އެންމެ ފަހު މީހާ (2)

ކިޔާފައިވާ ޢަދަދު: 7208

ކުރުވާހަކަ

އެންމެ ފަހު މީހާ (2)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(29 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

“އަޅުގަނޑު ބުނެފިން- އަވަހަށް ވަޑައިގަނޭ- މަނިކުފާނާ ބައްދަލު ކުރަން އޭނާ އެއްބަސްވީ ވަރަށް އުނދަގުލުން- އެއީ ޙައިރާން ވާ ކަހަލަ މީހެއް- އޭނާ ވާހަކަ ހުއްޓާލައިފައި ހިނިތުން ވެލި އެވެ. މިހާރުވެސް އަޅުގަނޑު ދަންނަވާނީ އޭނާޔާ ބައްދަލު ކުރެއްވުމަކީ ބޭކާރު ކަމެކޭ- އަގު ހެޔޮ ކުރާކަށް އޭނާ އެއް ގޮތަކަށްވެސް އެއްބަހެއް ނުވާނެ- އަދި ދަންނަވަންތޯ-؟ އޭނާ އަކީ ވަރަށް ހަރުކަށި މީހެއް- އެ ކަން ވިސްނަވައިގެން ވާހަކަފުޅު ދައްކަވާތި- މުސްކުޅި ވީމާ އެ ކަހަލަ ގޮތް ގޮތް ވެސް ވާނެ-“

ހުރިހާ ހެޔޮ ކަމެއްގެ މައްސަރު

ކިޔާފައިވާ ޢަދަދު: 7328
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
شَهْرُ  رَمَضَانَ   الَّذِيَ   أُنزِلَ   فِيهِ  الْقُرْآن
           ވަހުމުތައް  ނެތިކޮށް   ސާބިތުކޮށްދޭހެން   ބުރުހާން

ކިލަނބުކަން ހިތުގައި އުފެދުނު ފިލުވައި ތާހިރުކޮށް
           މިލަތަކުން  ނަފުސުގެ  ޠާހިރުކޮށް   ގެންނެ “އަމާން”

ކުނިތަކުން  ނަފުސަށް ގެންނަ  ނުބައި  ހުރިހާ
           ދުނިޔެވީ  އެދުމުން  ދުރުހެލިކޮށް ވާފަދައިން ޤުރުބާން

ފަހުދުވަސް ފަހިކުރެވޭތޯ!

ކިޔާފައިވާ ޢަދަދު: 4448
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ރޯދައިގެ ބަރަކާތާއި ދަރުމަ އަޅުކަންތަކުން ވަކިޚާއްޞަ ވޭ
          ހޯދައި ވަކިން ނުމެ އެނގުނަކަސް އެމަހުގެ ތެރޭ އެއްރޭ ވެޔޭ

އެއްހާސް މަހަށްވުރެ މާތް އެރޭ ތެދުވެރިކަމާއެކުގައި ވެވޭ
          ދެއްވާ އިޖާބަ ވެ ހެޔޮ ދުޢާ ފާގަތިވެ  ހެޔޮ މަގުގައި   ވެޔޭ

رحمن ވަންތަ إله ލައްވާނީ މުޅިންވެސް رحمةއޭ

ކިޔާފައިވާ ޢަދަދު: 6031
حسن شاكر محمد
ތެދުވެރި ވަފާތެރި مخلصންނަށް دينގައި  ހުރަހެއްނެތޭ
             އެދުމެއް އަމިއްލަނުވާ ކަތުންނަށް ހުރިنصيبނިމުން ނެތޭ

އެކުވެރިކަމާ   ލޮބުވެތިކަމާ   އެކުގައިއުޅޭހާ  މީސްތަކުން
             އެކުގައިވުމުށް  މަތިވެރި إلهى ވާގިފުޅު  އަބަދަށް ވެތޭ

ރޯދަ މަޤުބޫލު ވޭތޯ ބަލަމާ!

ކިޔާފައިވާ ޢަދަދު: 3109
ރޯނުގޭ ޙަސަން މަނިކު

ހިފާ  ރޯދަ  މަޤުބޫލު  ވޭތޯ  ބަލަން
                ދިފާޢުގެ ކަމަރު ބަނދެލަމާ ހޭ ނިކަން

ވަރަށް ހިތްވަރާއެކު މި އަޅުކަން މަތީ
                ވަރަށް  ވާނެ ކެތްތެރި ވެވޭތޯ ބަލަން

ވެވޭ ކަންކަމާ އޮންނަ ފާޙިޝް ނުބައި
                ޖެހޭނޭ މުޅިން ދުރު  ވެވޭތޯ  ބަލަން

އޭތް! ރޯދަވެރިޔާއޭ

ކިޔާފައިވާ ޢަދަދު: 4568
ޢަބްދުﷲ ޞާދިޤު
ވަރަށްބޮޑަށް ކަރު ހިއްކައިފިކަން އެނގިއްޖެ މިހާރު
              ވަރަށްބޮޑަށް ބަނޑުހައިވެއްޖެކަން އެނގިއްޖެ މިހާރު   

ނިކަން ބަލާށެ މިވީ  އިރުކޮޅަށް  ދުވާލުދަމުން
              ނިކަން ރުޅީގެ އަސަރު ގަދަވެގެން ދަނީއެ  މިހާރު

ދެތަލިވަނީ ހިކިފައި  ބަރުވެ ބޯ،  ހަކަތަ ނެތިފައި
              އެ ތަށިމަތީގެ ހަނދާން  ރޭގެ،   އާވަނީއެ މިހާރު

ބަރަކާތުގެ މޫސުމް

ކިޔާފައިވާ ޢަދަދު: 3232

އާދަމް ޢަބްދުއްރަޙްމާން – ހއ. އުތީމު
ރޯޅިއެއް ފިނިފިނި ނަސީމީ ޖައްވުގައި މުޅި ފެތުރިލީ
        ރޯދި  ބަރަކާތެއްގެ  މޫސުމް  ކާއިނާތަށް  ވެރިވެލީ

އަނދިރިކަން އޮތް ވެރިވެފައި ކަންކޮޅުތަކަށް ޖާހިލުކަމުން
        އަނދިރިކަން ފިލުވާލި ނޫރެއް އުދަރެހުން އަލި އުދަވެލީ

ނަމާދު

ކިޔާފައިވާ ޢަދަދު: 4957
ޢަބްދުއްރަޝީދު ޙުސައިން
ގަދައަޑުން  އަންނަން  ނަމާދަށް ވަގުތު ޖެހުމުން  އަންގަވާ-
              ފަދަޔަކުން  އެއްވެސް   ޢިބާދަތަކަށް   ގޮވާކަށް  ނާންގަވާ

މާތް  އިލާހީ  ހަޟްރަތަށް ކުއްތަންވި  ހިނދުގައި މާތް ނަބީ
              މާތްވި މިޢުރާޖުން  މިއަޅުކަން  މުއުމިނުންނަށް   ލައްވަވާ

ދެއްވި ރަން ފުރުޞަތަށް ޓަކައި ރޯދަމަހަށް ޝުކުރިއްޔާ!

ކިޔާފައިވާ ޢަދަދު: 7027
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ހާދަހާ ހެޔޮފުޅޭ ދެއްވި ރަން ފުރުޞަތަށް
       އާދަކޮށް ކޮންމެ އަހަރަކު ތިހެން ދަރުމައަށް
             މާދަމާއަށް ޓަކައި ދަރުމަ ގިނަކޮށްލުމަށް
                     ހާދަ ދީލަތި ކަމެއް  ދެއްވަނީ  އުންމަތަށް

ދަންނަވައިލަން އޮތީ މަރުޙަބާއޭ  ދުލުން
       ދަންނަ ހެޔޮހާ ބަހުން ޢަމަލުތައް ގުޅުވަމުން
             އަންނަހާ މައްސަރުން ރަސްމަހަށްވީކަމުން
                     ޖަންނަތަށް ދާނެ މަގު ދައްކަވައި އުންމަތަށް

ރޯދައިގެ އަރަތް

ކިޔާފައިވާ ޢަދަދު: 5969
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ހާރުކައިގެން ދޭއް ނުޖަހަނީސް ދެމަފިރިންމެ ނިދައިފިއޭ
            ބާރުލައިގެން ހޭލެވުނު އިރު  އަސުރު ބަންގި ގޮވައިފިއޭ
ފެންވަރައިގެން އައިސަގޮސް ބަދިގޭގޭ އާލަތްކޮށްފިއޭ
            ދޮން އަހަންމަދު ގޮސް ފިހާރައިން މޮޅުރިހާކުރު ގަނެފިއޭ