ދުނިޔެ ހިނިތުންވި ގުލްޒާރޭ

ކިޔާފައިވާ ޢަދަދު: 3095
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ނަޞީރު، އއ. މާޅޮސް
މަދީޙީ  ގުލްޝަނުން  ފަރިވާ، މިއީ  ލޯބީގެ  އަޒުހާރޭ
                މަލީޙީ  ފޮނި  ޢިބާރާތުން  ހެދޭ މީ  ހިތުގެ އަޝްޢާރޭ

ޚިޔާލުގެ  ސާޙަތުން  ތަޢުބީރުވާ  ޖަޒުބާތު  ފޮނުވައިދޭ
                ސިޔާޙަތަކުން  ޢަވާޠިފު އުތުރިގެން ހެދެނީ މި އަންހާރޭ

ވަކިވުމުގެ ކެކުޅުން

ކިޔާފައިވާ ޢަދަދު: 3174
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ސިރާޖު ޢުމަރު
އެތައް ވަޢުދެއް ވުމަށް ފަހުގާ އެތައް ވަގުތަކު އެކީ އުޅެފާ
                       ކެތަށް ޢުމުރަށް އުޅެން ތިބުނީ ވެދާނޭވަރު ހިތަށް ނާރާ

ވަދާޢަށް ބުނެނުލާ ތިޔަހެން ފޮޅޭ ނަލަމާ މިލާދާހެން
                      ހަނދާންކޮށްކޮށް އަޅާ ނިމެނީ ދުށުން އެދިއެދި މަގޭ ހީރާ

ޤަބޫލުކުރާށެވެ!

ކިޔާފައިވާ ޢަދަދު: 3328
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލިފުޅު، ބ.ދަރަވަންދޫ
ތިމާ  އެދިގެން  ގުޅިއްޖެއްޔާ  ތިމާ ވާނޭ    އަޅެއްކަމުގައި
            ތިމާ އަށް އެދި  ގުޅިއްޖެއްޔާ  އެ މީހާ ވޭ    އަޅެއްކަމުގައި

ދެ މީހުން އެދި ގުޅިއްޖެއްޔާ  އެ ކަން ވޭ ނިޢުމަތެއް ކަމުގައި
            އެ މީހުންނަށް  ޙަޔާތެއް  ބާއްޖަވެރި  ލިބިދޭ ކަމެއް ކަމުގައި

ހަވީރުގެ ރީތިކަން

ކިޔާފައިވާ ޢަދަދު: 5173
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން
ހަވީރުގެ  ރީތިކަން  އެނގެނީ  ފޮޅޭ  ކުލަ  ރީތި  މާތަކަށޭ
            އަވީން ގަދަ ނުފިހި އެ ތިބަ ހެނީ  ޢަބީރުން ހިތްފުރޭ ގޮތަށޭ

ތޮޅޭ  ނަލަ  ރޯޅިޔާ  ހެލިލައި  ފޮޅޭތާކަށް   ކޮކާ  ލެފިލައި
            އުޅޭ ނަލަ  ރީތި ރަތް  ރީނދޫ ފިޔާތޮށި ހުދު  އަސުރުމަލަށޭ

މަލެއްގެ އަސަރުގައި

ކިޔާފައިވާ ޢަދަދު: 2903
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަތިފުށީ ޢަބްދުﷲ ޝާކިރު

ލޯބިވެވުނީ، ފަރިވެފައި އިން ނަލަކަމުންނޭ، ގުލްޝަނުން
          ލޯބިކޮށް ތިޔަ ކަރުގަނޑަށް  ބޮސްދީ  ހަދަން  ބޭނުންވުމުން

ބިނދެލުމަށް ވެސް ހާދަ ހިތްވަރުކުރެވުނޭ، އިން ގޮފިކޮޅުން
          ބިނދެލެވޭނޭ ފުރުޞަތެއް ހަމަ  ނުލިބުނޭ  ކަށި  ގިނަކަމުން

އިޢުތިރާފު

ކިޔާފައިވާ ޢަދަދު: 2705
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރަމްލާ ޢަބްދުލްޣަނީ

ހިތުގެ ހުރި  މޮޔަކަމޭ  ވާދީއަކަށް   ގޮސް ނޭނގި   ވަދެވުނުކަން،
         ބިމުގެ  ޒައްރާއަކަށް ވާއިރު  އުޑާހަމަޔަށް  މިހިތް  އެރިކަން.

ހަނާއަޅަމުން  ވަޔާ   ވައިރޯޅިޔާ   ހެލިލާ    ގޮތުން  ގަސްތައް،
         ބުނާހެން  ހީވެ  އަންނާށޭ  ހިނގާގޮސް  ވަދެވުނީ  މޮޔަކަން.

ދަންޖެހޭތީ ފެންނަ ހުވަފެނެއް

ކިޔާފައިވާ ޢަދަދު: 5240
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން

 ދަމެއް ޖެހިދާނެ ހުވަފެންތައް  ފެނުން އަދު ހާދަ ގިނަވެއްޖޭ
            ނަމެއްގައި  މިނިވަނޭ  އެ ބުނާ   ބުނުން ވެސް ހީއަކަށް ވެއްޖޭ

 މިތާނގެ ކަނޑާ ފަޒާ ބެލެހެއްޓުމަށްވެސް އިސްވެގެންތިބެނީ
           މިތާންގެ  ދަރިންކަމާ  މެދުގައި  މި ހިތުގައި  ޝައްކު  އުފެދިއްޖޭ

ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ ތަރިއެކޭ

ކިޔާފައިވާ ޢަދަދު: 8307
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ހަ ކިބައިން މަތިވެރި މުރުއްވަތްތެރި އެއީ މާތް ދަރިއެކޭ
            ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ  ތަރިއެކޭ

އެކުވެރީންނަށް ހެޔޮ އަދައި އެއްބާރުލުން ދީ ހެޔޮމަގަށް
            އެކު އުޅެން އުނދަގޫކަމެއް ނެތް ނުހަނު  ސާދާ  މިތުރެކޭ

ތެޔޮ ވަޅެއް

ކިޔާފައިވާ ޢަދަދު: 9517
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އޭ ކަނޑާއޭ، ތިޔަ ކަނޑުން  ނެރެދީބަލާށޭ  ތެޔޮވަޅެއް
              ނޭކަށޭނަ ކަމެއް ކަމަށް ނަހަދައި ވަރަށް ބޮޑު ތެޔޮވަޅެއް

އެންމެ ފުނުގައި އަދި އެއަށްވުރެވެސް ފުނަށް ތޮރުފައި ހަދައި-
              ގެން ވިޔަސް، ތެޔޮ ނެގި އެއިން މަންފާކުރާނޭ ތެޔޮވަޅެއް

އަދު  ޒަމާނީ އާލަތާ  ޢިލްމާ ހުނަރު  އެބަ ހުރިކަމުން
              މަދު ނުވާފަދަ މިންވަރެއްގައި ތެޔޮ ނެގޭނޭ  ތެޔޮ ވަޅެއް

ވިސްނައިފި ނަމަ، ދިވެހިން މިހެން ކުރިޔަށް އަރައިދާ ސަބަބަކީ…..

ކިޔާފައިވާ ޢަދަދު: 8243
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތިޔައީ މި ޤައުމުގެ ރޫޙަކީ، ތިޔައީ  މި  ޤައުމުގެ ދިރުމަކީ
            ތިޔަ ޚިދުމަތުންނޭ ކުރިއަރައި ދިވެހިން މިދާ ބޮޑު  ސިއްރަކީ

އިސްލާމްކަމާ  ތައުޙީދުގައި  ސާބިތުކަމާއެކު  މި  ގޮތުގައި
            ވިސްނައިފި ނަމަ ދިވެހިން މިހެން ކުރިޔަށްއަރައިދާ ސަބަބަކީ