ރޯދަ ހަދިޔާ – (ހަލީސާ – 13)

ކިޔާފައިވާ ޢަދަދު: 3982
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފާޠިމަތު ޒާރާ

ވާރޭވެހޭތޯ ދުޢާކޮށްކޮށް އިނުމަކީ އަޅެ ކުޑަކަމެއްތަ؟

ކަންނެތްކަމަށް ރަށުތެރެއިން އެންމެ ހޮވާލެވޭ މީހާގެ ގޭގައި ރޯވެ އަނދާ ހުލިވަނީއެވެ. އެކަމަކު މިމީހާ މަގުގެ އަނެއް ފަރާތުގައި ބިންމަތީގައި ހަމަޖެހިލައިގެން އިނީއެވެ. މިކަމާ ޙައިރާންވެގެން މީހަކު މީނާއާ ސުވާލުކުރިއެވެ. “ބަލަ އަލިފާން ނިއްވަން ނޫޅެ މަޑުމަޑުން ތިޔަ އިންނަނީ ކީއްވެގެންތަ؟” ގޭގެ ވެރިމީހާ ޖަވާބު ދިނެވެ. “އަޖައިބުވެދާނެއެއްނު! މަ މިއިނީ މަޑުމަޑުންތަ؟ މިއޮތްހުރިހާއިރު މަ މިއިންނަނީ ވާރޭވެހޭތޯ ދުޢާކޮށްކޮށް”

ނަމުގެ މާނަ

ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެއްދުވަހަކު މި އަންހެން ކުއްޖާ އޭނާގެ މަންމަ ގާތު އެއްސެވެ. “މަންމާ، އަހަރެންގެ ނަމުގެ މާނައަކީ ކޮބާތަ؟”

މަންމަ ވަރަށް ގަޔާވެލާފައި ބުންޏެވެ. “ދަރިފުޅާ، ޢަރަބި ބަހުން ދަރިފުޅުގެ ނަމުގެ މާނައަކީ “ޑްރީމް” (ހުވަފެން)”
އެ ކުއްޖާ މޫނުކުނިކޮށްލާފައި ބުންޏެވެ. “ޑްރީމޭ؟! އެކަމަކު ދެން މަންމާ. ސައިކަލެއްގެ ނަމެއް ނޫނީ ނޭނގުނީތަ މަށަށް ކިޔަން؟”
————————–

މާތް رسولއާ އަށް سلام

ކިޔާފައިވާ ޢަދަދު: 5980
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
“رَحْمَةً للْعَالَمِيْن” ގެ  މާތް  ރަސޫލާއަށް   ސަލާމް
             ރަޙްމުވެތި  އޯގާވި  މަތިވެރިވީ  ނަބިއްޔާއަށް  ސަލާމް
        * * * * * * * * * * * *
ތެދުވެރިން ތެރެއިން  މިސާލެއް  ނެތް  أمين الأمةއަށް
             އެދުމުގައި މަތިވެރި ނިހާއީ އެދި ވަމޭ ގިނަގުނަ  ސަލާމް

ބަރަކާތުގެ މައްސަރު

ކިޔާފައިވާ ޢަދަދު: 3175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
ބަރަކަތާ ނިޢުމަތާ ލެއްވި މާތް މައްސަރޭ
     ޙުރުމަތާ ޢިއްޒަތާ ލިބުނު މާތް މައްސަރޭ
          ދަރުސު ތައް ޢިބުރަތާ ލިބުނު މާތް މައްސަރޭ
               ފަރުޟު ރޯދައިގެ  އަޅުކަން  ވިދާ މައްސަރޭ

ބަސް ތަކުން ނޭދެވޭ ދޫ ސަލާމަތް ވުމާ
     ހިއްޞު ތައް ހެޔޮ ރަނގަޅު ގޮތްމަތީ ދެމި ވުމާ
          ގަސްތުކޮށް ހެޔޮޮ ޢަމަަލުގައި ވެ ސާބިތުވުމާ
               އަސްލުތައް ރީތި  ދަސްވާ  މިއީ  މައްސަރޭ

ރޯދަ ހަދިޔާ – (ހަލީސާ – 11)

ކިޔާފައިވާ ޢަދަދު: 3940
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ނަޞޭޙަތުގެ ސިލްސިލާ

ބައްޕަ އޭނާގެ ޒުވާން ދަރިފުޅަށް ނަސޭހަތް ދެމުން ބުންޏެވެ. “ދަރިފުޅާ. ބައްޕަގެ ނަސޭހަތް އަހާ. ނަމަނަމަ ކައިވެނި ނުކުރާތި.”

“ފިކުރު ނުކުރޭ ބައްޕާ. ބައްޕަގެ ތިޔަ ނަސޭހަތް އަހަރެން ގަބޫލުކޮށް ބައްޕަ ބުނި ގޮތަށް ޢަމަލުކުރާނަން. އަދި ބައްޕަގެ ކާފަ ދަރިންނަށް ވެސް އަހަރެން ހަމަ ތިޔަ ނަސޭހަތް ދޭނަން.” ދަރިފުޅު ޖަވާބުގައި ބުންޏެވެ.

ފުއްސެވުން އެދި

ކިޔާފައިވާ ޢަދަދު: 3016
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ޢަބްދުއްރަޙްމާން – ހއ. އުތީމު

ތަދުވަނީ ކީއްވެ މެޔަށް ލަދުވެތިކަން ވާހިނދުގައި؟
                އަދު ހަނދާން އިއްޔެ ވެފައި، މާދަމައަށް ފިކުރު ހިނގާ

ގުޑުމަކުން ހިތުގެ އުޑުން އުފެދި ޛުނޫބީ އެވިލާ
                އުޑުމަތީ މުޅި  ފެތުރީ  ރޯޅި   ހަވާނަފްސު    ހިނގާ

ޤުރްއާނުގެ މައްސަރު

ކިޔާފައިވާ ޢަދަދު: 4403
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ޤުރުއާނުގެ މަސްއައީ ބަރަކާތްތެރި މަސްއައީ
                  ދަރުމައިން ފުރިގެންއެކީ  ޙުރުމަތްތެރި މަސްއައީ
ދޮރުކޮޅު ޖަންނަތުގެމާތް މިމަހަށް ހުޅުވޭނެޔޭ
                 ހުރިހާ ޝައިތާނުތައް  ހައްޔަރުވާ   މަސް އައީ

ތެދުބުނަން ދޫ ހޭނުވުން

ކިޔާފައިވާ ޢަދަދު: 5064
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ތެދުވެރިންގެ ތެރޭ ވުމަށް  ޢަޒުމެއް ހިނގާށޭ  ކަނޑައަޅަން
         ތެދުބުނަން ދޫ ހާނުވާ މަހަކަށް  މި ރަމަޟާން މަސް ހަދަން

“ދޮގު”ކިޔާ ތަޅުދަނޑިޔަކުންނޭ  ކުށުގެ ވެށި ހުޅުވައި ދެނީ
         މަގުތަކެއް  ދެން  ހާމަވޭ  ނުބަޔޭ  ކިޔާހައި ކަން  ކުރާން

ތަވީދު

ކިޔާފައިވާ ޢަދަދު: 7225
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ތަވީދު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ޙަސަން ތައްޚާނުގެ ގެ ހޯދަން އުޅެއުޅެ މިހާރު ވަރުބަލިވެއްޖެއެވެ. ގަނޑިން މެންދުރުން އަނބުރާ ދޭއް ޖަހައިފިއެވެ. އަދިވެސް އެ ގެ ފެންނަ ގޮތެއް ނުވެއެވެ. އަހަރެން ރުޅި އައިސްގެން ތުންފަތުގައި ދަތް އަޅައިގެން ހުރެ ޒުހުރާ ދައްތައާއި ސުހައިލުގެ ފަހަތުން ހިނގަމުން ދިޔައީމެވެ. އަހަރެމެންނަށް މަގު ދައްކަމުންދާ ކިލަލާ ތަތްތެޅިގެން ހުރި ކުޑަކުޑަ ކުއްޖާއާ ވާހަކަ ދައްކަދައްކައި ހުރެފައި ޒުހުރާ ދައްތަ ކުއްލިއަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ. “ދެން ވާނީ ހަމަ ކުޑަކުޑަ އިރުކޮޅެއް. މިހާރު ޙަސަން ތައްޚާނުގެ ގެ އެނގިއްޖެ.” އަހަރެން ރުޅި އައިސްފައި ހުރި ގޮތް ނުދައްކާން ވެގެން ހިނިތުން ވެލީމެވެ. “ކަލޭ ވަރަށް ބޮޑަށް ބަނޑުހައި ވެފައި ހުރިކަން އަހަންނަށް އެނގެއެވެ.”

ރޯދަމަސް އައުމުން . . . . .

ކިޔާފައިވާ ޢަދަދު: 7550
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ޝަހުރު ރަމަޟާން” އައީމާ ހިތް ވެޔޭ އަދު ރޯޝަނީ
              އަހުލުނަށް ގިނަގުނަ ޘަވާބުން ކުރިމަގޭ އަދު އަލިވަނީ
                        ވަހުމުތައް ދޫކޮށް ޞިރާޠުލްމުސްތަޤީމަށް ހުރެ ދަނީ!

ހެޔޮ ޢަމަލު ގުނަކުރުން އޭ އެންމެނަށް އޮތް ފުރުޞަތެއް
              ހެޔޮކަމާ ތަޤުވާގެ ސަބަބުން ލާބަ ލިބެނިވި މޮޅު ގޮތެއް
                        ހެޔޮ ބަހެއް ނޫނީ ނުބުނެ ހުރުމޭ އަބަދު ލާޒިމު ވަނީ

ސަގާފީ ފޯރި

ކިޔާފައިވާ ޢަދަދު: 2685
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
           ރޯދައިގެ ރޫޙާނީއުފާ އެކި ވަކި   ކަތުން އެކިމިންވަރަށް
                    ހޯދައި ފިތުރުއީދާއި އެކީ   ގިނަބަޔަކު އެހަނދާން ފުހެލަނީ

           މީވެސް ސަގާފަތުގައި ވަރަށް  ފާހަގަކުރަން ބޭނުންކަމެއް
                   މީވެއްޖެ އަޅުކަމަކަށް ވުރެން    މަޖަލާއިކެއުމަކަށް ބުނެވެނީ