މަލެއްގެ އަސަރުގައި

ކިޔާފައިވާ ޢަދަދު: 2822
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަތިފުށީ ޢަބްދުﷲ ޝާކިރު

ލޯބިވެވުނީ، ފަރިވެފައި އިން ނަލަކަމުންނޭ، ގުލްޝަނުން
          ލޯބިކޮށް ތިޔަ ކަރުގަނޑަށް  ބޮސްދީ  ހަދަން  ބޭނުންވުމުން

ބިނދެލުމަށް ވެސް ހާދަ ހިތްވަރުކުރެވުނޭ، އިން ގޮފިކޮޅުން
          ބިނދެލެވޭނޭ ފުރުޞަތެއް ހަމަ  ނުލިބުނޭ  ކަށި  ގިނަކަމުން

އިޢުތިރާފު

ކިޔާފައިވާ ޢަދަދު: 2633
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރަމްލާ ޢަބްދުލްޣަނީ

ހިތުގެ ހުރި  މޮޔަކަމޭ  ވާދީއަކަށް   ގޮސް ނޭނގި   ވަދެވުނުކަން،
         ބިމުގެ  ޒައްރާއަކަށް ވާއިރު  އުޑާހަމަޔަށް  މިހިތް  އެރިކަން.

ހަނާއަޅަމުން  ވަޔާ   ވައިރޯޅިޔާ   ހެލިލާ    ގޮތުން  ގަސްތައް،
         ބުނާހެން  ހީވެ  އަންނާށޭ  ހިނގާގޮސް  ވަދެވުނީ  މޮޔަކަން.

ދަންޖެހޭތީ ފެންނަ ހުވަފެނެއް

ކިޔާފައިވާ ޢަދަދު: 5160
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން

 ދަމެއް ޖެހިދާނެ ހުވަފެންތައް  ފެނުން އަދު ހާދަ ގިނަވެއްޖޭ
            ނަމެއްގައި  މިނިވަނޭ  އެ ބުނާ   ބުނުން ވެސް ހީއަކަށް ވެއްޖޭ

 މިތާނގެ ކަނޑާ ފަޒާ ބެލެހެއްޓުމަށްވެސް އިސްވެގެންތިބެނީ
           މިތާންގެ  ދަރިންކަމާ  މެދުގައި  މި ހިތުގައި  ޝައްކު  އުފެދިއްޖޭ

ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ ތަރިއެކޭ

ކިޔާފައިވާ ޢަދަދު: 8216
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ހަ ކިބައިން މަތިވެރި މުރުއްވަތްތެރި އެއީ މާތް ދަރިއެކޭ
            ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ  ތަރިއެކޭ

އެކުވެރީންނަށް ހެޔޮ އަދައި އެއްބާރުލުން ދީ ހެޔޮމަގަށް
            އެކު އުޅެން އުނދަގޫކަމެއް ނެތް ނުހަނު  ސާދާ  މިތުރެކޭ

ތެޔޮ ވަޅެއް

ކިޔާފައިވާ ޢަދަދު: 9437
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އޭ ކަނޑާއޭ، ތިޔަ ކަނޑުން  ނެރެދީބަލާށޭ  ތެޔޮވަޅެއް
              ނޭކަށޭނަ ކަމެއް ކަމަށް ނަހަދައި ވަރަށް ބޮޑު ތެޔޮވަޅެއް

އެންމެ ފުނުގައި އަދި އެއަށްވުރެވެސް ފުނަށް ތޮރުފައި ހަދައި-
              ގެން ވިޔަސް، ތެޔޮ ނެގި އެއިން މަންފާކުރާނޭ ތެޔޮވަޅެއް

އަދު  ޒަމާނީ އާލަތާ  ޢިލްމާ ހުނަރު  އެބަ ހުރިކަމުން
              މަދު ނުވާފަދަ މިންވަރެއްގައި ތެޔޮ ނެގޭނޭ  ތެޔޮ ވަޅެއް

ވިސްނައިފި ނަމަ، ދިވެހިން މިހެން ކުރިޔަށް އަރައިދާ ސަބަބަކީ…..

ކިޔާފައިވާ ޢަދަދު: 8163
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތިޔައީ މި ޤައުމުގެ ރޫޙަކީ، ތިޔައީ  މި  ޤައުމުގެ ދިރުމަކީ
            ތިޔަ ޚިދުމަތުންނޭ ކުރިއަރައި ދިވެހިން މިދާ ބޮޑު  ސިއްރަކީ

އިސްލާމްކަމާ  ތައުޙީދުގައި  ސާބިތުކަމާއެކު  މި  ގޮތުގައި
            ވިސްނައިފި ނަމަ ދިވެހިން މިހެން ކުރިޔަށްއަރައިދާ ސަބަބަކީ

މާތް ﷲ

ކިޔާފައިވާ ޢަދަދު: 3068
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލިފުޅު
ހިތަށް އެރުމުން  ކަމެއް  ސިއްރެއް  ނުވާނެ ފަރާތަކީ ﷲ
                 ހިތަށް އުފަލާ އަރާމާ ދެއްވަނީ ވެސް އާދެ! މާތް ﷲ
ދުނިޔެ ދައުރާ ކުރާއިރު އިރު ހަނދާ  ތަރިތައް އުޑާއި ބިމާ،
                 އުނިކަމެއްނެތި އެހިންގަވަނީ އަމާންކަމުގައިމެ މާތް ﷲ

މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން!!

ކިޔާފައިވާ ޢަދަދު: 5396
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް

މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން
          މޮޅިން  ހިތް ދަތިވެ ގިސްލާނީ މި ޖީލުގެ  ތިޔަ ދަރީންގެ  ދަރީން
           ********************

ކުދިންނޭ   ކާފަމެން  ބޮޑުވީ  ގޮބޮޅިޔާ  ގިތި ފަޅޯ ކައިގެން
   ރޮދިން ރޮދިހިލި، ކިލާވެ ހަފުސްވެފައިވާ  ސޯޓުބުރި ލައިގެން
       މަދިރި، ތަންމަކުނު، ސެއްޅި ހަފާވަރުން، ރޭ ނިދި ނުނިދި ތިބެގެން
            މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ  މުނިމުނި ދަރީންގެ ދަރީން

އެވެސް ދުވަހެއް، މިވެސް ދުވަހެއް

ކިޔާފައިވާ ޢަދަދު: 4186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
           
އާދަމް ނަޞީރު އިބްރާހީމް، ތޮއްޑޫ

ދުށީ އެއް އުންމަތެއް، އުފަލުން  ފަޚުރުވެރިވާ، އެވެސް ދުވަހެއް
          ކޮށީ ކޮން މަގުތަކެއް، އެކަމުން ފިތުނަވެރިވާ،   މިވެސް ދުވަހެއް

އެކެއް އަނެކެއްގެ ޙުރުމަތުގާ ވެލީ ޤުރުބާން، އެވެސް   ދުވަހެއް
          އެކެއް އަނެކެއްގެ މަަަރުހިފުމަށް ފެށީ ތެދުވާން،  މިވެސް ދުވަހެއް

ލޯބިވާ ކަނޑާއޭ

ކިޔާފައިވާ ޢަދަދު: 5203
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
އޭމަގޭ   ލޮބުވެތި  ކަނޑާ    ރާއްޖޭގެ    ޚިދުމަތުގައި    އޮވޭ
          ތީ މަގޭ  ތަނެކޭ    ކިޔައި    މި ތަނުގެ    ޙިމާޔަތުގައި    އޮވޭ

ތިޔަ އަތުންނޭ  ފިރުމަނީ   ތާއަބަދު ވެސް   ރަށްތައް    ވަށައި
           ތިޔަ  ކަނޑުން   ދިން   ވެލިފުކެއް  ނޫނީ  މި ބިންމައްޗަކު ނުވޭ