ޔޫސުފު ޢަލައިހިއްސަލާމުގެ ވާހަކަ.

ކިޔާފައިވާ ޢަދަދު: 3374
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ. ހިތަދޫ.

        ބިސްމިއިން ފަށަނީ ލިޔަން  ޔޫސުފުގެ ވާހަކަ ޅެންބަހުން،
                    ވިސްނުމާ ކެތްތެރިކަމާ އެދިގެން އިލާހުގެ ޙަޟުރަތުން.
      ޙަމްދު ތަޢްރިފާ ޘަނާ ޞަލަވާތް އެކީ ލެއްވުން އަދައި،
                    ޢަމަލުގައި މަތިވެރި، ރަސޫލުﷲ އަށް ތެދުވެރި ހިތުން.
      ބޭނުމީ އަޚުނާއި އުޚުތުންނަށް މި ވާހަކައިން ރަނގަޅު،
                    ބޭނުމާ،  ޢިބުރަތްތަކާ،  ފައިދާތަކެއް، އަބަދަށް ލިބުން.

ޒުވާނުންނަކީ ޤައުމުގެ އުއްމީދު

ކިޔާފައިވާ ޢަދަދު: 6264
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އުއްމީދަކީ ޒުވާނުން ޤައުމަށް އަބަދު ލިބެވިވާ   
                 އުއްމަތް އެކީ  ދިރޭނޭ ރަމްޒާ  މަޤާމު  ފަހިވާ
ތަމްރީނުތައްމެ ހޯދާ އެކިއެކި މަޤާމުތަކުގައި
                ތަދުބީރު އެކުލަވައިގެން ސީދާ  މަގުން ހިގަންވާ

ބިރިކިސިންޑާ ރައިވަރު (1)

ކިޔާފައިވާ ޢަދަދު: 5790
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

ތަޢާރުފު

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އަދި މިހާތަނަށް ރާއްޖޭގައި ޗާޕުވެ ޝާއިޢުކުރެވިފައިވާ ރައިވަރެއް ނޫނެވެ. ތުންތުންމަތިން ކިޔަމުން އަންނަ ރައިވަރެކެވެ. އަޅުގަނޑު މިރައިވަރު ލިޔެފައި މިވަނީ އަޅުގަނޑުގެ ބައްޕަ އަބްދުއްރަޙުމާނު ޙަސަން މަންޒިލް ނ. މާފަރު (84 އ) ކިޔައިދެއްވި ގޮތަށެވެ. ބުނެވޭ ގޮތުގައި މިއީ ހއ. އުލިގަމު ބޭފުޅަކު ހައްދަވާފައިވާ ރައިވަރެކެވެ. ރައިވަރުގެ ބަސްމަގު ތަރުތީބުކޮށްފައި މިވަނީ އަޅުގަނޑެވެ.

މަދު ބަޔެއް

ކިޔާފައިވާ ޢަދަދު: 6728
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ތެދުވެރި ވަފާތެރި ޚާދިމުންނީ ކަށަވަރުން ވެސް  މަދު ބަޔެއް
                ހެނދުނާ ހަވީރާ  އެއް ގޮތަށް ސީދާވެ  ތިބެނީ  މަދު ބަޔެއް
ލިބުމުން ސަނާ ތާރީފުތައް ނުވެޔޭ ހަނދާން ކުރި ވަޢުދުތައް
                ހިތުގައި ވަނީ އުންމީދުތައް މި ގޮތަށްމެ ނުވަނީ  މަދު ބަޔެއް

ޙަޤީޤަތަކީ، މިއީ އެވެ.

ކިޔާފައިވާ ޢަދަދު: 6878
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޙަޤީޤަތް  ހާމަކުރުމީ  އެންމެނަށް  ކުރެވޭ ކަމެއް ނޫނޭ
          އަމީރުން ކުރިމަތީ ތެދު ބަސް ބުނުން އެއީ ވާކަމެއްނޫނޭ
ކިތަންމެރަނގަޅުކަމެއް މީހަކު ހިތުންރުހުމާއެކީ ކުރިޔަސް
          އެތައް ގޮތަކަށް  ޚިޔާލުނުދީ  ތިބޭނީ  މަދުބަޔެއް ނޫނޭ

ދަރުމަވާނެ! ހޭއަރާބަލަ!

ކިޔާފައިވާ ޢަދަދު: 4562
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
      
     ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

     ދަރުމަވާނޭ  ހޭއަރާށޭ!   ގައިމެ   މަރު  އަންނާނެޔޭ
                   ހޮރުތެރޭގައި ވަދެ އޮތަސް މިންޖެއްވުމެއް  ނޯންނާނެޔޭ

     ކަރުހިފައި ލޭއޮހޮރުވައިގެން ދުނިޔެރަންކޮށް އުޅުނަކަސް
                  ބަރުނުވާނަމަ ހެޔޮރަނގަޅުކޮޅު   ފިނިކަމެއް  ނުލިބޭނެޔޭ

ހަމަ ތެދެކެވެ!

ކިޔާފައިވާ ޢަދަދު: 6331
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ތެދުތެދަށް  ބުނެދޭނަމޭ  އިންސާފު   ޙައްޤު  މަޤާމުގައި
          ތެދުވެރިންނާއެކު  ހިނގަން   ނުސިހޭނަމޭ   އެއްތާކުގައި
ކުޑަކިތަންމެ ކަމެއްވިޔަސް  އިންސާފުނެތް ނަމަ ކަށަވަރުން
         “އުޑަފައިން އިންނާށަ ޖެހުނަސް”  ދެކޮޅުވާނަމެ ޢަޒުމުގައި

މިއަދު މި ގިސްލުމުގައި

ކިޔާފައިވާ ޢަދަދު: 4572
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
         
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
 ނެތިއްޖެ ހިތްވަރު ޖޯޝާ  ދިވެހި ފަޚުރު  ހިތުގައި   
              ފެތިއްޖެ ހުރިވަރުކޮޅު ހުސްވެ ފުން މި ވިސްނުމު ގައި
   
ހިތާމަޔާ ފިކުރާ  ހާސްވެ  ކަން ބޮޑުވެ   ނިތުގައި  
              ގިތާވެ ހަތަރު ފަށުގެ ރޫ   ދެމިއްޖެ މި އަވައި  ގައި

ދިވެހި ރައްޔިތުންނަކީ…..

ކިޔާފައިވާ ޢަދަދު: 6415
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ދިވެހި ރައްޔިތުންނަކީ، ލާމަސީލު މޮޅު ބަޔެއް
            ރިވެތިކޮށް މަސައްކަތަށް ކެރިތިބޭ ރަނގަޅު ބަޔެއް
ފިނިކަމާއި ހޫނުގައިކަނޑުމަތީ ދަތުރުކުރާ
            ހިނިތަކެއްފަދައިން އަބަދު ރިޒުޤުއެދި އުޅޭ ބަޔެއް

ޖުމުލައާއި ޖުމުލައިގެ ބާވަތްތަކާއި ޖުމުލައިގެ ބައިތައް

ކިޔާފައިވާ ޢަދަދު: 12996
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިބަހުގެ ގަވާއިދާއި ހަމަތައް އަލުން ދިރާސާކޮށް އެކަށައެޅުން މުހިއްމެވެ.

އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް ލަފުޒުތައް ހުރިވަރު ހޯދައި ބަލައިގެން އެ ހިނދަކަށް ބޭނުންކޮށް އުޅޭ ހުރިހާ ލަފުޒުތަކެއް އެއް ފޮތަކަށް ޖަމާކުރެވިދާނެއެވެ. މިގޮތުން  ބަހެއްގައި އެ ހިނދަކަށް ހުރި ހުރިހާ ލަފުޒުަކުގެ ޢަދަދު ކަޑައެޅިދާނެއެވެ. ނަމަވެސް އެ ލަފުޒުތައް ބޭނުންކޮށްގެން އުފެއްދޭނެ ޖުމުލައިގެ ޢަދަދު އެކަކަށްވެސް އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެއެވެ. އެހެނީ ޖުމުލަ އުފެއްދުމަށް ވަކި މިނެއް މިންވަރެއް ނޯވެއެވެ. ބަހަކީ އުފެއްދުންތެރި އެއްޗެކޭ ބުނެވެނީ މިފަދަ ކިތަންމެ ސަބަބުތަކަކާހުރެއެވެ.