ތުނޑު ހަސަނަށް ކެހިދިން މީދާ

ކިޔާފައިވާ ޢަދަދު: 4002
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
 
އިހަވަންދޫ އުތުރު އަވަށު މުއްސަންޖަކު އިހު އުޅުނޭ   
ތުނޑު ހަސަނުން ނަންދެވިފާ       މަހުޖަނަކަށްވެޔެ ރަށުގާ
ގައްލަންދޫ ވަރުވާޔަށް            ދަނޑު ހައްދަން ގެންގުޅުނޭ  
މިޔަހެއްޔަށް ދަނޑުހައްދަން        ރަށުގެ އެކީ ރޯކުރިޔޭ

ފަގީރު ކޮއިގެ ބަރަބޯ

ކިޔާފައިވާ ޢަދަދު: 3240
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ރީތިކަމުން ނަން ވިދާ         ރަސްރަންޏަކު ޝަހަރުގައި
ރީތިއުޅުން އުޅުމުގާ           މަސްތައް އަހަރުން ގުނާ
އެކުވެރިކަން ނިންމަތީ        ގެވެހި އުޅުން ބިންމަތީ
އެވެރިން ހިތް ކުދިކުރީ         ދެގޮތެއް ނެތް އުޅުމުގައި

އަމާން ބަނދަރަކަށް…!

ކިޔާފައިވާ ޢަދަދު: 2990
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަޢުމީ އަޚްވަންތަކަން    ޤަޢުމީ ރޫޙީ އުފާ
ޤަޢުމުން ނެތި ގެއްލެނީ   ކަޅިއެއް ފަހެ ހިންގަމާ
ޤަޢުމުގެ ހައިބަތު އެކީ     ކަޢުނުން މުޅި ފަނޑުވަނީ
މައުޤޫލެއް ނުވި ބަލިން     މިތުރުން ތިބެ ފޯވެގެން

ނަޞްރުގެ ދުވަހު….!

ކިޔާފައިވާ ޢަދަދު: 6539
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޖިހާދުގެ ހަނދާންތައް  އަލުން އާވަމުންދޭ
           އިހާފަހުގެ ބަޠަލުންގެ ޒިކުރާ ވަމުންދޭ 
                     ކިޔާ ޝުކުރު  ތަޢުރީފު   އާލާވަމުންދޭ 
އައީ ނަޞްރު އުންމަތުގެ މިނިވަންކަމައިގެން
           އައީ ހެޔޮ ނަސީބަށް އަމާންމަގު އަދައިގެން
                  އައީ އަދު ދުވަސް، ހެޔޮމަގަށް އަލިވަމުންދޭ 

އިސްނަގާށޭވީ

ކިޔާފައިވާ ޢަދަދު: 3130
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޙީމް ޢަބްދުﷲ
ރާގު: އިޝްޤު މާޒީގައި ލިބުނު ޢިބްރަތްތަކުން…….
އިސްނަގާށޭވީ މިއަދު ޚިދުމަތްކުރަން
                ވިސްނުމާ ފިކުރާ ޚިޔާލާ އާ ކުރަން
އެއްބަހެއް،އެއްދީނަކާ އަދި އެއްއުޞޫލެއް ގެންގުޅޭ
             އެއްބައެއް އެއް ނަސްލަކުން އައި އެއް ގައުމުގައި ދިރިއުޅޭ
                           އެއް ގޮތެއްގައި އަބަދު ދިރި އުޅެމާ މިތާ

ހާދަހާ ބޮޑު ދެރައެކޭ

ކިޔާފައިވާ ޢަދަދު: 5127
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ތިޔަ ދިނީ  ޤައުމަށް  ދަރިންނޭ  ހާދަހާ ބޮޑު ދެރައެކޭ
                 ތިޔަ  ކުދިން ހެދިޔަސް  ތިއީ ހެދި  ހާދަހާ ބޮޑު ގޯހެކޭ           

އެފަދައެއް  ނެތް  މީހެކޭ   ދުކްތޫރު  އަފްރާޝީމަކީ
                 ސަފުތަކުން  ކުރިއަށް  ނުކުމެ ތިބެ ތިޔަމެރީ ވާ މީހެކޭ

ދުނިޔޭގެ ޙަޤީޤަތުގެތެރެއިން…..

ކިޔާފައިވާ ޢަދަދު: 3204
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނާހިދު ޢަލީ، ސަމާ،   އއ. މާޅޮސް
 
މާދަން  ތިމާއަށް    ވާނެގޮތް  ނޭނގޭނެޔޭ 
                  ވަގުތާ  ދުވަސް  ނިމިދާނެ ގޮތް  ނޭނގޭނެޔޭ
އަވަހަށް ފަށައި ނިންމަން އެދޭ ހުރިހައި ކަމެއް،
                  ވަގުތަށް  ނުނިމި ހުއްޓަސް ތިމާ ދާންވާނެޔޭ.

ޅެންވެރިއެއްގެ ހާސަރެއް

ކިޔާފައިވާ ޢަދަދު: 3437
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު

“ނޯޓް: ތިރީގައި މިވަނީ، އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު ތަރުޖަމާކުރައްވައިފައިވާ އަރަބި ޅެމެއްގެ ދިވެހި ތަރުޖަމާއެކެވެ. މިޅެމަކީ ޢިރާޤުގެ ޅެންވެރިޔެއްކަމަށްވާ މަޢުރޫފުއްރަސާފީގެ ޅެމެކެވެ. މިޅެން ހެދިފައިވަނީ ޢިރާޤު މުސްތަޢުމަރުންގެ އަތްދަށުވެފައިވާ ދުވަސްވަރެއްގައެވެ. މިޅެމުގައި އެދުވަސް ވަރު ޢިރާޤުގެ އާއްމު މީހުންގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް ބައްލަވައިލައްވައި ހިތްޕުޅާނުވެ ފާޑުކިޔުއްވައިފައިވެއެވެ. މިޅެމުގެ އަސްލާއެކު ދިވެހިތަރުޖަމާ ހުށަހަޅައިލަމެވެ.”

އަލްމަރުޙޫމް ޝަހީދު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި…

ކިޔާފައިވާ ޢަދަދު: 3384
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޙީމް ޢަބްދުﷲ އަރާއިރު، ލ. ފޮނަދޫ
ގެއްލިގެން ދިޔައީ މިގައުމުން ހާދަ އަގުހުރި ދަރިއެކޭ
              ގެއްލުމުގެ އުނިކަން އަބަދު އިޙްސާސްވާ އެކުވެރިއެކޭ 
ޢިލްމުވެރި،ޤާބިލް،ހުނަރުވެރި ޢާލިމެއް އަދި ވާޢިޟެއް
              ޙިލްމުވެރިކަން  ދައްކުވައިދިން  ލާމަސީލު މިސާލެކޭ

އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ ގެ ހަނދާނުގައި

ކިޔާފައިވާ ޢަދަދު: 3287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޝަރީފް އިބްރާހީމް، ފެންފިޔާޒުގެ، ރ.މީދޫ
ވަދާޢީ އެންމެ ފަހުގެ ސަލާމްތަކުން ހިތްތައް މިރޮއްވައިލީ
          ވަދާޢުގެ ހިތި އަސަރުތަކުގައި ދެލޯ  ކަރުނުންނެ  ތެންމައިލީ
ނުހަނު ތިރި ހިތްޕުޅެއް ލިބިވީ އެއަލިގަދަ ދަންމަރެއް ޢިލްމީ
          ނުހަނު ބޭރަޙުމުވެރި ގޮތަކަށް ޝިކާރަވެރިން  އެ ނިއްވައިލީ