ތިލަދުންމަތީ ދެކުނުބުރީގެ މަލަ

ކިޔާފައިވާ ޢަދަދު: 3256
ޙުސައިން ސިރާޖު ޢުމަރު
ތަރުތީބުކޮށް ކުރަހަން ފަށަން ތިލަދުން މަތިން ނަލަ  މަންޒަރެއް
                ބަރުހިތް ނުކޮށް ރަށްތަކު ތެރޭން މޯހިރު ބަލައި، ދިޔުުމަށް މަގެއް

ފަރިދޫގެ މަލަ  ފެނިފައި ހިތަށް  ގެނުވައިދެޔޭ ހިތްދަތި  ކަމެއް
                ފަރިކަން އެވާ  އުސް ފަސްގަނޑުން ހެކިކޮށްދެޔޭ    މާޒީތަކެއް

ބޭނުމެއް ނެތް

ކިޔާފައިވާ ޢަދަދު: 3464
ރޯނުގޭ ޙަސަން މަނިކު
ދެއަތުން ނަގައި ދިނަސް، އެ ހިތެއް ބޭނުމެއްނެތޭ
            އެއަކުން  ހިތަށް  ކުރާނެ   އިތުރު   ރާޙަތެއްނެތޭ

ހުރެ އިންތިޒާރުގައި އެކި ރޭ ހޭދަވީ ގޮތާ
            ކުރެވުނު  ޚިޔާލުގައި ހަމަ   އެއްވެސް   އަގެއްނެތޭ

ސްކައުޓުންގެ ރޫޙް

ކިޔާފައިވާ ޢަދަދު: 2905
ފަތުޙުﷲ އަޙުމަދު، މޫރިތިގެ، ހއ. އިހަވަންދޫ
ޖޯޝާ އަޒުމާއެކީ          ހޯދާ ޢިލްމެއް މިއީ
ތަރުބިއްޔަތުތައް ވަނީ       ހުނަރާ ފަންނީ ރޮނގުން

ހުނަރާ ފަންނީ ރޮނގުން     ތަރުބިއްޔަތުތައް ވަނީ
ޖޯޝާ ފޯރީ މަމެން          ވެވިގެން ތިބެ ސުކައުޓްން

އެދުރުންނީ… ބަޔެއް!

ކިޔާފައިވާ ޢަދަދު: 3101
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަދަރާއި  ލޯތްބާ  ލިބޭ          ޝަރަފާއި  ފަޚްރާ ދެވޭ
ތިޔަފަދަ ނެތް ހެޔޮ ބަޔެއް         މުޅި  ދޭހުން  ކައުނުގާ

މުޅި  ދޭހުން  ކައުނުގާ          ތިޔަފަދަ ނެތް ހެޔޮބަޔެއް
ޤަދަރާއި  ލޯތްބާ  ދެވޭ          ޝަރަފާއި  ފަޚްރާ ލިބޭ

މިޔޭ މަ އެންމެ ލޯބިވާ ތަނަކީ

ކިޔާފައިވާ ޢަދަދު: 5398
ޢަބްދުއްރަޝީދު ޙުސައިން

            ލާލާލާލާ
         * * * * * *
 މަގޭ އުފަންބިމޭ މިރާއްޖެއަކީ
     އެޔޭ ދިވެއްސަކަށް މަވީ ކަމަކީ
         މިޔޭ މަ މަންމައޭ  ކިޔާ ބިމަކީ
             މިޔޭ މަ އެންމެ ލޯބިވާ  ތަނަކީ

ދިވެހި ޝަހީދުންނަށް ސަލާމް!

ކިޔާފައިވާ ޢަދަދު: 4904

ޢަބްދުއްރަޝީދު ޙުސައިން

        ސަލާމް ސަލާމް ސަލާމް ސަލާމް
* * * * * * * * * * *
 ސަލާންކުރޭ ދިވެހިންނޭ
        މިތިބީ  ފަޚްރުލްވަޠަނޭ
               މިމާތް ބިމަށް ފުރާނަދީ
                      ޝަހީދުވީ  ބަޠަލުންނޭ
 

ތަރިތަކާ ދެކޮޅަށް ބޮއްތަކުގެ ހަނގުރާމަ

ކިޔާފައިވާ ޢަދަދު: 3034
އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު
އެއް ރެޔަކު ކަޅުއަނދިރި ފޮއިގައި ފެންގަނޑެއްގައި އޮތް ބޮކެއް
              އެއްލި ކަޅިއެއްގައި ދުށީ ފެންގަނޑުގެ ތެރެއިން  ތަރިތަކެއް

ހިޔަނިއެޅިފައި ހުރިގޮތުން ފެންގަނޑުތެރަށް ތަރިތަކުން
              ބިޔަ ނުހަނު ބޮޑު ދުޝްމަނުންގެ ހިތަށް އައޭ މީ ލަޝްކަރެއް

ކާރިސާތަކުން ސަލާމަތްކުރާށޭ

ކިޔާފައިވާ ޢަދަދު: 4771

ޢަބްދުއްރަޝީދު ޙުސައިން
 ދިމާވާ މިހިރަ ބޮޑެތި ގެއްލުން ދެކޭށޭ
            ބިމާ އެކުވެ ގެދޮރާ މުދާ ދިޔަނުދޭށޭ
                   ޖަމާޢަތް އެކީގައި ނުކުމެ ބުނެބަލާށޭ
                              ޙިމާޔަތް ކުރަން ކާރިސާއިން އުޅޭށޭ

އެއީ ފިލުމެއްނުވާ ޒިކުރާއެކޭ…

ކިޔާފައިވާ ޢަދަދު: 3112

މުޙަންމަދު ނަޞީރު، އއ. މާޅޮސް

ތި އިޝްޤުގެ  ހޫނުޖަޒުބާތުން   ޚިޔާލު   ވަޅޯވެފައި   މި ހުރީ
           ތި އިހުސާސުން  ލިބޭ  އަނިޔާ،   ޒަމީރަށް  ވެރިވެފައި  މިހިރީ
އެކަނިވެރި މެންދަމަށް ނިދި ގެއްލި، ހަނދުމައިގައި ނިމޭށެވަނީ
        ދެ ކަންހުޅި ހުވަފެނުން ފެނިފެނި، ދެ ލޯ އެކުގައި ޒަޚަމް މި ވަނީ
                ވެ ކަންނެތް، ޢިޝްޤުގައި ނުލިބޭ ޝިފާ ބައްޔެއް ވެފައި މި ހުރީ 

ސަމާލުވާށެ ކަރުނަޔަށް

ކިޔާފައިވާ ޢަދަދު: 5241

ޢަބްދުއްރަޝީދު ޙުސައިން  
               
ޒަމާންތަކެއްގެ ހަނދާން އާކުރޭ ބިރުން ނުސިހޭ
     އަމާންކަމާ އެކުގައި އުޅުނު އިރު ނުވެސް އުދުހޭ 
           ނަމާއި އަބުރު ސަލާމަތްކުރަން އުޅެން ނުޖެހޭ              
                  ސަމާލުވާށެ  ކަރުނަޔަށް  މިއަދު  ލޮލުން މިއޮހޭ