އައު އީޖާދު

ކިޔާފައިވާ ޢަދަދު: 7405

ކުރުވާހަކަ

އައު އީޖާދު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން އިނީ ޕާކުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ދެކޭ މީހަކަށް ހީވާނީ އަވީގައި ޖެހިލަން އިނީ ކަމުގައެވެ. ކައިރީގައި ހުންނަ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން މެންދުރު ކާށާއި އަރާމު ކޮށްލަން މި ޕާކަށް އައިސް އުޅެއެވެ. ބައެއް މީހުން އަވީގައި ޖެހިލައިގެން ނާރުތަކަށް ލިބިފައިވާ ލޮޑުކަން ފިލުވައިލަނީއެވެ. އަހަރެންވެސް މަސައްކަތް ކުރަމުން ދިޔައީ އެއިން ކަމެއް ކުރާ މީހެއްގެ ގޮތް ދެއްކޭތޯއެވެ.

رمضان މަސް ހުސްވަނީ …

ކިޔާފައިވާ ޢަދަދު: 4950
عبدالرّشيد حسين
ފުއްސެވުން  ރުއްސެވުމަށް  ހުސްވެ ތިބެންވީ އެއްމަސް
        ގޮސް ނިމެން ކައިރިވަނީ بركات ތެރި رمضان މަސް

ހިތް ބުނޭ  އެކަނި  ވުމުން ކޮށްލަބަލާށޭ  މި سؤال
        ހިތްވަރެއް  ކުރެވުނުހޭ   އެދުނު ވަރާ  ގާތަށް ވެސް

އައި މިبركاتގެ ތެރެއިން  ލިބުނީ ކޮން  އެއްޗެއް
        ހައިބަނޑާ نية އެއް ގަނެގެން މިގޮތަށް ތިބި ނަމަވެސް

އެންމެ ފަހު މީހާ (2)

ކިޔާފައިވާ ޢަދަދު: 7356

ކުރުވާހަކަ

އެންމެ ފަހު މީހާ (2)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(29 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

“އަޅުގަނޑު ބުނެފިން- އަވަހަށް ވަޑައިގަނޭ- މަނިކުފާނާ ބައްދަލު ކުރަން އޭނާ އެއްބަސްވީ ވަރަށް އުނދަގުލުން- އެއީ ޙައިރާން ވާ ކަހަލަ މީހެއް- އޭނާ ވާހަކަ ހުއްޓާލައިފައި ހިނިތުން ވެލި އެވެ. މިހާރުވެސް އަޅުގަނޑު ދަންނަވާނީ އޭނާޔާ ބައްދަލު ކުރެއްވުމަކީ ބޭކާރު ކަމެކޭ- އަގު ހެޔޮ ކުރާކަށް އޭނާ އެއް ގޮތަކަށްވެސް އެއްބަހެއް ނުވާނެ- އަދި ދަންނަވަންތޯ-؟ އޭނާ އަކީ ވަރަށް ހަރުކަށި މީހެއް- އެ ކަން ވިސްނަވައިގެން ވާހަކަފުޅު ދައްކަވާތި- މުސްކުޅި ވީމާ އެ ކަހަލަ ގޮތް ގޮތް ވެސް ވާނެ-“

ހުރިހާ ހެޔޮ ކަމެއްގެ މައްސަރު

ކިޔާފައިވާ ޢަދަދު: 7412
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
شَهْرُ  رَمَضَانَ   الَّذِيَ   أُنزِلَ   فِيهِ  الْقُرْآن
           ވަހުމުތައް  ނެތިކޮށް   ސާބިތުކޮށްދޭހެން   ބުރުހާން

ކިލަނބުކަން ހިތުގައި އުފެދުނު ފިލުވައި ތާހިރުކޮށް
           މިލަތަކުން  ނަފުސުގެ  ޠާހިރުކޮށް   ގެންނެ “އަމާން”

ކުނިތަކުން  ނަފުސަށް ގެންނަ  ނުބައި  ހުރިހާ
           ދުނިޔެވީ  އެދުމުން  ދުރުހެލިކޮށް ވާފަދައިން ޤުރުބާން

ފަހުދުވަސް ފަހިކުރެވޭތޯ!

ކިޔާފައިވާ ޢަދަދު: 4572
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ރޯދައިގެ ބަރަކާތާއި ދަރުމަ އަޅުކަންތަކުން ވަކިޚާއްޞަ ވޭ
          ހޯދައި ވަކިން ނުމެ އެނގުނަކަސް އެމަހުގެ ތެރޭ އެއްރޭ ވެޔޭ

އެއްހާސް މަހަށްވުރެ މާތް އެރޭ ތެދުވެރިކަމާއެކުގައި ވެވޭ
          ދެއްވާ އިޖާބަ ވެ ހެޔޮ ދުޢާ ފާގަތިވެ  ހެޔޮ މަގުގައި   ވެޔޭ

رحمن ވަންތަ إله ލައްވާނީ މުޅިންވެސް رحمةއޭ

ކިޔާފައިވާ ޢަދަދު: 6081
حسن شاكر محمد
ތެދުވެރި ވަފާތެރި مخلصންނަށް دينގައި  ހުރަހެއްނެތޭ
             އެދުމެއް އަމިއްލަނުވާ ކަތުންނަށް ހުރިنصيبނިމުން ނެތޭ

އެކުވެރިކަމާ   ލޮބުވެތިކަމާ   އެކުގައިއުޅޭހާ  މީސްތަކުން
             އެކުގައިވުމުށް  މަތިވެރި إلهى ވާގިފުޅު  އަބަދަށް ވެތޭ

ރޯދަ މަޤުބޫލު ވޭތޯ ބަލަމާ!

ކިޔާފައިވާ ޢަދަދު: 3181
ރޯނުގޭ ޙަސަން މަނިކު

ހިފާ  ރޯދަ  މަޤުބޫލު  ވޭތޯ  ބަލަން
                ދިފާޢުގެ ކަމަރު ބަނދެލަމާ ހޭ ނިކަން

ވަރަށް ހިތްވަރާއެކު މި އަޅުކަން މަތީ
                ވަރަށް  ވާނެ ކެތްތެރި ވެވޭތޯ ބަލަން

ވެވޭ ކަންކަމާ އޮންނަ ފާޙިޝް ނުބައި
                ޖެހޭނޭ މުޅިން ދުރު  ވެވޭތޯ  ބަލަން

އޭތް! ރޯދަވެރިޔާއޭ

ކިޔާފައިވާ ޢަދަދު: 4709
ޢަބްދުﷲ ޞާދިޤު
ވަރަށްބޮޑަށް ކަރު ހިއްކައިފިކަން އެނގިއްޖެ މިހާރު
              ވަރަށްބޮޑަށް ބަނޑުހައިވެއްޖެކަން އެނގިއްޖެ މިހާރު   

ނިކަން ބަލާށެ މިވީ  އިރުކޮޅަށް  ދުވާލުދަމުން
              ނިކަން ރުޅީގެ އަސަރު ގަދަވެގެން ދަނީއެ  މިހާރު

ދެތަލިވަނީ ހިކިފައި  ބަރުވެ ބޯ،  ހަކަތަ ނެތިފައި
              އެ ތަށިމަތީގެ ހަނދާން  ރޭގެ،   އާވަނީއެ މިހާރު

ބަރަކާތުގެ މޫސުމް

ކިޔާފައިވާ ޢަދަދު: 3343

އާދަމް ޢަބްދުއްރަޙްމާން – ހއ. އުތީމު
ރޯޅިއެއް ފިނިފިނި ނަސީމީ ޖައްވުގައި މުޅި ފެތުރިލީ
        ރޯދި  ބަރަކާތެއްގެ  މޫސުމް  ކާއިނާތަށް  ވެރިވެލީ

އަނދިރިކަން އޮތް ވެރިވެފައި ކަންކޮޅުތަކަށް ޖާހިލުކަމުން
        އަނދިރިކަން ފިލުވާލި ނޫރެއް އުދަރެހުން އަލި އުދަވެލީ

ނަމާދު

ކިޔާފައިވާ ޢަދަދު: 5047
ޢަބްދުއްރަޝީދު ޙުސައިން
ގަދައަޑުން  އަންނަން  ނަމާދަށް ވަގުތު ޖެހުމުން  އަންގަވާ-
              ފަދަޔަކުން  އެއްވެސް   ޢިބާދަތަކަށް   ގޮވާކަށް  ނާންގަވާ

މާތް  އިލާހީ  ހަޟްރަތަށް ކުއްތަންވި  ހިނދުގައި މާތް ނަބީ
              މާތްވި މިޢުރާޖުން  މިއަޅުކަން  މުއުމިނުންނަށް   ލައްވަވާ