ފުން ލޯބި

ކިޔާފައިވާ ޢަދަދު: 349

ރާގު: މުޖުކޮ އިސް ރާތުކި ތަންހާއިމޭ އާވާޒު ނަ ދޯ  = ރަޙުމް = ހިތުގެ ފުންލޯބި، އެ ދިން ލޯބި ކޮބައިހޭ ނުބުނޭ ކޮންތާކުހެ ވީ  ކޮންތާކުހެ ވީ ކުރި އެ އިތުބާރު، ވި އިޤުރާރު ކޮބައިހޭ ނުބުނޭ ކޮންތާކުހެ ވީ  ކޮންތާކުހެ ވީ * * * * * * ވިސްނުމާ  ހިތުގެ  ޚިޔާލާތު    އުދުއްސާލީމާ އޭގެ  މިސްރާބު  ހަޔާތުން  އޮވެ  ކައްސާލީމާ ވާނެގޮތް  ފެށުނު ޒަވާޖަށް ތި ޚިޔާލަށް ނުގެނޭ ވެވި…

ޙަޔާތެއް ބާއްޖަވެރިވެރި ވޭތޯ

ކިޔާފައިވާ ޢަދަދު: 255

އުތީމު އާދަމްބެ ޙަޔާތެއް  ބާއްޖަވެރި  ވޭތޯ  މަޔާ  ދަރިޔާއި  އޮޅުވަންޏާ ޙަޔާއުގެ  ކަންފުޅެއް ނެތިފައި ވަޔާލާ  އަބުރު ވިއްސަންޏާ ލަދާ އަގަލާ ދުރަށް  ލައިފާ މަ ދާންވީ މަގު މަ އޮޅުވައިފާ ތަދާ ވޭނާ  ނަދާމަތުގައި  އަދާ  މާދަން  އުޅެން  ވަންޏާ ޚިޔާލަށް އަންނަ މޮޅު ރޭވުން  ތިޔާގިކަމަށް  ބުނާ އަޑަކުން ކިޔާ ލަވަތައް  އަހާމީހުން  ނުބައި ކޮރަކުން  ނަށައިލަންޏާ ދަރާލާ  އަތްތަކުން  އެދުމުގެ  ބަރާކޮށްގެން  ގުދާރު އެކީ ކަރަމާތް ދެއްކި ރޮނގު ދޫކޮށް އަރާ އެކަހެރި…

ޙަޤީޤީ އާދައެވެ.

ކިޔާފައިވާ ޢަދަދު: 315

– މުހަންމަދު ނަސީރު، އއ.މާޅޮސް-                   ޖިސްމުގައި ވޭނުގެ ޝަކުވާ ރިހުމާ އެބަ އުފެދޭ ޙިއްސުތައް ކޮށިވެ، ޢިލާޖެއްނެތި ދުނިޔޭން އެބަދޭ ވީނުވީއެއް ނުއެނގޭ ބަދުވި ނަޞީބާ ގުޅިގެން ހީނުވާހާ  އުނދަގޫ   ޙާލަތު  ފެނިގެން   އާދޭ ދިރިއުޅުން ގެއްލި ޒަރޫރީ މިނިވަންކަން ނެތުމުން ހިރިނުލައިއޮވެ ނިމި ދިއުމެއް ކުރިމަތި ވެއްޖެތެދޭ ކާކުތޯއޭ ތަޤުދީރާއި ތަޙައްދީ ކުރަނީ މާކުރިން  އެކުލެވި  ތަދުބީރު  އޮޔާ  ބެހެމުންދޭ ހިތުގެލޭނާރުތަކާ، މޭގެ ދިރުން ގޮސް ކެނޑިގެން އިތުރު    ވޭނާއިތުރާ   ހުށަހޮޅިފައިވީ  ނުނިދޭ ލޭގެ…

ދިވެހިބަސް – ދިވެހިންގެ މާދަރީ ބަސް

ކިޔާފައިވާ ޢަދަދު: 1047

އާދަމް އިބްރާހީމް ދުރުމީ، ކުޅުދުއްފުށި      މާދަރީ ބަހަކީ ދިވެހި،   ދިވެހީންގެ  ޤައުމީ  ދިވެހިބަސް               ހާދަ އަގުހުރި   ތަރިކައެއް  މީ ފަޚުރުވެރިވާ   ދިވެހިބަސް ކާބަފައިން  ބޭނުންކުރެއްވީ، އިހު ޒަމާނުންސުރެ މިބަސް               ލާބަހޯދަން މިއަދުވެސް،   ދިރުވަން   މިއެދެނީ ދިވެހިބަސް ރީތި ލަވަޔާ، ރައިވަރާ، އަންބާ،ފަރިހި،   ޅެންހެދި މިވެސް               ރީތި ދިގުތާރީޚަކާއި،    ޘަޤާފަތެއް ވާ      ދިވެހިބަސް ބޭރުބަސްތައް  ބަހުގެ ތެރެއަށް ވަދެ، ބަހާ  ގުޅިފައިވިޔަސް               އޭރުވެސް އަދި މިއަދުވެސް،  ދިވެހިންގެ  ބަހަކީ ދިވެހިބަސް ބޭރު…

ލިޔާނެޔެ ޢަމަލުތައްހުރިހާ

ކިޔާފައިވާ ޢަދަދު: 301

– މުހަންމަދު ނަސީރު، އއ.މާޅޮސް-                މިއީ ވަގުތީ މަނާޒިރެކޭ، ދަރެސްތައް ފެންނަ ސާޙަތުގައި              މިއީ  ދެދުވަހުގެ   މަންޒިލެކޭ،   އުފާލިބިދޭނެ  ރާޙަތުގައި ސިކުނޑިޔާވިސްނުމާ، ފިކުރާ، ހިތާއި ޒަމީރުވެސް ލިބިގެން              ނުކުމެމިތިބީ  ދަތުރު   ފެށުމަށްޓަކައިނޫންތޯ   ސިޔާޙަތުގައި ދެމަގު އެބައޮތް ތިމާއަށް ރީތިކޮށް ފެންނަން މިތާދުނިޔޭ              ދެމަގުގައިވާ  ތަފާތު  ބަލާށެ   ވިސްނައިގެން  މި ޙާލުގައި ފިނީގެ އުފާ ރަބީޢީ މޫސުމެއްގެތެރޭން ލިބެން އޮއްވާ              ގިނީގެމަގުން    ޚަރީފުދެކޭށަ    ބޭނުންތޯއެ    އާފަތުގައި ތަފާތުތަކެއްވެޔޭ ދުނިޔޭގެ އިންސާނުން…

ލޯބި ވެވުނީމާ

ކިޔާފައިވާ ޢަދަދު: 396

އާދަމް އިބްރާހީމް،  ދުރުމީ ، ހދ. ކުޅުދުއްފުށި         ރާގު: ޔާމެރީ މަންޒިލް ބަތާ ޔާ ޒިންދަގީ ކޯ ޖީނެލޭ.. ގާތުގައި ހުންނަން ކަލާ، ލޯބިން ހިތޭ ބޭނުންވަނީ                        ތިޔަ އުފާވެރި މޫނު ދެކިލަން، އަބަދުވެސް ބޭނުންވަނީ – – – – – – – – – – – – – – – – – – – –      ނިދި ލިބޭތޯ އެދުމަތީގައި ފުރޮޅި…

ޝުކުރުވެރިވާށެވީ..

ކިޔާފައިވާ ޢަދަދު: 280

– މުހަންމަދު ނަސީރު، އއ.މާޅޮސް-                ލިބޭތޯ ދުނިޔަވީ ޢިބްރަތް، ހިފާށޭ ހެޔޮވަސީލަތުގައި               ފެނޭތޯ ދާށެ މަންޒަރުތައް، ދުނިޔެ  ދައްކާ  ޙަޤީޤަތުގައި ދުވާލާ ރޭގަނޑާ، ހެނދުނާ ހަވީރުގެ މާނަވީސިފަތައް               ސުވާލެއްނޫންހެ ކުރިމަތި ކުރުވަނީ  މިދެކޭ  ޠަބީޢަތުގައި މަރާއި އުފަންވުމާ، ބައްޔާޝިފާގެ އުޞޫލުތައްދެކުނަސް               ޤަރާރުވެދާނެ  މަތިވެރި  ތަޖުރިބާ،  ޒާތީ ޚަޞީލަތުގައި ފަޤީރުވެ ހުނަރުވެރިޔާ، މަހުޖަނުން ކަމުގައިވެ މޮޔަ ގޮފޮޅުން               ޙަޤީޤަތްދުނިޔެ  ދައްކާ،  ދެކިބަލާށެ  މިތާ މަޢީޝަތުގައި މަދަދުވެރި ޢާލިމުންނާ މުޞްލިޙުން ނިކަމެތިވެފައި ދުނިޔޭ…

އަޅުގަނޑު ދެކޭ ގޮތް

ކިޔާފައިވާ ޢަދަދު: 391

އާދަމް އިބްރާހީމް،  ދުރުމީ / ހދ.ކުޅުދުއްފުށި            ހިތެއްގައި ލޯބި ނެތް   ހިތަކީ، ހިތެއް    ކަމަކަށް ނުބެލެވެނޭ                      މުތެއް ކަމުގައިވިއަސް  އަގުނެތް،   އެއީ މުތަކަށް  ނުބެލެވޭނޭ            ރަޙުމް ލޯތްބާއި     އޯގާތެރިކަމެއް   ހިތުގައި   ނެތީވިއްޔާ                      ފަހުމް މައިވަންތަ  ނުވިނަމަ ލޯބި،  މަޔަކަށްވެސް  ނުބެލެވޭނޭ            މައިންދޭ ލޯބި، ޤުރުބާނީ،    ދަރިންނަށް    ދޭހަ ނުވިނަމައީ                      މައިންނަށް ރަޙުމު ނެތަމަ ދަރީން،  ދަރީން ކަމަކަށް ނުބެލެވޭނޭ            އަތެއް ނެތްނަމަ  އެހީތެރިވާން،  ތިމާއަށް  ރައްޓެހިންގެ…

2017 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅު

ކިޔާފައިވާ ޢަދަދު: 462

އިދާރީ ނޯޓެއް: ލިޔުންތެރީންގެ ގުޅުމާއި އިސްކަންދަރު އިސްކޫލު ގުޅިގެން 2017 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޝަރަފުވެރި މެހުމާނު، ދިވެހިބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމް (ޅެންބަހުން) ދެއްކެވި ވާހަކަފުުޅެވެ. މި ވާހަކަފުޅު މި ސައިޓުގެ ކިޔުންތެރީންނަށް ހަދިޔާކުރެއްވި ކަމަށްޓަކައި، އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. (އިސްކަންދަރު އިސްކޫލުގެ ޖަލްސާކުރާ މާލަން، 8.30 މފ، 1.2.2017) ____________ بســــــــــــــم الله الرّحــمــــــن الرّحــيـــــــــم އިސްމުފުޅުން…

ދޮންދައްތަގެ ހަނދާނުގައި

ކިޔާފައިވާ ޢަދަދު: 489

ޢަލީ ޖައިޝަން ޢާމިރު، ހ.މާދޫގެ   ނެތޭ ލަފުޒުތަކަކުން ބަޔާންކޮށް ދެވޭކަށް     ނެތޭ ފޮނި ހަނދާންތައް ދުރަށް އަދުލެވޭކަށް … ކިހާ ހުނަރުވެރިހޭ، ކިހާ ދަރުމަވެރިހޭ        އެހާ ގާތް އަޅާލުން ދިނީ ޝަރުޠު ނެތިއޭ               ނިހާއީ ދަރަޖައަށް އެދިން ސާފު ލޯތްބޭ × 2                      މިހާރުން ހިތަށް ފަޅުކަމެއް ވެރި ނުވޭތޯ …                           ނެތޭ ލަފްޒުތަކަކުން … ޤަދަރުވެރިވި ޝަޚްޞެއް، ޝަރަފުވެރިވި ދަރިއެއް        ޢަދުލުވެރިކަމާއެކު ގެއެއް ހިންގި ވެރިއެއް…