފައިވާ ޢަދަދު: 7373
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޝަހުރު ރަމަޟާނުގައި ވާޖިބުވި ހުރިހާ ރޯދަ ހިފި ނިމުމުން
                    އަހުލުނަށް  ސުންނަތޭ ޝައްވާލުގައި ހަ ދުވަހުގެ ރޯދަ ހިފުން

ހަޔެއް ހަމަކޮށްލުމުން ފުރިހަމަ އަހަރު ދުވަހުގެ ސަވާބު ލިބުން-
                   ބަޔެއް ތިބެދާނެތޯ   ނޭދޭ،  (މިހާ ފުރިހަމަ  ސަވާބު ލިބުން)

އެކަން ބޭނުންކަމަށް ވަންޏާ އިތުރު ހަ ދުވަހުގެ ރޯދަ ހިފަން
                   ނިކަން  ސާބިތުކަމާ އެކުގައި  ފަށާށޭ  ޢީދު ވެސް  ނިމުމުން

ތިކި ނެތީވިއްޔާ…

ކިޔާފައިވާ ޢަދަދު: 3497
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ އަސްއަދު، ހއ. އުތީމު

ބަހެއް އެތަކެއް އޮޅޭ ގޮތްވޭ  ލިޔާއިރު ތިކި ނެތީ ވިއްޔާ
           އަޚެއް އަހަކަށް ވެދާނެޔެ ހާ މަތީ ތިއްކެއް  ނެތީ ވިއްޔާ 
        
އަބަދު އެންމެން އޮޅުން ފިލުވާ އަހަން ބޭނުންވެގެން މިއުޅޭ
           ޚަބަރު ހަމަ އެންމެ ހިތި ހަބަރަށް ވަނީވެސް ތިކި ނެތީވިއްޔާ

فطرعيدގެ تهنئة

ކިޔާފައިވާ ޢަދަދު: 4798
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
عبدالرشيد حسين
فطرعيد އޭ   އައީ  އަތަރު   ލާށޭ   ވަޔާ
       މިތުރުނަށް ހިތުގެ عمق ން ކިޔައި   تهنئة
              فطرةއާ  އެކު ދަތުރު ކޮށް ފިޔޭ   ރޯދަޔާ
                          އިތުރު رمضان މަހާ  އޭގެ ހުރި ދަރުމަޔާ

ރޯދަޔާއި ކަރާ

ކިޔާފައިވާ ޢަދަދު: 6115
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
   

حسن شاكر محمد

ރޯދަޔާ  ކަރަޔާއި   ދިވެހިންނާ،  يقين  އޭ ވަކިނުވޭ

              ރޯދަ އަންނަން  ވާއިރަށް  ވެޔޮތައްކަރާގެ ވަރަށް ރުވޭ

ދޮންކަރާ ނޫންނަމަ، ފެނަށްރަތްކުލައަޅައިގެން ނަމަވިޔަސް

            “ދޮންކަރާފަނި”   ރޯދަވީއްލާއިރު،   ތަރާވީހަށް   ބޮވޭ
        

ރޯދަމަހުގެ ކެއުން ބުއިން

ކިޔާފައިވާ ޢަދަދު: 2553
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުޑައިރުގެ ހަނދާން: 3

                ރޯދަމަހުގެ ކެއުން ބުއިން

އަޙުމަދު ޝިޔާމް

ރޯދަމަހު އަޅުގަނޑުމެން ކައިބޮއި އުޅޭ ތަކެތި އެހެން މަސްތަކާ ތަފާތެވެ. މިހާރު މިލިބޭ ޒާތްޒާތުގެ ތަކެއްޗެއް ނުލިބެއެވެ. ފިނިކޮށްފައި ހުންނަ ފެނާ، ޖޫހާ އައިސްކްރީމަކީ އޭރު އާންމުކޮށް ލިބޭ ތަކެއްޗެއް ނޫނެވެ.
       
އަޅުގަނޑުމެންގެ ގެއަކީވެސް މާލޭގައި މެދުފެންވަރުގެ ދިރިއުޅުމެއް އުޅުނު ގެއެކެވެ. އަޅުގަނޑުގެ ކާފައަކީ ހޮޓާ ހިންގި މީހެކެވެ. އަދި ކާފަ ބަލިވުމުން ކާފަގެ ދަރިން އެމަސައްކަތާ ހަވާލުވިއެވެ. އެހެންކަމުން ގޭގައި ލައިގެން ކާނެ ތަކެތި ދަތިކަމެއްނެތި ލިބެއެވެ. އެކަމަކު އެދުވަސްވަރުވެސް އިސްރާފުނުކޮށް ވީހާ ބަލައިގެން ކާތަކެތި ތައްޔާރު ކުރެއެވެ. އޭގެ ސަބަބުން ފުދުންތެރި ދިރިއުޅުމަކަށް އަޅުގަނޑުމެން ހޭނުނެވެ.
       

މަރާ ބައްދަލު ތިމާ ނުވަނީސް ވުމަށް ތައުބާ އަވަސްވާށޭ!

ކިޔާފައިވާ ޢަދަދު: 7858
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ނިދާފައި ނުތިބެ ދަރިފުޅުމެން ނިކަން ހޭލުންތެރިވެލާށޭ
          ވިދާހައި އެއްޗަކަށް ނުބަލައި “ޙަޤީޤަތަކަށް” ތަބަޢަ ވާށޭ
                       ހިދާޔަތުގައި އަލުން ޤާއިމުވުމަށް  ވިސްނުން ބަހައްޓާށޭ

ވެވުނުހައި ފާފަޔާ މެދުގައި ޚަލާޞް ހިތްކޮށް ރޮމުން ދެލޮލުން
          ދެވުނު ނުސިޔާނުހައި މަގުތައް މުޅިން ދޫކޮށް އަމާން މަގަކުން
                       ވެވުނުހައި ސީދަލެއް ކޮށްގެން ޢަމަލުތައް ދެން ބަހައްޓާށޭ!

ތައުބާވަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 6245
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ފާފައިންވެވޭ،  ތައުބާ ވަމާ ހިނގާ
            ހޯދަން އަމާން އެކީ އެކުގައި ދުނިޔޭގެ ލާބަޔާ!
               + + + + + + +

ދޮރުތައްވަނީ މި ތާނގައި އެދޭހާ  ހުޅުވާލެވޭނޭ  ތެދޭ
                  ޢަޒުމާއެކީ ދަމާ  ތައުބާވަމާ ހިނގާ!