މަގޭ ދޮންއަނބި (2)

ކިޔާފައިވާ ޢަދަދު: 168
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަގޭ ދޮންއަނބި  (2) އިބްރާހީމް ހުސެން މަނިކު ރޮލްފު މެޑިކަލް ކޮލެޖުން ޖާގަ ހޯދީތީ ރޮލްފަށާއި މާމަޔަށް އިނާމެއްގެ ގޮތުން މަސްދުވަހުގެ އިންޑިޔާ ދަތުރެއް މާރިޔާ ދީފިއެވެ. މިއީ ދިއްލީ އާގަރާ ޖައިޕޫރު އުދައިޕޫރު ވަރުނާސީ ރިޝީކޭޝް ބަދުރީނާތު ފަދަ ތާރީޚީ ގޮތުން ނުވަތަ ދީނީ، ސަގާފީ ގޮތުން މުހިންމު ރަށްރަށާއި ތަންތަނަށް ކުރާ ދަތުރެކެވެ. ދާނޭ ރަށްރަށާއި ތަންތަން ކަނޑައެޅީ މައިދައިތައެވެ. މިއަދަކީ އެދަތުރު ދިޔުމުގެ ކުރިން މައިދައިތަމެން ރާއްޖެ އައި ދުވަހެވެ. އިންޑިޔާއަށް ފުރަން…

މަގޭ ދޮންއަނބި (1)

ކިޔާފައިވާ ޢަދަދު: 141
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަގޭ ދޮންއަނބި (1) އިބްރާހީމް ހުސެން މަނިކު “ގޫތެން މޯރޣެން!” “ގޫތެން މޯރޣެން!” އަހަރެންގެ ހެނދުނުގެ ސަލާމުގެ އަޑަށް މަގޭ އަނބި މާރިޔާ ކިޔަން އޮތް ފޮތުން ކަޅިހިއްލާލުމެއް ނެތި ޖަވާބު ދިނެވެ. އަހަރެން އައީ ހެނދުނުގެ ތާޒާވަޔާއި ރަންއަވީގެ ތެރޭގައި މާފަނުން ކުޑަހެންވޭރާ ހަމަޔަށް ބަނދަރުމަތީ މަގުގައި ހިނގާލައިފައެވެ. މާރިޔާ ފޮތް ކިޔަން އޮތީ، ފޮތް ކިޔަން އަބަދުވެސް އޮންނަ ގޮތަށެވެ. އެނދުގެ ކޮޅުފިލާގަނޑުގައި ބުރަކަށި ޖައްސާލައިގެން ޑަބަލް އެނދު މައަޗަށް ފައިދަމާލައިގެންނެވެ. ނިދާއިރު ގައިމަތީ…

އޭރުގެ ފަތްފުށްތަކުން..!: ފިޔާތޮށި ކުޑަރުމާ

ކިޔާފައިވާ ޢަދަދު: 153
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފިޔާތޮށި ކުޑަރުމާ މ.ޢ މި ވާހަކަ ނަކަލުކޮށްފައިވަނީ، 1973 ޖަނަވަރީ މަހުގެ [އަމާޒު] މަޖައްލާއިންނެވެ. ވާހަކަ ލިޔުއްވާފައިވަނީ، މީމު، ޢައިނު.އެވެ. އެއީ، ކޮންބޭފުޅެއްކަމެއް އެނގިފައެއް ނެތެވެ. އެނގިވަޑައިގަންނަވާ ބޭފުޅަކު، ހިއްސާ ކޮށްލައްވާނެކަމަށް އުންމީދު ކުރަމެވެ. ———————————— ދަނީ ފްލޮރިޑާއަށެވެ. ބަހަށް އެރިއިރު އެ ކުދިންގެ އަތްމަތި މުއްސަނދިވެފައިވަނީ، ވައްތަރު ވައްތަރުގެ ކާނާއިންނާއި ބުއިންތަކުންނެވެ. ޚިޔާލުގައިވަނީ، އެ ރަންކުލައިގެ ހޫނު ގޮނޑުދޮށެވެ. ދިޔަވަރު ހިކިވެ ބޮޑުވުމުގައި އެތާނގެ އޮއިވަރަށާއި ރާޅުތަކަށް އަންނަ ބަދަލުތަކެވެ. އާދެ! މިޔާމީ ބީޗުގެ ހިތްފަސޭހަ…

ދެނުގެވަތީ (4)

ކިޔާފައިވާ ޢަދަދު: 188
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދެނުގެވަތީ  (4) އިބްރާހީމް ހުސެން މަނިކު ޒުވާނާ ހީނލައިފައި ބުންޏެވެ. “އިސްދޫ އެއީ ކޮން ހިސާބެއް؟ މީ ކޮން ހިސާބެއް؟ މީ ފަސްދޫތެރެ ކެންދޫ. ދެ މާޅޮސްމަޑުލު ދޭތެރެއަށް ޖެހި އަބެއް ކަހަލަ ފަސްދޫތެރެ އަތޮޅު!” “ފަސްދޫތެރެ؟ ކެންދޫ؟ ތިޔަ ކިޔަނީ އަހަރެން އަހައި އުޅޭ އަތޮޅެއް ރަށެއްގެ ނަމެއް ނޫން!” “މީ ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅަކާއި ފަޅުރަށެއް. ވާހަކަދައްކަން ނޫޅެ ގައިގައި ވަރުޖައްސަން އިހަށް ރާގުޑި ބޮއިލެވޭތޯ ބަލަމާ!.” ޒުވާނާއަށް މެދު އުމުރުގެ ފިރިހެނަކު ދިއްކޮށްލި…

ދެނުގެވަތީ (3)

ކިޔާފައިވާ ޢަދަދު: 160
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދެނުގެވަތީ (3) އިބްރާހީމް ހުސެން މަނިކު ސިއްސައިގެން ގޮސް ދެނުގެވަތީ އަށް ހުވަފެނުން ހޭލެވުނީ ފިނިފިނި ރޯޅިތައް އައިސް ގައިގައި ޖެހެންފެށީމައެވެ. އަވި އޮތީ ނިވާލާފައެވެ. އިރު ވަނީ ވިލާތަކާ އެޅި ފަރުދާވެފައެވެ. ޖައްވު ބަނަވެފައިވާއިރު ކަނޑުމޫނު ފެންނަނީ ފެހިކުލައިގައެވެ. ދެނުގެވަތީ ބިރުން ތެޅިގަތީ ވައިމަތީ ފަށަލަފަށަލަޔަށް ވިލާޖަހައި ބައްދާލައިފައި އޮތް ތަން ފެނުނީމައެވެ. ފުސް ރަތްކުލައަކަށް ދާ ވިލައެވެ. މެންދުރަށް އެއްޗެއް ކައިލައި ދޯންޏަށް އަރުވާފައި އޮތް ހަމައެކަނި ކުރުނބާ އިހަލުން ކުރުނބާއެއް މަނދެލައިގެން ބޮއިލެވޭނެހައި…

ދިރިއުޅުމުގެ ރަހަތައް (16)

ކިޔާފައިވާ ޢަދަދު: 104
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

  ދިރިއުޅުމުގެ ރަހަތައް (16) މުޙައްމަދު ވަޙީދު / މަޑުލު ހައިކަލް ހޭއަރަން ފެށީ ޖަރުމަނުގެ ގަޑިން ހަތަރެއް ޖަހަނިކޮށެވެ. ފުރަތަމަވެސް ގޮވައިލީ މަންމައަށެވެ. ދެން ބައްޕައަށެވެ. ދެން ފާރިޝާއަށެވެ. ލަހެއް ނުވެ ނިދޭގޮތް ވެއްޖެއެވެ. ހައިކަލްގެ ބައްޕަ ފަތިސްނަމާދަށް ތެދުވިގޮތަށް ނުނިދައެވެ. ހޮސްޕިޓަލަށް ގުޅައިފައި ހައިކަލްގެ ޙާލު ބެއްޔެވެ. ހައިކަލް ހޭއެރި ވާހަކަ އާއި މިހާރު އޮތީ ނިދިފައި ކަމަށް ބުންޏެވެ. ހައިކަލް ބައްޕަ ވަރަށް ހިތްހަމަޖެހުނެވެ. ފޯނުކޮށްލައިފައި މާލެއަށް އެ ޚަބަރު ދިނެވެ. ފާރިޝާ…

ދެނުގެވަތީ (2)

ކިޔާފައިވާ ޢަދަދު: 153
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދެނުގެވަތީ (2) އިބްރާހީމް ހުސެން މަނިކު ކަފީގައި ހިފަހައްޓާލައިގެން ހުންގާނަށް ސަމާލުވެގެން ދެނުގެވަތީ ހުއްޓެވެ. ފަހަތުން ހުރީ ގާތްކުރަމުން އަންނަ ދޯނީގެ މީހުން ގޮތްކިޔާ ހަޅޭވެރޭ އަޑުފަށެވެ. ތަނެއް ހުޅުޖެހިގެން އުޅޭ ކަހަލައެވެ. ވައު އުނަގަނޑުގައި ބައްދައިގެން  ފަތައިގަތް މީހާ ފުޅޮއިގެ އޮއިގަނޑުގައި ޖެހުނީމާ މިދިމާ ހޭފަށަށް ކުރިއަރައިގެން އަންނަނީ ފައްސިޔައަށް ފައިބައިގެން އަންނަ ދޯންޏެއްހައި ބާރަށެވެ. ދެނުގެވަތީ ނޭވާ ހިފަހައްޓާލިއެވެ. އޭނާގެ ތޫނު ލޮލަށް ފާހަގަކުރެވުނީ ދަށްކިބައިން މައިތޮއްޓަށް ބިންދަން ނަގާ ރާޅު އެއްދިމާއަކުން ބިންދުމެއް…

ދިރިއުޅުމުގެ ރަހަތައް (15)

ކިޔާފައިވާ ޢަދަދު: 106
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިރިއުޅުމުގެ ރަހަތައް  (15) މުޙައްމަދު ވަޙީދު / މަޑުލު ޖެހިގެން އައި އާދީއްތަ ދުވަހު ސިލޯނުމަގުން ޖަރުމަނީއަށް ދާ މީހުން މާލޭން ފުރައިފިއެވެ. އެ ދުވަހަކީ، ހައިކަލާމެދު އޭނާގެ އޮފީހުގައި މަސައްކަތްކުރާ އެކުވެރީންގެ ހުރި ތެދުވެރިކަމާއި ގާތްކަން ފެނިގެން ދިޔަ ދުވަހެކެވެ. މާބޮނޑިތަކާއި ހެޔޮދުޢާގެ ކާޑުތަކާއި ހަދިޔާތައް ހިފައިގެން އެންމެންމެ އެއަރޕޯޓަށް ގޮސް ތިއްބެވެ. އެކަކު ވެސް ސީރިއަސް ކަމެއް ދިމާވެގެން އުޅޭކަމުގެ އަސަރެއް ވެސް ނުދައްކައި، މަޖާކޮށް ހެދިއެވެ. އެންމެ ހިތި އަސަރެއް ކޮށްފައި ހުރީ …

ދެނުގެވަތީ (1)

ކިޔާފައިވާ ޢަދަދު: 194
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދެނުގެވަތީ (1) އިބްރާހީމް ހުސެން މަނިކު ކުރެހުން: އިސްމާޢީލް ޢަބްދުﷲ މިއީ އިސްލާމްދީން އައުމުގެ ކުރީގެ އެވޭލާ ޒަމާނުގެ ދިވެހިރާއްޖެ އަށް ނިސްބަތްވާ ވާހަކައެކެވެ. ދިވެހީންގެ ދިރިއުޅުމާއި އޮޑިދޯނިފަހަރާއި ވިޔަފާރިއާއި ބައެއް އާދަކާދަޔާ ބެހޭ ތާރީޚަށް ތެދު މައުލޫމާތުތަކެއް ހިމެނުނަސް މީ ތާރީޚީ ވާހަކައެއް ނޫނެވެ. ފުލޯކު ވާހަކައެކެވެ. ވާހަކައިގެ ބަޠަލާގެ ނަން ނެގީ ލޯމާފާނުގައި ހިމެނިފައިވާ މައް ދިވެހި ނަންތަކުގެ ތެރެއިންނެވެ. ____________________________ ދޯނީގެ ހުންގާނުގައި ހުރެފައި އޭނާ އިރުއިރުކޮޅާ އެނބުރި ފަހަތްބަލައިލައެވެ. މަޅިފައްޗެއްގައި ޖެހުނު…

ދިރިއުޅުމުގެ ރަހަތައް (14)

ކިޔާފައިވާ ޢަދަދު: 112
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިރިއުޅުމުގެ ރަހަތައް (14) މުޙައްމަދު ވަޙީދު / މަޑުލު ގެއަށް އައިސް ނުވަންނަނީސް ފޯނު ރަނގަބީލުވާ އަޑުއިވިއްޖެއެވެ. އަވަސްއަވަހަށް ގޮސް ފޯނު ނެގިއެވެ. ގުޅީ ޚާލިދު ދީދީއެވެ. ފާރިޝާ: “ބޭބޭ! ކިހިނެއްތޯ؟” ޚާލިދު ދީދީ: “ބޭބެ ރަނގަޅު. މި ގުޅީ ވަރަށް އުފައުވެރި ޚަބަރެއް ދޭންވެގެން” ފާރިޝާ: “އަވަހަށް ވިދާޅުވޭ.” ޚާލިދު ދީދީ: “ކޮއްކޮގެ ތިޔަ ބޮޑު ދަޢުވާ މަޑުމަޑުން ހުލިވެގެން ހިނގައިދާނެ. ބޭބެ ބެލިބެލުމުން އެކަން ޔަޤީނާ ގާތަށް އެނގޭ. މި ބުނާ އެއްޗެއް ދޮގެއް…