ދަތުރުނާމާ

ކިޔާފައިވާ ޢަދަދު: 631

               މިއަދަކީ މުދައްރިސުން ތަމުރީނުކުރާ ކޯހުގެ ތަޖުރިބާ ދަތުރުގެ ފަހު ދުވަސް ކަމުން ހުރިހާ ކުދިން ގުޅިގެން ޗަންދާ ނަގާ ބޮޑުދަތުރެއް ރޭވިއެވެ. މި ދަތުރުގައި 85 ދަރިވަރުން ބައިވެރިވިއެވެ. ކ. ހިންމަފުށީ ފަޅުތެރޭގައި، އޮންނަ “ކުޑަގިރި” ކިޔާ ފަޅުރަށަށް ދާން އަހަރުމެން ފުރީ ވަރަށް ފޮނި އުންމީދު ތަކަކާ އެކުގައެވެ. ކުދިންނަށް އެހީތެރިވުމަށް އަހަރެންނާއެކު މި ދަތުރުގައި ފަސް ލެކްޗަރަރުން ބައިވެރިވިއެވެ. އެއީ އަޙްމަދު ޢަލީ އާއި، މޫސާ ވަލީދާއި، އިބްރާހީމް ޖާބިރާއި އަދި ޝާޔާއެވެ.…

ނަދުރު (2)

ކިޔާފައިވާ ޢަދަދު: 362

        ނާޒު މަސައްކަތް ކުރަނީ މާލޭގެ ނަންހުރި ޑިޒައިން ކުންފުންޏެއްގައި ގުރެފިކް ޑިޒައިނަރެއްގެ ގޮތުންނެވެ. ފިރިމީހާގެ އެދުމާ އެއްގޮތަށް ނާޒުވެސް އޮފީހާ ވާހަކަ ދައްކައިގެން އޭނާ ކުރަހަން ޖެހޭ ކުރެހުންތައް ރޭގަނޑު ގޭގައި ކުރަހައި މެންދުރުފަހުން އޮފީހަށް ދާ ގޮތަށް ގަނޑި އަނބުރާލީއެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން ދެމަފިރީން ދެމަސައްކަތެއް ކުރިޔަސް ކުރަނީ އެކުގައެވެ. އެއްމޭޒުގެ ހުރަހަށް ހުރި އަނެއް މޭޒުދޮށުގައެވެ. ނިދައި ހޭލައިގެން ތެދުވަނީ ފެންވަރައި ކައިބޮއި ހަދަނީ ވެސް އެކުގައެވެ. އެއީ ރަވީން…

ނަދުރު (1)

ކިޔާފައިވާ ޢަދަދު: 362

          ރަވީން އެތައް ފަހަރަކު ދޮރާށީން ބޭރު ބަލައިލައިފިއެވެ. ދޮރާށި ދޮށުގައި ހުރެ ނާޒުގެ ހިލަމެއްވޭތޯ ކެތްތެރިކަމެއް ނެތި މަގުގެ ދެކޮޅު ހޯދައި ބަލައިލައިފިއެވެ. ހައްތާ ވެސް ފެންނަނީ ގެ ކުރިކަނޑާފައިދާ ޓެކްސީތަކެވެ. ގޭދޮށަށް މަޑުކުރި ޓެކްސީއެއް ނުވަތަ މަޑުކޮށްލާ ގޮތަށް މިސްރާބު ހުރި ޓެކްސީއެއް ނެތެވެ. ގޭގައި ހަވީރު ބާއްވަން ހަމަޖެހިފައިވާ ސައިޕާޓީ އޮތީ ތައްޔާރަށެވެ. ދޮންތައާއި ދޮންތަބެއާއި އެގޭ ދެބެއިން ވެސް އެތިބީ އައިހެވެ. ކުޑަތައާއި ކުޑަތަބޭ ވެސް އެތިބީ ކުޑަ އެއްމާބަނޑު ދެބެއިންނާ…

ޑޮކްޓަރ އިބުރާހީމު: ބާބިލުގެ ޓަވަރުގެ ތަނބެއް! ޛުއްނޫން އައްޔޫބު

ކިޔާފައިވާ ޢަދަދު: 811

ނޯޓެއް “ޑޮކްޓަރު އިބުރާހީމު: ބާބިލުގެ ޓަވަރުގެ ތަނބެއް!” މިވާހަކަ ލިއުއްވީ އިރާގުގެ މަޝްހޫރު ލިޔުންތެރިއެއްކަމަށްވާ ޛުއްނޫނު އައްޔޫބެވެ. އޭނާ ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ 1908 ގައި މައުސުލް ގައެވެ އަވަހާރަވީ 1988ގައި ބަޣުދާދުގައެވެ. މިވާހަކަ އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ 1936ގައި ކުރުވާހަކައެއްގެ ސިފައިގައެވެ. ފަހުން ‘ދުކްތޫރު އިބްރާހީމު’ގެ ނަމުގައި ރިވާޔަތެއްގެ ސިފައިގައެވެ. މިބައި އެރިވާޔަތުގެ ފުރަތަމަ ބާބުގެގޮތުގައި ހިމަނައިގެންނެވެ. މިވާހަކައިގައި ދައްކުވައިދެން މަސައްކަތް ކުރެވިފައިވަނީ ވާހަކައިގެ ބަތަލުގެ ރަށުގައި ފެތުރި އާއްމުވެފައިވާ ސިޔާސީ ފަސާދައިގެ ސަގާފަތުގެ ވާހަކައެވެ.…

ބްލެކްމެއިލް

ކިޔާފައިވާ ޢަދަދު: 384

އާދައިގެ މަތީން އޮފީހަށް ގޮސް މޭޒުދޮށުގައި އިށީނދެ ހަމަޖެހިލި އެވެ. ދުވަހުގެ ޚަބަރުތައް ހިފައިގެން އެކިއެކި ރިޕޯޓަރުންތައް އަތުވެއްޖެ އެވެ. މާ ގިނަ އިރުތަކެއް ނުވެ މަހުފޫޒުގެ އަތުފޯނު ރިންގުވާންފެށި އެވެ. “އައްސަލާމް ޢަލައިކުމް” ފޯނު ނެގުމަށްފަހު އާދައިގެ މަތީން މަހުފޫޒު ފޯނަށް ޖަވާބު ދިނެވެ. “ވަޢަލައިކުމް ސަލާމް” ފޯނުން އަޑު އައެވެ. “ކޮންބޭފުޅެއްތޯ؟” “ބޭފުޅެއް ކިޔާނެ ކަމެއް ނެތް! އަނގަ ހިމޭނުންލައިގެން އުޅެވޭތޯ ބަލާ! މާ ބޮޑަށް ފުއްޕާނެ ކަމެއް ނެތް. ކަލޭ ހިތަށް އެރިހާ…

ކުށްވެރިޔަކީ މަންމައެވެ.

ކިޔާފައިވާ ޢަދަދު: 895

އާދައިގެ މަތިން ގޭތެރެ ސާފުކުރުމަށް ޓަކައި ފިހިގަނޑު ނަގަން އުޅުމުގެތެރޭގައި އަލަމާރި މަތީގައިވާ އިޔާންގެ ފޮޓޯލޯގަނޑު ވެއްޓި ތެޅިއްޖެއެވެ. ބިންމަތީގައިވާ ފުޅިތޮށިތައް ނަގައި  ސާފުކުރުމަށް ފަހު ފޮޓޯ ލޯގަނޑުގައިވާ ހިރަފުސްތައް އަތުން ފޮޅައިލީމެވެ. ދަރިފުޅުގެ ފޮޓޯއަށް އެންމެ ހިރަފުސްކޮޅެއް ވެސް އެރުމަކީ އަހަރެންގެ ހިތަށް ކެތްވާވަރުގެ ކަމެއްނޫނެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ދެ އަތުންކުރެހި ޗާޓްތަކާއި، ރޭވި މޮޅު ތަދުބީރުތަކުން ކުޑަކުޑަ ހިދުކޮޅެއްގެ ތެރޭގައި މިވަނީ އެފުށް މިފުށަށް ޖެހި ދިރިއުޅުން ބަރުބާދުވެފައެވެ. އެއީ މީގެ އަހަރެންހައި…

ކުރުވާހަކަ: ފިލާވަޅު

ކިޔާފައިވާ ޢަދަދު: 1214

ސެމިސްޓަރގެ ފުރަތަމަ ދުވަސްކަމުން އެކުވެރިންނާއެކު ގޮސް ކުލާހުގައި އިށީނދެލީމެވެ. އޭރު ކުލާހުގައި އެހެންޏާ ނުފެންނަ އައު ކުދިން ވެސް ތިއްބެވެ.  ޖާމިއާ ހުޅުވޭ ފުރަތަމަ ދެ ހަފަތާގައި ލެކްޗަރާއިން ހަމަނުވުމަކީ އާންމުކަމަކަށްވުމާއެކު، މިއަދު ވެސް ހުރިހާ ކުދިންހެން ތިބީ އަމިއްލަ ވާހަކައިގައެވެ. ފަނަވަރަކަށް މިނެޓު ހިނގިފަހުން ކުއްޖަކު ތެދުވެ ކުލާހުގެ ކުރިމައްޗަށް ގޮސް މުޅި ކުލާހަށް އަޑު އިވޭވަރަށް ސަލާން ގޮވައިލިއެވެ. އެވަގުތު މުޅި ކުލާސް ކަހަލަ ގޮތަކަށް ހިމޭންވިއެވެ. ދެން އެ ދަރިވަރު ވާހަކަ ދައްކަން…

އަނދިރި ހަޔާތެކެވެ.

ކިޔާފައިވާ ޢަދަދު: 796

އިރު އުދަރެހާއި ނިވާވަމުން ދެއެވެ. ބައެއް ހިތްތަކަށް އުފަލާއި ހިތާމަޔާއި ބިރުވެރިކަމާއި މާޔޫސްކަން ވެރިކުރުވައިފައެވެ. އަނެއްބައި ހިތްތަކަށް އުފަލާއި ހިތްހަމަ ޖެހުން ގެނެސްދިނުމަށްފަހުގައެވެ. އެއްވެސް އުނިކަމެއް ނެތި އޭގެ ވާޖިބު ފުރިހަމައަށް އަދާކޮށް ހަނދުވަރުގެ ރީތި އައްޔަށް ތަންދެމުންނެވެ.  އެއީ އުޑުމަތި ސާފު ހިތްގައިމު ރެއެކެވެ. ހަނދު މަހެއްގެ ފަނަރަ ވިލޭރެއެވެ. އަހަރެން އައި.ޖީ.އެމް. ހަސްފަތާލުން އޮޕަރޭޝަން ޑޮކްޓަރެއްގެ ވަޒީފާ ހަމަޖެހިގެން ޑިއުޓީއަށް ނިކުންނަ ފުރަތަމަ ރެއެވެ. ޑިއުޓީއަށް ދިއުމަށް ތައްޔާރުވަމުން ދިޔައިރު ވަރަށް ބޮޑަށް ބޮލުގައި…

މަގޫފަތު ދާން (3)

ކިޔާފައިވާ ޢަދަދު: 525

( 23 މޭ 2016 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ) “ހަނަ އަދިވެސް އެނބުރި އަންނަންވާނެ އިނގޭ. އަހަރެމެން ލޮޖު ކުދީން ތިބޭނީ ހަނަ ފުރައިގެން ހިނގައްޖެއްޔާ އެނބުރި އަންނާނޭ ދުވަހަށް ދުވަސް ގުނާލަ ގުނާލާ” ސާޖީ މިއިއްވީ އެހެންޏާ ވެސް ހަނަ ފުރާގަޑީގައި ބުނާ ވާހަކައެކެވެ. އެހެން ފަހަރު ފަހަރަށް އެއީ ހިތުގެ އަޑީގެ އާދޭހެއް ނަމަ މިފަހަރު އެއީ ވަންނިވަންނިލެއްވުމެކެވެ. އަދަބުސަދަބު ނިޔާކުރާގޮތުން އިއްވާލެވުނު ގޮވެލިފައްޗެކެވެ. އިޚްލާސްތެރިކަމެއް ނެތް ޝުއޫރެކެވެ. މިކަންކަން ހަނައަށް ވަންހަނާވެފައެއް…

މަގޫފަތު ދާން (2)

ކިޔާފައިވާ ޢަދަދު: 584

( 18 މޭ 2016 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ ) ދޯންޏަށް އަރައިގެން ރިޔާ ފޮޅުވާލައިފައި ދާންވީ ކޮޅަށް އައިއިރު ވެސް ހަނައްކޮގެ ބަހެއް ނެތެވެ. ދޯނި އެކޮޅަށް ފުރަން އާލާތްކޮށް ހެދީ ދެ މީހުން ގުޅިގެން ކަމަށް ވިޔަސް މިފަހަރު ދޯނީގެ އެއްވެސް ކަމަކާ ގާތެއް ނުވިއެވެ. ހުރިހައި ކަމެއް ކުރަން ޖެހުނީ ސާޖީއަށެވެ. އެކޮޅަށް ދިޔައިރާ ޚިލާފަށް މިހާރު ދޯނީގެ ހުންގާނު ވެސް އޮތީ ސާޖީ އަތުގައެވެ. ހަނައްކޮ ކަފިއޮޅިގަނޑާ ހިސާބުން މަތިކިބައިގައި…