ތިމާވެއްޓަށް ސަލާމަތްކަން އޮތީ . . . .

ކިޔާފައިވާ ޢަދަދު: 7734
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތިމާވެއްޓަށް  ސަލާމަތްކަން  އޮތީ  ފަރުދުން  ދިނީ ވިއްޔާ
              ތިމާއާ މުޅި  ޖަމާޢަތް  ވެސް  އެކީ   އެއްބާރު ލައިފިއްޔާ

ތިމާވެއްޓަށް  ޙިމާޔަތްތެރިވުމީ ހަމަ  ވާޖިބެއް  ކަމުގައި
             ތިމާޔާ  އެންމެހައި  ފަރުދުން ހިތުން ރުހުމުން  ބަލައިފިއްޔާ

ފަރުން ކަށިބޯ އެކީ ހުސްކޮށް ރަށުން ރުއްގަސް ކެނޑުން ހުއްޓައި
             މަދުން ނަމަވެސް ކޮތަޅު އުމުމަށް އެދޭ ޙައްލެއް ގެނެސްފިއްޔާ

ޞަލަވާތާ ސަލާމުގެ ވެދުން

ކިޔާފައިވާ ޢަދަދު: 2850
އާދަމް ޢަބްދުއްރަޙްމާން އުތީމު

       ދަންނަވާ މިޞަލާތާ  ސަލާމާ ވެދުން
                        އަންނަ ލޯބިން މިހިތް ފުރިއުތުރި ދާހިނދުން

ޖާހިލީ އަނދިރިކަން ދުނިޔެއަށް ފެތުރިފައި
        ކާހިނީ ބަސްތަކާ ޡުލްމުތައް ވެރިވެފައި
                  ވާހިޔާތެއްގެ ތިއްބާ ތެރަށް ގެއްލިފައި
                           ސާހިބެއް މާތް ހިދާއީ ވަޑައިގެން ހިނދުން

 

ޙިކުމަތުގެ ބަސްކޮޅެއް

ކިޔާފައިވާ ޢަދަދު: 7520

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޙިކުމަތުގެ ބަސްތައް ފެނިދެޔޭ ބަސްފޮތް ބަލައި ހޯދައިލިޔަސް
                 ޒިކުރާކުރާނަން ނަޒުމަކުން އެތަނުން ބައެއް ޙިކުމަތުގެ ބަސް

ފޮންޏެއް ނުވާނޭ ހިތި ކަދޫ، ފެންދޭ ގޮތަށް  މާމުއި  ދިނަސް
                 އުންޏެއް ނުވާނޭ ހިތިކަމެއް،  މޭވާއަކުން  ފަތަކުން  ވިޔަސް

ހަލާކުވަމުންދާ ވެށި

ކިޔާފައިވާ ޢަދަދު: 8734
 

  ހަލާކުވަމުންދާ ވެށި   

އިސްކުރާށޭ ތިމާވެށި ޙިމާޔަތްކުރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހާދަހާ އަސަރެކޭ ވެރިވަނީ ވިސްނުމުން
            މާދަމާ ވާނެ ގޮތްތައް ތަޞައްވުރުވުމުން
                      އާދަޔާ ދިރިއުޅުން ގެންނަހާ ބަދަލަކުން
                               ވާދަޔަށް  ދޭ  ހަލާކާއި  ގެއްލުންތަކުން

ވިސްނަވާށޭ ތިމާވެށި މި އޮތް ޙާލަތަށް
            ފިސްކުރާ މުރަކަޔާ ގާތަކާ ޖެއްސުމަށް
                     ގިސްލެވޭވަރުވެޔޭ ވިސްނި ނަމަ އެންމެނަށް
                               އިސްކުރާށޭ   ތިމާވެށި   ޙިމާޔަތްކުރުން

މާތް ﷲ ހަނދުމަކުރާށެވެ!

ކިޔާފައިވާ ޢަދަދު: 7306
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުރާއިރު އަޅުކަމެއް ރަނގަޅަށް ކުރަން ބޭނުން ވަނީވިއްޔާ
                ފުރާނައަށާއި ނަފުސަށް ހަމަޖެހުން ބޭނުން ވަނީވިއްޔާ

ޘަވާބާ ދަރުމައަށް އެދިގެން ކުރަންޏާ އަޅުކަމެއް، ޚަލްޤުން
                 ދަވާއެއް ހިތުގެ ބަލިބައްޔަށް ތިމާ ބޭނުން ވަނީވިއްޔާ

އެންމެމޮޅު ސާޢަތް

ކިޔާފައިވާ ޢަދަދު: 4642

ޢަބްދުއްރަޝީދު ޙުސައިން

ފަސް އަހަރަކުން  އެއްފަހަރު  މޮޅު ސާޢަތެއް އަންނާނެޔޭ
              ފަސް ނުޖެހި ކެރިގެން  އުޅޭ މީހުންގެ ކަންތައް  ވާނެޔޭ

މިބުނި ސާޢަތް  ލައިގަތީކަން  ގައިމު   ވާނެ ޢަލާމަތެއް
              މަބުނެދޭކަށް  ނުޖެހެޔޭ  މުޅި  ރަށުތެރޭން  ފެންނާނެޔޭ

ހެޔޮ ޢަމަލުތައް ކުރަންވީ ސަބަބުތައް

ކިޔާފައިވާ ޢަދަދު: 7373

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކުރަންވީ  ހެޔޮ ޢަމަލު  އަޅަމެން  ނުރައްކާ  ފޭކުރާނެންޏާ
                     ދުރަށް ޝައިޠާނު ފައްސައިލައި އަމާން މަގުގައި ތިބޭނެންޏާ

ވަޔާ  ދުނިޔޭގެ  އާބުހަވާ  ތިމާއަށް  ގެންނަ  ބަލިބައްޔާ
                     ޙަޔާތުގެ  އެކި  މުޞީބާތުން  ދަފުޢު ވެވިގެން އުޅޭނެންޏާ

ސުޕަރގުލޫ

ކިޔާފައިވާ ޢަދަދު: 3145
                          
ރޯނުގޭ ޙަސަން މަނިކު
ރޯދަމަސް ފާހަގަވެވޭ، ވާތީ އެތައް ނާދިރުކަމެއް               
       ހާދަ އިހުވެސް އަޑުއިވޭ،  ވާތީ އެތައް  ހެއްވާ  ކަމެއް                       
ހެނދުނުހެނދުނާ ތެދުވެގެން، ފައްޓާ ގޮތައް ބަދިގޭތެރޭ           
      ހެދުނު އެއްޗެއް ނޭނގެއޭ، އިރު އޮއްސުނަސް ނުނިމޭކަމެއް 

ދެނެއް ނެތް

ކިޔާފައިވާ ޢަދަދު: 4566
          ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
          ޅެމެއް ހަދާނެ ކަމެއް   ހިތްވަރެއް  މިހާރަކު  ނެތް
                          ގޮމެއް ޖަހާ އަލަކުން   ފޯރިއެއް  ލެވޭކަށް  ނެތް
 
          ކުރިން އުޅުނު ހުރިހާ  ފުޅު، މަނިކު، އެ ދީދި ތަކާ
                         ކުރިން އެހެދި ފަދަ ޅެންތައް ހަދަން ޝުޢޫރެއް ނެތް
 

ފަރުޟު ޒަކާތް

ކިޔާފައިވާ ޢަދަދު: 8191
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފަރުޟުވާނެ  ޒަކާތް، ޝަރުޢުގެ  މަތިވެރި  މަގުގައި
                  ދަރުމަވެތި  މާތް ދީނުގެ  ތިންވަނަ ރުކުނުގެ ގޮތުގައި
 
ނަފުސުގައި ހުރި ދަބަރެއް ތާހިރުކުރެޔޭ މި ކަމުން
                  ހަފުސުކޮށްލާށެ  ނުބައި  ހުރިހާ  ޢަމަލެއް  އެކުގައި