ހުނި ބިލެތް

ކިޔާފައިވާ ޢަދަދު: 205
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                
އިބްރާހީމް ޙުސައިން މަނިކު
ހުޅުވިފައި އޮތް ބޮޑު ފޮތް މައުރަޒުން ނިކުމެވުނީ އެތަނުން މަށާ ބައްދަލުކުރި ދުވަސްވީ އެކުވެރިއެއްކަމުގައިވާ ސާދާތާއެކުގައެވެ. ދުވަސްވީ އެކުވެރިއެކޭ ބުނުމަށް ވުރެ ހަގީގަތާ ގާތްކުރާނީ ދުވަސްވީ ދެކެ ފަރިތަ މީހެކޭ ބުނިއްޔާކަން ނޭނގެއެވެ. އޭނާ އަކީ ނޫހެއްގެ މުހައްރިރެކެވެ. އަހަންނަކީ ވާދަވެރި ނޫހެއްގެ މުރާސިލެކެވެ. އެހެނަސް ވާދަވެރިކަމެއް އަހަރެމެން ދެމީހުން ދެމެދަކު ނެތެވެ. ވާދަވެރި ރޫހެއް އޮތް ނަމަ އޮތީ ލޯ ހުޅުވާލަނިވި ލިޔުންތައް ލިޔެ، ކިޔުންތެރީންނަށް ގެނެސްދިނުމުގެ ގޮތުންނެވެ. އޭނާގެ މޮޅު ލިޔުމެއް މަޒުމޫނެއް ނުވަތަ މުހައްރިރުގެ ބަހެއް އެނޫހުގައި ޖަހައިފިއްޔާ އަހަރެން އެލިޔުމެއްކީ ދޮންމަތީގައި ހިތުގެ ހޫނުކަމާއެކު އޭނާއަށް ފޯނުކޮށް ތާރީފުކޮށް ތަހުނިޔާކިޔާ ހަދަމެވެ. އެގޮތުން ސާދާތު ގަޔާވާ ލިޔުމެއް އަހަރެމެންގެ ނޫހުގައި އަހަރެން ލިޔެފި ނަމަ އޭނާ ވެސް މަށަށް ފޯނުކޮށް ތަހުނިޔާކިޔާ އުޅެއެވެ. އަހަރެން އޭނާ އަށް ކިޔާ ތަހުނިޔާ އިޚުލާސްތެރި ނަމަވެސް އޭނާގެ ތަހުނިޔާ މަށަށް އަބަދު ވެސް ސިފަވާން އުޅެނީ އިރަށް ދޮންވީ އާވި އަނބަކާއެވެ. ކައިލާން މާކަ ދެރައެއް ނޫނެވެ. އަނބުގައި ހުންނަން ޖެހޭ ވަންތަކަމާމެދު ނުވިސްނާ ނަމައެވެ. އަނބުގައި ހުރި ހުތް މިލަފޮނި އާވި ރަހަ އެއީ ރަހަކަމަށް ދެކޭ ނަމައެވެ. އަހަންނަކީ އޭނާޔަށް ލިބިފައިއޮތް ކަހަލަ “ރިހި ދުލެއް” ނޫނީ “ރަންގަލަމެއް” ލިބިފައި އޮތް މީހެއްކަމަށް ނުދެކޭ އިރު ވެސް އަދަބު ސަދަބު ނިޔާކުރާ ގޮތުން މިކޮޅުން ކީ ތަހުނިޔާއަކަށް އެކޮޅުން ތަހުނިޔާއެއް ކިޔަނީ ކަމަށް ވެދާނެއެވެ. އަހަރެން މަގެއް މަތީން ދިމާވެއްޖެއްޔާ އޭނާ ހިނިތުންވެ ނިތް އަރުވައިލާނެއެވެ. ނުވަތަ ސަލާމަށް އަތް އުފުލައިލާނެއެވެ. ނަމުން ގޮވާލާ ހުއްޓި ވާހަކަ ދައްކާލުމެއް ފޯނުން ނަމަވެސް ޚިޔާލު ބަދަލުކޮށްލާ ހެދުމެއް ވަރަށް ނޯވެއެވެ. އެހެންކަމުން އެއީ މަގޭ ރައްޓެހި ރަހުމަތްތެރިއެކޭ ބުނަން ދައްޗެވެ.
 

ސަންޑޭ (17)

ކިޔާފައިވާ ޢަދަދު: 1066
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

( 30 އެޕުރީލު 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނަވާލް ވިސްނައިލިއެވެ. “ނަދުހާ ބަދަލުވީ ހެއްޔެވެ؟ މިހާރު ނަދުހާގެ މަޤްޞަދަކީ، އޭނާގެ ޙަޔާތަށް އައުން ބާވައެވެ. ނޫނީ އަފްޒަލް ބުނިހެން ބަދުނާމުން މިންޖުވުމަށް މަސައްކަތް ކުރަނީ ނޫންބާވައޭ.” މިފަދަ މަސްހުނި ޚިޔާލުތަކެއްގައި ހުރެފައި، ނަވާލް ބޭނުންވީ ނަދުހާގެ ޙަޤީޤީ މަޤްޞަދު ދެނެގަންނާށެވެ.
އޭނާ ނަދުހާއަށް ގުޅިއެވެ. ފޯނު ރިންގްވާން ފެށުމާއެކު ނަދުހާ އުފަލުން ވަރެއްނެތެވެ.

ސަންޑޭ (16)

ކިޔާފައިވާ ޢަދަދު: 1716
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

( 28 އެޕުރީލު 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ވަރަށް އުފާވެއްޖެ. މިހާރު ބަނޑަށް ކިހާ ދުވަހެއް ވެއްޖެތަ؟” ނަވާލް ލިބުނު އުފަލާއެކު އެއްސެވެ. އޭރު ޒިލާވެސް ހުރީ ވަރަށް އުފާވެފައެވެ.

“ހަ ހަފުތާ. މަހަކު އެއްފަހަރު އަހަންނަށް ދައްކަންވާނެ.” ޑޮކްޓަރ ޝާންތާ މިފަހަރު ވާހަކަ ދެއްކީ އިނގިރޭސިބަހާ ދިވެހި ބަސް މަސްހުނިކޮށްގެންނެވެ.
“ޑޮކްޓަރ މިހާރު ދެން ރަނގަޅަށް ދިވެހިބަސް ދަސްވާހާ ދުވަސް ވެއްޖެއެއްނު.” ނަވާލް ޝާންތާއާ ދިމާކުރިއެވެ. ޝާންތާ ހިނިތުންވެލިއެވެ.

ބަރުދާސްތު (5)

ކިޔާފައިވާ ޢަދަދު: 1224
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް

(23 އޭޕްރިލްގެ ޢަދަދާއި ގުޅޭ)

“ޝާނިލް . . . ޝާނިލް އަހަރެން އޭނާ މަރާލީ ޤަސްދުގައެއް ނޫން. . . . އަހަރެން . . .  އަހަރެން” ޒާރާ އަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.

“ޒާރާ . . . މިމައްސައިގެ ހެކި އެބަހުރި. . . ދެރަނުވޭ، ހުރިހާކަމެއްވެސް ވާނީ ރަނގަޅަށް .  .  . އަހަރެން ޒާރާ އާއި އެކު އަބަދުވެސް ހުންނާނަމޭ ބުނީމެއްނު” ޝާނިލް މަސައްކަތްކުރީ ޒާރާއަށް ހިތްވަރު ދެވޭތޯއެވެ. “ޒާ އަކީ ކުށްވެރިއެއް ނޫނޭ .  .  .  ބަލާބަލަ!” ޝާނިލް އިޝާރާތްކުރީ ފާރުގައި ހުރި ޓީވީއަށެވެ.

ސަންޑޭ (15)

ކިޔާފައިވާ ޢަދަދު: 1657
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

( 26 އެޕުރީލު 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ނަދުހާ، ނަދުހާގެ މައިންބަފައިންގެ ގާތުގައި ދިރިއުޅޭ.
އަހަރެންވެސް އެހެން ގޮތެއްވޭތޯ މަސައްކަތް ކުރާނަން.” މުނާޒް ބުންޏެވެ. ނަދުހާ ބޯޖަހައިލިއެވެ.

“މުނާޒް ރުޅިއައީތަ؟ އަހަރެންގެ މަންމައާއި ބައްޕައަށް ނޭނގިވެސް ކައިވެނިކޮށްގެން އުޅެވިދާނެއެއްނު.” ނަދުހާ ޖިންނީންގެ ދިރިއުޅުމާ ދޭތެރޭ ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ.

ސަންޑޭ (14)

ކިޔާފައިވާ ޢަދަދު: 1675
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

(19 އެޕުރީލު 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނުކުރާނަން، ތިކަމެއް ދުވަހަކުވެސް ނުކުރާނަން. ވަރިހަމަ ކިތަންމެ ދުވަހެއް މިހެން އުޅެން ޖެހުނަސް.” އޭރު އަދި އަމިއްލަ އިޚްތިޔާރުން ބޭރުނުވާތީ ނަވާލް ހަޅޭއްލަވައިގަތެވެ. އެހިނދު މުނާޒް ނަވާލްގެ ހަށިގަނޑުތެރެއަށް ވަންތަން ނަދުހާއަށް ފެނުނެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް ތަކުރާރުކޮށް (ވަރި) އަށް އެދުނެވެ.

“ވަރިކުރަންވީތަ، ނަދުހާ ހީކުރީތަ އަހަންނަށް ނުކެރޭނޭ….” މުނާޒްގެ ބާރުގައި ނަވާލް ބުންޏެވެ.

ބަރުދާސްތު (4)

ކިޔާފައިވާ ޢަދަދު: 1282
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
(21 އޭޕްރިލްގެ ޢަދަދާއި ގުޅޭ)
“އަޅުގަނޑުމެން މިއައީ ޒާރާ ނަޞީރު މިގޭގައި އުޅޭކަމުގެ މަޢުލޫމާތު ލިބިގެން .  .  .  .  . އޭނާގެ ފިރިމީހާ މަރާލުމުގެ ކުށުގައި ހައްޔަރުކުރަން” ބޭރުގައި ތިބީ ފުލުހުންގެ ދެ އޮފިސަރުންނެވެ. އަންހެން އޮފިސަރަކާއި ފިރިހެން އޮފިސަރެކެވެ. ޝާނިލްއަށް ލިބުނީ ޝޮކެކެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ޒާރާއަށް ރޮވެން ފެށިއެވެ. ގިސްލަގިސްލާފައި ރޯންފެށިއެވެ. އިތުރު ބަހެއް ނުބުނެ އަންހެން އޮފިސަރު އެތެރެއަށް ވަނެވެ. ޒާރާގެ އަތުގައި ބިޑިއެޅުވިއެވެ. ޝާނިލްއަކަށް އެއްވެސް އެހީއެއް ނުވެވުނެވެ. ހުންނަން ޖެހުނީ ގޮތް ހުސްވެ މާޔޫސް ވެފައެވެ. މިވީ ކިހިނެއްބާއެވެ! ތަޤްދީރުގައި އެދެމީހުންގެ ނަން އެކުގައި ލިޔެވެން ނެތީބާވައެވެ! ޝާނިލް ކުޑަދޮރުން ބަލަންހުއްޓައި ޒާރާ ގެންގޮސް ވެހިކަލަށް އަރުވައިގެން ގެންދިޔައީއެވެ. އަބަދުގެ އަބަދަށް ދެމީހުން ވަކިވީއެވެ. އެތައް ދުވަހަކަށްފަހު އާވެވުނު އުއްމީދުތައް ވިއްސި ވިހާލިވީއެވެ.

ބަރުދާސްތު (3)

ކިޔާފައިވާ ޢަދަދު: 1411
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް

(17 އޭޕްރިލްގެ ޢަދަދާއި ގުޅޭ)
“މަށަށް އެނގޭ މަ ގޭގައި ނުހުންނަ ގަޑީގައި ކަލޭގަންނަ ހުރިހާ ގަނޑެއް” ޝިފާން ކޮޓަރި ދޮރުހުލުވައިލިގޮތަށް ޒާރާއަށް ބަވަން ފަށައިގަތެވެ. ޒާރާ ހަމަ އަނގައިން ވެސް ނުބުނެ އިނީއެވެ. ވެގެން އުޅޭ ގޮތެއް ނޭނގިފައެވެ. އެހެން ނޫނަސް މި ފަދަ ރޭތަކަކީ އޭނާއަށް ބާވެފައިވާ ރޭތަކެވެ. “މިރޭ ކަލޭގެ ދުވަސް ދުއްވައިލާނަން. . . . ބޭބެވެސް މަރައިލާނަން”

ސަންޑޭ (13)

ކިޔާފައިވާ ޢަދަދު: 1811
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(09 އެޕުރީލު 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މަންމާ…އަހަރެންގެ ބައްޕަ މިހާރު ދުނިޔޭގައި އެބަހުރިތަ؟” ޝިޒްނާގެ މަޥްޟޫޢަކީ ފަރީދާ ހީކުރި މައުޟޫޢެވެ.
“އާނ، ދުނިޔޭގައި އެބަހުރި. އެކަމަކު މަންމައަކަށް އޭނާ އުޅޭ ގެއެއް ނޭނގެ…..” ފަރީދާ ކާގެއިން ނުކުންނަން ހިނގައިގެންފިއެވެ.
“މަންމާ….އަޅެ މަޑުކޮށްބަލަ….” ޝިޒްނާ ތެދުވެގެންގޮސް މަންމަގެ އަތުގައި ހިފެހެއްޓިއެވެ.

ބަރުދާސްތު (2)

ކިޔާފައިވާ ޢަދަދު: 1318
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު،  ޏ. ފުވައްމުލައް
(16 އޭޕްރިލް  2015ގެ ޢަދަދާއި ގުޅޭ)
“ޝާނިލް .  .  . އަހަރެން މީހަމަ ޒާރާ . .  . .  ޝާނިލް ދެކެ އަމިއްލަ ފުރާނަޔަށްވުރެ ލޯބިވި ޒާރާ .  . އަދި މިހާރުވެސް އިތުރު މީހަކު ދެކެ ލޯތްބެއް ނުވޭ . . . އެހެނަސް މިއަދު އަހަންނަކީ މީހެއްގެ އަންބެއް . . ޝާނިލްގެ ސައިކަލަށް އަހަރެން އެރީ ފިރިމީހާގެ ގޭ ދޮރުމަތިން. މިރަށުގައި އުޅޭތާ މިހާރު ފަސްއަހަރުވީ. ހިތަދަތިކަމާއި ވޭނުގަ. ފިރިމީހާގެ އަނިޔާތަކަށް ކެތް ނުކުރެވިގެން އެތައް ފަހަރަކު މައްސަލަވެސް ޖެއްސިން. ރަށުމީހުން ރަށަށް ގަދަވާނީ. އަހަރެންގެ ވާހަކަ އެއްވެސް މީހަކު ޤަބޫލެއް ނުކުރޭ  .  .  .  . ” ޒާރާއަށް އަންއްކާވެސް ގިސްލެވެން ފެށިއެވެ.