ބިރަ

ކިޔާފައިވާ ޢަދަދު: 855
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ހައްދުންމަތީ ފޮނަދޫ ބަހުރުވައިން….

ބިރަ

މުޙައްމަދު ނަޒީރު
މީހަކު މީހަކާ އިނުމަށްފަހު އެސޮރަގެ އަންހެނުން ގޮވައިގެން ރަށަށް ދަނޫއެވެ. އެމީހުން ކަނޑަ ހުރަސްކެރަނިކޮށް ގަދަފަދަ ތޫފާނަކާ ކުރިމަތިވެއްޖެއެވެ.
ފިރިމީހާއަކޫ ފަހުލަވާނެކެވެ. ނަމަވެސް، މި ތޫފާނުން ސަލާމަތްވާނެކަމުގެ ޔަގީންކަން ގެއްލީގެން، އަނބިމީހާ އިނޫ ވަރަށް ބިރުންނެވެ.

އިބްރާހީމުގެ ހުވަފެން (6)

ކިޔާފައިވާ ޢަދަދު: 980
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
މާލޭގައި އޮންނަ މިނިވަން ފަންސާހުގެ ބޮޑުބެރު މުބާރާތައް އިހަވަންދޫގެ ޒުވާނުން ވެސް އައީ ތައްޔާރު ވަމުންނެވެ. އިބްރާހީމަކީ ކުރީގައި ވަރަށް މޮޅަށް ބޮޑުބެރު ޖަހާ އަދި ލަވަކިޔާ އުޅުނު މީހެކެވެ. އަދި މިހާރުވެސް ރަށުގެ ޒުވާނުންގެ އެދުރެކެވެ. މި މުބާރާތައް ތައްޔާރު ވުމަށް ފަރިތަކުރާ ކޮންމެ ރެއަކު އިބްރާހީމްގެ ތަޖުރިބާއާއި ހުނަރު އައީ ދަސްކޮށް ދެމުންނެވެ. އިބްރާހީމަކީ ސަމާސާ މިޒާޖެއްގެ މީހަކަށް ވުމާއެކު ގިނަ ޒުވާނުންގެ އެކުވެރިއަކަށް އިބްރާހީމް ވަނީ ވެފައެވެ. 

ދަހިކަމާއި ދީލަތިކަމުގެ ވާހަކައެއް

ކިޔާފައިވާ ޢަދަދު: 1525
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަރަބިކަރާގައި އެއްދުވަސްވަރެއްގައި، އަރަބީންގެ މީހަކު އޭނާގެ ޖަމަލަށް އަރައިގެން ތިމާގެ ބަޔަކު ދެކިލާން ދަތުރެއް ފެށިއެވެ. ހަނަފަސް ސަހަރާގައި ފެށި މި ދަތުރު ދިގުވެ ވަރުބަލިވެ ހައިވެ ފެންބޮވައިގެންފައި ހުރިލެއް ބޮޑުކަމުން ކުރިމަތިން ފެންނަންހުރި ބަދަވީންގެ ފޭލިގެއެއް ކައިރީގައި ޖަމަލު މަޑުކޮށްލައި ފައިބައި ސަލާންގޮވާލައިފިއެވެ.

ދޮންދީނާ

ކިޔާފައިވާ ޢަދަދު: 1242
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފް
އަނެއްކާވެސް އިންޓަނެޓުގައި ދައުރުވާތާ އަހަރުތަކެއް ވެފައިވާ ވާހަކައެވެ. ލިޔުނު މީހަކު ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ.
 
ކާޅު ވަރަށް ގިނަ ރަށެއްގައި ހީވާގި ދަނޑުވެރިއަކު އުޅުނެވެ. މި ރަށުގައި އުޅޭ ކާޅާ ހުރެ މި ދަނޑުވެރިޔާގެ ދަނޑުން އެންމެ ރަނގަޅަށް މަންފާ ލިބޭ ގޮތެއް ނުވެއެވެ. ބުރަ މަސައްކަތުން ހައްދާ ދަނޑުގެ ގޮވާމުގެ ބޮޑު ބައި ކައި ހަލާކުކުރަނީ ކާޅެވެ. 

އިބްރާހީމުގެ ހުވަފެން (5)

ކިޔާފައިވާ ޢަދަދު: 1004
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ޝިޔާމް

ހަސަން ފުޅު ނެތް ދުނިޔެ އެއްގައި އެހެން މީހަކާ ކައިވެނި ނުކުރާން  ނިންމައިގެން ހުރި ހުރުން ބަދަލު ކުރަން ޖެހުމަކީ، ހަލީމާއަށް އެހައި ފަސޭހަ ނިންމުމެއް ނޫނެވެ.

ދެ ފިކުރެއްގައި ހުރެގެން ގެއިން ނުކުމެގެން ހިނގައި ގެންފިއެވެ. މޫނުމަތިން ފެންނަނީ ހާސްކަމާ ފިކުރު ބޮޑުވުމެވެ. މަޑު ހިނގުމެއްގައި ހުރެގެން ކުރިއަށް ދާއިރު މަގުމަތިން ދިމާވި ދެ އަންހެނަކު ހަލީމާއަށް ގޮވައިލުމުން ވެސް ރޭކާލާ ގޮތެއް ވެސް ނުވި އެވެ. ފިކުރުތަކުގެ ތެރެއަށް ގެނބިފައި ވާލެއް ބޮޑު ކަމުން އަޑު ނީވުނީއެވެ.

ލަކުނު

ކިޔާފައިވާ ޢަދަދު: 1304
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އަނެއްކާވެސް އިންޓަނެޓުގައި ދައުރުވާތާ އަހަރުތަކެއް ވެފައިވާ ވާހަކައެވެ. ލިޔުނު މީހަކު ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ.
 
އެއް ޒަމާނެއްގައި އުޅުނު، ވަރަށް ރީތި، ވަރަށް މޮޅު، އެހައިމެ ތޫނުފިލި ފިރިހެން ކުއްޖެކެވެ. ނަމަކީ ނޫރީއެވެ. ނޫރީއަކީ އޭނާ ދާ ކޮންމެ ތަނެއްގައިމެ ފާހަގަކޮށްލެވޭ ކުއްޖެކެވެ. ބައި ބަހައިގެން މަސައްކަތެއް ކުރަން ޖެހުނަސް، ކުޅިވަރެއް ކުޅެން ޖެހުނަސް ކޮންމެ ބަޔަކުވެސް އެމީހުންގެ ބަޔަށް ނޫރީ ލައްވަން ބޭނުންވެއެވެ. 
 

ދެ ހިސާބަކުން އިބްރަތްތެރި ދެވާހަކަ

ކިޔާފައިވާ ޢަދަދު: 1460
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ

އިންޑިޔާގައި ކިޔައި އުޅޭ ވާހަކައެއް:

ދަނޑުވެރި ދެމަފިރިން، ކައިރީގައި އޮތް ސަހަރުން ވިޔަފާރިކޮށްގެން އައުމުން އެ ދެމަފިރިންގެ ގޭގައި އުޅޭ މީދާ ލަޝްކަރުގެ ތެރެއިން އިސް މީދަލެއް، ކުޑަ ބާގަނޑަކުން ސިއްރުސިއްރުން ބަލައިލައިފިއެވެ.  ވިސްނުން ތޫނު އެއްޗަކަށްވާތީ، އެމީހުން ގަނެގެން އެ ގެނައި ތަކެތީގެ ތެރޭގައި މީރު ކާއެއްޗެއް އޮތްތޯ ކޮށްލިކަމެކެވެ. ކަމަކުދާކަށްނެތެވެ! އެވެރިން ގަނެގެން އެއައީ ވަރުގަދަ ދައްޗެކެވެ. މި ރަސްމީދާ ދުވަހަކުވެސް ދެކެފައިނުވާ، އެކަމަކު ހަމަ ފެނުމުން އެއީ މީދާ ހިފަން ފަރުމާކޮށްފައިވާ، ފިސާރި ނުރައްކާތެރި ދައްޗެއްކަން އެނގިއްޖެއެވެ!
 

އިބްރާހީމުގެ ހުވަފެން (4)

ކިޔާފައިވާ ޢަދަދު: 825
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
ހަލީމާ އިބްރާހިމަށް ގޮވާލަން އައުމުން އިބްރާހީމް ގެ ހިތްވަރު އާލާވެ ޢަޒުމް އާވިއެވެ. ޙަޤީޤަތުގައި އިބްރާހީމަށް ކުރިމަތިވީ މާބޮޑަށް ފިކުރު ކުރެވުމުން ދިމާވި މައްސަލައެކެވެ. ލޭމައްޗަށް ދިޔައީ އެވެ. ގަވާއިދުން ކާންޖެހޭ ބޭސް އެދުވަހު އިބްރާހީމް ހުރީ ނުކައެވެ. މިކަމުގެ ސަބަބުން ބޮލަށް އެނބުރުން އަރައިގެން ވެއްޓުނީއެވެ.

ނޭނގެއެވެ. (16) – ތުނބުޅިއެއްގެ ނިވަލުގައި

ކިޔާފައިވާ ޢަދަދު: 1167
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނޭނގެއެވެ. (16) 

ތުނބުޅިއެއްގެ ނިވަލުގައި

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ސިފައިންގެއަށް ގެންދިޔަ ދުވަހަށް ފަހު، ހަފްތާއެއްހައި ދުވަސް ވާންދެން ތަންކޮޅެއް މައިތިރިވެފައި ދޮންމަންމަ ހުރެއްޖެއެވެ. އެ ދުވަސްކޮޅު ބައްޕަވެސް އޮފީހަކަށް ނުދެއެވެ. ތަޅައިގަންނަން ނުކެރެނީ އެހެންވެގެންކަމަށް ވެސް ވެދާނެއެވެ. އެކަމަކު ދޮންމަންމަ ހުންނަނީ އަހަރެން ދެކެ ވަރަށް ރުޅި  އައިސްފައިކަން އެނގެއެވެ. ބައްޕަ ގޭގައި ހުރި ހުރުމުގައި ދޮންމަންމައާއި އަހަންނާ ދެމީހުންނަށް ވެސް ވަރަށް ގިނައިން ނަސޭހަތް ދެއެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ރުޅި ނައުމަށާއި، މަންމައާއި ދަރިފުޅުގެ ގޮތުގައި އުޅެވޭތޯ ބެލުމަށް އެދެމުން ދިޔައެވެ. 

އިބްރާހީމުގެ ހުވަފެން (3)

ކިޔާފައިވާ ޢަދަދު: 852
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
ހަފުލާގެ ފަހުގަޑީގައި އޮތީ ދެފަރާތުގެ އާއިލާ މީހުން ކެއުމާ ފޮޓޯ ނެގުމެވެ. ހުރިހާ ކަމެއް ނިމުނުތަނާހެން ކުއްލިއަކަށް މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ. ހަރުގެ ތެރޭގައި ތިބި މީހުން ވެސް ބޭރަށް ނުކުމެވޭތޯ މަސައްކަތް ފަށައި ފިއެވެ. އަލިކަމަކަށް މިހާރު ފެންނަން ހުރީ ހަރުގެއަށް ވަންނަން އަންނަ މަގުގައި ހުރި ފާނޫޒު ތަކެވެ. ތެޔޮ ހުސްވަމުންދާތީ، އޭގެ އަލިކަންވެސް ހުރީ ފަނޑުވާން ފަށައިފައެވެ. މިރެއަކީ މުޙައްރަމް މަހުގެ 15 ވިލޭރޭ ކަމަށް ވިއަސް އުޑުމަތި ބަނަވަމުން ދާތީ ބިމަށް ފޯރަނީ މިލަހަނދުވަރެކެވެ.