ޢުމުރު ދެމިއޮތްހާ ހިނދަކު..!

ކިޔާފައިވާ ޢަދަދު: 7590
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ހެޔޮ ޢަމަލު  ދޫކޮށްނުލާށޭ  ޢުމުރު  ދެމިއޮތްހާ ހިނދަކު
                 ހެޔޮބަހެއްނޫނީ  ނުބުނަމާ  ޢުމުރު ދެމިއޮތްހާ  ހިނދަކު
ނިޔަތުގައި    ތެދުވެރިކަމާއެކު   ވާށެ   އުންމީދާއެކީ
                 ހިޔަނަސީބަށް އެދި ތިބޭށޭ ޢުމުރު  ދެމިއޮތްހާ  ހިނދަކު

އިސްރާފުކުރުމުން ދުރުހެލި ވާށެވެ!

ކިޔާފައިވާ ޢަދަދު: 7556
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އިސްރާފު ނުކުރާށޭ އަޚުންނޭ ކެއުމުގައި އަދި  ބުއިމުގައި
              ވިސްނާށެ އެކަމުން  ލިބެވިދާ ގެއްލުން އޮތީ  ހަމަގާތުގައި
ކާންބޯން ނުލިބި ނިކަމެތިވެފައި އެތަކެއް ކަތުން ތިބުމާއެކީ
ވާންވީ އެހީތެރިކަންވުމަށް  ފަސްނުޖެހެމާ  ހެޔޮނިޔަތުގައި

ތައުބާ ވަމާތޯއެވެ؟

ކިޔާފައިވާ ޢަދަދު: 6758
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ތައުބާގެ ދޮރު ޔަޤީނުން  މަތިވެރި  މިދީނުގައިވޭ
            ތައުބާވެ މާފު އެދުމުން  ރަޙްމަތްލިބުން  ޔަޤީންވޭ
ފައުޅާއި ސިއްރުގައިވެސް ކުރެވޭކުށަށް ހިތާމައިން
              ތައުބާވެ ދެންނެވީމާ   މަތިވެރި ޢަފޫ ލިބުންވޭ

ގަބޫލު ކުރާށެވެ!

ކިޔާފައިވާ ޢަދަދު: 3494
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޒުވާނަކަން ގެއްލި  ބީވާކަން މިތާ  އެންމެން ގަބޫލުކުރޭ
                   ނުވާން އުޅުނަސްތިމާ މުސްކުޅި  ވެދާނޭކަން ގަބޫލުކުރޭ
ހަށިން ޖޯޝާއި  ބާރުފިލައި  ނުކުޅެދުންތެރިކަމާއެކުގައި
                   މަށިން ހެއްދެވި  މިއިންސާނާ  ފަނާވާކަން  ގަބޫލުކުރޭ

ތަޤުވާގެ މަގުގައި

ކިޔާފައިވާ ޢަދަދު: 7072
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ތަޤުވާގެ މައްސަރު އައިހިނދުން ތަޤުވާގެ މަގުގައި ކުރިއަރާ
ހަގުނާ  ދޮށިން  އެއްހިތްވެގެން  ޢަޒުމާއެކީގައި  ކުރިއަރާ
މަތިވެރިވި  ޤުރުއާނާއެކީ  ގިނަގުނަ  ވަގުތުތައް  ހޭދަކޮށް
                   ދަތިކަންއެކީގައި  ހިތްތަކުން ފިލުވައި ނަސީބުން  ކުރިއަރާ

އިސްރާފުކުރުމުން ދުރުހެލި ވާށެވެ.

ކިޔާފައިވާ ޢަދަދު: 7036
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު 
އިސްރާފު ނުކުރާށޭ އަޚުންނޭ ކެއުމުގައި އަދި  ބުއިމުގައި
              ވިސްނާށެ އެކަމުން  ލިބެވިދާ ގެއްލުން އޮތީ  ހަމަގާތުގައި
ކާންބޯން ނުލިބި ނިކަމެތިވެފައި އެތަކެއް ކަތުން ތިބުމާއެކީ
ވާންވީ އެހީތެރިކަންވުމަށް  ފަސްނުޖެހެމާ  ހެޔޮނިޔަތުގައި

ފުރުޞަތުގެ ބޭނުންކުރާށެވެ.

ކިޔާފައިވާ ޢަދަދު: 7325
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ނަފުސުގެހިސާބުކުރަން މިއީ މަތިވެރިރަނގަޅުވީ ފުރުޞަތެއް
                  ހަފުށުން ސަލާމަތް ހޯދުމަށް ލިބިފައިވި ހެޔޮމާތް ފުރުޞަތެއް
ތަޤުވާގެ  ދަންމަރު ދިއްލިދާ  ރަމަޟާންކަރީމުގެ ހިޔަލުގައި
                  އަގުމާތްވި ރަޙްމަތް ގުނަވެދާ ލޮބުވެތި ނަސީބުގެ ފުރުޞަތެއް

ސުވަރުގޭގެ ލަވަ

ކިޔާފައިވާ ޢަދަދު: 5422
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް (2012)
 
ނޯޓު: މި ޅެން އެކުލަވައިލެވިފައި މި ވަނީ “ސަބްކުޗް ލުޓާކެ ހޯޝުމެ” (1957). މި ރާގުގެ ވަޒަނަށެވެ. 
މީ ބިންމަތީގެ ސުވަރުގެޔޭ ޞުލްޙަވެރި އަމާން 
     މީ އުޚުތުނާ  އަޚުންނޭ   ހެކިވާނެޔޭ    ޒަމާން 
ރަޙްމަތުގެ ޙައްޤު ދީން މި ބިމަށް ފެތުރި ނޫރުގާ 
އަޚްވަންތަކަން  ހިނގާލީ،  ވިންދާ   ޝުޢޫރުގާ  (ނަފުސާއި ރޫޙުގާ)
ފަޚުރެއް ކަމަށް ނުވޭހެ   މި  ދިން ޙުރުމަތާ   އަމާން 
            މީ އުޚުތުނާ  އަޚުންނޭ   ހެކިވާނެޔޭ    ޒަމާން 

ފުރަތަމަ ދިހައިގެ ރަޙްމަތް ހޯދުމަށް!

ކިޔާފައިވާ ޢަދަދު: 6749
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ފުރަތަމަ ދިހައިގެ ރަޙްމަތް ހޯދަން އަވަސް ކުރާށޭ
                         ފުރަމާނަ ހުރި  މިރޭތައް  ބޭނުންކުރަން  ކެރޭށޭ 
ވަގުތެއް ނަގާނުލައިތިބެ ހުރިހާ   ނަމާދަކަށްގޮސް
                        އަގުހުރި  އެމާތްވި އަޅުކަން ވަގުތުން  އަދާކުރާށޭ

ރަމަޟާން މަހަށްޓަކައި ކުރެވޭ މަތިވެރި އުއްމީދު

ކިޔާފައިވާ ޢަދަދު: 8638
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރަޙުމަތާ ބަރަކާތް އޮހޭ މޫސުން މިއަދު ކުރިމަތި ވަނީ 
                އަހުލުނަށް ގިނަގުނަ ޘަވާބުން ކުރިމަގޭ ރޯޝަންވަނީ
                       ވަހުމުތައް  ދޫކޮށް  ސިރާޠުލްމުސްތަޤީމަށް  ދާން  ވަނީ
                           
ހެޔޮ ޢަމަލުތައް ގިނަކުރުން، އޭ އޮތް ތިމާއަށް ފުރުޞަތެއް
                ހެޔޮކަމާ ގިނަ ދަރުމައިން މަންފާ ލިބޭނޭ މޮޅު ގޮތެއް
                       ހެޔޮބަހެއް  ނޫނީ   ނުބުނެ   ހުރުމޭ  އަބަދު ލާޒިމުވަނީ
ފަސްވަގުތު ހަމަޔަށް އަދާކޮށް މުޅި ދުވާލުގެ ވަގުތުގައި
                ގަސްތުގައި ނިޔަތާ އެކީގައި ރޯދައަށް ހުރެ އެ ގޮތުގައި
                       މަޞްލަޙަތު އިސްކޮށް މި މައްސަރު  ހޭދަކުރުމޭ އޮންނަނީ