ބިރިކިސިންޑާ ރައިވަރު (2)

ކިޔާފައިވާ ޢަދަދު: 3476
ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު
(26 މާރޗް 2013 ( އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
    (10)
ހުރިތަނަކު ފަރެއްގައި     (ހުރިތަނަކު ފަރެއްގައި)
ގުރިމު ކަންނޭނގޭ ތަދާ    (މުގުރި ކަންނޭނގޭ ތަދާ)
ޅުރިވެތި ބިރިކިސިންޑާ     (ޅުރިވެތި ބިރިކިސިންޑާ)
ބުރުނުވަރުތޯ ލަގޮނޑި ދާ     (ލަގޮނޑި ދާވަރުތޯ ބުރުނު)
ފުރިހަމަވި ކަންކަމަށް އިންނަ     (ފުރިހަމަވި ކަންކަމަށް އިންނަ)
ހުރިހުންގާނު ތަރައިންނަ    (ހުންގާނު ހުރި ތަރައިންނަ)

ބިރިކިސިންޑާ ރައިވަރު

ކިޔާފައިވާ ޢަދަދު: 1962

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

(26 މާރޗް 2013 ( އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
    (10)
ހުރިތަނަކު ފަރެއްގައި     (ހުރިތަނަކު ފަރެއްގައި)
ގުރިމު ކަންނޭނގޭ ތަދާ    (މުގުރި ކަންނޭނގޭ ތަދާ)
ޅުރިވެތި ބިރިކިސިންޑާ     (ޅުރިވެތި ބިރިކިސިންޑާ)
ބުރުނުވަރުތޯ ލަގޮނޑި ދާ     (ލަގޮނޑި ދާވަރުތޯ ބުރުނު)
ފުރިހަމަވި ކަންކަމަށް އިންނަ     (ފުރިހަމަވި ކަންކަމަށް އިންނަ)
ހުރިހުންގާނު ތަރައިންނަ    (ހުންގާނު ހުރި ތަރައިންނަ)

ޤައުމުގެ އަޑު އަހާށެވެ!

ކިޔާފައިވާ ޢަދަދު: 6357
ޙަސަން ޝާކިރު މުޙައްމަދު
ހީކުރާށޭ އަބަދަށްވެސް ރަނގަޅަށް ކަން ކަމުގައި
               މީ ކުރިންވެސް ލޮބުވެތި ޤައުމު އެދޭގޮތް ކަމުގައި
ކަންކަމަށް އުނި ހުރިހާ ހެޔޮބަދަލަށް އެދި ތިބެގެން
               އަންނަ މޫސުންދިރުވާށޭ މި ބިމަށް ފަހި  ގޮތުގައި

ޔޫސުފު ޢަލައިހިއްސަލާމުގެ ވާހަކަ.

ކިޔާފައިވާ ޢަދަދު: 3543

ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ. ހިތަދޫ.

        ބިސްމިއިން ފަށަނީ ލިޔަން  ޔޫސުފުގެ ވާހަކަ ޅެންބަހުން،
                    ވިސްނުމާ ކެތްތެރިކަމާ އެދިގެން އިލާހުގެ ޙަޟުރަތުން.
      ޙަމްދު ތަޢްރިފާ ޘަނާ ޞަލަވާތް އެކީ ލެއްވުން އަދައި،
                    ޢަމަލުގައި މަތިވެރި، ރަސޫލުﷲ އަށް ތެދުވެރި ހިތުން.
      ބޭނުމީ އަޚުނާއި އުޚުތުންނަށް މި ވާހަކައިން ރަނގަޅު،
                    ބޭނުމާ،  ޢިބުރަތްތަކާ،  ފައިދާތަކެއް، އަބަދަށް ލިބުން.

ޒުވާނުންނަކީ ޤައުމުގެ އުއްމީދު

ކިޔާފައިވާ ޢަދަދު: 6355
ޙަސަން ޝާކިރު މުޙައްމަދު
އުއްމީދަކީ ޒުވާނުން ޤައުމަށް އަބަދު ލިބެވިވާ   
                 އުއްމަތް އެކީ  ދިރޭނޭ ރަމްޒާ  މަޤާމު  ފަހިވާ
ތަމްރީނުތައްމެ ހޯދާ އެކިއެކި މަޤާމުތަކުގައި
                ތަދުބީރު އެކުލަވައިގެން ސީދާ  މަގުން ހިގަންވާ

ބިރިކިސިންޑާ ރައިވަރު (1)

ކިޔާފައިވާ ޢަދަދު: 6000

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

ތަޢާރުފު

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އަދި މިހާތަނަށް ރާއްޖޭގައި ޗާޕުވެ ޝާއިޢުކުރެވިފައިވާ ރައިވަރެއް ނޫނެވެ. ތުންތުންމަތިން ކިޔަމުން އަންނަ ރައިވަރެކެވެ. އަޅުގަނޑު މިރައިވަރު ލިޔެފައި މިވަނީ އަޅުގަނޑުގެ ބައްޕަ އަބްދުއްރަޙުމާނު ޙަސަން މަންޒިލް ނ. މާފަރު (84 އ) ކިޔައިދެއްވި ގޮތަށެވެ. ބުނެވޭ ގޮތުގައި މިއީ ހއ. އުލިގަމު ބޭފުޅަކު ހައްދަވާފައިވާ ރައިވަރެކެވެ. ރައިވަރުގެ ބަސްމަގު ތަރުތީބުކޮށްފައި މިވަނީ އަޅުގަނޑެވެ.

މަދު ބަޔެއް

ކިޔާފައިވާ ޢަދަދު: 6855
ޙަސަން ޝާކިރު މުޙައްމަދު
ތެދުވެރި ވަފާތެރި ޚާދިމުންނީ ކަށަވަރުން ވެސް  މަދު ބަޔެއް
                ހެނދުނާ ހަވީރާ  އެއް ގޮތަށް ސީދާވެ  ތިބެނީ  މަދު ބަޔެއް
ލިބުމުން ސަނާ ތާރީފުތައް ނުވެޔޭ ހަނދާން ކުރި ވަޢުދުތައް
                ހިތުގައި ވަނީ އުންމީދުތައް މި ގޮތަށްމެ ނުވަނީ  މަދު ބަޔެއް

ޙަޤީޤަތަކީ، މިއީ އެވެ.

ކިޔާފައިވާ ޢަދަދު: 7070
ޙަސަން ޝާކިރު މުޙައްމަދު
ޙަޤީޤަތް  ހާމަކުރުމީ  އެންމެނަށް  ކުރެވޭ ކަމެއް ނޫނޭ
          އަމީރުން ކުރިމަތީ ތެދު ބަސް ބުނުން އެއީ ވާކަމެއްނޫނޭ
ކިތަންމެރަނގަޅުކަމެއް މީހަކު ހިތުންރުހުމާއެކީ ކުރިޔަސް
          އެތައް ގޮތަކަށް  ޚިޔާލުނުދީ  ތިބޭނީ  މަދުބަޔެއް ނޫނޭ

ދަރުމަވާނެ! ހޭއަރާބަލަ!

ކިޔާފައިވާ ޢަދަދު: 4759
      
     ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

     ދަރުމަވާނޭ  ހޭއަރާށޭ!   ގައިމެ   މަރު  އަންނާނެޔޭ
                   ހޮރުތެރޭގައި ވަދެ އޮތަސް މިންޖެއްވުމެއް  ނޯންނާނެޔޭ

     ކަރުހިފައި ލޭއޮހޮރުވައިގެން ދުނިޔެރަންކޮށް އުޅުނަކަސް
                  ބަރުނުވާނަމަ ހެޔޮރަނގަޅުކޮޅު   ފިނިކަމެއް  ނުލިބޭނެޔޭ

ހަމަ ތެދެކެވެ!

ކިޔާފައިވާ ޢަދަދު: 6461
ޙަސަން ޝާކިރު މުޙައްމަދު
ތެދުތެދަށް  ބުނެދޭނަމޭ  އިންސާފު   ޙައްޤު  މަޤާމުގައި
          ތެދުވެރިންނާއެކު  ހިނގަން   ނުސިހޭނަމޭ   އެއްތާކުގައި
ކުޑަކިތަންމެ ކަމެއްވިޔަސް  އިންސާފުނެތް ނަމަ ކަށަވަރުން
         “އުޑަފައިން އިންނާށަ ޖެހުނަސް”  ދެކޮޅުވާނަމެ ޢަޒުމުގައި