އެވެސް ދުވަހެއް، މިވެސް ދުވަހެއް

ކިޔާފައިވާ ޢަދަދު: 4336
           
އާދަމް ނަޞީރު އިބްރާހީމް، ތޮއްޑޫ

ދުށީ އެއް އުންމަތެއް، އުފަލުން  ފަޚުރުވެރިވާ، އެވެސް ދުވަހެއް
          ކޮށީ ކޮން މަގުތަކެއް، އެކަމުން ފިތުނަވެރިވާ،   މިވެސް ދުވަހެއް

އެކެއް އަނެކެއްގެ ޙުރުމަތުގާ ވެލީ ޤުރުބާން، އެވެސް   ދުވަހެއް
          އެކެއް އަނެކެއްގެ މަަަރުހިފުމަށް ފެށީ ތެދުވާން،  މިވެސް ދުވަހެއް

ލޯބިވާ ކަނޑާއޭ

ކިޔާފައިވާ ޢަދަދު: 5324
ޢަބްދުއްރަޝީދު ޙުސައިން
އޭމަގޭ   ލޮބުވެތި  ކަނޑާ    ރާއްޖޭގެ    ޚިދުމަތުގައި    އޮވޭ
          ތީ މަގޭ  ތަނެކޭ    ކިޔައި    މި ތަނުގެ    ޙިމާޔަތުގައި    އޮވޭ

ތިޔަ އަތުންނޭ  ފިރުމަނީ   ތާއަބަދު ވެސް   ރަށްތައް    ވަށައި
           ތިޔަ  ކަނޑުން   ދިން   ވެލިފުކެއް  ނޫނީ  މި ބިންމައްޗަކު ނުވޭ

މެއްސެއްގެ ފިކުރު

ކިޔާފައިވާ ޢަދަދު: 3458
ޙުސައިން ސިރާޖު ޢުމަރު
ކުރަން ބޭނުން  ސުވާލުތަކެއް  ހުރުން  މީފަހެ ކުށެއް ހެއްޔޭ؟
           ދުރަށްވިސްނާ ބަހެއް ބުނެދޭން  އެދުރުބޭ  އަދު  ކޮބައިހެއްޔޭ؟
 
ނެތީހެއްޔޭ  ގޮތެއް  ފެނިފާ މަށާ  މަންމަގެ  ރިޒްޤު  ހޯދަން
           އޮތީ މުޅަ ކުނި އުކާ ހެދުމުން ރޮމުން ހެވިފައި  ކެއުން  ހެއްޔޭ؟
 

ދެ ހާސް ރުފިޔާ ލިބުމުން

ކިޔާފައިވާ ޢަދަދު: 3346
އަންވަރު އިބްރާހީމް
ހާދަހާ ރަނގަޅޭ  ދަރިން،  އަދު  ހާދަހާ  ލޯތްބެއް ވެޔޭ
              ހާދަހާ ގިނަ ކަންކަމެއްގައި  ހެޔޮ  ނަޞޭހަތް ވެސް ދެޔޭ

ކެއްސުމެއް ކުޑަކުޑަ އަޔަސް، ނާ ހާދަ ބޮޑުކަމަކަށްވެގެން
              ކޮންމެ ފަހަރަކު  ދަރިޔަކާއެކު  ޑޮކްޓަރަށް އެބަ ގެންދެޔޭ

ތިލަދުންމަތީ ދެކުނުބުރީގެ މަލަ

ކިޔާފައިވާ ޢަދަދު: 3218
ޙުސައިން ސިރާޖު ޢުމަރު
ތަރުތީބުކޮށް ކުރަހަން ފަށަން ތިލަދުން މަތިން ނަލަ  މަންޒަރެއް
                ބަރުހިތް ނުކޮށް ރަށްތަކު ތެރޭން މޯހިރު ބަލައި، ދިޔުުމަށް މަގެއް

ފަރިދޫގެ މަލަ  ފެނިފައި ހިތަށް  ގެނުވައިދެޔޭ ހިތްދަތި  ކަމެއް
                ފަރިކަން އެވާ  އުސް ފަސްގަނޑުން ހެކިކޮށްދެޔޭ    މާޒީތަކެއް

ބޭނުމެއް ނެތް

ކިޔާފައިވާ ޢަދަދު: 3447
ރޯނުގޭ ޙަސަން މަނިކު
ދެއަތުން ނަގައި ދިނަސް، އެ ހިތެއް ބޭނުމެއްނެތޭ
            އެއަކުން  ހިތަށް  ކުރާނެ   އިތުރު   ރާޙަތެއްނެތޭ

ހުރެ އިންތިޒާރުގައި އެކި ރޭ ހޭދަވީ ގޮތާ
            ކުރެވުނު  ޚިޔާލުގައި ހަމަ   އެއްވެސް   އަގެއްނެތޭ

ސްކައުޓުންގެ ރޫޙް

ކިޔާފައިވާ ޢަދަދު: 2861
ފަތުޙުﷲ އަޙުމަދު، މޫރިތިގެ، ހއ. އިހަވަންދޫ
ޖޯޝާ އަޒުމާއެކީ          ހޯދާ ޢިލްމެއް މިއީ
ތަރުބިއްޔަތުތައް ވަނީ       ހުނަރާ ފަންނީ ރޮނގުން

ހުނަރާ ފަންނީ ރޮނގުން     ތަރުބިއްޔަތުތައް ވަނީ
ޖޯޝާ ފޯރީ މަމެން          ވެވިގެން ތިބެ ސުކައުޓްން

އެދުރުންނީ… ބަޔެއް!

ކިޔާފައިވާ ޢަދަދު: 3054
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަދަރާއި  ލޯތްބާ  ލިބޭ          ޝަރަފާއި  ފަޚްރާ ދެވޭ
ތިޔަފަދަ ނެތް ހެޔޮ ބަޔެއް         މުޅި  ދޭހުން  ކައުނުގާ

މުޅި  ދޭހުން  ކައުނުގާ          ތިޔަފަދަ ނެތް ހެޔޮބަޔެއް
ޤަދަރާއި  ލޯތްބާ  ދެވޭ          ޝަރަފާއި  ފަޚްރާ ލިބޭ

މިޔޭ މަ އެންމެ ލޯބިވާ ތަނަކީ

ކިޔާފައިވާ ޢަދަދު: 5348
ޢަބްދުއްރަޝީދު ޙުސައިން

            ލާލާލާލާ
         * * * * * *
 މަގޭ އުފަންބިމޭ މިރާއްޖެއަކީ
     އެޔޭ ދިވެއްސަކަށް މަވީ ކަމަކީ
         މިޔޭ މަ މަންމައޭ  ކިޔާ ބިމަކީ
             މިޔޭ މަ އެންމެ ލޯބިވާ  ތަނަކީ

ދިވެހި ޝަހީދުންނަށް ސަލާމް!

ކިޔާފައިވާ ޢަދަދު: 4863

ޢަބްދުއްރަޝީދު ޙުސައިން

        ސަލާމް ސަލާމް ސަލާމް ސަލާމް
* * * * * * * * * * *
 ސަލާންކުރޭ ދިވެހިންނޭ
        މިތިބީ  ފަޚްރުލްވަޠަނޭ
               މިމާތް ބިމަށް ފުރާނަދީ
                      ޝަހީދުވީ  ބަޠަލުންނޭ